30 ޑިސެމްބަރ

December 30, 2017
ސެމްސަންގް ގެލެކްސީގެ އާ ފޯނު ފެބްރުއަރީގައި

ޖެނުއަރީމަހު ނެރޭނެކަމަށް ކުރިން ހީކުރި ސެމްސަންގް ގެލެކްސީ އެސް 9 ނުކުންނާނީ ފެބްރުއަރީގައި ކަމަށް ބައެއް ނޫސްތަކުން ޚަބަރު ފަތުރަމުން އެބަ ދެ އެވެ. އެސް 9 ނުކުންނަ އިރު ކުދިކުދިި ބަދަލުތަކާ އެކު އެސް 9 ޕްލަސް ވެސް ނުކުންނާނެ ކަމަށް ޚަބަރު ލިބެ އެވެ.

23 ޑިސެމްބަރ

December 23, 2017 5
އެޕަލްއިން ސެމްސަންގަށް 20 ބިލިއަން ޑޮލަރު

ސެމްސަންގްއިން 50 މިލިއަން "އޯލެޑް ޕެނަލް" އެޕަލް އަށް މި އަހަރު ވިއްކާނެ ކަމަށް ވަނީ އަންދާޒާކުރެވިފަ އެވެ. އެއީ އައިފޯން 10 އަށް ބޭނުންވާ ޑިސްޕްލޭ އެވެ. ބުނެވޭ ގޮތުގައި، ގެލަކްސީ އެސް8 އަށް ބޭނުންވާ ބައިތަކުން ލިބޭ ފައިދާ އަށް ވުރެ ބޮޑު އާމްދަނީއެއް، އެޕަލް އަށް އޯލެޑް ޕެނަލް ވިއްކައިގެން ސެމްސަންގް އަށް ލިބެ އެވެ. އެ ގޮތުން،...

07 ޑިސެމްބަރ

December 07, 2017
ސެމްސަންގުން ފޯނުތަކުގެ ޖާގަ ބޮޑުކުރަނީ

ހޯދަން ބޭނުންވަނީ އިންޓާނަލް ސްޓޯރޭޖް ކިހާ ވަރެއްގެ ފޯނެއް ހެއްޔެވެ؟ ޖާގަ ބޮޑުވި ވަރެއް ރަނގަޅު ދޯ އެވެ. ސްމާޓްފޯން މަސްރަހުގައި، އިންޓާނަލް ސްޓޯރޭޖް ކުޑަ ފޯނުތަކަށް މަޝްހޫރުކަމެއް މިހާރަކު ނެތެވެ.

05 ޑިސެމްބަރ

December 05, 2017 2
ސެމްސަންގުން އަތްތިލަ ސްކޭންކުރަނީ

ލޮލުގެ ކަޅި އަށް ވުރެ ސްމާޓްފޯން ދެކެ އަހަރެމެން ލޯބިވެ އެވެ. އެ އެއްޗެއް ހިމާޔަތްކުރުމަށްޓަކައި، އިނގިލީގެ ނިޝާން އަދި ލޮލުގެ ކަޅި ވެސް މި އުޅެނީ ފޯނުތަކުގައި ރައްކާކޮށްގެންނެވެ. ނުވީތަނަކަށް މިހާރު މުޅި މޫނު ވެސް ފޮރުވަން ޖެހިފައި ވަނީ ފޯނުތަކުގަ އެވެ.

04 ޑިސެމްބަރ

December 04, 2017 7
އައިފޯން 10ގައި ފާސްޓް ޗާޖިން ސްޕީޑް ދަށް

އެންޑްރޮއިޑް ބައެއް ފޯނުތަކުގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީ މާ ފުރިހަމަ ކަމަށް "ޓޮމްސް ގައިޑް" އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ. އައިފޯން 10 އަށް ވުރެ "ވަންޕްލަސް 5ޓީ" އަދި "އެލްޖީ ވީ30" ވެސް، ފާސްޓް ޗާޖް މޯޑްގައި، މާ އަވަހަށް ބެޓެރީ ޗާޖްކުރެ އެވެ.

30 ނޮވެމްބަރ

November 30, 2017
އޯލެޑް ޑިސްޕްލޭ އުފައްދަން އެޕަލް ޗައިނާ އަށް

އައިފޯނު އުފެއްދުމުގައި އެޕަލް އުފުލަން ޖެހޭ އެންމެ ބޮޑު ތަކުލީފަކީ، ފޯނަށް ބޭނުންވާ ބައިތައް އުފައްދަން މީހުންނަށް ކަމުކިޔަން ޖެހުމެވެ. މިއީ އެޕަލް އެއްގޮތަކަށް ވެސް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް އެޕަލްގެ ޑިވައިސްތަކަށް ބޭނުންވާ ހާޑްވެއާ އަމިއްލަ އަށް އުފެދެން ނެތުމުން އެހެން ގޮތެއް އަދި ނެތެވެ.

23 ނޮވެމްބަރ

November 23, 2017 1
ގެއްލޭ އެއްޗެހި ދެން ހޯދައިދޭނީ ސެމްސަންގުން

ގެއްލޭ އެއްޗެހި މޯބައިލް ނެޓްވޯކްގެ ތެރެއިން ހޯދޭނެ ގޮތެއް ސެމްސަންގުން ދެނެގެންފި އެވެ.

19 ނޮވެމްބަރ

November 19, 2017
އެންޑްރޮއިޑް ފޯނުތަކަށް ތްރީޑީ ސެންސިން

އެންޑްރޮއިޑް ފޯނުތަކުގައި ތްރީޑީ ސެންސިން ހިމަނަނީ އެވެ. އެ ކަމަށް ބޭނުންވާ ހާޑްވެއާ ހޯދުމަށްޓަކައި ސްމާޓްފޯން ކުންފުނިތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. ވާވޭ، ޝޯމީ އަދި އޮޕޯއިން 2018 ގައި ނެރޭ ފޯނުތަކުގައި އެ ފީޗާ ހިމަނާނެ ކަމަށް ބުނެވެ އެވެ.

14 ނޮވެމްބަރ

November 14, 2017
ދާރަ ނެތް ޑިސްޕްލޭތައް އަގު ހެޔޮ ފޯނުތަކަށް

ދާރަ ނެތް ޑިސްޕްލޭތައް ސްމާޓްފޯނުތަކަށް ތައާރުފުކޮށްފި އެވެ. އެއީ ފޯނު އުފައްދާ ކުންފުނިތަކުން މި އަހަރު ހާސިލުކުރަން ކަނޑައެޅި ލަނޑުދަނޑިއެކެވެ. އެކަން ކުރަން މިހާރު އެންމެންނަށް އެނގެ އެވެ.

09 ނޮވެމްބަރ

November 09, 2017 2
ގެލަކްސީ ނޯޓް 9 އުފެއްދުމުގެ މަސައްކަތުގައި

ސެމްސަންގް ގެލަކްސީ ނޯޓް 9 އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނާތީ އިވިއްޖެ އެވެ. ސެމްސަންގް ތެރޭގައި ދެކެވޭ ވާހަކަތައް ދެނެތިބި މީހުން ބުނާ ގޮތުގަައި، އަސްލާ އެއްގޮތް ނޯޓް 9ގެ މޮޑެލްތަކެއް، އަންނަ އަހަރު ފުރަތަމަ ކޮޅުގައި ޓެސްޓްކުރަން ފަށާނެ އެވެ.

08 ނޮވެމްބަރ

November 08, 2017 3
ދިރާގުން ސެމްސަަންގް ނޯޓް 8 ޕްރީ އޯޑާ ނަގަން ފަށައިފި

ސެމްސަންގުން އަލަށް ތައާރަފްކުރި ނޯޓް 8 އަށް ދިރާގުން ޕްރީ އޯޑަރު ނަގަން ފަށައިފި އެވެ.

26 އޮކްޓޯބަރ

October 26, 2017 1
ވަޔަލެސް ޗާޖިން، ތަންކޮޅެއް ދުރުން

ސެމްސަންގް ބެލެވިފައި ވަނީ ސްމާޓް އިލެކްޓްރޯނިކްސް އަށް ފަރިތަ ކުންފުންޏެއް ގޮތުގަ އެވެ. އާ ފަސޭހަތައް ތައާރުފުކޮށް ބޭނުންކުރާ މީހުންނަށް ފަސޭހައިން އަތުޖެހޭ ގޮތް ހަދައިދޭ ކުންފުންޏެއްގެ ގޮތުގަ އެވެ. މި ފަހަރު މި އޮތީ ވަޔަލެސް ޗާޖިން ތަރައްގީކުރަން އެ ކުންފުނިން ކުރާ މަސައްކަތުގެ ވާހަކަ އެވެ.

23 އޮކްޓޯބަރ

October 23, 2017 3
ފޯނެއް ފަތްޖަހާލެވޭތޯ ވާވޭ ބުރަ މަސައްކަތުގައި

މި އަހަރު ނިމުމަކަށް އަންނަނީ އެވެ. ސްމާޓްފޯން ކުންފުނިތަކުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފަ އެވެ. ހުރިހާ އެންމެން ވެސް ބަލާފައި ވަނީ އެއް މީޒާނަކަށް ދެވޭތޯ އެވެ. ސްމާޓްފޯން ކުންފުނިތަކުގެ އަމާޒަކަށް މި އަހަރު ވެފައި ވަނީ ފޯނުތަކުން ދާރަ ދުއްވާލުމެވެ. އެއްގޮތަކަށް ވެސް ދާރަ ނެތް ފޯނެއް އުފެއްދޭތޯ އެވެ.

05 އޮކްޓޯބަރ

October 05, 2017
މައިކްރޮސޮފްޓް އެޖް އައިފޯނަށާއި އެންޑްރޮއިޑަށް

މޮބައިލް ބްރައުޒާ މާކެޓަށް މައިކްރޮސޮފްޓް ވަންނަނީ އެވެ. ދެކެވޭ ވާހަކަތަކުގައި ބަރުދަނެއް ހުރި ނަމަ، ލަސްތަކެއް ނުވެ، އައިފޯނުގައި މައިކްރޮސޮފްޓް އެޖް ހިންގަން ފަށާނެ އެވެ. ބުނެވޭ ގޮތުގައި، އެންޑްރޮއިޑް ފޯނުތަށް އެޖް އޮތީ ތައްޔާރުކޮށް ނިމިފަ އެވެ.

03 އޮކްޓޯބަރ

October 03, 2017 3
އައިފޯން 10 އިން ސެމްސަންގަށް ބޮޑު ފައިދާއެއް

އައިފޯން 10 އަށް އޯލެޑްް ޑިސްޕްލޭ އުފައްދައި ދެނީ ސެމްސަންގުންނެވެ. އެކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. އެއިން ޑިސްޕްލޭއެއް އެޕަލް ގަންނަނީ 70 ޑޮލަރަށް ވުރެ މަދު ނޫން އަދަދަކަށް ކަމަށް ބެލެވެ އެވެ. ސެމްސަންގުން އައިފޯން 10 އަށް އުފައްދައިދޭ އެހެން ބައިތަކާ އެކު، ކޮންމެ އައިފޯން 10 އަކުން ސެމްސަންގަށް 110 ޑޮލަރަށް ވުރެ މަދު ނޫން...

01 އޮކްޓޯބަރ

October 01, 2017
"ގިއާ ފިޓް 2 ޕްރޮ" އަށް އެޕަލްގެ ރުހުމެއް ނެތް

"ސެމްސަންގް ގިއާ ފިޓް 2 ޕްރޮ" އަކީ "ފިޓްނެސް ޓްރެކާ"އެކެވެ. މިއީ، ސެމްސަންގުން ބުނި ގޮތުގައި، އައިފޯން އަދި އެންޑްރޮއިޑް ފޯނުތަކާ ވެސް ގުޅުވާލެވޭ އާލާތެކެވެ. އެކަމަކު އައިފޯނުގައި މަސައްކަތްކުރާނެ ކަމަށް ބަލައި، މި ޑިވައިސް ގަތުން އަދި ބުއްދިވެރި ނޫނެވެ. މަސްރަހު ދިރާސާކުރާ މީހުން ދޭ ނަސޭހަތަކީ ވެސް މި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 7
ބިލް ގޭޓްސް ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެއް

ވިންޑޯޒް ފޯނުގެ ވާހަކަ ދެން ދައްކާނެ ކަމެއް ނެތެވެ. ބިލް ގޭޓްސް ވެސް ވިންޑޯޒް ފޯނު ދޫކޮށްލައްވައިފި އެވެ. އޭނާ މިހާރު ބޭނުންކުރައްވަނީ އެންޑްރޮއިޑް ފޯނެކެވެ.

21 ސެޕްޓެމްބަރ

September 21, 2017 1
އައިފޯން 10: "އެޕަލް އޭ11 ބަޔޮނިކް" ޗިޕް

"އެޕަލް އޭ11 ބަޔޮނިކް" ޗިޕް އަށް ވުރެ ބާރުގަދަ މޮބައިލް ޗިޕެއް މާކެޓްގައި މި ވަގުތު ނެތް ކަމަށް ވެ އެވެ. މާނަ އަކީ، އައިފޯން 8، އައިފޯން 8 ޕްލަސް އަދި އައިފޯން 10 އަށް ވުރެ ސްޕީޑް ބާރު އެހެން ފޯނެއް ސްމާޓްފޯނު މާކެޓްގައި މި ވަގުތު ނެތުމެވެ. މިއިން ކޮންމެ ފޯނެއްގައި ވެސް އެޕަލް އޭ11 ބަޔޮނިކް ޗިޕް އިނދެ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 1
"ވާވޭ ޕޭ" އެމެރިކާ އަށް

ވާވޭގެ އަމާޒަކީ އެއްވަނަ ދަރަޖަ އެވެ. ސްމާޓްފޯން މާކެޓްގައި، އެއްވަނަ ކުންފުންޏަކީ އެއީ ކަމަށް ވުމަށް ވާވޭ އެދެ އެވެ. އެ އުންމީދުގައި އެ މީހުން މަސައްކަތްކުރަނީ 2021 އަކީ ސުންގަޑި ކަމަށް ބަލައިގެންނެވެ.

16 ސެޕްޓެމްބަރ

September 16, 2017 2
ސްމާޓްފޯން މާކެޓްގައި ދެވަނަ ޖާގަ ވާވޭ އަށް

ސްމާޓްފޯން މާކެޓަށް އެންމެ ގިނަ ފޯނު ނެރެނީ ސެމްސަންގް އިންނެވެ. ސްމާޓްފޯން މާކެޓްގައި އެއްވަނަ ކުންފުންޏަކީ އެއީ އެވެ. ދެވަނަ ދަރަޖަ، ދާދިމިދާކަށް ދުވަހާ ޖެހެދެން އޮތީ އެޕަލް އަށެވެ. މާކެޓްގައި ދެވަނަ އަށް މިހާރު ލިސްޓްކުރެވިފައި ވަނީ ވާވޭ އެވެ.