01 އޯގަސްޓް

August 01, 2020 4
އެމެޒޯންގެ އިންޓަނެޓް ސެޓެލައިޓް ޕްރޮގްރާމަށް ހުއްދަދީފި

އިންޓަނެޓްގެ ހިދުމަތަށް ހާއްސަކޮށްގެން އެމެޒޯން ކުންފުނިން ކުރިއަށް ގެންދަން ނިންމާފައިވާ ސެޓެލައިޓް ޕްރޮގްރާމަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަންސް (އެފްސީސީ) އިން ހުއްދަ ދީފަ އެވެ.

28 ޖުލައި

July 28, 2020 3
ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކޮށްފި

ރަޝިއާ އިން މިލިޓަރީ ސެޓެލައިޓެއް ޓެސްޓްކުރުމަކީ، އެމެރިކާ ދެކޭ ގޮތުގައި، ކޮށްގެންވާނެ ކަމެއް ނޫނެވެ. އެއީ އެމެރިކާ އާއި ބައިވެރިން ޖައްވުގައި ބަހައްޓާފައި ހުރި މުދާތަކަށް ބޮޑު ނުރައްކަލެއް ކަމަށް އެމެރިކާ ބުނެ އެވެ.

21 ޖޫން

June 21, 2020 8
ސެޓެލައިޓްތަކަށް ހަމަލާދީފާނެތީ ޕެންޓަގަން ބިރުން

އެމެރިކާ ގަބޫލުކުރާ ގޮތުގައި ބާރުގަދަ ކޮންމެ އެއްޗެއް ހުންނަންޖެހޭނީ ހަމައެކަނި އެ ގައުމުގަ އެވެ. އެއީ ނިއުކްލިއާ ހަތިޔާރު ކަމަށް ވި ނަމަވެސް އެވެ. އެހެން ގައުމެއްގައި ހުރެއްޖެ ނަމަ، އެއީ ބިރުވެރިކަމެކެވެ. ޚާއްސަކޮށް ރަޝިއާ އަދި ޗައިނާގައި ހުރެއްޖެ ނަމަ އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެކެވެ.

30 ޖެނުއަރީ

January 30, 2020 4
ޖައްވުގައި ދެ ސެޓެލައިޓް ޖެހި މުޑިއަރަނީ

އެމެރިކާއާ ދިމާ މަތީގައި ދެ ސެޓެލައިޓެއް ޖެހި މުޑިއަރާފާނެ ކަމަށް ބެލެވެން ފަށައިފި އެވެ މި ހާދިސާ ހިނގާނެ ކަމަށް "ލިއޯލެބްސް" އިން ލަފާކުރަނީ 560 މޭލު އުހުގަ އެވެ. ލިއޯލެބްސް އަކީ "ސްޕޭސް ޓްރެކިން" ކުންފުންޏެކެވެ.

01 އޯގަސްޓް

August 01, 2019 2
ފްރާންސުން ސެޓެލައިޓްތަކުގައި ބަޑިހަރުކުރަނީ

އަމިއްލަ ދިފާއަށްޓަކައި، ސެޓެލައިޓްތަކުގައި ބަޑި އަދި ލޭޒާ ހަރުކުރަން ގަސްދުކުރާ ކަމަށް ފުރާންސުން ބުނެފި އެވެ. މިއީ އަދި ބަޔަކު މިހާ ސީދާކޮށް ނުދައްކާ ވާހަކައެކެވެ. މި ކަމަށްޓަކައި މިލިޓަރީ ބަޖެޓުން ބޮޑު ބައެއް ޚާއްސަކުރާނެ ކަމަށް ވެސް އެ ގައުމުން ބުންޏެވެ.

08 ޖެނުއަރީ

January 08, 2019 35
އިންޑިއާ ސެޓެލައިޓްގެ ބޭނުމަށް ރާއްޖޭގައި ސްޓޭޝަންތަކެއް

އިންޑިއާއިން 2017 ގައި ފޮނުވި ސެޓެލައިޓުން ރާއްޖެއަށް ދޫކޮށްފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް އަޅަންޖެހޭ ގްރައުންޑް ސްޓޭޝަން އެޅުމާ ބެހޭ ގޮތުން އެގައުމާ މަޝްވަރާކޮށްފި އެވެ.

20 އޮކްޓޯބަރ

October 20, 2018 5
މަސްނޫއީ ހަނދުތަކެއް ޗައިނާ އިން ޖައްވަށް ފޮނުވަނީ

ބެއިޖިން (އޮކްޓޯބަރު 20) - އާބަން އޭރިއާތަކުގެ މަގު މަތީ ލައިޓްތަކުގެ ބަދަލުގަ އާއި ކަރަންޓް ޚަރަދު ކުޑަ ކުރުމުގެ ގޮތުން މަސްނޫއީ ހަނދުތަކެއް ޖައްވަށް ފޮނުވަން ޗައިނާ އިން ނިންމައިފި އެވެ.

04 އެޕްރީލް

April 04, 2018 12
އިންޑިއާ އިން ފޮނުވާލި ސެޓެލައިޓާ ގުޅުން ކެނޑިއްޖެ

ނިއު ދިއްލީ (އެޕްރީލް 4) - އިންޑިއާ އިން ބާރުގަދަ މުވާސަލާތީ ސެޓެލައިޓެއް ޖައްވަށް ދޫކޮށްލިތާ ދެ ދުވަސް ފަހުން ގުޅުން ކެނޑިއްޖެ އެވެ.

01 އެޕްރީލް

April 01, 2018 3
ޗައިނާގެ ޖައްވީ ލެބް މާދަމާ ދުނިޔެ އަށް ވެއްޓޭނެ

ބެއިޖިން (އެޕްރީލް 1) - ޗައިނާ އިން ޖައްވަށް ދޫކޮށްލާފައިވާ، މިހާރު ބޭނުން ނުކުރާ، ސްޓޭޝަނުގެ ބައިތައް މާދަމާ ދުނިޔެ އަށް ވެއްޓޭނެ ކަމަށް ސައެންސްވެރިން ބުނެފި އެވެ.

02 ނޮވެމްބަރ

November 02, 2017
ޗައިނާ-ފްރާންސް ގުޅިގެން މޫސުމީ ސެޓެލައިޓެއް

ޗައިނާ އާއި ފްރާންސް ގުޅިގެން ޖައްވަށް މޫސުމީ ސެޓެލައިޓެއް ފޮނުވަން ނިންމައިފި އެވެ. ބޭނުމަކީ މޫސުމާ ބެހޭ ގޮތުން ދަސްކުރުމެވެ. ކަނޑުގައި އޮއިވަރު ހުންނަ ގޮތުން މޫސުމަށް އަންނަ ބަދަލު ދެނެގަތުމެވެ. ނަގޫރޯޅި އަދި ތޫފާނާ ބެހޭ ގޮތުން ދަސްކުރުމަކީ ވެސް ސެޓެލައިޓުން ހިފާނެ މުހިންމު ބޭނުމެކެވެ.

19 މެއި

May 19, 2017 1
އިންޑިއާ ކުއްޖަކު އެންމެ ލުއި ސެޓެލައިޓް އުފައްދައިފި

އުމުރުން 18 އަހަރުގެ އިންޑިއާ ކުއްޖަކު ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓް އުފައްދައިފި އެވެ.

05 މެއި

May 05, 2017 22
އަވަށްޓެރި ގައުމުތަކަށް އިންޑިއާގެ ހަދިޔާ: ސެޓެލައިޓެއް

ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާ އިން ހެދި ސެޓެލައިޓް، "ޖީސެޓް-9" މިއަދު ހަވީރު ޖައްވަށް ފޮނުވާލައިފި އެވެ.