ފިރިހެނަކަށް 40 "ޕުޝް-އަޕް" ހެދޭ ނަމަ އެއީ އެ މީހެއްގެ ހިތުގެ ސިއްހަތު ރަނގަޅު ކަމުގެ އަލާމާތެއް ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ.
ފިރިހެނަކަށް 40 "ޕުޝް-އަޕް" ހެދޭ ނަމަ އެއީ އެ މީހެއްގެ ހިތުގެ ސިއްހަތު ރަނގަޅު ކަމުގެ އަލާމާތެއް ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ.
ސްވިޓްޒަލެންޑުގައި ޗީޒް އުފައްދާ މީހަކު، އެކި ފާޑުގެ މިއުޒިކުން ޗީޒްގެ ރަހަޔަށް ބަދަލެއް އާދޭތޯ ބަލަން ދިރާސާއެއް ފަށައިފި އެވެ.
ދަރިން ބަލަންޖެހޭ ކޮންމެ މީހަކަށް ވެސް، ޖަޒުބާތު ކޮންޓްރޯލް ނުވެ ދަރިންނާ ދިމާލަށް ބާރަށް އެއްޗެކޭ ބުނެވޭ ފަހަރު އަތުވެދާނެ އެވެ. ނުރުހެވޭ ގޮތަކަށް ދަރިއަކު އުޅޭ ނަމަ އެންމެ...
އިންސާނުންގެ ގައިން ލޭ ބުއިމުން މަދިރި އަށް ކުރެވޭ ފަދަ އިހްސާސްތަކެއް ލިއްބައިދޭ ބޭހެއް މަދިރި އަށް ދިނުމުން އިންސާނުންނަށް އެސޮރުމެން ހަމަލާ ދިނުން ވަރަށް ބޮޑަށް މަދުވެގެންދާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ކެންސަރު އެއްކޮށް ފަސޭހަވާ ފަރުވާއެއް އަންނަ އަހަރު ތެރޭ ހޯދިދާނެ ކަމަށް އިޒްރޭލުގެ ސައިންސްވެރިންގެ ޓީމަކުން ބުނެފި އެވެ.
ހަރަކާތްތެރިކަން ކުޑަކޮށް މުޅި ދުވަހު ހޭދަކުރާ ވަގުތުގެ ގެއްލުން ބައި ގަޑިއިރުގެ ކަސްރަތުން ކުޑަކޮށްލެވޭނެ ކަމަށް އެމެރިކަން ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ޝާއިއުކުރި ދިރާސާ ރިޕޯޓެއްގައި ބުނެފި އެވެ.
ވާތްތެރިއަކަށްވުމަކީ ޖެނެޓިކްސްއާ ގުޅުން ހުރި ކަމަކަށް ވިޔަސް، އުމުރުން ނުވަ މަސް ވުމުގެ ކުރިން ބުއްފުޅި ދޭ ކުދިން ވާތްތެރިއަކަށް ވުމުގެ ފުރުސަތު، ގާތުންދޭ ކުދިންނާ އަޅާބަލާއިރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހިތުގެ ސިއްހަތަށް ނިދި ވަރަށް މުހިންމު ކަމަށާއި އެންމެ މަދުވެގެން ހަ ގަޑިއިރު ނިދަން ޖެހޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ޕޮޓީ ސްޓޫލް ނުވަތަ ފާހާނާކުރަން ތަށީގައި އިށީނދެ އިންނައިރު، އުޑަފައިން އިނދެވޭ ގޮތަށް ފައި ދަށަށް އެއްޗެއް ލައްވައިގެން އިންނަ ނަމަ ބޮޑުކަމު ދިއުމުގައި ދިމާވާ އެކި މައްސަލަތައް ލުއިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ސްކްރީން ޓައިމް ނުވަތަ ފޯނު ފަދަ ތަކެއްގައި ބެލުމުގައި ވަގުތު ހޭދަކުރުމަކީ ކުޑަކުދިންނަށް އޭގެ ޒާތުގައި މާބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް ނޫން ކަމަށް ކުޑަކުދިންގެ ޑޮކްޓަރުންގެ ތަޖުރިބާކާރު ބައެއް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ބަރުދަން ލުއިކުރަން، އާދައިގެ ހަކުރު ދޫކޮށްލައި ކެލަރީ ނުހުންނަ ހަކުރަށް ބަދަލުކުރި ކަމުގައި ވިޔަސް އެކަމުން އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށް ދިގު މުއްދަތަކަށް ކުރިއަށް ގެންދިޔަ ދިރާސާއަކަށް ފަހު ބުނެފި އެވެ.
ލޭމައްޗަށްދާ މީހުން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ ބޭހުން ލިބޭ ފައިދާ، ކަސްރަތު ކޮށްގެން ވެސް ލިބިދާނެ ކަމަށް ދިރާސާއަކަށް ފަހު ބުނެފި އެވެ.
ދެރަވެފައި ހުރުމާއި ރުޅިގަދަވުން ފަދަ ނެގެޓިވް މޫޑު ހުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ބައްޔަކާ ދެކޮޅަށް ހަނގުރާމަކުރާތީ ދިމާވާ ކަމަކަށް ވެދާނެ ކަމަށާއި، އެހެންވެ ނެގެޓިވް...
ތުއްތު ކުދިންގެ ގައިގައި މަޑުމަޑުން ފިރުމާލުމުން، ސިކުނޑީގައި ތަދުތައް އިހްސާސްވުމާ ބެހޭ ބައިގެ ހަރަކާތްތައް މަދުވެ، ތަދު އިހްސާސްވުން ކުޑަވެގެންދާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ކޮލެސްޓްރޯލް ދެކެ ބިރުން ބިސް ނުކާން ތިބި މީހުންނަށް މިއީ ހިތްހަމަޖެހުމެކެވެ. އާ ދިރާސާއަކުން ދައްކަނީ ދުވާލަކު ބިހެއް ކެއުމުން ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރާ ކަމަށާއި ހިތުގެ ބަލިތަކާ ދުރުކޮށްދޭނެ ކަމަށެވެ.
ތުއްތު ދަރިފުޅުގެ އުމުރުން ހަ މަސް ވާއިރު ވެސް ރޭގަނޑު އިރުއިރުކޮޅާ ހޭލާ ހެއްޔެވެ؟ އެހާ ޅަ އުމުރުގައި ހަމަ ނިދި ނުލިބޭ ނަމަ ހެދިބޮޑުވުމަށް ހުރަސް އެޅޭނެތީ ކަންބޮޑުވޭ ހެއްޔެވެ؟
ކުޑަކުދިން ޖައްސާ ތުން ސާފުކުރުމަށް ބައެއް މައިން ކުރާ ކަމަކީ އެ ތުން އަނގަޔަށް ލުމެވެ. މިއީ ރައްކާތެރި ކަމެއް ނޫން ކަމަށް ހީވިޔަސް އާ ދިރާސާއެއްގައި ބުނަނީ މިއީ ހަމަ ރަނގަޅު ކަމަކަށް ވެދާނެ ކަމަށެވެ.
ބަރުދަން ލުއިކުރަން މަސައްކަތްކުރާއިރު، ކެއުމަށް ވަރަށް ބޮޑަށް ބަލަންޖެހެ އެވެ. އެކަމަކު ފަހުގެ ކުޑަ ދިރާސާއަކުން ދައްކަނީ ކާ ވަގުތުގެ ގޮތުން ވެސް މިކަމަށް އަސަރުތަކެއް ކޮށްފާނެ...
ފެންވެރުމުން ހުރިހާ މިލަތަކެއް ދޮވެވި ސާފުވާނެ ކަމުގެ ޔަގީންކަން އޮވެ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ ފުއްޕާމޭގެ އިންފެކްޝަނެއް ޖައްސާ ނުރައްކާތެރި ބެކްޓީރިއާއެއް...
ނޭފަތުގައި ހިފަހައްޓައިގެން ކޮފީ ބޯ ނަމަ އެއީ ހަމައެކަނި ހިތި ރަހަ ދޭ ދިޔާ އެއްޗަކަށް ނޫނީ އެ ނުވާނެއެވެ. ސަބަބަކީ ކޮފީގެ މީރުކަން ގުޅިފައިވަނީ އޭގެ މީރު ވަހާ ކަމަށް ވާތީއެވެ. މި ހިތި ރަހަޔާ ބެހޭ ގޮތުން އަލަށް ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ކަޅު ކޮފީ މީރުވެގެން ބޮނީ ހިތި ރަހަ ކުޑަކޮށް އިހްސާސްވާ މީހުންނެއް ނޫނެވެ.
ފަލަވުމުން ކެންސަރަށް މަގު ފަހިވަނީ ކެންސަރު ޖައްސާ ޓިޝޫތަކާ ދެކޮޅަށް ހަށިގަނޑުގައި މަސައްކަތްކުރާ ސެލްތަކެއް، ފެޓްގެ ސަބަބުން ބެދި އޭގެ މަސައްކަތަށް ހުރަސްއެޅިގެން ކަމަށް ޓްރިނިޓީ ކޮލެޖް ޑަބްލިންގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.
ކުޑައިރު އަނިޔާ ލިބޭ ކުދިން، އެ ކުދިންގެ އުމުރަށް ވުރެ ދޮށިކޮށް ފެންނާނެ ކަމަށާއި އެހެން ވަނީ އެ ކުދިންގެ ބަޔޮލޮޖިކަލް އުމުރު މާ އަވަހަށް މަތިވާތީ ކަމަށް ޔުނިވަސިޓީ އޮފް ވޮޝިންޓަންގެ ދިރާސާއަކުން ދައްކައިފި އެވެ.
ކުޑަކުދިން ތަރުބިއްޔަތުކުރުމުގައި އެ ކުދިންގެ ގައިގައި ޖެހުމަކީ އެއް ދުވަސްވަރެއްގައި ވަރަށް އާންމު ކަމެއް ނަމަވެސް އެކަމުގައި ހުރި ގެއްލުންތައް އެނގި ހޭލުންތެރިކަން އިތުރުވަމުން އައި ވަރަކަށް އެކަން މަދުވެއްޖެ އެވެ. އެކަމަކު އަދިވެސް މިކަން އެބަ ހިނގަ އެވެ.