30 އެޕްރީލް

April 30, 2017
50 އިން މައްޗަށް ދިއުމުން ކަސްރަތު ވަރަށް މުހިންމު

އުމުރުން 50 އަހަރު ވުމަށް ފަހު ސިކުނޑީގެ ދުޅަހެޔޮކަން ދަމަހައްޓަން ބޭނުން ނަމަ ކޮންމެ ހަފުތާއަކު ވެސް އާދައިގެ ކަސްރަތު، ތަކުރާރުކުރުން ވަރަށް މުހިންމު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

29 އެޕްރީލް

April 29, 2017 4
ވީޑިއޯ ގޭމް ކުޅެގެން ގެއްލުން ވާނެތަ؟

ވީޑިއޯ ގޭމްތަކާ ދެކޮޅަަށް ދައްކާ ވާހަކަތައް ވަރަށް ގިނަ އެވެ. ވީޑިއޯ ގޭމް ކުޅުމަކީ ކުޑަކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެއް ގޮތުގައި ވަރަށް ގިނަ ބެލެނިވެރިން ގަބޫލުކުރެ އެވެ. ނަމަވެސް ފަހުގެ އެކި ދިރާސާތަކުން ދައްކާ ގޮތުގައި ވީޑިއޯ ގޭމުން ސިކުނޑި އިތުރަށް ތަރައްގީވުން އެކަށީގެންވެ އެވެ.

28 އެޕްރީލް

April 28, 2017
މަތިންދާބޯޓުގައި އެންމެ ރައްކާތެރި ގޮނޑިއަކީ ކޮބާ؟

އެންމެ ރައްކާތެރީ ވައިގެ ދަތުރުފަތުރު ކަމަށް ވިޔަސް މަތިންދާބޯޓުން ދަތުރު ކުރުމަކީ ބައެއް މީހުން ވަރަށް ބިރު ގަންނަ ކަމެކެވެ. ބިރު ނުގަތް ނަމަވެސް، ކޮންމެ ކަމެއްގައި ވެސް މީހުން...

April 28, 2017 5
މަސްނޫއީ ރަހިމެއްގައި ބަކަރިއެއް ބޮޑުކޮށްފި

ޕްލާސްޓިކް ކޮތަޅެއްގެ ސިފަޔަށް ހަދާފައިވާ "މަސްނޫއީ ރަހިމެއް"ގެ ތެރޭގައި، ދުވަސްނުފުރާ ވިހާފައި އޮތް ބަކަރިއެއް މަރުނުވެ އެތައް ހަފުތާއެއް ވަންދެން ބޭއްވުމުގައި ސައިންސްވެރިން...

22 އެޕްރީލް

April 22, 2017 3
ޑިޕްރެޝަނާ ބެހޭ އާ ވާހަކައެއް

ޑިޕްރެޝަނާ ބެހޭ ގޮތުން ތަފާތު މައުލޫމާތަކަށް ވާހަކަ ދެކެވެމުންދާ މި ދުވަސްވަރު އަނެއްކާވެސް އެހެން ވާހަކައެކެވެ. އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މާބޮޑަށް ހިކުމަކީ ޑިޕްރެޝަނާ ގުޅުން ހުރި ކަމެކެވެ. މިއީ މި ދެ ކަންތަކުގައި ގުޅުމެއް ހުރި ކަމަށް ދިރާސާއަކުން ދެއްކި ފުރަތަމަ ފަހަރެވެ.

20 އެޕްރީލް

April 20, 2017
ލޮނުން ކަރުހިއްކަނީއެއް ނޫން، ބަނޑުހައިވަނީ

ލޮނު ރަހަދޭ ލުއިކާނާއެއް ކެއުމުން ކަރުހިއްކާ ކަމަށް އަހަރެމެން ބުނަމެވެ. އެކަމަކު ދިރާސާއެއްގައި ބުނަނީ ލޮނުން ކަރުހިއްކަނީ ނޫން ކަމަށާއި ބަނޑުހައިވެއްޖެ ކަމުގެ އިހްސާސް ގެނުވައި، ކާހިތްކުރުވަނީ ކަމަށެވެ.

17 އެޕްރީލް

April 17, 2017
އެންމެ އާއްމު ރޮނގުދެމި މަދިރިން ވެސް ޒިކާ ފެތުރިދާނެ

އޭޝިއާގެ ގައުމުތަކުގައި އާއްމު އޭޑީސް އެލްބޮޕިކްޓަސް މަދިރީގެ ޒަރީއާ އިން ވެސް ޒިކާ ވައިރަސް ފެތުރުން އެކަށީގެންވާ ކަމުގެ އިތުރު ހެއްކެއް ސައިންސްވެރިން ހޯދައިފި އެވެ.

14 އެޕްރީލް

April 14, 2017 11
ބާރަށް ގޮށްޖެހިޔަސް ބޫޓުގެ ނާޑުވާ މޮހޭ ސަބަބު ހޯދައިފި

މިއީ ސައިންސްވެރިން ދިރާސާއެއް ކޮށްގެން ނޫނީ ނޭނގޭ ވަރު ކަމެއް ހެއްޔެވެ؟ އެކަމަކު ބޫޓުގެ ނާޑުވާގައި ކިތަންމެ ބާރަށް ގޮށް ޖަހާފައި ދުވަން ފެށިޔަސް އިރުކޮޅަކުން ގޮށް ދޫވެ މޮހިފައި އޮންނާތީ ހައިރާނެއް ނުވޭ ހެއްޔެވެ؟ އެހާ ބާރަށް ޖަހާ ގޮށް އެހާ ފަސޭހައިން މޮހެނީ ކީއްވެގެންކަން އެނގިގެން ނޫނީ މިކަމަށް ހައްލެއް ނެތެވެ. އެހެންވެ...

11 އެޕްރީލް

April 11, 2017 2
ކެނެޑާއިން 14،000 އަހަރުވީ އަވަށެއް ފެނިއްޖެ

އިންސާނުން މީގެ 14،000 އަހަރު ކުރިން ވަޒަންވެރިވެގެން އުުޅުނު ކަމަށް ބެލެވޭ އަވަށެއް، ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ އެކަހެރި ހިސާބަކުން ފެނިއްޖެ އެވެ.

06 އެޕްރީލް

April 06, 2017 8
ޑަޔަލިލިސް ހެދުން ނިމުމަކަށް އައުމުގެ އުންމީދު އާވެއްޖެ

ބަލިތަކަށް ފަރުވާ ހޯދަން ކުރާ ބޭހުން ނަތީޖާ ނުފެންނަ ބައެއް ހާލަތްތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭ ފަހަރުވެސް އާދެ އެވެ. ކިޑްނީގެ ބަލިތަކާ ގުޅިގެން ހަދާ ޑަޔަލިސިސް އަކީ ވެސް މިފަދަ ކަމެކެވެ. ކިޑްނީ މައްސަލަ ޖެހިފައިވާ ނުވަތަ ފޭލްވެފައިވާ މީހަކަށް ޑަޔަލިސިސްއާ ނުލައި ދިރިއެއް ނޫޅެވެ އެވެ. އެކަމަކު އެއީ ވޭން ހުރި...

05 އެޕްރީލް

April 05, 2017 1
ކުޑައިރު އެންމެ ގިނައިން ރޮނީ ޔޫކޭ، ކެނެޑާ ކުދިން: ދިރާސާ

ދަރިފުޅު ރޮނީ މާ ގިނައިން ކަމަށް ހީކޮށް ހާސް ނުވާށެވެ. އަލަށް އުފަންވާ ތުއްތު ކުދިން ރޯ މިންވަރު ދެނެގަތުމަށް ހެދި ޔުނިވާސަލް ކްރައިން ޗާޓް ދައްކާ ގޮތުން ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކެއްގެ ތުއްތު ކުދިންނަށް ވުރެ ގިނައިން ރޮނީ އިޓަލީ އާއި އިނގިރޭސި ވިލާތް އަދި ކެނެޑާގެ ކުދިންނެވެ.

01 އެޕްރީލް

April 01, 2017 7
އަރިދަފުސް ރޯގާ އެންމެ ބޮޑަށް ޖެހެނީ އެކަނިވެރިންނަށް

މިއީ ހެއްވާ ވާހަކައަކަށް ވެދާނެ އެވެ. އެކަމަކު ސައިންސްވެރިން މިކަން ކަށަވަރުކޮށްފި އެވެ. އެކަނިވެރިކޮށް އުޅޭ ބަޔަކު ވަކި ކޮޓަރިތަކެއްގައި ބޭތިއްބުމަށް ފަހު އެ މީހުންގެ ހަށިގަނޑަށް އަރިދަފުސް ރޯގާގެ ވައިރަސް ފޮނުވައި، ނަތީޖާ ބެލި އިރު އެނގުނީ އެކަނިވެރިކޮށް އުޅޭ މީހުން އަރިދަފުސް ރޯގާގެ ސަބަބުން ބަލިވާ މިންވަރު، އެކުވެރިން ގިނަ...

28 މާޗް

March 28, 2017 1
ރޭގަނޑު ފާހާނާޔަށް ދާންޖެހޭ ނަމަ ލޮނު މަދުކޮށްލާ

ކުޑަކަމުދާން ޖެހި، އަވަސް އަވަހަށް ރޭގަނޑު ނިދިން ހޭލެވުމަކީ އާންމު ކަމަކަށް ވެފައިވާ ނަމަ އެއީ ލޮނު ހުންނަ ކާނާ މާގިނައިން ކާތީ ދިމާވާ ކަމަކަށް ވެދާނެ ކަމަށް ޖަޕާނުގެ ޑޮކްޓަރުންގެ ޓީމަކުން ބުނެފި އެވެ.

27 މާޗް

March 27, 2017 3
ސްޕިނެޗް ފަތް އިންސާނާގެ ހިތުގެ ޓިޝޫ އަކަށް

އިންސާނެއްގެ ހިތުގައި ފުރިހަމައަށް މަސައްކަތްކުރާ ޓިޝޫއަކަށް ސްޕިނެޗް ފަތެއް ބަދަލުކުރުމުގައި ސައިންސްވެރިން ކާމިޔާބު ހޯދައިފި އެވެ.

26 މާޗް

March 26, 2017
ކެންސަރު ހުރިކަން އެނގޭނެ ލޭގެ ޓެސްޓެއް

ކެންސަރުގެ ނިޝާންތައް ފެންނަން ފެށުމުގެ ކުރިން، އެ ބަލި ޖެހިފައިވާކަން އެނގޭނެ ލޭގެ ޓެސްޓެއް ސައިންސްވެރިން އިޖާދު ކޮށްފި އެވެ. މި ޓެސްޓު ހެދުމުން އެނގެނީ ހަމައެކަނި ބަލި ހުރިކަން އެކަންޏެއް ނޫނެވެ. ބަލި ހުރީ ހަށިގަނޑުގެ ކޮން ތަނެއްގައި ކަން ވެސް ދެނެގަނެވޭނެ އެވެ.

19 މާޗް

March 19, 2017
ލޭގެ ޓެސްޓަކުން އޯޓިޒަމް ދެނެގަނެވޭނެ ގޮތެއް ހޯދިދާނެ

ކުޑަކުދިންގެ ކިބައިގައި އޯޓިޒަމް ހުންނަ ނަމަ އެކަން ލޭގެ ޓެސްޓަކުން ދެނެގަނެވޭނެ ގޮތެއް ހޯދިދާނެ ކަމުގެ އުންމީދު އަލަށް ތަޖުރިބާކުރަމުން އަންނަ ޓެސްޓަކުން ވަރަށް ބޮޑަށް އާވެއްޖެ...

March 19, 2017 5
ހެނދުނު އައިސްކްރީމް ބުއިމުން ސްމާޓްވޭ: ސައިންސްވެރިން

އައިސްކްރީމަކީ އެއްވެސް މީހަކަށް ނޫނެކޭ ބުނަން ދަތި އެއްޗެކެވެ. ކޮންމެ ގަޑިއެއްގައި ވެސް އައިސްކްރީމެއް ބޯލުމަކީ ވަރަށް ހިތްހަމަ ޖެހޭނެކަމެކެވެ. އަދި ހެނދުނު ހޭލާގޮތަށް...

16 މާޗް

March 16, 2017 11
މާސްކުން ލިބެނީ ކިހާ ވަރެއްގެ ހިމާޔަތެއް؟

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުންދާ ހުމާއި އަރިދަފުސް ރޯގާގެ ތެރޭގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ވެސް އުޅޭކަން އެންމެންނަށް އެނގުމާ އެކު އެންމެން ބިރުގެންފި އެވެ. ހިމާޔަތް ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރަނީ އެވެ.

28 ފެބުރުއަރީ

February 28, 2017 4
ފޯނާ ނުލައި ކެތްވާނީ ކުޑަ އިރުކޮޅަކު

ސްމާޓްފޯނަކީ އެކަނިވެރިކަން ފިލުވައިދޭ އެއްޗަކަށް ވަނީ ވެފަ އެވެ. އެކަމަކު ފޯނަށް ދެވި ހިފުމުގެ މައްސަލަ ވެސް ހަމަ އެހާ ބޮޑެވެ.

26 ފެބުރުއަރީ

February 26, 2017 3
ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު ބޮޑުވެއްޖެ

ހަކުރު ބަލި ޖެހިފައިވާ ޕެންކްރިއާސް، "ފާސްޓިން ޑައެޓް"ގެ ސަބަބުން "މަރާމާތު" ކުރެވި ހަކުރުބަލި ފަސޭހަކުރެވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެމެރިކާގެ ސައިންސްވެރިން ބުނެފި...

February 26, 2017 6
ފަސް މީހެއްގެ ގައިން އެޗްއައިވީ ވައިރަސް ނައްތާލެވިއްޖެ

އެޗްއައިވީއަށް އަލަށް ޓެސްޓްކުރި ވެކްސިނެއް ދިން ފަސް މީހެއްގެ ހަށިގަނޑުގައި އެ ވައިރަސް ނައްތާލެވިއްޖެ އެވެ. މިއީ އެއިޑްސް އިން ދިފާއުވުމަށް ކޮންމެ ދުވަހަކު ބޭސް ކާން ނުޖެހި އެ...

22 ފެބުރުއަރީ

February 22, 2017 5
އަޖުމަ ބަލަން ދިން ބޭހަކުން ބޮޑު ބިރުވެރިކަމެއް

ހޮސްޕިޓަލުގެ ވޯޑެއްގެ ތެރޭގައި ތިބި ބަލި މީހުންތަކެއް އެމީހުންގެ ގައިގައި އަޅާ ވޭނުން ހަޅޭއްލަވައި ރޮމުން ދިޔަ އެވެ. އެމީހުންގެ ގުނަވަންތައް ފޭލް ވަނީ އެވެ. އެމީހުންގެ ބޯ ވަނީ ދުޅަވެފަ އެވެ. ދިފާއީ ނިޒާމް ހުއްޓުމަކަށް އަންނާތީ މެދުކެނޑުމެއްނެތި ހޮޑުލެވެމުން ދިޔަ އެވެ. ސިފަވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެކެވެ.

21 ފެބުރުއަރީ

February 21, 2017 11
ގައިން ނުބައި ވަސް ކަނޑުވާލާނެ "ފަކުރު" ގޮތެއް

ގައިން ނުބައިވަސް ދުވާ ހެއްޔެވެ؟ ބައެއް މީހުން ކިތަންމެ ވަރަކަށް ފެންވެރިޔަސް އެމީހުންގެ ކިހިލިފަތްދަށުން ނުބައި ވަސް ކަނޑުވައެއް ނުލެވެ އެވެ. ނަމަވެސް ސައިންސުން މިކަމަށް ވެސް ހައްލެއް ހޯދައިދީފި ކަމަށް މި ވަނީ ބެލެވިފަ އެވެ. އެކަމަކު ވަރަށް ފަކުރު ކަމެކެވެ.