03 މާޗް

March 03, 2020
އިކޮނޮމީ ކްލާހުގައި އަރާމުކޮށް ނިދޭ ގޮތަށް ޕޮޑްތަކެއް

މަތިންދާބޯޓްތައް ފަރުމާކޮށްފައި ހުންނަ ގޮތުން ސީޓްތަކުގައި ނިދައިލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. މިކަމަށް އެކި ފެންވަރުގައި އެކި އެއާލައިންތަކުން އަންނަނީ ހައްލުތައް ހޯދައިދޭން ހުއްޓުމެއް ނެތި މަސައްކަތްކުރަމުންނެވެ.

19 ޑިސެމްބަރ

December 19, 2019 1
ފަނޑު ނޫ އަލީގެ ތެރޭގައި ނިދަން ފަސޭހަތަ؟

ބައެއް މީހުންނަކީ ނިދާއިރު އެއްވެސް އަލިކަމެއް ނެތި ސީދާ ކަނު އަނދިރީގައީ ނޫނީ ނުނިދޭ މީހުންނެވެ. އެފަދަ މީހުންނަށް ކިރިޔާ ވެސް އަލިކަމެއް ފެންނަ ނަމަ ނިދުމަށް ހުރަސް އަޅަ އެވެ.

04 ޑިސެމްބަރ

December 04, 2019
ވަޒީފާ އަކީ ނިދުން، މުސާރަ އަކީ 100،000 ރުޕީސް

އިންޑިއާގެ ކުންފުންޏަކުން ތައްޔާރުކޮށްފައިވާ ގޮދަޑިއެއް ޓެސްޓްކުރުމުގެ ގޮތުން އިންޓާންއެއްގެ ގޮތުގައި ތިން މަސް ދުވަސް ވަންދެން އޭގައި ނިދާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

02 ޑިސެމްބަރ

December 02, 2019
އަންހެނުންނަށް ނިދި މަދުވާ ނަމަ ކަށި ފީވުން އަވަސްވޭ

އިއްދައިން ކެނޑުމަށް ފަހު އެކަށީގެންވާ ވަރަށް ނިދި ނުލިބޭ ނަމަ ކަށީގެ ބާރު ދަށްވުން ނުވަތަ ކަށި ފީވުމުގެ މައްސަލަ އަވަސްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

December 02, 2019
ރަނގަޅަށް ނިދިޔަސް ލޯ ވަރުބަލިވެފައި: ކީއްވެ؟

ރޭގަނޑު އަށެއްކަ ގަޑިއިރު ނިދާާފައި ހޭލައިގެން އަންނަ ތަނުން، އަދިވެސް ތިޔަ ހުރީ ނިދާފައި ނޫންހޭ، ނިދި ހަމަ ނުވެޔޭ މީހުން ބުނޭ ދޯ އެވެ. ކިތަންމެ ރަނގަޅަށް ނިދާފައި ހޭލިޔަސް ލޯ...

09 ނޮވެމްބަރ

November 09, 2019
ހަމަނިދި ނުލިބޭ ނަމަ ސްޓްރޯކާއި ހާޓްއެޓޭކްގެ ނުރައްކާ

ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބޭ ނަމަ ހިތުގެ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

13 ޖުލައި

July 13, 2019 4
އަނގަމަތީގައި ޓޭޕް އަޅައިގެން ނިދާ ލަވަކިޔުންތެރިއެއް

ނިދަންވީ އަނގަމަތީގައު ޓޭޕް އަޅައިގެންނޭ ބުނެފި ނަމަ ބައެއް މީހުންނަށް އެކަން ޖޯކަކަށް ވެދާނެ އެވެ. އެކަމަކު އިންޑޮނީޝިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެންޑީން އާއި އާއިލާ ނިދަނީ އަނގަމަތީގައި ޓޭޕް އަޅައިގެންނެވެ. އުމުރުން 33 އަހަރުގެ ލަވަކިޔުންތެރިޔާ އާއި އޭނާގެ ފިރިމީހާ އާއި ދެ އަހަރުގެ ދަރިފުޅު އަނގަމަތީގައި ޓޭޕް އަޅައިގެން...

02 ޖުލައި

July 02, 2019
ހަމަ ނިދި ލިބޭ ނަމަ އުރަމަތީ ކެންސަރާ ދުރުކޮށްދޭ

ރަނގަޅަށް ނިދައި ފަތިހު ހޭލާ އަންހެނުންނަށް އުރަމަތީ ކެންސަރުގެ ނުރައްކާ ކުޑަ ތަންކޮޅެއް ދަށްވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

05 މެއި

May 05, 2019 1
ގެއްލުނު އެއާޕޮޑް ބަނޑުގައި

އެއާޕޮޑް ޖަހައިގެން އޮއްވައި ނިދުމަކީ ހަމަ އާދައިގެ ކަމެކެވެ. އެކަމަކު ނިދާ ހޭލެވުނު އިރު އެއާޕޮޑް ދިރުވާލެވިފައިވާ ނަމަ އެއީ އާދައިގެ ކަމަކަށް ނުވާނެ އެވެ. އެކަމަކު ޓައިވާން މީހަކަށް މިކަން ދިމާވެއްޖެ އެވެ.

24 އެޕްރީލް

April 24, 2019 2
މޫން މިލްކް ބޮއެގެން ފަސޭހައިން ނިދޭތަ؟

އިންސްޓަގްރާމާއި ޕިންޓްރެސްޓްގެ ޕޭޖްތަކުން މިހާރު އެންމެ ގިނައިން ފެންނަ އެކައްޗަކީ ރީތި ކުލަ ކުލައިގެ މޫން މިލްކްގެ ޖޯޑުތަކާއި ތަށިތަކެވެ. އަދި މިއީ އާދައިގެ ލާޓޭ އަށް ވުރެ މާ ފޭންސީ ބުއިންތަކެކެވެ. ހޫނުކޮށް ހުންނަ ކިރު ތައްޓެއްގެ ތެރެއަށް، ފައިދާހުރި އަޔުވެދިކް ރަހަތައް ހިމަނައިގެން ތައްޔާރުކުރާ ބުއިންތަކަކީ ނިދި ނައިސްގެން...

18 އެޕްރީލް

April 18, 2019
ނުނިދިފައި ނޯވެ ކޮންމެވެސް ކަމެއް ކޮށްލާ!

ކޮންމެހެން އަށް ގަޑިއިރު ނިދަން ޖެހޭ ހެއްޔެވެ؟ ޓީވީ ބަލަން އޮވެގެން ނިދާލަން ކިހާ އަރާމު ހެއްޔެވެ؟ ގަޑި އެލާމްވުމުން "ސްނޫޒް" ކޮށްލީމާ އެ އަންނަނީ މާ އަރާމު ނިންޖެއް ނޫންހެއްޔެވެ؟

05 މާޗް

March 05, 2019 1
ގެއްލުނު ނިދި ހަފުތާ ބަންދުގައި ހޯދޭނެ ގޮތެއް ނެތް

މުޅި ހަފުތާގައި ގެއްލުނު ނިދި ހޯދަން ހަފުތާ ބަންދުގައި ގިނައިރު ނިދުމަކުން ކުރާނެ ފައިދާއެއް ނެތް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

27 ފެބުރުއަރީ

February 27, 2019 1
ރޭގަނޑު ކަސްރަތުކުރުމުން ނިދަން އުނދަގޫވާނެތަ؟

މަސައްކަތާ ހެދި ހެނދުނު ނުވަތަ ހަވީރު ވެސް ކަސްރަތަށް ވަގުތު ހުސްކުރުމަކީ ވަރަށް ގިނަ މީހުންނަށް ދަތި ކަމެކެވެ. އެކަމަކު އާންމު ވިސްނުމަކީ ރޭގަނޑު ޖިމަށް ގޮސް ކަސްރަތުކުރާ ނަމަ ނިދަން އުނދަގޫވެ، ހަމަ ނިދި ނުލިބުމެވެ.

13 ފެބުރުއަރީ

February 13, 2019 6
ކޯޓެއްގައި މައްސަލަ ބަލަން އިން ގާޒީއަކަށް ނިދިއްޖެ

އިނގިރޭސި ވިލާތުގެ ކޯޓެއްގައި އަޑުއެހުން ކުރިއަށް ދަނިކޮށް ގާޒީ އަށް ނިދި ޖެހުނު މައްސަލައެއް ހޫނުވެ އެންމެ ފަހުން ގާޒީ މާފަށް އެދިވަޑައިގެންފި އެވެ.

21 ޖެނުއަރީ

January 21, 2019
ހިތަށް ނިދި މުހިންމު، މަދުވެގެން ހަ ގަޑިއިރު ނިދާތި

ހިތުގެ ސިއްހަތަށް ނިދި ވަރަށް މުހިންމު ކަމަށާއި އެންމެ މަދުވެގެން ހަ ގަޑިއިރު ނިދަން ޖެހޭނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2019
ރަނގަޅަށް ނިދާ ކުދިންގެ ބަރުދަން ރަނގަޅުވޭ

ކުޑަކުދިން ރޭގަނޑު ވަކި ވަގުތެއްގައި ނިދަން އާދަކޮށް އެކަށީގެންވާ ވަރަށް ނިދުމަކީ އެ ކުދިން އެކަށީގެންވާ ބަރުދަނެއްގައި ހުރުމަށް އެހީއަކަށްވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

22 ޑިސެމްބަރ

December 22, 2018 1
ނިދި މަދުވި ވަރަކަށް ޖަންކް ފުޑް ކާހިތްވާނެ

ރޭގަނޑުގެ ނިދި ހަމަޔަށް ނުލިބި ހުންނަ ދުވަހެއް ނަމަ ޑޯނަޓް ފަދަ ކާނާ ކާހިތްވާކަން ފާހަގަވޭ ހެއްޔެވެ؟ އާ ދިރާސާއެއްގައި ބުނަނީ އެންމެ ރެއެއްގެ ނިދި ގެއްލުނަސް ޖަންކް ފުޑަށް ޝައުގުވެރިކަން އިތުރުވެގެންދާ ކަމަށެވެ. އެހެންވެ މިއީ ބަރުދަން އިތުރުވެ ސިއްހަތަށް ގެއްލުން ހުރި ކަމަކަށްވެ އެވެ.

16 ޑިސެމްބަރ

December 16, 2018
ނިދުމުގެ ހަތަރު ގަޑިއިރު ކުރިން ކަސްރަތުކޮށްލާ!

އާންމުކޮށް ގިނަ މީހުން ކަސްރަތު ކުރާ ވަގުތަކުގެ ގޮތުގައި ފާހަގަކުރެވެނީ ހެނދުނާއި ހަވީރާއި ރޭގަނޑު އިރާކޮޅުގެ ވަގުތެވެ. އެހެންވެ ސުވާލަކީ މި ނޫން ވަގުތެއްގައި ކަސްރަތު ކުރުން ކިހިނެއް ވާނެ ހެއްޔޭ އެވެ؟

12 ޑިސެމްބަރ

December 12, 2018
ނިދުމުގެ ވަކި ގަވާއިދެއް ކުދިންނަށް ވަރަށް މުހިއްމު

ފުރާވަރުގައި ދުޅަހެޔޮ ބަރުދަނެއްގައި ހުރުމަށްޓަކައި ކުދިންނަށް އެންމެ ކުޑައިރުއްސުރެ ވެސް ގަވާއިދުން ހަމަ ނިދި ބޭނުންވާކަން އާ ދިރާސާއަކުން އެނގިއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2018
މާ ގިނައިން ނިދުމުން ވެސް ފުރާނަ އަށް ނުރައްކާ

ދުވާލެއްގެ މައްޗަށް ބޭނުން ވަނީ ކިތައް ގަޑި އިރުގެ ނިދި ހެއްޔެވެ؟ މީގެ ކުރިން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ބޮޑު މީހަކަށް ރޭގަނޑުގެ ނިދި ހަމަ ކުރަން ބޭނުން ވާނީ 6-8 ގަޑިއިރެވެ. ދެން ސުވާލަކީ އެއަށް ވުރެ ގިނަ އިރު ނިދައިގެން އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟

30 ނޮވެމްބަރ

November 30, 2018
ތިން އަހަރު ވަންދެން ދަރިފުޅު ނިންދަވަންވީ ކްރިބްގައި

އަހަރު ވެސް ނުވާ ތުއްތު ދަރިފުޅު އެމީހުންގެ ގާތުގައި ބާއްވައިގެން ނޫނީ ނިންދަވަން ބޭނުން ނުވާ މައިން އުޅެ އެވެ. އޭގެ ސަބަބުން ލިބޭ ފައިދާތަކެއް ވެސް އެބަ ހުއްޓެވެ. ފަހުގެ...

November 30, 2018
ނިދި މަދުވެއްޖެ ނަމަ ރުޅިގަދަވޭ

އެންމެ ދެ ގަޑި އިރުގެ ނިދި މަދުވިޔަސް، ރުޅި ގަދަވެ، އަދި އަމުދުން ބޮލަށް އުނދަގޫވާ ކަހަލަ ކަމެއް ކުރިމަތިވާ ނަމަ ރުޅި މައްޗަށް ދާކަން އާ ދިރާސާއަކުން އެނގިއްޖެ އެވެ. މިއީ ނިދި...