27 މާޗް

March 27, 2018
މި ބޭނުންކުރަނީ ވަޔަލެސް ޗާޖިންއެއް ނޫން

އަހަރެމެން މިތިބީ ވަރަށް އުފަލުންނެވެ. ޒަމާނީ ސްމާޓްފޯނުތައް ވަޔަލެސްކޮށް ޖާޗުކުރެވޭތީ އެވެ. ކޭބަލް ގެއްލިގެން އުޅެން ނުޖެހޭތީ އެވެ. މޭޒުމަތީގައި، ޗާޖިން ޕެޑް މަގީގައި ފޯނު ބާއްވާލައިރަށް، ބެޓެރީ ޗާޖުކުރެވޭތީ އެވެ. މިއީ އެކަމަކު ވަޔަލެސް ޗާޖިން ހެއްޔެވެ؟ އަހަރެމެން މިތިބީ ގަބޫލުކޮށްގެންނެވެ.

26 މާޗް

March 26, 2018 5
ފަށްޖަހާލެވޭ އެޕަލް އައިފޯން 2020 ގައި

ފަށްޖަހައި ލެވޭ ގޮތަށް ފަރުމާކުރާ އައިފޯންގެ ވާހަކަ މީގެ ކުރިން ވެސް އަހަރެމެން އަޑު އެހީމެވެ. ސެމްސެންގާއި ލެނޯވޯ އިން މީގެ ކުރިން މި ވައްތަރުގެ ފޯންގެ ސާމްޕަލްތަކެއް ވެސް ދައްކައިލި އެވެ. އެކަމަކު އަދިވެސް ފޯން ބާޒާރަށް ނެރެވޭ ގޮތެއް ނުވެ އެވެ.

23 މާޗް

March 23, 2018 8
އެންމެ ފަހުގެ ސެމްސަންގް ފޯން ދިރާގުން ތައާރަފްކޮށްފި

ކުލަގަދަ ހަފުލާއަކާ އެކު، ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން މިރޭ ރާއްޖެ އަށް ތައާރަފްކޮށްފި އެވެ.

22 މާޗް

March 22, 2018 2
ދިރާގުން އެސް9، އެސް9 ޕްލަސް މާދަމާރޭ ތައާރަފްކުރަނީ

އެންމެ ފަހުގެ ސެމްސަންގް ގެލެކްސީ އެސް9 އަދި އެސް9 ޕްލަސް ދިރާގުން މާދަމާ ރޭ ތައާރަފްކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

March 22, 2018
އެޕަލް ގަޑިއަށް މައިކްރޮލެޑް ސްކްރީން

އެޕަލް ގަޑި އަށް މައިކްރޮލެޑް ސްކްރީން އުފެއްދުމަށްޓަކައި އެޕަލްއިން ސިއްރު މަސައްކަތްތަކެއް ފަށައިފި ކަމަށް ބުނެވެ އެވެ. އެޕަލްއިން ބޭނުންވަނީ އެ ކުންފުނީގެ ޑިވައިސްތަކަށް...

16 މާޗް

March 16, 2018 1
ދިރާގުން ސެމްސަންގުގެ އެންމެ ފަހުގެ ފޯނު ވިއްކަނީ

ސެމްސަންގުން އެންމެ ފަހުން ތައާރަފް ކުރި ގެލެކްސީ އެސް9 އަދި ގެލެކްސީ އެސް9 ޕްލަސް ގަންނަން ބޭނުންވާ ފަރާތްތަކަށް ޕްރީ އޯޑަކުރުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފި އެވެ.

15 މާޗް

March 15, 2018 2
ހާޑް ޑިސްކްތައް ދޫކޮށް އެސްއެސްޑީ އަށް

ހާޑް ޑިސްކްތައް މުޅިން ދޫކޮށް ސޮލިޑް ސްޓޭޓް ޑްރައިވް (އެސްއެސްޑީ) އަށް ބަދަލުވުމަކީ ދުލުން ބުނެލަން ވަރަށް ފަސޭހަކަމެކެވެ. އެކަމަކު ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ސަބަބު އެހާ ގިނައެއް ނޫނެވެ. ހާޑް ޑިސްކަށް ވުރެ އެސްއެސްޑީ އަގުބޮޑީ އެވެ. ވަރަށް އަގުބޮޑީ އެވެ. އެހެންކަމުން، ހާޑް ޑިސްކްތައް ދޫކޮށް އެސްއެސްޑީ އަށް މުޅިން ބަދަލުވެވޭނެ...

11 މާޗް

March 11, 2018
މައިކްރޮސޮފްޓް ސްޓޯރުގައި ގެލަކްސީ ފޯނުތައް

މައިކްރޮސޮފްޓް ސްޓޯރުގައި، ވިންޑޯޒް ފޯނަށް ވުރެ އެންޑްރޮއިޑް ފޯނު ގިނަ އެވެ. ސެމްސަންގް ގެލަކްސީ މަރުކާގެ ބާރުގަދަ ފޯނުތައް، ސެމްސަންގް ސްޓޯރުން ވިއްކާ އަގުގައި، މައިކްރޮސޮފްޓް ސްޓޯރުން އެބަ ވިއްކަ އެވެ. ޝައުގުވެރިވާ މީހަކު މި ދެ ޖުމުލަ މާނަކުރަންވީ އެވެ.

04 މާޗް

March 04, 2018 2
އެންޑްރޮއިޑްގެ ޒާތަށް އައިރިސް ސްކޭނިން

ސްމާޓްފޯނެއްގައި، ލޮލުގެ ކަޅި ސްކޭންކުރެވޭ ގޮތަށް، އައިރިސް ސްކޭނާއެއް އެންމެ ފުރަމަތަމަ ގާއިމުކުރީ ނޯޓް 7 ގަ އެވެ. އެކަމަކު އޭގެ ކުރިން ވެސް އެންޑްރޮއިޑް މޮބައިލް އޮޕަރޭޓިން ސިސްޓަމްގައި "ފޭޝަލް ރިކޮގްނީޝަން ޓެކްނޮލޮޖީ" ގާއިމުކޮށްފައިވެ އެވެ. ގޫގުލުން އެންޑްރޮއިޑް 4.0، އައިސްކްރީމް ސޭންޑްވިޗްގައި އެކަން ވަނީ ކޮށްފަ އެވެ.

28 ފެބުރުއަރީ

February 28, 2018
މައިކްރޮސޮފްޓް، ޝޯމީ އޭއައި ޑިވައިސްތައް އުފައްދަނީ

އާޓިފިޝަލް އިންޓެލިޖެންސް ޑިވައިސްތައް އުފެއްދުމަށްޓަކައި، މައިކްރޮސޮފްޓް އަދި ޝޯމީ އެއްބަސްވުމެއްގައި ސޮއިކުރި ވާހަކަ އެބަ ދެކެވެ އެވެ. ބޭނުމަކީ އެޕަލް، ގޫގުލް އަދި އެމެޒޯން ބާރުގަދަކޮށްފައި އޮތް، އާޓިފިޝަލް އިންޓެލިޖެންސް "އޭއައި" މާކެޓުން ބައެއް އަތުލުމެވެ. މި ދެ ކުންފުނި ގުޅިގެން އުފައްދާ ޑިވައިސްތައް، ބަޖެޓް...

27 ފެބުރުއަރީ

February 27, 2018 7
ގެލަކްސީ އެސް9: މުސްކުޅި ޑިޒައިނެއް، ބާރުގަދަ ފޯނެއް

މިއީ ގެލަކްސީ އެސް9 އެކެވެ. މުސްކުޅި ޑިޒައިނެއް ކަމަކު ބާރުގަދަ ފޯނެކެވެ. ބަލާބެލުމަށް ގެލަކްސީ އެސް8އާ ވަރަށް ވައްތަރެވެ. ފިކުރެއް ނެތި ފުރަތަމަ ނަޒަރުން ވަކި ގަހެއްގެ ކޭލުގައި ހުނިޖަހާލަން ފަސޭހައެއް ނޫނެވެ. އެކަމަކު ވެސް މިއީ ގެލަކްސީ އެސް9 އެކެވެ.

22 ފެބުރުއަރީ

February 22, 2018
ފޭކް ފޯނު ހަދާ މީހުންނަށް ސެމްސަންގުން އުނދަގޫކުރަނީ

ސެމްސަންގް ގެލަކްސީ އެސް8ގެ ސިފަ ބަދަލުކޮށްލި އެއްޗަކަށް "އިންފިނިޓީ ޑިސްޕްލޭ" ވާނެ އެވެ. ފޯނުގެ ދެ އަރިމަތިން ދާރަ ގެއްލޭ ގޮތަށް ޑިސްޕްލޭ ލަންބާލުމުން، ގެލަކްސީ އެސް8ގެ ފަރިކަން އިތުވި އެވެ. އެކަމަކު އިންފިނިޓީ ޑިސްޕްލޭ އަކީ ހަމައެކަނި "ގެލަކްސީ އެސް" މަރުކާގެ ފޯނުތަކަށް ޚާއްސަ ސިފައަކަށް ހަދަން ސެމްސަންގް މިހާރު ބޭނުމެއް ނުވެ...

20 ފެބުރުއަރީ

February 20, 2018 3
އައިފޯން 10 އުފައްދާ މިންވަރު މަދުކޮށްފި

އައިފޯން 10 އުންމީކުރި ވަރަށް ނުވިކޭ ކަމަށް، މާކެޓް ދިރާސާކުރާ ކުންފުނިތަކުން ބުނެ އެވެ. އައިފޯން 10 ވިކޭނެ ކަމަށް ކުރިން ހީކުރި ވަރަށް ވުރެ ގިނައިން ވިކިއްޖެ ކަމަށް ވެސް ބުނެވެ އެވެ. އެޕަލް އަށް ވަރަށް ގިނަ ފައިސާ، އައިފޯން 10 ހޯދައިދީފި ކަމަށް ބުނާތީ ވެސް އެހާ ގިނައިން އިވެ އެވެ. އައިފޯން 10 އާ ބެހޭ ގޮތުން ރަނގަޅު ވާހަކައެއް، ސައްހަ...

19 ފެބުރުއަރީ

February 19, 2018
ސެމްސަންގް ސްމާޓްގަޑިތަކުން ލޭގެ ޕްރެޝަރު ބަލަނީ

ހިތުގެ ވިންދު ބެލުމަކީ ސްމާޓްގަޑިތަކުން ކުރެވޭ ކަމެކެވެ. ސްމާޓްބޭންތަކުން ވެސް ވިންދު ބެލެ އެވެ. އެކަމަކު އެ ފަދަ އާލާތަކުން ލޭގެ ޕްރެޝަރު ބެލުން އަދި އެހާ އާންމެއް ނޫނެވެ.

10 ފެބުރުއަރީ

February 10, 2018
ވައިޓްބޯޑާއި ފްލިޕްޗާޓު އެއް ސްކްރީނަކަށް

ބައްދަލުވުންތަކާއި ކޮންފަރަންސްތަކުން ވައިޓްބޯޑު ގެއްލޭނެ ދުވަހެއް އަތުވެދާނެހެއްޔެވެ؟ އިލެކްޓްރޯނިކް ތަކެތި އުފައްދާ ކުންފުނިތަކުން އަންނަނީ މިކަމަށް މަސައްކަތް ކުރަމުންނެވެ. ގޫގްލް ޖޭމްބޯޑާއި މައިކްރޮސޮފްޓް ސާފަސް ހަބް އަކީ މީގެ މިސާލުތަކެވެ. ވައިޓބޯޓުގެ ދައުރު މުޅިން ނައްތާނުލައި ސެމްސަންގުން ޖަހާލީ އެއްދޮނުގައި...

06 ފެބުރުއަރީ

February 06, 2018 1
ސެމްސަންގެ ވެރިޔާގެ ޖަލު ހުކުމުން ސަލާމަތްކޮށްފި

ސޯލް (ފެބްރުއަރީ 6) - ކޮރަޕްޝަނުގެ ކުށް ސާބިތުވި ކަމަށް ބަލާ ފަސް އަހަރަށް ޖަލަށްލި ސައުތު ކޮރެއާގެ ސެމްސަން ކުންފުނީގެ ވައިސް ޗެއާމަން ލީ ޖައި-ޔޮން ޖަލުން ސަލާމަތްކޮށްފި އެވެ.

24 ޖެނުއަރީ

January 24, 2018
އެންމެ ގިނައިން ކޮޕީކޮށްފައި ވަނީ ސެމްސަންގް ފޯނުތައް

އުފެއްދި ބަޔަކު އެނގެން ނެތް ކިތަންމެ ފޯނެއް، ކޮންމެ އަހަރަކު އާންމު މާކެޓަށް ނެރެ އެވެ. އެ ގޮތުގައި، މިދިޔަ އަހަރު ވެސް ގިނަ ފޯނުތަކެއް ނަކަލުކޮށް، ސްމާޓްފޯން މާކެޓް މަސްހުނިކޮށްފައިވެ އެވެ. އޭގެ ތެރެއިން ވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެންމެ ގިނައިން ނަކަލުކޮށްފައި ވަނީ ސެމްސަންގް ފޯނުތަކެވެ.

23 ޖެނުއަރީ

January 23, 2018
އެޕަލް އަދި ސެމްސަންގަށް އިޓަލީން ކުރާ ތުހުމަތު ތަފާތު

ދުވަސްވީ އައިފޯނުތަކުގެ ސްޕީޑް ދަށްކުރާ ކަމަށް އެޕަލްއިން ވަނީ އެއްބަސްވެފަ އެވެ. އެކަން ކުރަނީ ކޮން މަގުސަދެއްގައިކަން ވެސް ވަނީ އާންމުކޮށް ބަޔާންކޮށްފަ އެވެ. އައިފޯނުތަކުގެ ސްޕީޑް ދަށްކުރަނީ ސޮފްޓްވެއާ އަޕްޑޭޓް މެދުވެރިކޮށް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

19 ޖެނުއަރީ

January 19, 2018 1
ތްރައިވް: ގެލަކްސީ ނޯޓް8 ބޭނުންކުރާ މީހުންނަށް

މި ލިޔުމުގެ ތިރީގައި ޔޫޓިއުބް ވީޑިއޯ ކްލިޕެއް އޮންނާނެ އެވެ. މައުސް ތިރި އަށް ކަހާލާފައި ފުރަތަމަ ކަމަށް އެ ވީޑިއޯ ކްލިޕް ބަލާލާށެވެ. ހާސްނުވާށެވެ. ސްޕީކަރުތައް ވެސް ގުޅާފައި ތިޔަ ހުރީ ރަނގަޅަށެވެ. އަޑުބާރުކުރާ ހެންޑެލި ވެސް މުޅިން ހެޔޮވަރެވެ. ވީޑިއޯއިން އަޑުނުއިވެނީ ތިޔަ ކޮމްޕިއުޓަރުގެ މައްސަލައަކުން ނޫނެވެ. ވީޑިއޯގައި ހަމަ...

17 ޖެނުއަރީ

January 17, 2018
މެޓަލް 12: ސެމްސަންގުގެ އަމިއްލަ މައުދަނެއް

ސެމްސަންގުން "މެޓަލް 12" އުފައްދާފައި ވަނީ "މެގްނީޒިއަމް" އަދި އެލުމީނިއަމް" އެއްކޮށްގެންނެވެ. މިއީ ވަރަށް ލުއި އެހެނަސް، ސެމްސަންގް ބުނާ ގޮތުގައި، އަޅާކިޔާނެ އެހެން އެއްޗެއް ނެތްހައި ވަރުގަދަ މައުދަނެކެވެ. ވިޔަފާރި މަރުކާއެއް ގޮތުގައި ބޭނުންކުރުމަށްޓަކައި، ސެމްސަންގުން ވަނީ ޔޫރަޕިއަން ޔޫނިއަން އިންޓަލެކްޗުއަލް ޕްރޮޕްޓީ...

16 ޖެނުއަރީ

January 16, 2018
ސެމްސަންގް ކުށްވެރިވެއްޖެ

ޗައިނާގައި އުފައްދައި އެ ސަރަހައްދުގައި ބޭނުންކުރުމަށް ވާވޭ އަށް ހުއްދަ ލިބިފައި އޮތް "4ޖީ" މުވާސަލާތީ ޓެކްލޮނޮޖީ، ސެމްސަންގް ޑިވައިސްތަކުގައި ބޭނުންކުރާ ކަމަށް ވާވޭ ތުހުމަތުކުރެ އެވެ. ވާވޭއިން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ކޯޓު މެދުވެރިކޮށް ސުލްހަވެރި ހައްލެއް ހޯދަން ވެސް އެދުނެވެ.