13 ޖުލައި

July 13, 2016 6
ސަލްމާނަކީ ކާފަ އުމުރުގެ މީހެކޭ ބުނާތީ ރުޅިގަދަވެއްޖެ

ސަލްމާން ޚާންގެ "ސުލްތާން"ގެ ކާމިޔާބީތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިހާރު ލަފާ ކުރެވޭގޮތުން 200 ކްރޯޑު (2000 މިލިއަން ރުޕީޒް) ހޯދައިގެން މިފިލްމު އަނެއްކާވެސް އާ އުސްމިންތަކަކަށް ދަތުރުކުރާނެ އެވެ.

12 ޖުލައި

July 12, 2016
"ސުލްތާން" ރެކޯޑްތައް މުގުރަމުން ކުރިއަށް

ސަލްމާން ޚާނާއި އަނުޝްކާ ޝަރުމާގެ "ސުލްތާން" އަކީ ފިލްމީ ވިޔަފާރީގެ ފުންނާބު އުސް ފަރާތްތަކުން ލަފާކޮށްފައިވާ ވަރަށް ވުރެ ވެސް މާ ކާމިޔާބު ފިލްމެއްކަން މިހާރު އެ ފިލްމު ދަނީ ބޮކްސް އޮފީހުގައި ސާބިތުކޮށްދެމުންނެވެ.

10 ޖުލައި

July 10, 2016 2
"ސުލްތާން" ތިން ދުވަހުން 100 ކްރޯޑު ހޯދައިފި

ކުރިން ވެސް ހީކުރި ގޮތަށް ސަލްމާން ޚާންގެ "ސުލްތާން" ވަނީ ބޮކްސް އޮފީހަށް ބޮޑު ތޫފާނެއް ކުރިމަތިކޮށްފަ އެވެ. އެންމެ ތިން ދުވަސް ތެރޭގައި 105 ކްރޯޑު (1050 މިލިއަން ރުޕީސް) އަށް ވުރެ...

July 10, 2016 1
ރިތިކް އާއި ސަލްމާނާ ވެސް މައްސަލަ ޖެހުނީތަ؟

ދާދިފަހުން ސްޕެއިންގެ މެޑްރިޑްގައި ބޭއްވި އައިފާ އެވޯޑު ރަސްމިއްޔާތުގައި ބައިވެރިވި ބޮލީވުޑް ދެ ތަރިން ކަމަށްވާ ރިތިކް ރޯޝަން އާއި ސަލްމާން ޚާންގެ މެދުގައި މައްސަލަތަކެއް ޖެހި ދެ...

07 ޖުލައި

July 07, 2016
ރިލީޒް ކުރުމުގެ ކުރިން "ސުލްތާން" ވެސް ލީކުވެއްޖެ

މިއަހަރުގެ އެންމެ ވަރުގަދަ ފިލްމު ކަމަށް ބެލެވޭ ސަލްމާން ޚާންގެ "ސުލްތާން" ރިލީޒްކުރުމުގެ ކުރިން އޮންލައިންގައި ލީކުވެއްޖެ އެވެ.

06 ޖުލައި

July 06, 2016
ސުލްތާން: ސަލްމާންގެ އެންމެ ކާމިޔާބު ފިލްމަށް ވެދާނެ

މިއަދު ރިލީޒްކުރާ ސަލްމާން ޚާންގެ "ސުލްތާން" އަށް އޭނާގެ ފިލްމުތައް މީގެ ކުރިން ހަދާފައިވާ ރެކޯޑްތައް މުގުރާލެވިދާނެ ހެއްޔެވެ؟ ފެށުމެއްގެ ގޮތުން 150 ކްރޯޑު (1500 މިލިއަން ރުޕީޒް) ހޯދިއްޖެ ނަމަ މިފިލްމު ރިލީޒްކުރާނީ ރެކޯޑް މުގުރާލާފަ އެވެ.

02 ޖުލައި

July 02, 2016
ޝާހްރުކާއި ސަލްމާން މަގުމަތީގައި ބައިސްކަލް ދުއްވަނީ

ޝާހްރުކް ޚާނާއި ސަލްމާން ޚާން ބައްދަލުނުވާތާ ގިނަ ދުވަސްވެފައި ބައްދަލުވުމުން ކޮށްލާނެ ކޮންމެވެސް މޮޅުކަމެއް އަބަދުވެސް ރާވާލަ އެވެ. އެގޮތުން މިފަހަރު މި ދެ އެކްޓަރުން ގަސްދުކުރީ...

July 02, 2016 1
ސަލްމާން ފަލަވީ ދުވާލަކު ތިން މެގްނަމް ކައިގެން

ސަލްމާން ޚާންގެ އާ ފިލްމް "ސުލްތާން" އީދު ދުވަހު ރިލީޒްކުރަން ތައްޔާރު ވެފައިވާއިރު އެ ފިލްމުގައި ސަލްމާން ކުޅޭ ކެރެކްޓާ އަށް ފިޓްވުމަށް އޭނާ ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ.

30 ޖޫން

June 30, 2016
ސުލްތާނަކީ ސަލްމާންގެ އެންމެ ދިގު ފިލްމު

އީދު ދުވަހު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ސަލްމާން ޚާންގެ "ސުލްތާން"ގެ ދިގުމިނަކީ ދެ ގަޑިއިރާއި 50 މިނެޓެވެ. މިއީ މިހާރު އުފައްދާ ބޮލީވުޑް ފިލްމުތަކުގެ ދިގުމިނަށް ބަލާއިރު...

June 30, 2016 1
"ސުލްތާން" މުގުރާލާނެކަމަށް ބެލެވޭ ބައެއް ރެކޯޑްތައް

ސަލްމާން ޚާންގެ ފިލްމެއް ރިލީޒްވާން ތައްޔާރުވާ ނަމަ އެ ފިލްމެއް ބޮކްސް އޮފީހުގައި ބޮޑު ފައިދާއެއް ހޯދައި ބްލޮކްބަސްޓާއަށް ވާނެކަމަށް ގިނަ ބަޔަކު މާކުރިން އުންމީދުކުރަން ފަށަ އެވެ....

26 ޖޫން

June 26, 2016 2
މި ހުރީ ކައިވެނި ކުރެވޭނެ ގޮތެއް ނުފެނިފައި: ސަލްމާން

ސަލްމާން ޚާން ކައިވެނި ކުރަނީ ކޮން އިރަކުންތޯ އަބަދުވެސް މީހުން ސުވާލުކުރެ އެވެ. ނޫސްވެރިން ވެސް އެވަރަށް އޭނާއާ މި ސުވާލު ކުރެ އެވެ.

22 ޖޫން

June 22, 2016 2
ސަލްމާނަށް ބުނެވުނު އެއްޗަކުން އެންމެން ރުޅިގަދަވެއްޖެ

ސަލްމާން ޚާންގެ "ސުލްތާން" ރިލީޒްވުމުގެ މާކުރިއްސުރެ އެ ފިލްމަށް ލިބެމުންދާ ތަރުހީބު ފެނި އޭނާ ހުރީ ވަރަށް އުފަލުންނެވެ. އިންޑިއާގެ ނޫހަކަށް ސަލްމާން ދީފައިވާ އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ މިހާރު އޭނާ އަކީ "ރޭޕްކޮށްފައިވާ އަންހެނެއް" ފަދަ ކަމަށެވެ.

June 22, 2016
އާމިރާއި ސަލްމާން ވެސް އެކުގައި ފިލްމެއް ކުޅޭ ހިތްވޭ

އާމިރު ޚާނާއި ސަލްމާން ޚާންގެ އެކުވެރިކަން ވަރަށް ކުރިއްސުރެ އޮވެ އެވެ. އަދި އެކަކު އަނެކަކަށް ތައުރީފުކުރުމުގައި މި ދެ އެކްޓަރުން ވަރެއް ނޯވެ އެވެ.

June 22, 2016 1
ކެޓުރީނާ އާއި ސަލްމާން އަތުގައި ހިފައިގެން؟

އާދިއްތަ ދުވަހުގެރޭ މުމްބާއީގައި އޮތް ރޯދަވީއްލުމަކަށް ދިޔަ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ އެތަނުގައި ހުރި ކާއެއްޗިއްސަށް ވުރެ ބޮޑަށް ސަލްމާން ޚާނާއި އޭނާގެ ކުރީގެ ލޯބިވެރިޔާ...

21 ޖޫން

June 21, 2016
"ޑަންގަލް"ވެސް ކުޅެން ބޭނުން: ސަލްމާން

ސަލްމާން ޚާންގެ "ސުލްތާން"ގެ ޓްރެއިލާ ފެނިފައި އޭނާގެ ފޭނުންތައް މިހާރު ތިބީ ފިލްމު ރިލީޒްކުރާނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާށެވެ. މިއީ ސަލްމާން މިހާތަނަށް ކުޅޭ ކުޅިވަރެއްގެ މައްޗަށް ބިނާކޮށްފައިވާ ފުރަތަމަ ފިލްމެވެ. ގިނަ ބަޔަކު ބުނަނީ 25 އަހަރަށް ވުރެ ދިގު މުއްދަތެއް ފިލްމު ކުޅުމުގައި ހޭދަކުރުމަށްފަހު...

20 ޖޫން

June 20, 2016 1
"ސުލްތާން" އިން އަރިޖީތުގެ ލަވަ ކަނޑާލި ސަބަބު

އީދު ދުވަހު ރިލީޒްކުރަން ތައްޔާރުވެފައިވާ ސަލްމާން ޚާންގެ "ސުލްތާން"ގެ "ޖަގް ގޫމެޔާ" ފުރަތަމަ ކިޔައިދިނީ ބޮލީވުޑްގައި މިހާރު އެންމެ ގަދަޔަށް ފިޔަޖަހަމުންދާ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އެވެ. ނަމަވެސް އޭގެ ފަހުން އެ ލަވަ ވަނީ ރާހަތު ފާތިހު އަލީ ޚާން ލައްވާ އަލުން ރެކޯޑްކޮށްފަ އެވެ.

18 ޖޫން

June 18, 2016
އާމިރު ޚާން ވެސް "ސުލްތާން" ބަލާހިތުން

އާމިރު ޚާންގެ އާ ފިލްމު "ޑަންގަލް"ގައި އޭނާގެ ހަށިގަނޑަށް ދެ ފަހަރެއްގެ މަތިން ބޮޑު ދެ ބަދަލެއް ގެނެސްފައިވެ އެވެ. މިއީ ބޮލީވުޑްގައި މިހާރު އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ ވެސް...

June 18, 2016
ބިޕާޝާގެ ކައިވެނި ހަދިޔާއަކަށް ސަލްމާން ގެއެއް ދިނީތަ؟

ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރުގެ ކައިވެނީގެ ހަދިޔާއަކަށް ބިޕާޝާގެ އެކުވެރިޔާ އަދި ފިލްމީ ތަރި ސަލްމާން ޚާން އޭނާއަށް 10 ކްރޯޑު (100 މިލިއަން ރުޕީޒް)ގެ ގެއެއް ދިން ކަމަށް ދަނީ...

16 ޖޫން

June 16, 2016
"ސުލްތާން"ގެ އެސިސްޓެންޓް ޑައިރެކްޓަރަކީ ސަލްމާންގެ ޅިޔަނެއް

ސަލްމާން ޚާންގެ އެންމެ ހަގު ކޮއްކޮ އަރްޕިތާ ޚާން އަކީ އާއިލާގެ ހުރިހާ އެންމެންނަށް ވުރެ ވެސް ސަލްމާން ލޯބިވާ ކޮއްކޮއެކެވެ. އަދި އަރްޕިތާގެ ފިރިމީހާ އަޔޫޝް ޝަރުމާ އާ ވެސް ސަލްމާނާ ވަރަށް ގާތް ގުޅުމެއް ބާއްވަ އެވެ.

08 ޖޫން

June 08, 2016
"ސުލްތާން" ލޯބީގެ ލަވަ "ޖަގް ގޫމިޔާ" ރިލީޒްކޮށްފި

"ސުލްތާން"ގެ "ޖަގް ގޫމިޔާ" އަކީ ސަލްމާން ޚާން އަނުޝްކާ ޝަރުމާ އަށް ކިޔައިދޭ ލޯބީގެ ލަވައެކެވެ. މި ލަވައަކީ ވަރަށް އަސަރުގަދަ އެހާމެ ރޮމެންޓިކް ލަވައެކެވެ. މި ލަވައަކީ ސުލްތާން އޭނާގެ ލޯބިވާ އާރްފާގެ ހަނދާންތައް އާކުރަމުން އޭނާއަށް ކިޔައިދޭ ލަވައެކެވެ. ލަވައިގައި ދެ ލޯބިވެރިން އެކުގައި ހޭދަކޮށްފައިވާ ބައެއް ވަގުތުތައް ވެސް ދައްކަ...

June 08, 2016
"ޑަންގަލް" އާއި "ސުލްތާން" އެއްގޮތް

ރިލީޒްކުރަން ތައްޔާރުވަމުންދާ ސަލްމާން ޚާންގެ ފިލްމުގެ އިޝްތިހާރުތަކާއި ލަވަތައް ރިލީޒްކުރަން ފެށުމާ އެކު މުނިފޫހި ފިލުވުމުގެ ދާއިރާގައި ވަނީ އެ ފިލްމުގެ ވާހަކަތައް ވަރަށް ބޮޑަށް...

June 08, 2016
ސަލްމާން ގުޑްވިލް އެމްބެސެޑަރަކަށް ނެގުމުން ފާޑުކިޔަނީ

މިއަހަރު އޮންނަ ރިއޯ އޮލިމްޕިކްސްގެ ގުޑްވިލް އެމްބެސެޑަރަކަށް ސަލްމާން ޚާން ހޮވުމާ އެކު މީޑިއާތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ތަފާތު ރިޕޯޓުތައް ލިޔުނެވެ. އެކަމާ ސަލްމާން...

04 ޖޫން

June 04, 2016
ސަލްމާނާއި އިއުލިއާގެ އަޑުން "ސުލްތާން"ގެ ލަވައެއް

ސަލްމާން ޚާން މީގެ ދުވަސްކޮޅެއް ކުރިން ބުނެފައިވަނީ ކައިވެނި ކުރަން ގަސްތުކުރާ ނަމަ ޓްވީޓަކުން އެކަން އެންމެންނަށް ވެސް އަންގާނެ ކަމަށެވެ. ނަމަވެސް ސަލްމާންގެ މިހާރުގެ ލޯބިވެރިޔާ ރޫމޭނިޔާގެ އިއުލިއާ ވަންތޫރާ އެކު އުޅޭ ގޮތުން ހީވަނީ ދެންމެ ދެންމެ ކައިވެނި ކުރަން އުޅޭ ހެންނެވެ.

03 ޖޫން

June 03, 2016
"ސުލްތާން"އާއި "ރައީސް" އެއް ދުވަހަކު ރިލީޒްނުކުރި ސަބަބު

ބޮޑު ދެ ފިލްމެއްގެ ވަރުގަދަ ކުރިމަތިލުމެއް މިފަހަރުގެ ފިތުރު އީދުގައި ބޮލީވުޑުން ފެންނާނެކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބާ ޝާހްރުކް ޚާންގެ "ރައީސް" އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ވަނީ ނިންމާފަ އެވެ.

01 ޖޫން

June 01, 2016
"ސުލްތާން" ލަވަ އަލްބަމް ރިލީޒްކޮށްފި

އިންޑިގައި މިހާރު އަލަށް ވިދަމުންދާ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގްގެ ވާހަކަ މީޑިއާގައި މިދުވަސްވަރު މާ ގަދަޔަށް ދެކެވެން ފެށީ އޭނާ ފޭސްބުކްގައި ފިލްމީ ތަރި ސަލްމާން ޚާނުގެ ކިބައިން މައާފަށް އެދި ޕޯސްޓްކުރި ސިޓީއަކާ ގުޅިގެންނެވެ.

31 މެއި

May 31, 2016 2
ސަންޖޭ ދަތާއި ސަލްމާން ޚާންގެ ފިނި ހަނގުރާމަ

ސަލްމާން ޚާނާއި ސަންޖޭ ދަތަކީ ޒަމާނުއްސުރެ ވަރަށް ގާތް ދެ އެކުވެރިންނެވެ. ނަމަވެސް ބޮލީވުޑްގެ ފަހުގެ ޚަބަރުތައް ބުނާ ގޮތުން މި ދެ އެކްޓަރުންގެ މެދުގައި މިހާރު ފިނި ހަނގުރާމައެއް ވަނީ ފެށިފަ އެވެ. މި ދެ އެކުވެރިންގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދުނީ އަންހެނަކާ ހެދި އެވެ. އެ މީހަކީ ސަލްމާންގެ މެނޭޖަރު ރޭޝްމާ ޝެޓީ އެވެ.

29 މެއި

May 29, 2016
"ސުލްތާން" އަށް އަރިޖީތު ކީ ލަވަ ރާހަތު އަށް!

ބޮލީވުޑްގައި އަލަށް ވިދަމުން އަންނަ ކުޅަދާނަ ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް، ފިލްމު އެކްޓަރު ސަލްމާންގެ ކިބައިން މައާފަށް އެދި ފޭސްބުކްގައި ޕޯސްޓްކުރި ސިޓީ ސަލްމާނަށް ފެނިފައިވީ ނަމަވެސް މިހާރު ބެލެވޭ ގޮތުން އަރިޖީތަށް މާފު ކުރަން ސަލްމާން ތައްޔާރެއް ނޫނެވެ. އަދި "ސުލްތާން" އަށް އަރިޖީތު ކިޔައިދިން ލަވަ ރާހަތު ފާތިހު އަލީ ޚާން...

28 މެއި

May 28, 2016
ސަލްމާން ދެން ކުޅޭ ފިލްމުގެ ބަތަލާއަކީ ދީޕިކާ

ފިތުރު އީދު ދުވަހު ރިލީޒްކުރަން ތައްޔާރުވަމުންދާ ސަލްމާން ޚާންގެ "ސުލްތާން" އިން ރެކޯޑްތައް މުގުރަން މިހާރުއްސުރެ އޭނާ ތައްޔާރުވަމުންދާއިރު އޭނާ ދެން ކުޅެން ހަމަޖެހިފައިވާ ފިލްމާ ބެހޭ ގޮތުން ވެސް ތަފާތު ވާހަކަތައް ދަނީ ދެކެވެމުންނެވެ.