25 އޮކްޓޯބަރ

October 25, 2018
އަރިދަފުސް ރޯގާ އަވަހަށް ރަނގަޅުކޮށްދޭ ސްޕްރޭއެއް

އަރިދަފުސް ރޯގާ އަވަހަށް ފަސޭހަވާ، ނޭފަތަށް ޖަހާ ސްޕްރޭއެއް ޓެސްޓްކުރަން ފަށައިިފި އެވެ.

23 އޮކްޓޯބަރ

October 23, 2018 2
ގޭތެރޭގައި އުޅޭ ޖަރާސީމު ނައްތާލަން އަވި މުހިންމު

ގޭތެރެއަށް ރަނގަޅަށް އަވި ވަންނަ ގޮތް ހެދުމަކީ އަނދިރީގައި އުފެދި ގިނަވާ ބެކްޓީރިއާތައް ނައްތާލަން ވަރަށް މުހިންމު ކަމެއްކަން ދިރާސާއަކުން ހާމަވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2018
ބޮޑެތި އާއިލާތުގައި ކެންސަރުގެ ނުރައްކާ ކުޑަ: ދިރާސާ

ބޮޑު އާއިލާއަކަށް ނިސްބަތްވާ ނަމަ އެ މީހަކަށް ކެންސަރުގެ ނުރައްކާ ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

14 އޮކްޓޯބަރ

October 14, 2018 1
ކޮޅަށް ހުރެގެން މަސައްކަތްކުރެވޭ ގޮތް ހެދުމުން ފައިދާ

އޮފީހުގެ މަސައްކަތްތައް ކުރުމަށް އަބަދު އިށީނދެގެން އިންނަން ނުޖެހޭ ގޮތަށް، ކޮޅަށް ހުރެގެން ވެސް މަސައްކަތްކުރުމަށް މޭޒެއް ދިނުމުން، އިށީނދެ އިންނަ ވަގުތު މަދުވުމާ އެކު މަސައްކަތަށް ވެސް މާބޮޑަށް ސަމާލު ވެވޭ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

13 އޮކްޓޯބަރ

October 13, 2018
ނިދަންވީ ކިހާ ވަރަކަށް؟

ގިނައިން އިވެނީ ހަމަ ނިދި ނުލިބޭ ކަމަށް ބުނާތީ އެވެ. އެކަމަކު މަދުން ނަމަވެސް، މާ ގިނައިރު ނިދިގެން އެކަމާ ވެސް ވާހަކަ ދައްކަ އެވެ.

11 އޮކްޓޯބަރ

October 11, 2018 6
ދުވާލު އިރުކޮޅަކު ނިދާލާ، ހަނދާން ގަދަވާނެ

ދުވާލު ކުޑަ ވަގުތުކޮޅަކު ނިދާލުމަކީ ކަންކަން ހަނދާނުގައި ބެހެއްޓުމާއި ކަންކަން ރަނގަޅަށް ނިންމަން އެހީއަކަށްވާ ކަމަށް "ޖާނަލް ސްލީޕް ރީސާޗް" ގައި ޝާއިއު ކުރި ދިރާސާއެއްގައި ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2018
ހަކުރުބަލީގެ ނިޝާންތައް 20 އަހަރު ކުރިން ފެނޭ

ޓައިޕް 2 ޑައެބެޓީސް ހުރިކަން ކަށަވަރުވުމުގެ ވިއްސަކަށް އަހަރު ކުރިން ވެސް އެ ބަލީގެ ނިޝާންތައް ހަށިގަނޑުން ފެންނަން ފަށާ ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2018
ގިނައިން ފެން ބުއިމުން ޔޫރިން އިންފެކްޝަނާ ދުރުވޭތަ؟

ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫޓީއައި) ނުވަތަ އަހަރެމެން އާންމުކޮށް ކިޔާ ގޮތުން ނަމަ ޔޫރިން އިންފެކްޝަންގެ ވޭން އެންމެ ގިނައިން އުފުލަން ޖެހެނީ އަންހެނުންނަށެވެ. މި މައްސަލަ ދިމާވާ އެއް ސަބަބަކީ މާ މަދުން ފެން ބުއިން ކަމަށް ބުނެ އުޅުނަސް، ގިނައިން ފެން ބުއިމަކީ ހައްލެއް ކަމަށް ސާބިތުވާ ވަރަށް މިހާތަނަށް ހެއްކެއް ނެތެވެ.

02 އޮކްޓޯބަރ

October 02, 2018 1
ކޮފީ އަކީ ތަދުތައް ވެސް ކުޑަކޮށްދޭ އެއްޗެއް

އާންމުކޮށް ކޮފީ ބޯ މީހުންގެ ހަށިގަނޑުގައި ތަދު ތަހައްމަލްކުރުމުގެ ގާބިލްކަން އިތުރުވާ ކަމަށާއި އެހެންވެ ކޮފީ އަކީ ގައިގައި ރިއްސުން ފަދަ ކަންކަމުގައި އަބަދު އުޅެންޖެހޭ މީހުންނަށް ރަނގަޅު އެއްޗަކަށް ވެދާނެ ކަމަށް، ކުޑަ ދިރާސާއަކުން ދައްކައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2018 1
ފޮތް ކިޔައިދީ ވާހަކަ ދެއްކުމުން ސްކޫލްގައި ކާމިޔާބު

ތުއްތު ކުދިންނަށް ފޮތް ކިޔައިދީ އަދި އެ ކުދިންނާ ވާހަކަ ދެއްކުމުގައި ގިނަ ވަގުތު ހޭދަކުރާ ނަމަ އެ ކުދިން ސްކޫލްގައި، ކިޔެވުމަށް ރަނގަޅު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018
ފްލަޝްކުރަން ވާނީ ފާހާނާ ތަށީގެ މަތި ލައްޕާފައި

ފާހާނާކޮށްފައި ފްލަޝް ކުރަނީ ތަށީގެ މަތި ނުލައްޕާ ކަމަށްވާ ނަމަ އެއީ ނުރައްކާ ކަމަކަށް ވެދާނެ އެވެ. އެހެންވެ ތަޖުރިބާކާރުން ދޭ އިރުޝާދަކީ ބޮޑުކަމުގޮސްފައި ވެސް އަދި ކުޑަކަމުގޮސްފައި ވެސް ފާހާނާގެ މަތި ލައްޕާފައ ފްލަޝްކުރުމެވެ.

20 އޯގަސްޓް

August 20, 2018 2
ސްޕެގެޓީ ބިންދާނެ ގޮތް ވެސް ދިރާސާކޮށްފި

ނުރައްކާތެރި ބަލިތަކުން ސަލާމަތްވާނެ ގޮތެއް ނުހޯދިގެން އުޅޭއިރު، އެންމެ ރަނގަޅަށް ސްޕެގެޓީ ބިންދާލެވޭނެ ގޮތެއް ހޯދަން ސައިންސްވެރިން ވަގުތު ހޭދަކޮށްފާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. އެކަމަކު ސައިންސްވެރިން މިކަން މިއޮތީ ދިރާސާކޮށްފަ އެވެ.

14 އޯގަސްޓް

August 14, 2018 10
ވިއަގްރާގެ ފައިދާ އެހެން ކަމަކަށް

ފިރިހެނުންގެ ޖިންސީ ބަލިކަށިކަމަށް ބޭނުންކުރާ ވިއަގްރާ އަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް މަރާމާތުކޮށް، ލޮލުގެ ފެނުން އިތުރަށް ނިކަމެތިވިޔަ ނުދިނުމަށް އެހީއަކަށް ވެދާނެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

13 އޯގަސްޓް

August 13, 2018
ކަސްރަތުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ

ކަސްރަތު ކުރުމުން ނަފްސާނީ މައްސަލަތަކާ ދުރުކޮށްދޭ ކަމަށާއި އެކަމަކު އެކަށީގެންވާ ވަރަށް ވުރެ ގިނައިން ކަސްރަތުކުރުން ގޯސް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

08 އޯގަސްޓް

August 08, 2018 1
ހިތުގެބަލީގެ އަންހެނުންނަށް އަންހެން ޑޮކްޓަރުން ރަނގަޅު

ހާޓް އެޓޭކް ޖެހޭ އަންހެނަކަށް، އަންހެން ޑޮކްޓަރަކު ފަރުވާ ދޭ ނަމަ އެ މީހަކު ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށް އެމެރިކާގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

07 އޯގަސްޓް

August 07, 2018
ކެފެއިން އަކީ ބަރުދަން ލުއިކުރަން އެހީވާ އެއްޗެއް ނޫން

ބަރުދަން ލުއިކުރުމަށް ޑައެޓްކުރާ ބައެއް މީހުން، ކެފެއިން ހުންނަ ބުއިންތައް، ޑައެޓް ކާމިޔާބުކުރުމުގެ ގޮތުން ބޭނުންކުރި ކަމުގައި ވިޔަސް އެއީ ބޭކާރު އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

02 އޯގަސްޓް

August 02, 2018 5
ކަރުދާހުން ކެނޑޭ ތަންތަނުން ބޮޑަށް ދިލަނަގާ؛ ކީއްވެ؟

ކަރުދާހެއްގެ މިޔަ އެޅިގެން އިނގިލި ކުރިން ކަނޑައިގެންދާއިރު އެއީ ވަރަށް ކުޑަ ޒަޚަމެކެވެ. އެކަމަކު ވަޅިއަކުން ފުންކޮށް ކެނޑޭ ތަނަކަށް ތަދުވާ ނުވަތަ ދިލަނަގާ ވަރަށް ވުރެ ބޮޑަށް ކަރުދާހަކުން ކެނޑޭ ތަނެއްގައި ވޭން އަޅަ އެވެ. އެއީ ކީއްވެހެއްޔެވެ؟

01 އޯގަސްޓް

August 01, 2018
ގަދަކަމުން ކާންދޭން އުޅުމަކީ ބޭކާރު ކަމެއް

ދިން ކޮންމެ އެއްޗެއް ރުހުމުގައި ކާނީ ވަރަށް މަދު ކުއްޖެކެވެ. މި މިޒާޖުގެ ކުދިން ނުވަތަ "ޕިކީ އީޓާސް" އަށް އެކި ވައްތަރުގެ ކާނާ ދޭން ބެލެނިވެރިން ވަރަށް ބޮޑަށް މަސައްކަތްކުރެ އެވެ. ޚާއްސަކޮށް، ސިއްހަތަށް ފައިދާހުރި ކާނާ ދޭން މަސައްކަތްކުރެ އެވެ. އެކަމަކު ފަހުގެ ދިރާސާއެއްގައި ބުނަނީ އެ ކުއްޖަކު ކާހިތްނުވާ އެއްޗެއް ގަދަކަމުން...

23 ޖުލައި

July 23, 2018
ހަކުރުބަލީގެ އަންހެނުންނަށް ކެންސަރުގެ ނުރައްކާ މާ ބޮޑު

ހަކުރު ބަލި ހުންނަ ފިރިހެނުންނަށް ވުރެ، އެ ބަލީގެ ޝިކާރައަކަށްވެފައިވާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

19 ޖުލައި

July 19, 2018
ޓޮންސިލާއި އެޑްނޮއިޑް ނެގުމުން އިތުރު ނުރައްކާތަކެއް

ކުޑައިރު ސާޖަރީ ހަދައިގެން ޓޮންސިލާއި އެޑްނޮއިޑް ނެގުމަކީ ނޭވާލާ ނިޒާމުގެ މައްސަލަތަކާއި އެލާޖީ އާއި ގައިންގަޔަށް އަރާ ބަލިތަކުގެ ނުރައްކާ، ދޮށީ އުމުރަށް ދާއިރު އިތުރުވާ ކަމެއްކަން ދިރާސާއަކުން ދައްކައިފި އެވެ.