15 މެއި

May 15, 2017 2
ފަސް މިނެޓުން ބެޓެރީ ފުލް ޗާޖު، ބޮޑު ކާމިޔާބެއް

ސްމާޓްފޯނުތައް ބޮޑެތި ވެއްޖެ އެވެ. ހުރިހާ ބާރުތަކެއް ދެވިއްޖެ އެވެ. އެކަމަކު އެ ބާރުތައް ދަމަހައްޓާނެ ބެޓެރީއެއް އަދި އެކަކަށް ވެސް އީޖާދެއް ނުކުރެވެ އެވެ. ދެއިރު ދަޅަ އަށް ބެޓެރީ ޗާޖުކުރަން ނުޖެހޭ ފޯނެއް މަދެވެ. ޚާއްސަކޮށް ބާރުގަދަ ފޯނުތަކުގެ ތެރޭގަ އެވެ.

09 މެއި

May 09, 2017 3
ޗައިނާ ސްމާޓްފޯނުތައް އެހާ އަގު ހެޔޮ ސަބަބަކީ ކޮބާ؟

ޗައިނާ ސްމާޓްފޯނުތައް އެހާ އަގު ހެވީ ފެންވަރު ދަށް ކަމަކުން ނޫނެވެ. ޗައިނާގައި އުފައްދާ ވިޔަފާރި މުދާ އަގު ހެޔޮވުމުގައި ގިނަ ސަބަބުތަކެއް ފާހަގަކުރެވެ އެވެ. އެކަމަކު މި ފަހަރު ސްމާޓްފޯނާ ބެހޭ ގޮތުން ވާހަކަދައްކަން ޖެހިފައި ވާތީ ބަލައިލާނީ އެ ސިނާއަތަށެވެ.

08 މެއި

May 08, 2017 15
ޑާޓާ ބޭނުންކުރާއިރު މާ އަވަހަށް ބެޓެރީ ދަނީ ކީއްވެ؟

ޑާޓާ ބޭނުންކުރަން ފެށުމުން ބެޓެރީގެ ބާރު ހުސްވާލެއް އަވަހެވެ. މިއީ ގިނަ ބަޔަކު ތަޖުރިބާކޮށްފައި ވާނެ ކަމެކެވެ. ގޭމް ކުޅޭއިރު ވެސް އެހާ އަވަހަށް ބެޓެރީ ދެ އެވެ. މާނަ އަކީ ފޯނަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައި ވުމެވެ.

03 މެއި

May 03, 2017
ހަކުރު ބައްޔަށް ފަރުވާކުރުމަށް ސްމާޓްފޯން

ޖަނަވާރުގެ ހަށިގަނޑުގައި އުޅޭ ދިރުން ހުރި ސެލްއެއް ސްމާޓްފޯން މެދުވެރިކޮށް ކޮންޓްރޯލްކުރެވޭނެ ގޮތެއް ސައިންސްވެރިން ހޯދައިފި އެވެ. މި ހޯދުމުގައި ސައިންސްވެރިން ވަނީ ހަކުރު ބަލި ހުރި މީދަލުގެ ހަށިގަނޑުގައި ހަކުރުގެ މިންވަރު ފޯނު މެދުވެރިކޮށް ކޮންޓްރޯލްކޮށްފަ އެވެ.

02 މެއި

May 02, 2017 1
ވީޑިއޯ ގޭމްގެ ފައިދާ 100 ބިލިއަނުން މައްޗަށް

މުޅި ދުނިޔޭގައި ވީޑިއޯ ގޭމްގެ ވިޔަފާރީގެ ފައިދާ މި އަހަރު 108.9 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ތަފާސް ހިސާބުތައް އެއްކުރާ ނިއުޒޫ އިން ބުނެފި އެވެ.

01 މެއި

May 01, 2017 3
ސްމާޓް ހޯމް އަށް ވައިރަސް އަރައިފި

ސިނާއީ މެޝިންތަކުން ފެށިގެން ގެވެހި އާލާތްތަކަށް ދާންދެން އިންޓަނެޓާ ގުޅުުވާލެވެ އެވެ. އައިސްއަލަމާރި، ޓީވީ އަދި ބޭބީ މޮނީޓަރު ވެސް ސްމާޓްފޯނުން ކޮންޓްރޯލްކުރެވެ އެވެ. "އިންޓަނެޓް އޮފް ތިންގްސް" އަކީ މިއީ އެވެ. ހިފެހެއްޓުމެއް ނެތި ފުޅާވަމުން އަންނަ ބޮޑު ވިޔަފާރިއެކެވެ.

30 އެޕްރީލް

April 30, 2017 2
ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި

ސައުތު ކޮރެއާ ސައިންސްވެރިން، ލިތިއަމް-އޮކްސިޖަން ބެޓެރީއެއް އުފައްދައިފި އެވެ. ސައިންސް މިނިސްޓްރީން ބުނި ގޮތުގައި، ދުރު ރާސްތާ މަންޒިލްތަކަށް ބެޓެރީ އުޅަނދުފަހަރު ދަތުރުކުރުމުގައި މިއީ ނުހަނު ބޮޑު ކުރިއެރުމަކަށް ވާނެ އެވެ.

26 އެޕްރީލް

April 26, 2017 35
ފޯނު ހުޅުވަން އެންގުން: ގާނޫނީ ބަހުސަކަށް

އެމެރިކާއިން އަތުލައިގަތް ނުރައްކާތެރި ޓެރަރިސްޓެއްގެ އައިފޯނު ހުޅުވަން އެ ގައުމުގެ ކޯޓަކުން އެޕަލް ކުންފުނީގެ މައްޗަށް އަމުރު ކުރުމުން ވެސް އެކަމަށް އެ ކުންފުނިން ދެކޮޅު ހެދި ވާހަކަ މަޝްހޫރުވި އެވެ. އެޕަލް ކުންފުނިން ބުނަނީ ކޯޓަކުން އެންގިޔަސް، ކަސްޓަމަރުން އެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ގެއްލުވާ ނުލެވޭނެ ކަމަށެވެ.

21 އެޕްރީލް

April 21, 2017 1
ނެގެޓިވް މާސް އުފައްދައިފި، އެއްލުމުން ގަޔާ ދިމާލަށް

ކޮއްޕާލުމުން ނުވަތަ އެއްލުމުން އެ އެއްޗެއް ދާނީ އެ ފޮނުވާލި މިސްރާބަކަށް، ދުރަށެވެ. މިއީ އިސާކް ނިއުޓަންގެ "ސެކަންޑް ލޯ އޮފް މޯޝަން" ގައި ވެސް ބުނާ ގޮތެވެ. މިއީ ޕޮޒިޓިވް މާސްގެ ސަބަބުން މިކަން ހިނގާ ގޮތް ކަމަށް ވާއިރު، ތިއަރީގައި ބުނަނީ ނެގެޓިވް އަދި ޕޮޒިޓިވް އިލެކްޓްރިކް ޗާޖް ފަދައިން މާސްގައި ވެސް މި ދެ ޗާޖް ހުންނާނެ ކަމަށެވެ.

20 އެޕްރީލް

April 20, 2017 2
އެސް8 ޕްލަސް އަދި އެސް8: ތަފާތުތަކަކީ ކޮބާ؟

މިއިން ފޯނެއްގައި އަތްޖައްސާލާކަށް އަދި ނުލިބެ އެވެ. އެހެންކަމުން ތަޖުރިބާގެ އަލީގައި އެއްޗެއް ބުނެވޭކަށް ނެތެވެ. ނަމަވެސް، ބޭނުންކުރި މީހުން ދައްކާފައި ހުރި ފަރަގުތައް މި ތަނުގައި ނަކަލުކޮށްލާނަމެވެ.

18 އެޕްރީލް

April 18, 2017 8
ގެލެކްސީ އެސް8 އަށް ވަޅި ހެރިޔަސް ބެޓެރިއެއް ނުގޮވާ

ސެމްސަންގު ގެލެކްސީ ނޯޓް 7 ގެ ބެޓެރީގެ މައްސަލާގައި ގެއްލުނު އިތުބާރު ހޯދަން އެ ކުންފުނިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. އެކަމަކު އެ ކުންފުނިން އެންމެ ފަހުން ތައާރަފްކުރި އެސް8 ގެ ބެޓެރީއާ މެދު ޝައްކުކުރާ މީހުން ގިނަ އެވެ.

16 އެޕްރީލް

April 16, 2017
އިހުގެ ފޯނަކަށް ހިތް އެދޭތަ؟

ގިނަ މީހުން ދައްކަނީ ނޮކިއާ ފޯނެއްގެ ވާހަކަ އެވެ. ހިތުންނުފިލައިގެން އުޅެނީ އެ ފޯނެކެވެ. ގެންގުޅެން ފަސޭހައީ އެވެ. ޗާޖު ހުސްވެދާނެތީ ވިސްނަން ވެސް ނުޖެހެ އެވެ. ކޯލް އަދި މެސެޖުކުރުން ހަމަ އެއް އަތުންނެވެ.

15 އެޕްރީލް

April 15, 2017 11
އައިފޯނުގެ ސްކްރީން ފަސޭހައިން ތަޅައިގެން ދަނީ ކީއްވެ؟

ތިޔައީ ވަރަށް ބިރުވެރި ސުވާލެކެވެ. އެންމެ ބޮޑު ބިރަކީ، ސުވާލަށް ޖަވާބުދޭން ޖެހުމެވެ. ވަކި އަސާސަކަށް ބުރަނުވެ ކޮށްފައި އޮތް ސުވާލަކަށް ވުމަކީ ވެސް ބިރެކެވެ. އައިފޯނަކީ ދެރަ އެއްޗެއް ކަމަށް ސިފަކުރުވަން ސުވާލުގައި ބާރުއަޅާފައި ވުމަކީ ވެސް ޖެހިލުންވާން ޖެހޭ ކަމެވެ. އެހެން ނޫނަސް، ސްކްރީން ނުތެޅޭ ފޯނެއް ހުރޭހެއްޔެވެ؟

14 އެޕްރީލް

April 14, 2017 1
ފޯނާއި ޓެބްލެޓާ ކުޅޭ ކުދިންގެ ނިދި މަދު

ސްމާޓްފޯނާއި ޓެބްލެޓް ފަދަ، ޓަޗްސްކްރީން ހުންނަ ޑިވައިސްތައް ބޭނުންކުރާ ކުޑަކުދިން ނިދާ މިންވަރު، އެފަދަ އެއްޗިއްސާ ނުކުޅޭ ކުދިންނާ އަޅާބަލާއިރު މަދު ކަމަށް ދިރާސާ ޓީމަކުން ބުނެފި އެވެ.

13 އެޕްރީލް

April 13, 2017 4
ގެލަކްސީ ނޯޓް 8: އޮންނާނެ ކަމަށް ބެލެވޭ ސިފަ

ގެލަކްސީ ނޯޓް 8 ސިފަކުރެވޭ ގޮތް ބަހުސަކަށް ވަނީ އެވެ. ސެމްސަންގުން ދެން ނެރޭނެ ކަމަށް ބެލެވޭ "ބޮޑު" ފޯނަކީ އެއީ އެވެ. އިވޭ އަޑުތަކުގައި ކަމެއް ހުރި ނަމަ، ގެލަކްސީ ނޯޓް 8 އެންމެ ބޮޑަށް ވައްތަރުވާނީ ގެލަކްސީ އެސް8އާ އެވެ.

11 އެޕްރީލް

April 11, 2017 1
އެޕަލް އިން އައިފޯނަށް ގްރެފިކްސް ޗިޕް އުފައްދަނީ

އައިފޯނަށް ބޭނުންވާ "ޖީޕީޔޫ"، (ގްރެފިކް ޕްރޮސެސިން ޔުނިޓް) އަމިއްލަ އަށް އުފައްދަން އެޕަލް އިން ޚިޔާރުކޮށްފި އެވެ. މީގެ ކުރިން އައިފޯނަށް ޖީޕީޔޫ އުފައްދާފައި ވަނީ އެހެން ކުންފުންޏަކަށް އޯޑަރުދީގެންނެވެ. އެ ކުންފުންޏަށް ކިޔަނީ "އިމޭޖިނޭޝަން" އެވެ.

10 އެޕްރީލް

April 10, 2017 1
އެންޑްރޮއިޑް އޯ: އަމިއްލަ އަށް ގެއްލޭ ނޮޓިފިކޭޝަންތައް

ގޫގުލުން އަނެއްކާވެސް އެންޑްރޮއިޑަށް އާ ބާބެއް އިތުރުުކުރަން އުޅޭކަން ވަނީ ހާމަކޮށްފަ އެވެ. އެއީ މި ވަތުގަށް "އެންޑްރޮއިޑް އޯ" އެވެ. އޯރިއޯ ނޫނީ އޯ އަކުރުން ފެށޭ ކޮންމެވެސް ފޮނި ކާ އެއްޗެކެވެ.

06 އެޕްރީލް

April 06, 2017 2
ސްމާޓްފޯނެއްގައި ހަތަރު ކެމެރާ

މިއީ އަލްކަޓޭލް "ފްލޭޝް" އެވެ. ވިދުވަރެއްހާ ދުވެލި ބާރު ސްމާޓްފޯނެކެވެ. އެކަމަކު އެ ގޮތަށް ކިޔާފައި ހުންނަ ނަންނަމަށް ބަރޯސާކޮށް ގަންނަ ތަކެތީގައި އެ ފެންވަރެއް ނުހުރެވެ. އެކަމަކުވެސް، މި ފޯނުގައި އިން ހަތަރު ކެމެރާއްގެ ސަބަބުން މި ފޯނަށް "ފްލޭޝް" ކިޔަނީ އެވެ.

29 މާޗް

March 29, 2017 12
ގެލެކްސީ އެސް8 ދައްކާލައިފި، ހޯމް ބަޓަން ފޮރުވައިފި

ސެމްސަންގުގެ ގެލެކްސީ މަރުކާގެ އާ ދެ ފޯނު މިރޭ ތައާރަފްކޮށްފި އެވެ.

March 29, 2017 1
ސެމްސަންގުން ނޯޓް 7 އަލުން ބާޒާރަށް ނެރެފާނެ

ބެޓެރީގެ މައްސަލަޔަކުން ހޫނުވެ އަލިފާން ރޯވާ މައްސަލާގައި ސެމްސަންގުން ވިއްކުން ހުއްޓާލި ނޯޓް 7ގެ 2.5 މިލިއަން ފޯނު މަރާމާތަށް ފަހު އަލުން ބާޒާރަށް ނެރެން އެ ކުންފުނިން...

28 މާޗް

March 28, 2017 3
އެންޑްރޮއިޑް ފޯނުތައް އަޕްޑޭޓެއް ނުކުރޭ: ގޫގުލް

އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް ފޯނާ މެދު އޮންނަ ޔަގީންކަމަކީ، އެއީ އަމިއްލަ ބާރު ހިންގޭ އާލާތެއްކަން ކަށަވަރުވުމެވެ. ވާދަވެރިންގެ ފޯނުތަކާ އަޅާބަލާއިރު، އެންޑްރޮއިޑް ފޯނުތަކުގައި ބޭނުން ސިފައެއް، ބޭނުން ކުލައެއް ބޭނުންއިރަކު ޖެއްސެ އެވެ. އެހެން އެއްވެސް ދިމާއަކުން އިޒުނަހޯދުމެއް ނެތި އެވެ.