03 ފެބުރުއަރީ

February 03, 2019
ވަންޕްލަސް އިންޑިއާގައި ބާރުގަދަކުރަނީ

ސްމާޓްފޯން މާކެޓްގައި ފޯނުތައް ދަރަޖަކުރެވެނީ ތިން ގިންތިއަކަށެވެ. އެއީ "ބަޖެޓް"، "މިޑް ރޭންޖް" އަދި "ޕްރީމިއަމް" އެވެ.

02 ފެބުރުއަރީ

February 02, 2019
ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނުގެ އިޝްތިހާރެއް

މި މަސް އެންމެ ހާއްސަވާ އެއް ކަމަކަށްވެގެން ވާނީ ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނު ރަސްމީކޮށް ނެރުމެވެ. ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ސެމްސަންގުގެ މި މަސައްކަތަށް ކުރެވޭ އިންތިޒާރީ އަށް މި މަހުގެ 20 ގައި ނިމުމެއް އަންނާނެ އެވެ.

30 ޖެނުއަރީ

January 30, 2019 7
ޗައިނާ ނޫން ގައުމެއްގައި ހެދި ސްމާޓްފޯނެއް އެނގޭތަ؟

ޗައިނާ ނޫން ގައުމުތަކުގައި ވެސް ސްމާޓްފޯން އުފައްދަ އެވެ. ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ގަންނަން ބޭނުން ނަމަ އެއީ ވާނެ ކަމެއްކަން ކަށަވަރެވެ. އެކަމަކު، ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ހޯދަން ކުރަންޖެހޭ މަސައްކަތް އިތުރުވެދާނެ އެވެ.

29 ޖެނުއަރީ

January 29, 2019
ސެމްސަންގުން ޕްލާސްޓިކް ޕެކިން ދޫކޮށްލަނީ

ސެމްސަންގް ފޯނުތައް ބަންދުކުރަން ބޭނުންކުރާ ޕްލާސްޓިކް ކޮތަޅުތައް ދޫކޮށްލައި، ތިމާވެއްޓާ އެކުވެރި ބާވަތްތައް ބޭނުންކުރަން ނިންމައިފި އެވެ. ސެމްސަންގުން ބުނި ގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން މި ބަދަލު ގެންނާނެ އެވެ.

25 ޖެނުއަރީ

January 25, 2019 4
ސެމްސަން ގެލެކްސީ10 ވިއްކާނެ އަގުތައް ލީކްވެއްޖެ

އަންނަ މަހުގެ މެދުތެރޭގައި ސެމްސަން ގެލެކްސީ 10ގެ ފޯނުތައް ދައްކައިލަން ތައްޔާރުވަމުން އަންނަ އިރު، އެ މޮޑެލްތަކުގެ ފޯނު ވިއްކާނެ ކަމަށް ބެލެވޭ އަގުތައް ލީކްވެއްޖެ އެވެ.

24 ޖެނުއަރީ

January 24, 2019
އެންޑްރޮއިޑް ސްމާޓްފޯނުތަކުގެ މެމޮރީ 10ޖީބީ އަށް

އެންޑްރޮއިޑް ސްމާޓްފޯނުތަކަށް މި އަހަރު އަންނާނެ އެންމެ ބޮޑު ކުރިއެރުމަކަށް ވާނީ މެމޮރީ އިތުރުކުރުން ކަމަށް ބުނެވެ އެވެ. އެ ގޮތުގައި، އެވްރެޖް ފޯނެއްގެ މެމޮރީ 10ޖީބީ އަށް މަތިކުރާނެ ކަމަށް މިހާރު ވާހަކަ ދެކެވެ އެވެ. ސްމާޓްފޯނުތަކުގެ މެމޮރީ 10 ޖީބީ އަށް އިތުރުކުރިއެއް ކަމަކު، އެ ފޯނުތައް ބޭނުންކުރާ މީހުންނަށް ދުވެލިން މާ ބޮޑު...

18 ޖެނުއަރީ

January 18, 2019 5
ފިންގާޕްރިންޓް ސްކޭނާ ޑިސްޕްލޭ ދަށުގައި

ޝޯމީ އަކީ މާކެޓް ގުޑުވާލަން ދަންނަ ކުންފުންޏެއް ކަމަށް ބުނެވެ އެވެ. ޝޯމީގެ ފޯނުތައް މާކެޓްކުރުމަށް އެ މީހުން ގެންގުޅޭ އުކުޅުތަކުގެ ސަބަބުން، ސްމާޓްފޯން މާކެޓުން ޖާގަ ކަށަވަރުކޮށްގެން ތިބި ކުންފުނިތައް ވެސް ޖެހިލުން ވާ ކަމަށް ވެ އެވެ.

15 ޖެނުއަރީ

January 15, 2019 2
ސެމްސަންގް ގެލަކްސީ އެފް: ދެ ޑިސްޕްލޭ، ދެ ބެޓެރީ

ސްމާޓްފޯނެއްގައި ދެ ބެޓެރީ ހިމެނުމަކީ އެއްގޮތަކަށް ވެސް ނުކުރާ ކަމަކަށް ނުވެދާނެ އެވެ. ސެމްސަންގް ގެލަކްސީ އެފްގައި ދެ ބެޓެރީ ހިމަނަން އުޅޭ ވާހަކަ ދެކެވުނު ނަމަވެސް، ސްމާޓްފޯނެއްގައި ދެ ބެޓެރީ އެންމެ ފުރަތަމަ ހިމަނާ ބަޔަކަށް ސެމްސަންގް ވާނެ ކަމަށް ބުނެވެން ނެތީ ވެސް އެހެންވެ އެވެ.

08 ޖެނުއަރީ

January 08, 2019
ސެމްސަންގުގެ ފައިދާ ދަށަށް

ދެކުނު ކޮރެއާގެ ސެމްސަންގް އިލެކްޓްރޯނިކްސްގެ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓާގެ ފައިދާ 29 ޕަސެންޓު ދަށަށް ހިނގައްޖެ އެވެ.

30 ޑިސެމްބަރ

December 30, 2018
ގެލަކްސީ އެސް10 ދައްކައިލުން ފެބްރުރީގައި

އާ އަހަރަކާ ކުރިމަތިލާ އިރު ސެމްސަންގުން އަންނަނީ ކަސްޓަމަރުން އުފާވާނެ ކަމެއް ކުރަން ތައްޔާރުވަމުންނެވެ. އިންތިޒާރަށް ނިމުމެއް އަންނާނީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ކަމަށް ބެލެވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އެއަށް ވުރެ ކުރިން ވެސް ފަހަރުގައި ސެމްސަންގުން ކަސްޓަމަރުން ހެއްވައިލާނެ އެވެ.

24 ޑިސެމްބަރ

December 24, 2018
އެންމެ އަވަހަށް ބެޓެރީ ޗާޖްކޮށްދެނީ ކޮން ބައެއް؟

ސެމްސަންގަށް ހީވެފައި އޮންނަނީ އެ މީހުންނަށް ވުރެ ވަކިން އަވަހަށް ބެޓެރީ ޗާޖުކޮށްދޭ ބަޔަކު ނޫޅޭ ކަމަށެވެ. ސްމާޓްފޯނުތަކުގެ ބެޓެރީ އަވަހަށް ޗާޖްކުރުމަށް އެންމެ އަވަސް އަދި ރަނގަޅު ޓެކްނޮލޮޖީ ގާއިމުކުރެވިފައި ހުންނަނީ އެ މީހުންގެ ފޯނުތަކުގައި ކަމަށެވެ.

23 ޑިސެމްބަރ

December 23, 2018
ގެލަކްސީ އެސް10 މަރުކާގައި 5ޖީ ފޯނެއް

ގެލަކްސީ އެސް10ގެ ނަމުގައި، މޮޑެލް ތަފާތު ދެތިން ފޯނެއް ނެރޭނެ ކަމަށް ބުނެވެ އެވެ. ނަމަވެސް، އޭގެ ތެރޭގައި 5ޖީ ނެޓްވޯކް ސަޕޯޓްކުރާ ފޯނެއް ނުހިމެނޭ ކަމަށް ބުނެ ކުރިން ވާހަކަދެކެވުނު ނަމަވެސް، އޭގެ ތެރޭގައި 5ޖީ ފޯނެއް ހިމެނޭ ކަމަށް ބުނާ ބުނުމުގައި މިހާރު އިތުބާރުހިފެން ފަށައިފި އެވެ.

18 ނޮވެމްބަރ

November 18, 2018 1
ވާވޭގެ އުންމީދަކީ ސެމްސަންގް ވައްޓާލުން

ވާވޭ އަކީ އަޒުމު ވަރުގަދަ ކުންފުންޏެކެވެ. އެޕަލް އަށް ވުރެ ކުރިއެރުމަށް ކުރި މަސައްކަތުން ވާވޭ މިހާރު އޮތީ ސްމާޓްފޯން މާކެޓްގައި ދެވަނައިގަ އެވެ. ވާވޭ އަށް ދެން އޮތް އުންމީދަކީ 2020 އައުމުގެ ކުރިން ސެމްސަންގް ވައްޓާލުމެވެ. އަދި ސްމާޓްފޯން މާކެޓްގައި ރަސްކަންކުރުމެވެ.

09 ނޮވެމްބަރ

November 09, 2018
ސެމްސަންގުގެ ފަތްޖަހައިލެވޭ ފޯނު އަންނަ އަހަރު

ފަތްޖަހައިލެވޭ ގޮތަށް ފަރުމާކުރާ ސްމާޓްފޯން އަންނަ އަހަރު ނެރޭނެ ކަމުގެ ޔަގީންކަން ސެމްސަންގުން ދީފި އެވެ.

November 09, 2018
ޑިސްޕްލޭގައި ކެމެރާއެއް، ލޯވަޅެއް ނޫން

ޑިސްޕްލޭގައި "ނޮޗް"އެއް ނެތް ނަމަ، ފޯނުން ބައެއް އުނިވީ އެވެ. ޒަމާނަށް ނުފެތުނީ އެވެ. ސްމާޓްފޯނަކަށް ވެސް ނުވީ އެވެ. ހަގީގަތުގައި ޑިސްޕްލޭއިން ބައެއް އުނިވަނީ "ނޮޗް" އިންނަން ޖެހޭތީ...

05 ނޮވެމްބަރ

November 05, 2018 1
އެސް10 ގައި އަލްޓްރާސޮނިކް ފިންގާޕްރިންޓް ސްކޭނާއެއް

ސެމްސަންގް ގެލަކްސީ އެސް10 އާ ބެހޭ ގޮތުން ދެކެވެނީ އުންމީދީ ވާހަކަތަކެވެ. ސްމާޓްފޯން މާކެޓަށް އާ ޓެކްނޮޖީ ތައާރުފުކުރަން ސެމްސަންގް އުޅޭ ވާހަކަ އެވެ. މާނަ އަކީ، ސްމާޓްފޯނަކުން މީގެ ކުރިން ފެނިފައި ނެތް ޓެކްނޮލޮޖީތަކެއް، ގެލަކްސީ އެސް10 ގައި ހިމަނާނެ ކަމެވެ.

31 އޮކްޓޯބަރ

October 31, 2018
ސެމްސަންގް ސްމާޓްފޯންތަކަށް "ގްރަފީން" ބެޓެރީ

ޒަމާން ދަންނަހައި ޓެކްނޮލޮޖީއެއް ހިމަނައި ސްމާޓްފޯނުތައް ބާރުގަދަކުރެވެނީ އެވެ. އެކަމަކު ވެސް، ބެޓެރީގެ ކުޅެދުންތެރިކަމަށް އިންގިލާބީ ޓެކްނޮލޮޖީއެއް، އަދި ނެތެވެ. "ގްރާފީން" ބެޓެރީތަކާ މެދު ވެސް އޮތީ ކުރެވޭ އުންމީދެކެވެ.

29 އޮކްޓޯބަރ

October 29, 2018 2
ވާވޭ ފޯނުތަކުގެ ސްޕީޑް ދަށްނުކުރާނެ ކަމަށް ބުނެފި

އެޕަލް އަދި ސެމްސަންގުން ނެރޭ އާ ފޯނުތަކުގެ ވިޔަފާރި ރަނގަޅުކުރުމަށްޓަކައި، ދުވަސްވީ ފޯނުތަކު ސްޕީޑް ގަސްދުގައި ދަށްކުރާ ކަމަށް ކުރެވުނު ތުހުމަތު އެއީ ހަގީގަތުގައި ވެސް އެ މީހުން ކުރާ ކަމެއް ކަމަށް ވަނީ ސާބިތުވެފަ އެވެ. "އިޓާލިއަން ކޮމްޕެޓިޝަން އޮތޯރިޓީ"އިން މި މައްސަލަ ބަލައި، އެޕަލް 11.4 މިލިއަން އަދި ސެމްސަންގް 5.7 މިލިއަން...

23 އޮކްޓޯބަރ

October 23, 2018 2
ސްމާޓްފޯން ކެމެރާތައް ޑިސްޕްލޭ ދަށަށް

ސްކްރީން މަތީ ދާރަ ކައިރިން ތަންގަނޑެއް ގެއްލުވާލުމަކީ ހުތުރު ސިފައެކެވެ. އެކަމަކު، އައިފޯން 10 އަށް ފަހު ސްމާޓްފޯން ސިނާއަތް އެކަން ބަަލައިގެންފައި ވަނީ މޮޅު ކަމެއް ގޮތުގަ އެވެ. އެއީ "ނޮޗް ޑިސްޕްލޭ" އެވެ. ސްމާޓްފޯން ކެމެރާތައް އަދި ސެންސަރުތައް މިހާރު ހުންނަނީ އެ ތަނުގަ އެވެ.

15 އޮކްޓޯބަރ

October 15, 2018 4
ގެލަކްސީ އެފް: ފަތްޖެހޭ ސްމާޓްފޯނެއް

ސްމާޓްފޯނެއް، ސްކްރީން ލަންބާލައި ފަތްޖަހާލަން، ސެމްސަންގް މަސައްކަތްކުރާތާ ދެ އަހަރު ފާއިތުވީ އެވެ. އޯލެޑް ޑިސްޕްލޭއެއް ބިންދާނުލައި ލަންބާލާނެ ގޮތެއް އެނގެން އިންތިޒާރުކުރާ ކިތަންމެ ބައެކެވެ. ސެމްސަންގް އެ އުޅެނީ އަދި ވެސް އެކަން ނުކުރެވިގެންނެވެ.

05 އޮކްޓޯބަރ

October 05, 2018
ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން

ވާދަވެރި މާކެޓްގައި ގަދަބާރަކަށް ވުމަށް، ސެމްސަންގް ބޮލުން ކުޅެން ފަށައިފި އެވެ. ގެލަކްސީގެ އަގު ބޮޑު ފޯނުތަކުގައި ހުރި ފީޗާތައް، މެދުފަންތީގެ ފޯނުތަކަށް ގެނެސް ކުލަވަރު ރީތިކުރަން ވަނީ ފަށައިފަ އެވެ.