13 އޯގަސްޓް

August 13, 2019 2
ސެމްސަންގް ގެލަކްސީ ނޯޓް: އަލުން އެ ހަނދާންތައް

ސެމްސަންގުން ނެރޭ އެންމެ ބާރުގަދަ އަދި އެންމެ ބިޔަ ފޯނަކީ ގެލަކްސީ ނޯޓެވެ. ނޯޓް އާއިލާ އަށް 10 މެންބަރުން ހަމަވެއްޖެ އެވެ. މިއީ ނޯޓް 6 ވެސް ހިމަނައިގެންނެވެ. ނޯޓް ހަޔަކީ އުފެއްދި ފޯނެއް ނޫން ނަމަވެސް، މަސްރަހުގައި އަދަދު ގުނަނީ ނޯޓް 6 ހިމަނައިގެންނެވެ.

16 ޖުލައި

July 16, 2019
ގެލަކްސީ ނޯޓް 10: ތަންކޮޅެއް ކައިރި އަށް

ގެލަކްސީ ނޯޓް 10 އާންމުކުރުން މަހަކަށް ވުރެ ވެސް ކައިރިވެއްޖެ އެވެ. މިހާރު ހަމަޖެހިފައި އޮތް ގޮތުން، އޮގަސްޓް 7 ގައި، ނޯޓް 10 އާންމުކުރާނެ އެވެ. އެކަމަކު ވެސް، ނޯޓް 10އާ ގުޅޭ ގޮތުން ދެކެވޭ ވާހަތަކުގައި ފޫހިކަމެއް ނެތެވެ.

20 ޖޫން

June 20, 2019 1
ސެމްސަންގް ގެލަކްސީ ނޯޓް 10، އޮގަސްޓް 7 ގައި

ސެމްސަންގް ގެލަކްސީ ނޯޓް 10އާ ގުޅިގެން ދައްކަން ހުރި ވާހަކަތައް ފުނިޖެހެނީ އެވެ. އެންޑްރޮއިޑް މާކެޓްގައި ހިމެނޭ އެންމެ ބާރުގަދަ ފޯނު، ސްމާޓްފޯން މާކެޓަށް ދޫކޮށްލާއިރު، މި ފޯނާ ބެހޭ ގޮތުން ކަށަވަރުކަމާ އެކު އެއްޗެއް ބުނެވޭވަރު އަދި ވެސް ނުވެ އެވެ. އެކަމަކު ވެސް، އޮގަސްޓް 7 ގައި ގެލަކްސީ ނޯޓް 10 އާންމުކުރާނެ ކަމަށް "ސީނެޓުން" އެބަ...

09 މެއި

May 09, 2019 1
ގެލަކްސީ ނޯޓް 10 އަށް "ސްޕާ ފާސްޓް ޗާޖިން"

ފޯނުތައް އަވަހަށް ޗާޖްކުރުމަކީ ވެސް، ފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ބޮޑު ވާދަވެރި ކަމަކަށް ވަނީ ވެފަ އެވެ. މި ރޭހުގައި، މަޝްހޫރު ކުންފުނިތަކުގެ ތެރެއިން، އެންމެ ފަހަތުގައި އުޅެނީ ސެމްސަންގް ކަމަށް ވެސް ބުނާތީ އިވެ އެވެ.

30 އެޕްރީލް

April 30, 2019 3
ގެލަކްސީ "ނޯޓް 10 ޕްރޮ" އަށް ބާރުގަދަ ބެޓެރީއެއް

ސެމްސަންގް ގެލަކްސީ ނޯޓް މަރުކާގެ ފޯނުތަކަށް، ބާރުގަދަ ބެޓެރީ އަކީ ބިރުވެރި އެއްޗެކެވެ. މި މަރުކާގައި ހިމެނޭ އެހެން ފޯނުތަކަށް، ނުރައްކާތެރި ކަމެއް ދިމާ ނުވި ނަމަވެސް، ނޯޓް 7ގެ ބެޓެރީ ގޮވައި ކުރިމަތިވި ހާދިސާ އަކީ، ސެމްސަންގް ނޫން އެހެން ކުންފުންޏަކަށް އަރައިނުގަނެވޭ ވަރުގެ ބޮޑު ހާދިސާއެކެވެ.

02 އެޕްރީލް

April 02, 2019 2
ގެލަކްސީ ނޯޓް 10: ދެން އޮތް ބޮޑު ވާހަކަ

ސެމްސަންގް "ގެލަކްސީ އެސް10"އާ ގުޅިގެން ކުރެވެން ފެށި ބަހުސްތަކަށް އަދިވެސް ނިމުމެއް ނާދެ އެވެ. އެސް10ގެ ރީތިކަމާއި ފަރިކަން، ހީކުރި ވަރަށް ވުރެ ވެސް ފަރި އެވެ. ދެން އޮތީ ގެލަސްކީ ނޯޓް10ގެ ވާހަކަތަކެވެ.

05 އޮކްޓޯބަރ

October 05, 2018
ސެމްސަންގް މެދުފަންތީގެ ފޯނުތަކަށް ވަޔަލެސް ޗާޖިން

ވާދަވެރި މާކެޓްގައި ގަދަބާރަކަށް ވުމަށް، ސެމްސަންގް ބޮލުން ކުޅެން ފަށައިފި އެވެ. ގެލަކްސީގެ އަގު ބޮޑު ފޯނުތަކުގައި ހުރި ފީޗާތައް، މެދުފަންތީގެ ފޯނުތަކަށް ގެނެސް ކުލަވަރު ރީތިކުރަން ވަނީ ފަށައިފަ އެވެ.

01 ސެޕްޓެމްބަރ

September 01, 2018
ދިރާގުން ގެލެކްސީ ނޯޓު 9 ތައާރަފްކޮށް ވިއްކަނީ

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރަސްމީކޮށް ތައާރަފްކޮށް ވިއްކަން ފެށުމާއެކު، ދިރާގުގެ ހެޑް އޮފީހުގެ ބޭރުގައި މިރޭ ދިގު ކިޔޫއެއް ދަމާލައިފި އެވެ.

31 އޯގަސްޓް

August 31, 2018 1
އުރީދޫން ގެލެކްސީީ ނޯޓް 9 ރާއްޖޭގައި ވިއްކަން ފަށައިފި

މިރޭ ބޭއްވި ކުލަ ގަދަ ހަފުލާއަކާ އެކު، ސެމްސަންގް މަރުކާގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

30 އޯގަސްޓް

August 30, 2018
ދިރާގުން ގެލެކްސީ ނޯޓް 9 މާދަމާ ރޭ ތައާރަފްކުރަނީ

ސެމްސަންގްގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ ނޯޓް 9 ރާއްޖޭގައި މާދަމާ ރޭ ރަސްމީކޮށް ތައާރަފްކޮށް، ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

August 30, 2018 3
ގެލަކްސީ ނޯޓް 9: ރިމޯޓް ކޮންޓްރޯލް

ސެމްސަންގް ގެލަކްސީ ނޯޓް މަރުކާގެ ފޯނުތައް ޚާއްސަވަނީ އެ އަށް ދީފައި އޮންނަ ހަތިޔާރު، "އެސް ޕެން"ގެ ސަބަބުންނެވެ. ސެމްސަންގުން މި ފަހަރު ގެލަކްސީ ނޯޓް 9 ނެރުނުއިރު "އެސް ޕެން" ވަނީ...

13 އޯގަސްޓް

August 13, 2018 2
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ

ސާވޭކުރަނީ ހާލަތު ދެނެގަންނާށެވެ. ކަމެއް ހިނގާ ގޮތް ނުވަތަ މަސައްކަތްތަކެއް ކުރި އަށް ދާ ގޮތް ބަލާށެވެ. ސްމާޓްފޯން މާކެޓްގައި، އެއް ފަޅިން އެންޑްރޮއިޑް ފޯނުތައް ކުޅޭއިރު، އަނެއް ފަޅިން ކުޅެނީ އައިފޯނުތަކެވެ. މި ދެ ބައިން ކުރެ ފޯރިގަދައީ ކޮންބައެއްގެ މެދުގައިތޯ ބެލުމަށް ޕީސީ މެގުން ކުރި ސާވޭއެއްގައި، އައިފޯނު މޮޑެލްތަކަށް އޮންނަ...

12 އޯގަސްޓް

August 12, 2018
ސެމްސަންގް ގެލަކްސީ ނޯޓް 9: އެންމެ ތަފާތީ ކުލަތައް

ސެމްސަންގް ގެލަކްސީ ނޯޓް 9 ލޯންޗްކޮށްފި އެވެ. ދެން އޮތީ ނޯޓް 8 ގައި ނެތް ކަމެއް، ނޯޓް 9 ގައި ހުރިތޯ ބެލުމެވެ. ބަލާބެލުމަށް ދެ ފޯނުގައި ފަރަގެއް ނެތް ކަމަށް ހީވި ނަމަވެސް، ދެ ފޯނު ފަރަގުވާން ޖެހެ އެވެ.

07 އޯގަސްޓް

August 07, 2018 2
ނޯޓް 9 ރިލީޒް ނުކުރަނީސް ހުރިހާ ކަމެއް ހާމަޔަށް

ސެމްސަންގުން ގެލެކްސީ ނޯޓް 9 ތައާރަފްކުރަން ހަމަޖައްސާފައި ވަނީ މި މަހުގެ 9 ގަ އެވެ. އެކަމަކު ސެމްސަންގަން "އޮޅިގެން" ހާމަކުރެވުނު ބައެއް މައުލޫމާތާ އެކު މި ފޯނުގެ ހުރިހާ މައުލޫމާތެއްހެން މާކުރިން އޮތީ އެނގިފަ އެވެ. މިހެން އޮއްވައި ސެމްސަންގް ނިއުޒިލޭންޑުގެ ޔޫޓިއުބް ޗެނަލްގައި ފޯނުގެ ޕްރޮމޯ ވީޑިއޯ ވެސް އާންމުކޮށްލެވުނީ އެވެ.

24 ޖުލައި

July 24, 2018 3
ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާ ހުއްޓާލަނީ

ސެމްސަންގް ގެލަކްސީ ނޯޓް 9 އަށް ފަހު، ނޯޓް މަރުކާގެ އިތުރު ފޯނެއް ދެން ނުނެރޭނެ ކަމަށް ބުނެވެން ފަށައިފި އެވެ. އިލެކްޓްރޯނިކް ސިނާއަތުގައި ވާހަކަތައް ހުރި ގޮތަށް ބަލާއިރު، މިއީ ނުވުމަށް ވުރެ، ވުން ކައިރި ކަމެއް ކަމަށް ބެލެވެ އެވެ.

05 ޖުލައި

July 05, 2018
ގެލަކްސީ ނޯޓް 9: އެސް ޕެން ބްލޫޓޫތު ޑިވައިސްއަކަށް

ސެމްސަންގް ގެލަކްސީ ނޯޓް އާއިލާގައި ކޮރުނުޖަހާ މެންބަރަކު ނެތީ އެވެ. ސްކްރީންގައި ކޮއްޓަން ގެންގުޅޭ ދަނޑިކޮޅުގެ އެހީއާ ނުލައި، ނޯޓް މަރުކާގެ ސްމާޓްފޯނުތަކަށް ހައިބަތު ދައްކާލެވޭ ގޮތެއް ނުވެ އެވެ. ގެލަކްސީ ނޯޓް 9 އަށް ވެސް ހަމަ އެ ހާލު ޖެހޭނެ ކަމަށް ވެ އެވެ. އެކަމަކު މި ފަހަރު، ނޯޓް 9 އަކަށް ވުރެ، ދަނޑިކޮޅު "އެސް ޕެން" މާ ބޮޑަށް ވެސް...

30 ޖޫން

June 30, 2018 1
ގެލަކްސީ ނޯޓް 9، އޯގަސްޓް 9 ގައި

އޯގަސްޓް 9 ގައި ހަފުލާއެއް އޮންނާނެ ކަމަށް ސެމްސަންގުން ބުނެފި އެވެ. އެއީ ގެލަކްސީ ނޯޓް 9 ނެރެން ބާއްވާ ރަސްމިއްޔާތެއް ކަމަށް ކަނޑައެޅިގެން ނުބުނެ އެވެ. އެހެން ނަމަވެސް، ދުވަސްވަރުގެ ގޮތުން އަދި ދައުވަތުގެ ފާޑުވެރިކަމަށް ބަލާއިރު އެއީ ގެލަކްސީ ނޯޓް 9 ނެރެން ބާއްވާ ހަފުލާކަން، ޝައްކެއް ނެތް މިންވަރަށް އެނގެ އެވެ.

24 ޖޫން

June 24, 2018 3
ސެމްސަންގުން އަންދާޒާކުރި ވަރަށް ފޯނު ނުވިކިދާނެ

މި އަހަރު 350 މިލިއަން ސްމާޓްފޯން ވިކޭނެ ކަމަށް ސަމްސަންގުން އަންދާޒާކުރި ނަމަވެސް، އެ އަދަދަށް ފޯނު ވިކުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ކަމަށް ބެލެވެން ފަށައިފި އެވެ. ސަބަބެއް ކަމަށް ބުނަނީ ޗައިނާގައި ގެލަކްސީ އެސް9 ރަނގަޅަށް ވިކިފައި ނުވުމެވެ.

20 މެއި

May 20, 2018 2
ގެލަކްސީ ނޯޓް 9 ނެރުން އަވަސްކުރަނީ

މަޝްހޫރު ފޯނުތަކާ ބެހޭ ގޮތުން އިންޓަނެޓްގައި ފަތުރާ ޚަބަރުތައް ގިނަ ފަހަރު ސީދާވެ އެވެ. ސެމްސަންގް ގެލަކްސީ ނޯޓް 9 އާ ބެހޭ ގޮތުން މިހާރު ދެކެވޭ ވާހަކަތަކުގައި ވެސް ސައްހަ މައުލޫމާތު ގިނަވާނެ ކަމަށް ބެލެވެނީ އެހެންވެ އެވެ.

16 އެޕްރީލް

April 16, 2018 2
ގެލަކްސީ ނޯޓް 9 އަށް ކޯޑްނަމެއް؟

ސެމްސަންގް ގެލަކްސީ ނޯޓް 9 ވީ ތަނެއް އަދި ނޭނގެ އެވެ. އެނގެނީ އާދަކާދައިގެ މަތިން ނޯޓް 9 މި އަހަރު ނެރޭނެ ކަމެވެ. ނޯޓް 9އާ ބެހޭ ގޮތުން އިވޭ އަޑުތަކަށް ބަލާއިރު، މި މަރުކާގެ ފޯނުތައް ކުރިން ނެރުނު ތާރީޚަށް ވުރެ ކުރިން ނޯޓް 9 ނެރުން އެކަށީގެންވެ އެވެ. ދެން އޮތް ބޮޑު ޚަބަރަކީ ގެލަކްސީ ނޯޓް 9 އަށް ކޯޑްނަމެއް ދިން ވާހަކަ އެވެ. އެއީ "ކްރައުން"...

09 ނޮވެމްބަރ

November 09, 2017 2
ގެލަކްސީ ނޯޓް 9 އުފެއްދުމުގެ މަސައްކަތުގައި

ސެމްސަންގް ގެލަކްސީ ނޯޓް 9 އުފެއްދުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނާތީ އިވިއްޖެ އެވެ. ސެމްސަންގް ތެރޭގައި ދެކެވޭ ވާހަކަތައް ދެނެތިބި މީހުން ބުނާ ގޮތުގަައި، އަސްލާ އެއްގޮތް ނޯޓް 9ގެ މޮޑެލްތަކެއް، އަންނަ އަހަރު ފުރަތަމަ ކޮޅުގައި ޓެސްޓްކުރަން ފަށާނެ އެވެ.