27 ޑިސެމްބަރ

December 27, 2017 1
"ޓައިގާ ޒިންދާ ހޭ" ތިން ދުވަހުން މުގުރި ރެކޯޑްތައް

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" ރިލީޒްވިތާ އެންމެ ތިން ދުވަހުގެ ތެރޭ ގިނަ ރެކޯޑްތަކެއް ހަދައިފި އެވެ. މިއީ ދުވަސްތަކަކަށް ފަހު ފިލްމަކަށް ރެކޯޑްތައް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ގިނަ ރެކޯޑްތަކެއް ހަދާފައިވަނީ "ބަހޫބަލީ 2" އެވެ. ނަމަވެސް މިއީ ހިންދީ ބަހުން އަޑުއަޅާފައިވާ ސައުތު އިންޑިއާ...

26 ޑިސެމްބަރ

December 26, 2017
"ދަބަންގް 3"ގެ މުހިއްމު ރޯލަކަށް މޯނީ ރޯއީ

ސަލްމާން ޚާންގެ "ދަބަންގް" ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ އެއް ބަތަލާއަކަށް ޓީވީ ބަތަލާ މޯނީ ރޯއީ ނަގައިފި އެވެ. ކަލާޒްގެ "ނާގިން" ސިލްސިލާގެ ދެ ފިލްމުގައި ލީޑް ރޯލު ކުޅެފައިވާ...

December 26, 2017
ފިލްމު ހިނގަނީ އެކްޓަރުގެ ސަބަބަކުން ނޫން: ސަލްމާން

ގިނަ މީހުންނަށް ހީވެފައި އޮންނަނީ މަޝްހޫރު ތަރިއަކު ބައިވެރިކޮށްފި ނަމަ ފިލްމު ފެއިލްވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ކަންތައް ވަނީ އެހެން ނޫންކަން މި އަހަރު...

25 ޑިސެމްބަރ

December 25, 2017 4
އަހަރުގެ އެންމެ ކާމިޔާބު ފިލްމަށް "ޓައިގާ ޒިންދާ ހޭ"

ސަލްމާން ޚާން އާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އަށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ލިބޭނެ ކަމަށް ފިލްމު ރިލީޒްކުރުމުގެ ކުރިން ވެސް ލަފާކުރި އެވެ. ކަންތައް ވީ ވެސް ހަމަ އެހެންނެވެ. ހުކުރު ދުވަހު ފިލްމު ރިލީޒްކުރުމާ އެކު ހަމައެކަނި އެ ދުވަހު ވެސް 34.50 ކްރޯޑު (3.4 ބިލިއަން ރުޕީސް) ވަނީ ލިބިފަ އެވެ. އަދި ހޮނިހިރުދުވަހާ އެކު އެ...

22 ޑިސެމްބަރ

December 22, 2017 1
"ޓައިގާ ޒިންދާ ހޭ"އަށް ވެސް ސިޔާސީ މައްސަލަތަކެއް

ހުކުރު ދުވަހު ރިލީޒްކުރާ ސަލްމާން ޚާންގެ ބޮޑު ބަޖެޓް ފިލްމު "ޓައިގާ ޒިންދާ ހޭ" ރިލިޒްކުރަން ވަރަށް ކައިރިވެފައި ވަނިކޮށް ފިލްމަށް ސިޔާސީ މައްސަލަތަކެއް ދިމާވެއްޖެ އެވެ.

19 ޑިސެމްބަރ

December 19, 2017
"ޓައިގާ ޒިންދާ ހޭ": ނެރުމުގެ ކުރިން ވެސް ހައުސްފުލް

އަންނަ ހުކުރު ދުވަހަކީ އަނެއްކާވެސް އިންޑިޔާގެ ސިނަމާތަކުގައި ހަވާ އަރުވާނެ ދުވަހެއް ކަމަށް ބެލެވެ އެވެ. ސަބަބަކީ ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ" އެ ދުވަހު ރިލީޒްކުރާތީ އެވެ. ފިލްމުގެ އެޑްވާންސް ބުކިންގްސް ފެށިފައިވާއިރު ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ސިނަމާތަކުގެ ވެރިން ވަނީ...

18 ޑިސެމްބަރ

December 18, 2017 1
ބިގް ބޮސް 11: އެހެން ސީޒަންތަކަށް ވުރެ މާ ކާމިޔާބު

މިހާރު ކަލާޒް ޗެނަލުން ދައްކަމުން އަންނަ "ބިގް ބޮސް 11" މީގެ ކުރީގެ ސީޒަންތަކަށް ވުރެ މާ ކާމިޔާބެވެ. އެންމެ ގިނައިން ބަލާ ޓީވީ ޕްރޮގްރާމްތައް ދެނެގަންނަ ޓީއާރުޕީ ޗާޓުތަކުގެ ކުރީގައި މިހާރު އޮތީ ބިގް ބޮސް އެވެ.

17 ޑިސެމްބަރ

December 17, 2017
ޅިޔަނު އަޔޫޝް ޝަރުމާގެ ފިލްމު ސަލްމާން އިއުލާންކޮށްފި

ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާންގެ ފިރިމިހާ އަޔޫޝް ޝަރުމާ ބޮލީވުޑަށް ތައާރަފްވާ ފިލްމު އިއުލާން ކޮށްފި އެވެ. މި ފިލްމު އިއުލާންކުރީ ސަލްމާން ކުރި ޓުވީޓެއްގަ އެވެ.

14 ޑިސެމްބަރ

December 14, 2017 6
"ޓައިގާ ޒިންދާ ހޭ"ގައި ސަލްމާނާއި ހިޔަޅުގެ ހަނގުރާމަ

އަލީ އައްބާސް ޒަފަރް ޑައިރެކްޓްކޮށްފައިވާ "ޓައިގާ ޒިންދާ ހޭ" ގައި ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ކުޅެނީ މީގެ ކުރިން އެމީހުން ކުޅެފައި ނެތް ވަރުގެ ވަރުގަދަ ރޯލުތަކެކެވެ. މޭގަނޑު އަނގަޔަށް އަންނަ ވަރުގެ ސްޓަންޓްތަކެއް މި ފިލްމުގައި ސަލްމާނާއި ކެޓުރީނާ ވަނީ ކުޅެފަ އެވެ.

07 ޑިސެމްބަރ

December 07, 2017 1
"ބަޖްރަންގީ ބައިޖާން"އަށް ޗައިނާއިން ދިނީ މަޖާ ނަމެއް

އިންޑިއާގެ ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް މުގުރާފައިވާ ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" ވަރަށް އަވަހަށް ޗައިނާގައި ރިލީޒްކުރަން އަންނަނީ ތައްޔާރު ވަމުންނެވެ. އަދި ފިލްމަށް ޗައިނާ މީހުން ވަނީ ވަރަށް މަޖާ ނަމެއް ވެސް ކިޔާފަ އެވެ. އެއީ "ލިޓްލް ލޮލީޓާ މަންކީ ގޯޑް އަންކަލް" އެވެ.

06 ޑިސެމްބަރ

December 06, 2017
"ދިލް ދިޔާން"އަކީ ޔާޝް ޗޯޕްރާއަށް ދޭ ޓްރިބިއުޓެއް

ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ޓައިގާ ޒިންދާ ހޭ"ގެ މުޅިން އާ ލަވައެއް ހޯމަ ދުވަހު ވަނީ ލޯންޗުކޮށްފަ އެވެ. ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ކުޅެފައިވާ "ދިލް ދިޔާން ގައްލާން" އަކީ ވަރަށް އަސަރުގަދަ ރީތި ލަވަ އެކެވެ. ޑައިރެކްޓަރު ބުނި ގޮތުގައި މިއީ ރޮމޭންސް ފިލްމުތަކުގެ ރަސްގެފާނުގެ ގޮތުގައި މަޝްހޫރުވި ޔާޝް ޗޯޕްރާގެ ހަނދާނުގައި...

03 ޑިސެމްބަރ

December 03, 2017 1
ދީޕިކާ އާއި ޕްރިޔަންކާއަށްވުރެ ކެޓުރީނާ މޮޅު: ސަލްމާން

ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ"ގެ ބަތަލާ ކެޓުރީނާ ކައިފަށް އޭނާ ވަރަށް ބޮޑަށް ތައުރީފުކޮށްފި އެވެ. ސަލްމާން ދެކޭ ގޮތުގައި ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދުކޯން އަށް ވުރެ ވެސް ކެޓުރީނާ މާ މޮޅެވެ. ކެޓުރީނާ އަށް ކުރި ހޯދުނީ އޭނާގެ ބުރަ މަސައްކަތުން ކަމަށް ވެސް ސަލްމާން ބުންޏެވެ.

23 ނޮވެމްބަރ

November 23, 2017
"ޓައިގާ ޒިންދާ ހޭ"ގެ ޓްރެކެއް އުފައްދަން ނުވަ މަސް

ސަލްމާން ޚާންގެ "ޓައިގާ ޒިންދާ ހޭ"ގެ އެންމެ ފަހުން ރިލީޒްވި ލަވަ "ސްވޭގް ސޭ ސްވާގަތު"ގެ ޓްރެކް އަކީ ވަރަށް ބުރަ މަސައްކަތުން ނުވަ މަސް ދުވަހުން ތައްޔާރުކޮށްފައިވާ ލަވައެއް ކަމަށް...

November 23, 2017
ސަލްމާން ވަކިވުމުން ރޭމޯގެ ފިލްމު ވަރުން އަށް

"ޖުޅްވާ 2"ގެ ބޮޑު ކާމިޔާބީއަށް ފަހު ވަރުން ދަވަން އަށް ލިބޭ ފިލްމުތައް ވަނީ އިތުރުވެފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކޯރިއޯގްރާފަރު-ޑައިރެކްޓަރު ރޭމޯ ޑިސޫޒާ އަލަށް ފަށާ ފިލްމު ވެސް...

15 ނޮވެމްބަރ

November 15, 2017
ސަންޖޭ ލީލާ ބާންސާލީގެ ދިފާއުގައި ފިލްމު އިންޑަސްޓްރީ

ސަންޖޭ ލީލާ ބާންސާލީގެ ފިލްމު "ޕަދްމާވަތީ"ގެ މައްސަލަތައް އަދިވެސް ވަނީ ގޯހެވެ. ފިލްމާ ދެކޮޅަށް މަސައްކަތްކުރާ ގްރޫޕްތަކާއި މީހުން ވަނީ އިތުރެވެ.

13 ނޮވެމްބަރ

November 13, 2017
"ޓައިގާ ޒިންދާ ހޭ"ގެ ޓްރެއިލާއަށް ގިނަ ރެކޯޑްތަކެއް

ސަލްމާން ޚާންގެ އާ ފިލްމު "ޓައިގާ ޒިންދާ ހޭ"ގެ ފުރަތަމަ ޓްރެއިލާ އިންޓަނެޓުގައި ގިނަ ރެކޯޑްތަކެއް މުގުރައިފި އެވެ.

12 ނޮވެމްބަރ

November 12, 2017
ސަލްމާނާއި އައިޝްވަރިޔާގެ ކުރިމަތިލުމެއް

ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ސަލްމާން ޚާނާއި އައިޝްވަރިޔާ ރާއީގެ ފިލްމުތައް ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެ ކަމަށް ބެލެވެން ފަށައިފި އެވެ.

11 ނޮވެމްބަރ

November 11, 2017 1
"ޓައިގާ ޒިންދާ ހޭ" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ

ސަލްމާން ޚާނާއި ކެޓުރީނާ ކައިފްގެ "ޓައިގާ ޒިންދާ ހޭ"ގެ ފުރަތަމަ ޓްރެއިލާ ބެލި ގިނަ ބަޔަކު ބުނާ ގޮތުގައި މިއީ ބޮކްސް އޮފީހަށް ތޫފާނެއް ގެނުވާނެ ވަރުގެ ފިލްމެކެވެ.

29 ސެޕްޓެމްބަރ

September 29, 2017
ސަލްމާންގެ "ރޭސް 3" އަށް ސިދާރްތު ނޫނެކޭ ބުނެފި

"ރޭސް 3"ގައި އަނެއްކާވެސް ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ކުޅެން ސަލްމާން ޚާން އަންނަނީ ތައްޔާރުވަމުންނެވެ. "ރޭސް" ފްރެންޗައިސްގެ ފިލްމުތަކަކީ ވަރަށް ޒަމާނީ އަދި އެކްޝަން މަންޒަރުތައް ވަރަށް ފުރިހަމަ ފިލްމުތަކެކެވެ.

20 ސެޕްޓެމްބަރ

September 20, 2017 2
ވިވެކްގެ ދުވަސް ދުއްވާލީ ސަލްމާން؟

އެ ހާދިސާއަށް މިހާރު 15 އަހަރު ވެއްޖެ އެވެ. އެކަމަކު ހެދުނު އެންމެ ގޯހެއްގެ ހިތި ތަޖުރިބާ އަދިވެސް އޭނާއަށް ވަނީ ކުރަން ޖެހިފަ އެވެ.

15 ސެޕްޓެމްބަރ

September 15, 2017
"ކިކް 2" ގައި ސަލްމާނާ އެކު ދީޕިކާ ފެނިދާނެ

ސަލްމާން ޚާންގެ "ކިކް" އަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމެވެ. މި ފިލްމު ރިލީޒްކޮށްފައިވަނީ "ޖެއި ހޯ"އިން އޭނާއަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވެފައި އޮއްވަ އެވެ.

06 ސެޕްޓެމްބަރ

September 06, 2017
"ރޭސް 3"ގައި ސަލްމާން ކުޅެނީ ނުބައިބައި

ސަލްމާން ޚާން ވަނީ އަންނަ 2018 ގައި ކުޅުމަށް ވަރަށް ރަނގަޅު ފިލްމުތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ރަމޭޝް ތުރާނީ ޕްރޮޑިއުސްކުރާ "ރޭސް 3" އެވެ.