04 މެއި

May 04, 2020 30
ށ. އާއި ނ. އަތޮޅަށް ވެލާ އިން އެހީވަނީ

ކޮވިޑް-19 އަތޮޅުތަކުގައި ފެތުރުމާ ގުޅިގެން ށ. އަތޮޅާއި ނ. އަތޮޅުގެ ބައެއް ރަށްތަކަށް ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނެފި އެވެ.

27 އޮކްޓޯބަރ

October 27, 2019 22
ލައިޓް ހައުސްއެއްގެ ބައެއް ލައްގައިފި

ލައިޓް ހައުސްއެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ށ. ގައްލާދޫ ފަރުމައްޗަށް ލައްގައިފި އެވެ.

04 އޯގަސްޓް

August 04, 2019 1
ކޮމަންޑޫ ބަނދަރާއި މާބައިދޫ ނެރު ހަދަން ހަވާލުކޮށްފި

ށ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތާއި ލ. މާބައިދޫ ބަނދަރަށް ވަންނަ ނެރު ހަދަން 45.8 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

09 ޖޫން

June 09, 2019 19
ކޮމަންޑު އަށް ވަރަށް ބޮޑަށް އުދަ އަރައިފި

ށ. ކޮމަންޑޫގައި ހިއްކި ސަރަހައްދަށް ވަރަށް ބޮޑަށް މިއަދު އުދަ އަރައިފި އެވެ.

22 އެޕްރީލް

April 22, 2019 14
ފީވަކުން ހޮވީ މާވަހަރެއް ކަމާ ދޭތެރޭ ޝައްކު

އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި 82 ކިލޯގެ އެއްޗަކީ މާވަހަރެއް ކަމާ މެދު ޝައްކު އުފެދިފައިވާ ކަމަށް އެ މީހާ މިއަދު ބުނެފި އެވެ.

31 މާޗް

March 31, 2019 6
ރައްޔިތުން ނިކަމެތިވާނެ ކަމެއް ނުކުރާނެ: ނައިބު ރައީސް

ސަރުކާރުން ރައްޔިތުންނަށް ދަތިވާ ގޮތަކަށާއި ނިކަމެތިވާނެ ގޮތަކަށް ދުވަހަކު ވެސް ކަމެއް ނުކުރާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ށ. ފޯކައިދޫގައި ރޭ ވިދާޅުވެއްޖެ އެވެ.

23 މާޗް

March 23, 2019 17
އެޖެންޑާ 19 ހަގީގަތަކަށް ހަދަން ތައްޔާރު: ރައީސް

އަންނަ މަހު ބާއްވާ އާންމު އިންތިޚާބަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން ތައްޔާރުކުރި "އެޖެންޑާ 19" ހަގީގަތަކަށް ހައްދަވައި ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ށ. ކޮމަންޑޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

03 މާޗް

March 03, 2019 7
މާވަހަރަށް ބަދަލެއް ނާދޭ، ނަތީޖާ އަންނަ ހަފްތާގައި

އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި މާވަހަރަށް އެއްވެސް ބަދަލެއް ނާންނައިރު، ޓެސްޓްގެ ނަތީޖާ އަންނަ ހަފްތާގައި ލިބޭނެ ކަމަށް މާވަހަރު ހޮވި މީހާ މިއަދު ބުނެފި އެވެ.

13 ފެބުރުއަރީ

February 13, 2019 17
މާވަހަރެއްކަން ޔަގީން ވާނެ ކަމުގެ އިންތިޒާރުގައި

މި މަހުގެ އެއް ވަނަ ދުވަހު މާވަހަރެއް ކަމަށް ބެލެވޭ 82 ކިލޯގެ އެއްޗެއް ހޮވި ނަމަވެސް، ށ. ފީވަކު ބްލޫހެވަން އަހުމަދު މަނިކަށް ލިބުނު މާ ބޮޑު އުފަލެއް ނެތެވެ. އެއާ ދޭތެރޭ މާ ބޮޑު އުންމީދެއް ވެސް އޭނާގެ ނެތެވެ. ސަބަބަކީ، އެއީ މާވަހަރެއް ކަން އޭނާ އަށް އަދި މުޅިން ޔަގީން ނުވާތީ އެވެ. އެކަމަށް ޓަކައި އޭނާ ދިގު އިންތިޒާރެއް ކުރަން ޖެހެ އެވެ....

06 ފެބުރުއަރީ

February 06, 2019 32
50 މިލިއަންގެ މާވަހަރު ރައްކާތެރިކަމާ އެކު ކޮޓަރީގައި

އެތައް މިލިއަން ރުފިޔާއެއްގެ އަގުހުރި މާވަހަރެއް ހޮވައިފި ނަމަ އެ ވިކެންދެން ރައްކާކޮށްފައިވާ ބާއްވާ ގޮތަކާ މެދު ގިނަ ސުވާލު އުފެދެ އެވެ.

04 ފެބުރުއަރީ

February 04, 2019 16
82 ކިލޯގެ މާވަހަރުން ބައެއް ޓެސްޓްކުރަން މާލެ އަށް

އެކަނިމާއެކަނި މަހަށް ގޮސް އުޅެނިކޮށް، ށ. ފީވަކު މީހަކު ހޮވި 82 ކިލޯގެ މާވަހަރުން ބައެއް ޓެސްޓް ކުރުމަށްޓަކައި މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

02 ފެބުރުއަރީ

February 02, 2019 25
އެކަނި މަހަށް ގޮސް އުޅެނިކޮށް ފެނުނީ ބޮޑު މާވަހަރެއް!

ށ. ފީވަކު، ބްލޫހެވަން އަލި މަނިކަކީ ވަރަށް ކުރީއްސުރެ، މާވަހަރެއް ހޮވުމުގެ އުންމީދު ކުރަމުން އައި މީހެކެވެ. އެކަމަކު، ކުޑަ ޑިންގީއެއްގައި އިއްޔެ އޭނާ މަހަށް ނުކުތީ 82 ކިލޯގެ މާވަހަރެއް ފެންނާނެ ކަމުގެ އެއްވެސް ހިޔާލެއް ނުވަތަ ކުޑަވެސް އުންމީދެއް އޮވެގެނެއް ނޫނެވެ. އެކަމަކު، ޑިންގީގައި ނުކުމެ، މާ ދުރަށް ނުދެވި، އުޅެނިކޮށް އޭނާގެ...

10 ސެޕްޓެމްބަރ

September 10, 2018 13
އިބޫ ށ. އަދި ނ. އަތޮޅަށް، ފައިސަލް ތ. އަތޮޅަށް

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ށ. އަތޮޅާއި ނ. އަތޮޅަށް އަދި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް ތ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

05 ސެޕްޓެމްބަރ

September 05, 2018 81
"އިދިކޮޅަށް ވެރިކަން ލިބިއްޖެނަމަ ގައުމު ބައިބައިވާނެ"

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަނުން ކާމިޔާބުކޮށްފި ނަމަ ރާއްޖެ ބައިބައިވާނެ ކަމަށް، ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

01 ސެޕްޓެމްބަރ

September 01, 2018 10
ޝަހީމް ހދ. އާއި ށ. އަތޮޅުގެ ކެމްޕެއިނަށް

ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕެއިނަށް ހދ. އާއި ށ. އަތޮޅަށް މިއަދު ފުރާވަޑައިގެންފި އެވެ.

27 އޯގަސްޓް

August 27, 2018 13
"ކުޑަކުދިންގެ ހައްގު ކަށަވަރުކުރަން ބަޖެޓް ދޭނަން"

އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި، ކުޑަކުދިންގެ ހައްގުތައް ކަށަވަރު ކުރަން އެކަށީގެންވާ ބަޖެޓް ހޯއްދަވައި ދެއްވާނެ ކަމަށް އެ ކޯލިޝަން ރަނިންމޭޓް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2018 7
ކެމްޕޭން ކުރެއްވުމަށް ފައިސަލް މި ފަހަރު ށ. އަތޮޅަށް

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް، އިދިކޮޅު ކޯލިިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް، ށ. އަތޮޅަށް މިއަދު ފުރާ ވަޑައިގެންފި އެވެ.

01 އޯގަސްޓް

August 01, 2018 7
ފުނަދޫގެ މަގުތަކުގައި ތާރު އަޅަން ފަށައިފި

ށ. ފުނަދޫގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

02 ޖުލައި

July 02, 2018 63
ސިޔާސީ ވޯޓަކަށް ނަހަދައި، ތަރައްގީއަށް ވޯޓު ދީ: ރައީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ދޭ ވޯޓަކީ ސިޔާސީ ވޯޓަކަށް ނުހަދައި، ތަރައްގީ ދެމެހެއްޓުމަށް ދޭ ވޯޓަކަށް ހެދުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ގޮވާލައްވައިފި އެވެ.

July 02, 2018 33
"ބޭރުގެ ނުފޫޒާއެކު ވަކި ކަންތައްތަކަކަށް މަޖުބޫރުކުރޭ"

ރާއްޖޭގައި ގާނޫނުތަކާއި އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް ބޭރުގެ ނުފޫޒާ އެކު ބައެއް ކަންކަން ވަކި ގޮތަކަށް ކުރަން މަޖުބޫރު ކުރުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު...

July 02, 2018 39
ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ނިންމައިފި

ށ. ބިލެތްފަހީގައި ވެސް އެއާޕޯޓެއް އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

24 ޖޫން

June 24, 2018 35
ރައީސް ޔާމީން ބައެއް ރަށްތަކަށް ދަތުރުފުޅު ފައްޓަވައިފި

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން، ވެރިކަން ކުރާ ޕީޕީއެމުން ފަށާފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީން ބައެއް ރަށްތަކަށް މިއަދު ދަތުރުފުޅެއް ފައްޓަވައިފި އެވެ.