11 ޑިސެމްބަރ

December 11, 2019 5
ބަނަފިނި

އަލަތު ކައިވެންޏަކަށް އިންސާނާ ދާންޖެހެނީ ވަކި ތަރުތީބަކުން އެތުރިފައިވާ ހަރުފަތްތަކަކުންނެވެ. ދެ މީހުން ފުރަތަމަ ބައްދަލުވަނީ ދެ ބީރައްޓެހިންގެ ގޮތުގައެވެ. އެއަށް ފަހު ދެ މީހުންގެ މެދުގައި ލޯތްބެއް އުފެދެއެވެ. ކައިވެންޏަކީ އެ ލޯބީގައި ޖަހައިލެވޭ ވަރުގަދަ ގޮށަށް ކިޔާ ނަމެކެވެ. ހަޔާތުގެ އާންމު އުސޫލަކީ އެއީއެވެ. ޒަވާޖީހަޔާތް...

01 ޑިސެމްބަރ

December 01, 2019 4
ނުފެންނަ ފިރި

ކޮތަރުތައް އުދުހިގަތުމާއެކު ރަޒާން ހަޅޭއްލަވައިގަތެވެ. ކެވިއަރައިގެންދިޔަ ކޮތަރުތަކުގެ ފަހަތުން ރަޒާން ދުވެފައި އަންނަތަން އަހަރެން ދުށީމެވެ. އަހަރެން އިނީ ޖުމްހޫރީ މައިދާނުގައި ހުރި ބެންޗެއްގައެވެ. އުމުރުން ހަ އަހަރުގެ ރަޒާނަކީ އަހަރެންގެ ދަރިފުޅެވެ. ހަވީރުގެ ވަގުތެވެ. މޫސުން ރީތި، ހިތްގައިމު ދުވަހެކެވެ. ދުވެ ސަކަރާތްޖަހާއިރު...

13 ނޮވެމްބަރ

November 13, 2019 23
އެސްފިންނާ

އާދިއްތަ ދުވަހާ ގުޅޭ

06 ނޮވެމްބަރ

November 06, 2019 9
އެސްފިންނާ

ހޯލުގެ އަޑު މަޑުވި ހިނދުކޮޅެކެވެ. ވަގުތަކީ އޭލެވެލް އިމްތިހާނުގެ ނަތީޖާ ފާޅުކުރެވެމުންދިޔަ ވަގުތެވެ. މައިކަށް ނުވަތަ އިސްޕީކަރަށް ކޮންމެވެސް މައްސަލައެއް ދިމާވެގެން ޖަލްސާ އޮތީ މެދުކެނޑިފައެވެ. ކޮންމެ މީހަކު ވެސް، ޖެހިގެންއިން މީހާޔާ ކޮންމެވެސް ވާހަކައެއް ސިއްރުސިއްރުން ދައްކަމުންގެންދިޔައެވެ. ނުވަތަ ފޯނު ނަގައިގެން ކުޅެން...

30 އޮކްޓޯބަރ

October 30, 2019 14
ހިތޭދޭ މީ ފުރޭ ލޯބިން

މާލޭގެ މަތިން ބަލައިލާއިރު ފެންނަނީ ބޯކޮށް ހެދިފައިވާ ގަސްތަކެވެ. މޭވާ ގަހެވެ. ލަކުޑީގެ އާރު ހެޔޮ، ބިޔަ ގަސްތަކާއި، މާއަޅާ ބަރާވެފައިވާ ބޮޑެތި ގަސްތަކެވެ. އެހެންނަމަވެސް ފިސާރި ސާބިތުކަމާ އެކުގައި މަގުހޯދަމުން އުދުހެމުންއައި ކާޅު ތިރިކޮށްލީ، އާންމުކޮށް އެސޮރު ތިރިކުރާ ބޮޑު މިދިލިގަހަށެވެ. ގަހުގެ ގޮފިގަނޑުގައި ރަނގަޅަށް...

27 އޮކްޓޯބަރ

October 27, 2019 14
މަގުރަސް

ޖެހިލި ނަރަ ރޯޅި ދޮރުފަތިގަނޑުގައި އެލުވައިފައިހުރި ކުދިކުދި ރަނގަބީލުތަކުގައި ބީހުނެވެ. އަހަންނަށް ހޭލެވުނީ އެ އަޑަށެވެ. ގަޑިބަލައިލިއިރު ދަންވަރު އެކެއްޖަހަނީއެވެ. ޓީވީ ހުރީ ހުޅުވައިފައެވެ. އަޑު ހުރީ މަޑުކޮށްފައެވެ. ސޯފާގައި އަހަރެން އިށީނދެގެންއިނީ ޓީވީބަލާކަށް ނޫނެވެ. ޓީވީން ފެންނަ މަންޒަރަކުން ނުވަތަ ކަންފަތަށް އިވިލާ...

23 އޮކްޓޯބަރ

October 23, 2019 12
ނެގުނު ހިރާސް

މިޔަރާން އަދިވެސް އޮތީ ހިކިޔާންގެ އިންތިޒާރުގައެވެ. ފިނިމޫސުމުގައި ވެހެމުންދިޔަ ސުނޯ ޖައްވުގައި އުދުހެމުންދިޔައެވެ. ހިކިޔާން ފުރަތަމަ ފެނުނު ދުވަހު ވެހެމުންދިޔަ ކަހަލަ ހިތްގައިމު ގޮތަކަށެވެ. މިޔަރާންގެ ލޮލުން ނީރާލި ކަރުނަ ބާލީހަށް އޮބެމުންދިޔައެވެ. އޭނާ އޮތީ ކަރުނަ ހިނދުމުގެ ކުރިން ހިކިޔާން އަންނާނެކަމުގެ އުންމީދުގައެވެ. އެ...

20 އޮކްޓޯބަރ

October 20, 2019 16
ރަންދު

މަސްޓޭންކަކީ އަހަންނަށް ބިރުވެރި ފިލްމެކެވެ. އެއަށް ބަލަހައްޓައިގެން ހުންނާކަށް އަދިވެސް ނުކެރެއެވެ. ޕާޓީއަކަށް އައުމަކީ އަދިވެސް އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އެކަމަކު އަހަރެން ހިތްވަރުކުރަމެވެ. މިއަދު ވެސް މި ކުރަނީ އެ ހިތްވަރެވެ. ދެކުދިން ގޮވައިގެން ހިނިތުންވެލައިގެންހުރެ އަހަރެން ރެސްޓޯރަންޓަށް ވަނީމެވެ. ބޭބެގެ ދަރިފުޅާ...

19 ޖޫން

June 19, 2019 15
ވިހަ

މަޑުމަޑުން ގުގުރައިލިއެވެ. ފަނޑުފަނޑުކޮށް ވިދައިލިއެވެ. ތުނިތުނިކޮށް ވާރޭވެހެން ފެށިއެވެ. ދަންވަރު އަނދިރިކަމުގެ ކަޅު ރަޖާތެރޭގައި ފޮރުވައިފައިވާ ރަށުގެ މަގުތައް އޮތީ ފަޅުވެފައެވެ. ފެންހެދިފައެވެ. ހަމަހިމޭންވެފައެވެ. ގަސްތަކުގެ ފަތްތައް އިސްޖަހައިލައިގެން ތިބި ކަހަލައެވެ. ވައިރޯޅި ހިނދި، ރާޅުތައް އޮބި، ފަނިފަކުސައިގެ އަޑު...

16 ޖޫން

June 16, 2019 14
ނިޔަތް

ޝައްކުގެ ދުމައްޓަކަށް ލުހޭ ލޯބީގައި ނަފުރަތުގެ ދިލަޖެހޭނެއެވެ. ރައްޓެހިވެގެން އުޅުނުއިރު ނޭވަޔަކު ދެ ކޮޅު ޝާހިނާއަށް އެ ކަން ހަނދާންކޮށްދޭންޖެހެއެވެ. އަހަރެންގެ ދެވަނަ ލޯބިވެރިއެއް ނުހުރެއެވެ. އަހަރެންގެ ފޯނު ބައެއްފަހަރު އެންގޭޖުވެފައި ހުންނަނީ އަންހެންކުއްޖަކާ ވާހަކަދައްކާތީއެއް ނޫނެވެ. އަހަރެން ބުނަމެވެ. ޝާހިނާއަށް ތި...

12 ޖޫން

June 12, 2019 9
މާފަށް އެދެންދެން

އަހަރެންނަކީ ދޫންޏެއްކަމުގައިވާ ނަމަ ރީނާއަކީ އަހަރެންގެ ފިޔަގަނޑެވެ. އެއީ އެކުވެރިން ކުރާ މަލާމާތަކަށް ވިޔަސް ނުވަތަ ތައުރީފަކަށް ވިޔަސް، މަގުމަތިން އަހަރެން ފެނިއްޖެއްޔާ އަހަރެން ގާތުގައި، ގިނަ ފަހަރަށް ރީނާ ހުންނާނެއެވެ. ރީނާ ފެނިއްޖެއްޔާ ކައިރި ހިސާބެއްގައި އަހަރެން ވެސް ހުންނާނެއެވެ. އުމުރުން ވިހި އަހަރުއްސުރެ އެ ކަން...

09 ޖޫން

June 09, 2019 22
ރަންކަމަނަ

ކާނޭޝަންމަލުގެ ކުލަތަކުގެ ތެރެއިން ހުދުކުލައިގެ މާނައަކީ "ލޯތްބާއި ހިތްހެޔޮކަން" އެވެ. ފިޔާތޮށިކުލައިގެ މާނައަކީ "އަހަރެން ދުވަހަކު ވެސް ހަނދާންނައްތައިނުލާނަން" އެވެ. ރަތް ޓިއުލިޕު ބެލެވެނީ "ލޯބީގެ އިގުރާރު" ކަމުގައެވެ. ރަތް ފިނިފެންމަލުގެ މާނައަކީ "ހިތުގެ އެދުމާއި ލޯބި" އެވެ. ހުވަނދުމަލުގެ މާނައަކީ "ފޮނި ލޯބި" އެވެ. މަނާރާ...

04 ޖޫން

June 04, 2019 1
އީދު ހަދިޔާ

ބާލީސް ދަށުގައި އޮތް ފޯނު ނަގައި ގަޑި ބަލާލިއިރު ފަތިހު ހަތަރެއް ޖަހަނީ އެވެ. އީދުގެ ހަނދު ފެނުނުކަން އިއުލާންކުރީއްސުރެ ނިދަން އެރި ނަމަވެސް އަދިވެސް ލޮލު ފިޔައެއް ޖަހައިނުލެވެއެވެ. ގޭތެރެއިން އިވޭ އަޑުތަކުގެ ސަބަބުންނެވެ. ފަހަރެއްގައި ވެސް އެއީ އީދުގެ އުފާވެރިކަމާ ގުޅުން ހުރި އަޑެއް ނޫނެވެ. ތުނި ފިލާގަނޑަކުން ބިތްޖަހާ...

03 ޖޫން

June 03, 2019 9
ކުށުގެ ވެށި

ވަށައިގެންވި އަނދިރިކަމުން އަހަރެންގެ ހިތް ނުތަނަވަސްކުރުވި އެވެ. ބިރުވެރިކަމާއި ކަންބޮޑުވުންތަކުން އަހަރެންގެ ސިކުނޑި ކައި ހުސްކުރަމުން ދިޔަ އެވެ. އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ މީހެއް ފަދައިން އަހަންނަށް އިނދެވުނީ ދެން ވާނެގޮތަކާ މެދު ވިސްނާށެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭ އެންމެންގެ ކުރިމަތީ އަހަރެންގެ...

02 ޖޫން

June 02, 2019 16
މާމުއި ހަނދު

މީހެއްގެ ހިތް އަތުލުމަކީ ފަސޭހަކަމެއް ނޫނެވެ. އަހަރެން ކަހަލަ ޝަރުތުތައް ގިނަ މީހަކަށް އެއީ ވޭނެކެވެ. ލޯބީގެ ދަތުރަށް އަހަރެން ނުކުތީ އެކަން އެނގި ހުރެއެވެ. ކޮންމެ ކޮންމެ މީހަކު ދެކެ ލޯބި ނުވާން ނިންމައިގެންނެވެ. ކޮންމެ ކޮންމެ ހުށަހެޅުމެއް ގަބޫލުނުކުރާން ޢަޒުމު ކަނޑައަޅައިގެންނެވެ.

01 ޖޫން

June 01, 2019 3
ރާނިޔާ

ހެނދުނު އޮފީހަށް ދާ ގަޑި ގާތްވަމުން ދިޔަ ވަރަކަށް މާލޭގެ މަގުތަކަށް ހަލަބޮލިކަން ވެރިވަމުން ދިޔައެވެ. މުޅިން ވެސް، ދިރިއުޅުމުގެ ރޭހުގައި ކުރި ހޯދަން ގަދަ އަޅާ މަސައްކަތް ކުރަމުންދިޔަ މަސައްކަތްތެރިންނެވެ. ތަޢުލީމަށް ޓަކައި އުއްމީދުގެ ފައިތިލަތައް ސާބިތުކުރަމުން ދިޔަ ކިޔަވާ ކުދިންނެވެ. ފަގީރުކަމުގެ ވޭނުން ނިކުމެ މާދަމާގެ...

30 މެއި

May 30, 2019 13
އާމިނާބިގެ ފަތިފުށް

ގައިން ހީބިހި ނަގައި، ކުއްލިއަކަށް ހޭލެވުނުއިރު އާމިނާބި އޮތީ ތަކުރުގެ މާކަޅުވާ މައްޗަށް ވާތު ފައި އެއްލައިގެން މޭކަށިގަނޑާ ދިމާލުން ބާރަށް ބައްދައިގެން ނިދާ މަރުވެފަ އެވެ. އެ ހިތުގެ ތެޅުމާއި ހޫނު ނޭވާ އިން ތަކުރުގެ ވިންދު އަވަސްކޮށްލި އެވެ. ހަމަ އެ ސިކުންތުގައި އާމިނާބީގެ ވިޔާނުދާ ހުވަފެން ލޯމަތީގައި ފަށްފަށްވަމުން ދިޔަ އެވެ....

29 މެއި

May 29, 2019 3
ނަފްރަތުވުމުން

ބޮޑު ދޮރާށިން ވަދެވުނުއިރު ހާމައަށް ފެންނަން ހުރި ފުރިހަމަ ގެއަށް ޒާރާ ބަލައިލި އެވެ. ދިހަ ބުރީގެ އެ ގެއަކީ ބޭރުފުށުން ވަރަށް ޒަމާނީ ތަނެކެވެ. ޕޯޓިކޯ އަށް އެރިއިރު ދޮރުގައި ހަރުކޮށްފައި ހުރި ސީސީކެމެރާ ފެނިފައި ޒާރަ މެއަށް ފިނިވި އެވެ. ދޮރުގެ ދެ އަރިމަތީގައި ހައްދާފައި ހުރި މާގަސްތަކުގައި ފަރިވެ ފޮޅިފައިވާ އެކި ކުލައިގެ މާތަކުން...

28 މެއި

May 28, 2019 3
ނޭނގުމުން

ފަތިހު މުނާޖާ އަށް ގޮވިއިރު ސަމީރާ ތެދުވެ ހުރީ ކޮޅަށެވެ. ބިންގަނޑު އަލިވާން ވާއިރަށް އޭނަ ހުރީ ހެނދުނު ސައި ހަދައި ހަގަށް ހުންނަ އިލްހާމުގެ އިންޓަވަލް ތަށިބަރި ތައްޔާރުކޮށްފަ އެވެ. ފިރިމީހާ މުހައިމިން ތެދުވީ އެ މަސައްކަތް ނިންމާފައި ގޮސް އިސްތިރިކުރަން ހުއްޓަ އެވެ. ފިރިމީހާ ނިކުންނަހާއިރު ކޮށްފައި ސަމީރާ ދިޔައީ ދަރިންގެ...

27 މެއި

May 27, 2019 35
ފަހު ދިހަ

ފިރިހެނުންނާއި އަންހެނުން ތަފާތުވަނީ ކޮންގޮތަކުން ހެއްޔެވެ؟ އަންހެނުންގެ ކަމަކަށް އޮންނަނީ ކެއްކުން ހެއްޔެވެ؟ ގޭތެރޭގެ މަސައްކަތްކުރުން ހެއްޔެވެ؟ ފިރިހެނުން އުޅެން ޖެހެނީ ބޭރުގައި ހެއްޔެވެ؟ އެ މީހުންނަށް ގޭތެރޭގެ މަސައްކަތް ހަރާމީ ހެއްޔެވެ؟ ނުވަތަ ކަމެއް ކުރަން ނުޖެހެނީ ހެއްޔެވެ؟ ހިތަށް އަރައި ފައިބަމުންދާ ޚިޔާލުތަކުން...