08 ނޮވެމްބަރ

November 08, 2016 2
ރައީސާއާ ގުޅޭ ކޮރަޕްޝަން މައްސަލަ ސެމްސަން ކުންފުންޏަށް

ސޯލް (ނޮވެމްބަރު 8) - ދެކުނު ކޮރެއާގެ ރައީސާ ޕާކް ގުއުން-ހައި އާ ގުޅޭ ކޮރަޕްޝަނުގެ މައްސަލާގައި އެ ގައުމުގެ ޕްރޮސެކިއުޓަރުން ސެމްސަން އިލެކްޓްރޯނިކްސްގެ އޮފީހަށް ވަދެ ބަލާ ފާސްކޮށްފި އެވެ.

06 ނޮވެމްބަރ

November 06, 2016
ގެލެކްސީ ނޯޓް 7 ކޮންމެ ގޮތަކުން ނަމަވެސް ހުއްޓުވާނެ

ގެލަކްސީ ނޯޓް 7 ގައި މައްސަލަޖެހި ގެއްލުތަކެއް ވެއްޖެ އެވެ. ބެޓެރީ މާ ބޮޑަށް ހޫނުވެ، ގޮވައި ބަޔަކަށް އަނިޔާވިކަން ވެސް ކަށަވަރުވެއްޖެ އެވެ. އެހެން ނަމަވެސް، އެ މައްސަލައިގެ ބާވަތާއި ތަފުސީލު އަދި ޔަގީނެއް ނުވެ އެވެ.

20 އޮކްޓޯބަރ

October 20, 2016 2
ގެލަސްކީ އެސް8 ވާންޖެހޭނީ ބޮޑު ސިއްރަކަށް: ސެމްސަންގް

ތަހުޒީބީ ޒަމާނުގައި ސިއްރުން އެކަކަށް އެއް ކަމެއް ވެސް ނުކުރެވެ އެވެ. ދެން ވަކިން ސެމްސަންގް އިސްތިސްނާ ވާނެ ގޮތަކީ ކޮބައި ހެއްޔެވެ؟ ގެލަކްސީ އެސް8އާ ބެހޭ އެއްވެސް މައުލޫމާތެއް އާންމުނުކުރުމަށް، މުވައްޒަފުންނާއި ޑިވެލޮޕަރުންގެ ކިބައިން ސެމްސަންގް އެދިއްޖެ އެވެ.

19 އޮކްޓޯބަރ

October 19, 2016
ސްރީ ލަންކަންގެ ބޯޓުތަކަށް ނޯޓު 7 އެރުވުން މަނާކޮށްފި

ކޮލަމްބޯ (އޮކްޓޯބަރު 19) - ސްރީ ލަންކަން އެއާލައިންސްގެ މަތިންދާ ބޯޓުތަކުގައި ސެމްސަން ގެލެކްސީ ނޯޓު 7 ބޭނުން ކުރުން މަނާކޮށްފި އެވެ.

18 އޮކްޓޯބަރ

October 18, 2016 2
ސެމްސަންގުން "އަންޕެކްޑް 2017" އަށް ތައްޔާރުވަނީ

އަންނަ އަހަރުގެ ފެބްރުއަރީ 26 ގައި "ސެމްސަންގް އަންޕެކްޑް" އިވެންޓް އޮންނާނެ އެވެ. އެއީ "ވޯލްޑް މޮބައިލް ކޮންގްރެސް" އާ ދިމާވާ ގޮތަށެވެ. ސެމްސަންގުން މިހާރު ވަނީ އެ ގޮތަށް ތާވަލުކޮށް ނޫސްތަކަށް އެ ވާހަކަ އާންމުކޮށް އަންގާފަ އެވެ.

17 އޮކްޓޯބަރ

October 17, 2016
ނޯޓް 7 އަށް ޕްރީއޯޑަރު ދިން ނަމަ ހަދިޔާއެއް

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި ހާދިސާއިން ބަޔަކު ފައިދާ ނެގި އެވެ. ގެއްލުންވި މީހުން ވެސް މަދެއް ނޫނެވެ. ނަސީބު ރަނގަޅު މީހުންގެ ތެރެއިން ވެސް އެންމެ ރަނގަޅު ގޮތް މެދުވެރިވީ...

October 17, 2016 1
ނޯޓް 7 ގަތް މީހުން ހިފަހައްޓަން 100 ޑޮލަރު ދެނީ

ސެމްސަންގް ގެލެކްސީ ނޯޓް 7ގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލާގައި އޭގެ ފޯނުތައް ކަސްޓަމަރުން އަތުން ނަގައި، ބަދަލު ދެމުން އަންނައިރު އެ ފޯނުގެ ބަދަލުގައި ސެމްސަންގުގެ އެހެން ފޯނެއް...

15 އޮކްޓޯބަރ

October 15, 2016
ބޭނުންކުރާ މީހުންގެ އިތުބާރު ހޯދާނަން: ސެމްސަންގް

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި މައްސަލައާ ގުޅިގެން ކުންފުނިން އޮފިޝަލަކު އިސްތިއުފާދިން ވާހަކައެއް ނުއިވެ އެވެ. އެ ވަރުގެ ބޮޑު ކަމެއް ހިނގައި ދިއުމުން ކޮންމެވެސް ބަޔަކު ޒިންމާ އުފުލަން ޖެހެ އެވެ. އިހުމާލުވި މީހުން ވަޒީފާ ދޫކޮށް ގެއަށް ދިއުމަކީ ވެސް މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

11 އޮކްޓޯބަރ

October 11, 2016 5
ނޯޓް 7 އާ އެކު ސެމްސަންގް ވެސް އަޅިއަށް ވެދާނެ

ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސް އިން އެންމެ ފަހުން އުފެއްދި ފޯނު ކަމަށްވާ ނޯޓް 7 ބާޒާރަށް ނެރުނީ ފަޚުރުވެރިކަމާ އެކުގަ އެވެ. އެކަމަކު މަސް ދުވަސް ނުވަނީސް އޭގެ ވިޔަފާރި ހުއްޓާލަން ޖެހުނީ އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާނުގެ ހާދިސާތަކެއް ހިނގުމާ އެކުގަ އެވެ. އޭގެ ފަހުން ފޯނު ރަނގަޅުކޮށްފައި އަލުން ވިޔަފާރި ފެށި...

October 11, 2016 6
ފެން ނުވަންނަ ފޯނުތަކުގެ އައިޕީ ރޭޓިން އަކީ ކޯއްޗެއް؟

ސްމާޓްފޯނުތަކަށް ފެން ނުވަންނަ ގޮތް ހެދުމަކީ ކުންފުނިތަކުގެ މެދުގައި ބޮޑުވަމުން އަންނަ ވާދައެކެވެ. އެކަމަކު މީގެ ތިން އަހަރު ކުރިން ސޮނީން މާކެޓަށް ނެރުނު "އެކްސްޕީރިއާ ޒީ"...

October 11, 2016 1
ނޯޓް 7 ވިއްކުމާއި ބޭނުންކުރުން ވެސް ހުއްޓާލަން އެދެފި

ސެމްސަންގް ނޯޓް 7 ގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ ރޯވާ މައްސަލަ ހައްލުކުރެވިފައި ނުވާތީ އޭގެ ފޯނުތައް ބޭނުން ނުކުރުމަށް ސެމްސަންގް ކުންފުނިން އިލްތިމާސްކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2016 3
ސެމްސަންގުން ނޯޓް 7 އުފެއްދުން ހުއްޓާލަނީ

ސެމްސަންގުން ނޯޓް 7 ބާޒާރަށް ނެރުމާ އެކު އޭގެ ފޯނުތަކުގެ ބެޓެރީ ހޫނުވެ އަލިފާން ރޯވާ މައްސަލަ ޖެހުމުން ފޯނު ވިއްކުން މެދުކަނޑާލައި، މައްސަލަ ހައްލުކޮށްފައި ނެރުނު ކަމަށް ބުނި ފޯނުތަކުގައި ވެސް ރޯވާން ފެށުމުން އޭގެ ފޯނު އުފެއްދުން ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

09 އޮކްޓޯބަރ

October 09, 2016 12
ބަޔަކު ސެމްސަންގަށް ލަނޑު ދިނީތަ؟

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ދިމާވި ގޮތުން ހިނގައި ދާ މުއާމަލާތްތަކަށް ވިސްނާއިރު، ތިޔަ ކަހަލަ ސުވާލެއް ހިތަށް ވެރިވުމަކީ ވަރަށް ގާތް ކަމެކެެވެ. ޚާއްސަކޮށް ޓެކްނޮލޮޖީ މަސްރަހު ބަދަލުވަމުން ދާ ގޮތާ މެދު ވިސްނާ ނަމަ އެވެ.

06 އޮކްޓޯބަރ

October 06, 2016 4
ރަނގަޅުކޮށްގެން ނެރުނު ނޯޓު 7 ވެސް ގޮވައިފި

ވޮޝިންޓަން (އޮކްޓޯބަރު 6) - ސެމްސަން ކުންފުނިން އަލަށް ނެރުނު ގެލެކްސީ ނޯޓު 7 ގެ ބެޓްރީގައި ގޮވުމުން އެ މައްސަލަ ހައްލުކޮށްގެން ދެވަނަ ފަހަރަށް ބާޒާރަށް ނެރުނު ފޯނުތަކުގެ ތެރޭން ފޯނެއްގެ ބެޓްރީ ވެސް ގޮވައިފި އެވެ.

05 އޮކްޓޯބަރ

October 05, 2016 3
ނޯޓް 7 އަލުން ބާޒާރަށް، ހޫނު ތަރުހީބެއް

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުނު ތަނާ އޭގެ ބައެއް ފޯނުތަކުގެ ބެޓެރީ ހޫނުގެ ގޮވުމުގެ މައްސަލަތަކާ ހެދި ވިއްކުން ހުއްޓާލުމަށް ފަހު މައްސަލަ ހައްލުކޮށް ދެކުނު ކޮރެއާގައި އަލުން ބާޒާރަށް ނެރުމާ އެކު، ކުރިން ހީކުރި ގޮތާ ހިލާފަށް ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެއްޖެ އެވެ.

04 އޮކްޓޯބަރ

October 04, 2016 1
އައިފޯނަށް އޯލެޑް ޑިސްޕްލޭ

"ރެޓީނާ ޑިސްޕްލޭ" އަކީ "ހައި ރެޒޮލޫޝަން" އާލަތްތަކާއި ޑިސްޕްލޭ ސްކްރީންތައް މާކެޓްކުރަން އެޕަލް އިން ބޭނުންކުރާ ލަފުޒެކެވެ. އެ މީހުން ދެކޭ ގޮތުގައި، "ރެޓިނާ ޑިސްޕްލޭ"ތަކަށް، ވާދަވެރި މާކެޓްގައި ޖާގަ އެބަ އޮތެވެ.

27 ސެޕްޓެމްބަރ

September 27, 2016 12
ފޯނެއް ހުޅުވުމަކީ މި މީހުންނަށް އެއްވެސް ކަމެއް ނޫން

މިދިޔަ އަހަރު އެމެރިކާގެ ސަން ބާނާޑިއޯގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލުމުގެ ޖަރީމާ ހިންގި މީހާގެ އައިފޯން ހުޅުވައިދޭން އެޕަލް އިން ދެކޮޅު ހަދަމުން ދަނިކޮށް އެފްބީއައި އަށް އެހީވީ އިޒްރޭލުގެ "ސެލެބްރައިޓް" އިން ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ. އެކަމާ ބެހޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މިދިޔަ...

26 ސެޕްޓެމްބަރ

September 26, 2016
ބަދަލުގައި ދިން ނޯޓް 7 ގައި ވެސް ބެޓެރީގެ މައްސަލަ އުޅޭ

ސެމްސަންގް ގެލެކްސީ ނޯޓް 7 ބާޒާރަށް ނެރުމާ އެކު، ބައެއް ފޯނުތަކުގެ ބެޓެރީ ގޮވުމުގެ މައްސަލަތަކެއް ކުރިމަތިވެ އޭގެ ފޯނު ވިއްކުން ހުއްޓާލުމަށް ފަހު މިހާރު ދަނީ މައްސަލަ އުޅޭ ފޯނުތައް ބަދަލުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މައްސަލަ އުޅެނީ ކޮރެއާ ކުންފުންޏަކުން ސަޕްލައިކުރި ބެޓެރި ލައްވާފައިވާ ފޯނުގައި ކަމަށް ބުނެ ބަދަލުގައި...

24 ސެޕްޓެމްބަރ

September 24, 2016 7
އެލް މޮބައިލްއިން ވިއްކި ނޯޓު7ގެ ފޯނުތައް ނަގަނީ

ރާއްޖޭގެ އެލް މޮބައިލް ފިހާރައިން ގެލެކްސީ ނޯޓު7 ގަތް މީހުންންނަށް ބަދަލުދޭން ފަށައިފި އެވެ.

23 ސެޕްޓެމްބަރ

September 23, 2016 2
ފްލައިޓެއްގައި އޮތް ނޯޓް 2 ގެ ފޯނެއް ނުގޮވީ ކިރިޔާ

ޗެންނާއި (ސެޕްޓެމްބަރު 23) - ސިންގަޕޫރުން ފުރައިގެން އިންޑިއާގެ ޗެންނާއީ އަށް ދަތުރުކުރި އިންޑިގޯ އެއާލައިނުގެ މަތިންދާ ބޯޓެއްގައި އޮތް ނޯޓު 2 ގެ ފޯނެއް ނުގޮވީ ހަމަކިރިޔާ އެވެ.

22 ސެޕްޓެމްބަރ

September 22, 2016 1
ރަނގަޅު "ނޯޓް 7" ފާހަގަކުރާނެ ގޮތް

ސެމްސަންގް ގެލަކްސީ ނޯޓް 7 އަށް ވަފާތެރިން ކުރި އިންތިޒާރު އުފާވެރިއެއް ނޫނެވެ. ނޯޓް 7 ބާޒާރަށް ހަމަ ނެރުތަނުން މާ ބޮޑަށް ބެޓެރީ ހޫނުވެ ބައެއް ފޯނުތައް ގޮވައި ބައެއް މީހުން ވަނީ ފިހިފަ އެވެ.

20 ސެޕްޓެމްބަރ

September 20, 2016 1
އައިފޯން 7ގެ 100 މިލިއަން ފޯނު މިއަހަރު ވިކޭނެ

އެޕަލްގެ ވާދަވެރި ސެމްސަންގުން އެންމެ ފަހުން ބާޒާރަށް ނެރުނު ނޯޓް 7 ގެ ބެޓެރީ ހޫނުވެ ގޮވުމަށް މެދުވެރިވާ ސަބަބާ ހެދި އެ ފޯނުތައް ވިއްކުން ހުއްޓާލުމުން އެޕަލްގެ އައިފޯންގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި މި އަހަރު ނިމޭއިރު 100 މިލިއަން އައިފޯން 7 ވިކުން އެކަށީގެންވާ ކަމަށް ދެކުނު ކޮރެއާގެ އެނަލިސްޓުން ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 20
މޯލްޑިވިއަންގައި ނޯޓު 7 ބޭނުންކުރުން މަނާކޮށްފި

ސެމްސަންގް އިން ދާދި ފަހުން ނެރުނު ގެލެކްސީ ނޯޓު 7 ގެ ފޯނު މޯލްޑިވިއަންގެ ފްލައިޓްތަކުގައި ބޭނުންކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.