06 އޮކްޓޯބަރ

October 06, 2016 4
ރަނގަޅުކޮށްގެން ނެރުނު ނޯޓު 7 ވެސް ގޮވައިފި

ވޮޝިންޓަން (އޮކްޓޯބަރު 6) - ސެމްސަން ކުންފުނިން އަލަށް ނެރުނު ގެލެކްސީ ނޯޓު 7 ގެ ބެޓްރީގައި ގޮވުމުން އެ މައްސަލަ ހައްލުކޮށްގެން ދެވަނަ ފަހަރަށް ބާޒާރަށް ނެރުނު ފޯނުތަކުގެ ތެރޭން ފޯނެއްގެ ބެޓްރީ ވެސް ގޮވައިފި އެވެ.

05 އޮކްޓޯބަރ

October 05, 2016 3
ނޯޓް 7 އަލުން ބާޒާރަށް، ހޫނު ތަރުހީބެއް

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުނު ތަނާ އޭގެ ބައެއް ފޯނުތަކުގެ ބެޓެރީ ހޫނުގެ ގޮވުމުގެ މައްސަލަތަކާ ހެދި ވިއްކުން ހުއްޓާލުމަށް ފަހު މައްސަލަ ހައްލުކޮށް ދެކުނު ކޮރެއާގައި އަލުން ބާޒާރަށް ނެރުމާ އެކު، ކުރިން ހީކުރި ގޮތާ ހިލާފަށް ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2016 1
އައިފޯނަށް އޯލެޑް ޑިސްޕްލޭ

"ރެޓީނާ ޑިސްޕްލޭ" އަކީ "ހައި ރެޒޮލޫޝަން" އާލަތްތަކާއި ޑިސްޕްލޭ ސްކްރީންތައް މާކެޓްކުރަން އެޕަލް އިން ބޭނުންކުރާ ލަފުޒެކެވެ. އެ މީހުން ދެކޭ ގޮތުގައި، "ރެޓިނާ ޑިސްޕްލޭ"ތަކަށް، ވާދަވެރި މާކެޓްގައި ޖާގަ އެބަ އޮތެވެ.

27 ސެޕްޓެމްބަރ

September 27, 2016 12
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް އެހީވީ އިޒްރޭލުގެ "ސެލެބްރައިޓް" އިން ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިދިޔަ...

26 ސެޕްޓެމްބަރ

September 26, 2016
ބަދަލުގައި ދިން ނޯޓް 7 ގައި ވެސް ބެޓެރީގެ މައްސަލަ އުޅޭ

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުމާ އެކު، ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ މައްސަލަތަކެއް ކުރިމަތިވެ އޭގެ ފޯނު ވިއްކުން ހުއްޓާލުމަށް ފަހު މިހާރު ދަނީ މައްސަލަ އުޅޭ ފޯނުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މައްސަލަ އުޅެނީ ކޮރެއާ ކުންފުންޏަކުން ސަޕްލައިކުރި ބެޓެރި ލައްވާފައިވާ ފޯނުގައި ކަމަށް ބުނެ ބަދަލުގައި...

24 ސެޕްޓެމްބަރ

September 24, 2016 7
އެލް މޮބައިލްއިން ވިއްކި ނޯޓު7ގެ ފޯނުތައް ނަގަނީ

ރާއްޖޭގެ އެލް މޮބައިލް ފިހާރައިން ގެލެކްސީ ނޯޓު7 ގަތް މީހުންންނަށް ބަދަލުދޭން ފަށައިފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016 2
ފްލައިޓެއްގައި އޮތް ނޯޓް 2 ގެ ފޯނެއް ނުގޮވީ ކިރިޔާ

ޗެންނާއި (ސެޕްޓެމްބަރު 23) - ސިންގަޕޫރުން ފުރައިގެން އިންޑިއާގެ ޗެންނާއީ އަށް ދަތުރުކުރި އިންޑިގޯ އެއާލައިނުގެ މަތިންދާ ބޯޓެއްގައި އޮތް ނޯޓު 2 ގެ ފޯނެއް ނުގޮވީ ހަމަކިރިޔާ އެވެ.

22 ސެޕްޓެމްބަރ

September 22, 2016 1
ރަނގަޅު "ނޯޓް 7" ފާހަގަކުރާނެ ގޮތް

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ވަފާތެރިން ކުރި އިންތިޒާރު އުފާވެރިއެއް ނޫނެވެ. ނޯޓް 7 ބާޒާރަށް ހަމަ ނެރުތަނުން މާ ބޮޑަށް ބެޓެރީ ހޫނުވެ ބައެއް ފޯނުތައް ގޮވައި ބައެއް މީހުން ވަނީ ފިހިފަ އެވެ.

20 ސެޕްޓެމްބަރ

September 20, 2016 1
އައިފޯން 7ގެ 100 މިލިއަން ފޯނު މިއަހަރު ވިކޭނެ

އެޕަލްގެ ވާދަވެރި ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ނޯޓް 7 ގެ ބެޓެރީ ހޫނުވެ ގޮވުމަށް މެދުވެރިވާ ސަބަބާ ހެދި އެ ފޯނުތައް ވިއްކުން ހުއްޓާލުމުން އެޕަލްގެ އައިފޯންގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 100 މިލިއަން އައިފޯން 7 ވިކުން އެކަށީގެންވާ ކަމަށް ދެކުނު ކޮރެއާގެ އެނަލިސްޓުން ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 20
މޯލްޑިވިއަންގައި ނޯޓު 7 ބޭނުންކުރުން މަނާކޮށްފި

ސެމްސަންގް އިން ދާދި ފަހުން ނެރުނު ގެލެކްސީ ނޯޓު 7 ގެ ފޯނު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

17 ސެޕްޓެމްބަރ

September 17, 2016 4
ސެމްސަންގް ގެލަކްސީ ނޯޓް 7 އަލުން މާކެޓަށް

ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލަ މުޅިން ހައްލުކޮށް ބާޒާރަށް ނެރުމަށްޓަކައި ސެމްސަންގް ތައްޔާރު ވަނީ އެވެ. އޮންލައިން ޚަބަރު ނޫސްތަކުން ބުނާ ގޮތުގައި، ނޯޓް 7ގެ ރަނގަޅު ފޯނުތައް ކެނެޑާ އަށް ލިބެމުން އެބަ ދެ އެވެ.

12 ސެޕްޓެމްބަރ

September 12, 2016 1
އައިފޯނަށް "ވަޔަލެސް ޗާޖިން" އަދި އަންނާނެ

އައިފޯނަށް "ވަޔަލެސް ޗާޖިން" އަންނާނެ ކަމަކަށް އެޕަލް އިން ނުބުނެ އެވެ. ނާންނާނެ ކަމަކަށް ވެސް ނުބުނެ އެވެ. އެކަމަކު އެ މީހުން ނުކުރާނެ ކަމަށް ބުނި ބައެއް ކަންތައް ކުރާތީ އެބަ ފެނެ އެވެ.

08 ސެޕްޓެމްބަރ

September 08, 2016
ސެމްސަންގުން ފޯނު މަރާމަތުކޮށްގެން ވިއްކަނީ

ބޭނުންކޮށްފައި ހުރި ފޯނުތައް ސެމްސަންގް ފެކްޓަރީތަކުގައި މަރާމާތުކުރަނީ އެވެ. "ސެކަންޑް-ހޭންޑް" ފޯނުގެ ގޮތުގައި ވިއްކުމަށެވެ. އެ ކަމަށްޓަކައި ޚާއްސަ ޕްރޮގްރާމެއް ފަށަން އުޅޭކަން ވަނީ ދުވަސްކޮޅެއް ކުރިން އިއުލާންކޮށްފަ އެެވެ.

04 ސެޕްޓެމްބަރ

September 04, 2016 13
ފޭސްބުކަށް ބޮޑު ގެއްލުމެއް، ސެމްސަންގަށް ބޮޑު ލަދެއް

ނިމިގެން މި ދިޔައީ ޓެކްނޮލޮޖީގެ ދުނިޔޭގައި ލަދުވެތި ދެ ކަމެއް މެދުވެރިވި ހަފުތާއެކެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރެއް އަނދައި އަޅިއަށްވެ ދެ ކުންފުންޏަކަށް ލަދުވެތިކަން އަދި އަނެއް ބަޔަކަށް މާލީ ބޮޑު ގެއްލުންތަކެއް ކުރިމަތިވީ އެވެ.

02 ސެޕްޓެމްބަރ

September 02, 2016 8
ނޯޓް 7ގެ ބެޓެރި ގޮވަނީ، ވިއްކުން ހުއްޓާލައިފި

ސެމްސަންގުން އެންމެ ފަހުން ނެރުނު ގެލެކްސީ ނޯޓް 7ގެ ބައެއް ފޯނުތައް ޗާޖަށް ޖެހުމުން ބެޓެރި ގޮވުމުގެ މައްސަލަ ކުރިމަތި ވާތީ، އޭގެ ފޯނު ސަޕްލައިކުރުން ސެމްސަންގުން ވަގުތީ ގޮތުން ހުއްޓާލައި މައްސަލަ ހުރި ފޯނުތައް ބަދަލުކޮށްދޭން ނިންމައިފި އެވެ.

22 އޯގަސްޓް

August 22, 2016 3
ގެލެކްސީ ނޯޓު އެސް7 އުރީދޫން ތައާރަފްކޮށްފި

ވަރަށް ހާއްސަ އޮފާތަކަކާ އެކު ސެންސަންގުގެ އެންމެ ފަހުގެ ސްމާޓްފޯން، ގެލެކްސީ ނޯޓް7 އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

11 އޯގަސްޓް

August 11, 2016
ސްމާޓްފޯން ކޮމްޕިއުޓަރަކަށް ބަދަލުކޮށްލެވޭނެ ގޮތެއް

ކޮމްޕިއުޓަރާއި ލެޕްޓޮޕްގެ މައްޗަށް ސްމާޓްފޯނު ގަދަވެގަންނާނެ ދުވަސް އޮތީ ދުރުގައި ނޫން ކަމަށް އަހަރެން ބުނީމެވެ. އެކަމަކު އެ ދުވަސް އަތުވެއްޖެ އެވެ. މޭ ފުއްޕާފައި ތިބެގެން މިކަހަލަ ވާހަކަތައް ލިޔާއިރު، ހީކޮށްގެން ތިބީ، އަހަރެމެންނަށް ނޭނގި އެއްވެސް ކަމެއް ނުވާނެ ކަމަށެވެ. އެ ދުވަސް ވަނީ މާ ކުރިން އައިސްފަ އެވެ.

09 އޯގަސްޓް

August 09, 2016 1
އަދިވެސް ކިޔަންވީ ސްމާޓްފޯނޭތަ؟

އަހަރެމެން އެ އަށް އަދިވެސް ސްމާޓްފޯނޭ ކިޔަންވީ އެވެ. ޓެލެފޯނެއް ގޮތުގައި ބޭނުންކުރެވެނީ މަދު ފަހަރަކު ކަމުގައި ވިޔަސް އެވެ. ސްކްރީން ބިޔަ ފޯނުތައް، 24 ގަޑިއިރު އަތުގައި އޮތަސް، ފޯނު ކޯލެއް ކުރެވެނީ މަދު ފަހަރަކު އެވެ. ފޯނުކުރުމަށް ވުރެ އެހެން ބޭނުންތަކުގައި ސްމާޓްފޯން ބޭނުންކުރެވޭ މިންވަރު ގިނަ އެވެ.

08 އޯގަސްޓް

August 08, 2016 5
ގެލަކްސީ ނޯޓް 7: ބާރުގަދަވެފައި ލޫޅާފަތި

ސެމްސަންގް ގެލަކްސީ ނޯޓް ސީރީޒުގައި، ނޯޓް 7 އަށް ވުރެ ރީތި ފޯނެއް ނެތެވެ. ފަރިކަން ސިފަކުރަން ބޭނުންކުރެވޭ ބައެއް ލަފުޒުތައް، ގެލަކްސީ ނޯޓް 7 ސިފަކުރަން އެކަށީގެން ވެ އެވެ. ނޯޓް 7 އާ ބެހޭ ގޮތުން ދައްކަން ހުރި ވާހަކަތަކަށް ނިމުމެއް ނެތެވެ. މި އޮތީ ވެސް ވާހަކައެކެވެ.

07 އޯގަސްޓް

August 07, 2016
ގެލަކްސީ ނޯޓް 7: ލޯ ސްކޭންކުރުން

ލޯ ސްކޭންކުރުމޭ ބުނުމުން އެ ކުރަނީ ކޮން ކަމެއް ކަމެއް މުޅިން ސާފެއް ނުވެ އެވެ. ރިސާޗް ލެބޯޓަރީތަކުގައި، ސަލާމަތީ މިންގަނޑެއް ގޮތުގައި، ލޮލުގެ ދެ ބައެއް ސްކޭންކުރެ އެވެ. އެއީ "ރެޓިނާ" އާއި "އައިރިސް" އެވެ. "ރެޓިނަލް ސްކޭނިން" އާއި "އައިރިސް ސްކޭނިން" އެވެ.