29 އެޕްރީލް

April 29, 2020 2
ސިނގިރެޓެއް ނުބޮން، ބޭނުމީ އެ ނައްތާލަން: ރިތިކް

ދުންފަތުގެ އިސްތިއުމާލު ނުކުރާ ކަމަށާއި ކްރިޝް ކަހަލަ ހަގީގީ ސުޕަހީރޯއެއް ނަމަ ކުރާނެ އެއް ކަމަކީ ވެސް ދުނިޔެ އިން ސިނގިރެޓް ނައްތައިލުން ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.

25 މާޗް

March 25, 2020 11
އެންގުމާ ހިލާފުވި ފަސް ކެފޭއެއް ޖޫރިމަނާކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެ ގޮތުން، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ކެފޭ/ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން މަނާކޮށްފައި ވަނިކޮށް، އެއާ ޚިލާފަށް އަމަލުކުރި ފަސް ތަނެއް 5،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

20 މާޗް

March 20, 2020 14
ކޮވިޑް-19: ރާއްޖޭގައި ޝީޝާ ބުއިން މަނާކޮށްފި

ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ކެފޭ/ރެސްޓޯރަންޓުތަކުގައި ޝީޝާ ބުއިމާއި އެ ޚިދުމަތް ދިނުން ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ މަނާކުރައްވައިފި އެވެ.

19 މާޗް

March 19, 2020 11
ޝީޝާ ބުއިމުން ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑުވޭ

ޒުވާނުންގެ ތެރޭގައި އާއްމުވެފައިވާ ޝީޝާގެ ސަބަބުން ކޮވިޑް-19 ރޯގާ ފެތުރުމުގެ ފުރުސަތު ބޮޑުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

02 މާޗް

March 02, 2020 1
ލޭޑީ ގާގާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައިފި

ކުރިން ދުވާލަކު 40 ސިނގިރެޓް ބޯ ކަމަށާއި އެކަމަކު މިހާރު ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލައިފައިވާ ކަމަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ބުނެފި އެވެ.

21 ފެބުރުއަރީ

February 21, 2020
ސިނގިރެޓް ހުއްޓާލުމުން އަޑު ރީތިވެއްޖެ: ވިޝާލް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލިތާ ހަ މަސްވީ އިރު އަޑު ރީތިވާން ފަށާފައިވާ ކަމަށާއި ދެން ދުވަހަކު ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާނެ ކަމަށް ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު/ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީ ބުނެފި އެވެ.

31 ޖެނުއަރީ

January 31, 2020
ދުންފަތް ހުއްޓާލުމުން ފުއްޕާމޭ އަމިއްލަ އަށް ރަނގަޅުވޭ

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން، ފުއްޕާމެ އަށް ލިބިފައި ހުންނަ ގެއްލުންތައް އަމިއްލަ އަށް ރަނގަޅުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

28 ޑިސެމްބަރ

December 28, 2019 49
އިންޒާރުގެ ފޮޓޯއަކީ ބިރެއް، އަސަރުކޮށްފި!

ސިނގިރޭޓް ފޮށި ގަތުމަށް ފަހު އޭގެ ބޭރުގައި ޖަހާފައި އޮންނަ އިންޒާރުގެ ފޮޓޯގަނޑު އެ ސައިޒަށް ކަފާލަ އެވެ. ދެން އެތަނުގައި، ފޮށީގެ އެތެރެއިން ހަރުލާ ގޮތަށް، ރާއްޖޭގެ ރީތި މަންޒަރެއް ފެންނަ ފޮޓޯގަނޑެއް، ޖަހަ އެވެ. މިއީ ސިނގިރޭޓަށް ދެވިހިފާފައި ހުރި އެކަކު، މިހާރު ކަންކުރަމުން އަންނަ ގޮތެވެ.

22 ޑިސެމްބަރ

December 22, 2019 1
އެމެރިކާގައި ސިނގިރެޓް ވިއްކާ އުމުރު 21 އަށް

އެމެރިކާގައި ސިނގިރެޓާއި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތައް ވިއްކާ އުމުރު 21 އަށް މަތިކޮށްފި އެވެ.

09 ޑިސެމްބަރ

December 09, 2019 23
ބުނި މުއްދަތު ހަމަވެއްޖެ، އެކަމެއް ނުވި!

މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރާނެ މުއްދަތެއް ސިޓީ ކައުންސިލުން ކަނޑައެޅުމުން ގިނަ ބަޔަކު ކުރީ މި ސުވާލެވެ: އެކަން ތަންފީޒު ކުރެވިދާނެތޯ އެވެ؟ މިހާރު މިވަނީ އެ ސުވާލުގެ ޖަވާބު ލިބިފަ އެވެ. މުއްދަތު ހަމަވެގެން ދިޔައިރު އެކަމެއް ނުވި އެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟

03 ޑިސެމްބަރ

December 03, 2019 5
ސިނގިރެޓް ނުބޯ މުވައްޒަފުންނަށް ދިގު ޗުއްޓީއެއް!

ދުންފަތުގެ އިސްތިއުމާލުކުރާ މުވައްޒަފުން، އެކަމުގައި ހޭދަކުރާ ވަގުތާ އެއްވަރުގެ ބަދަލެއް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންނަށް ދިނުމުގެ ގޮތުން ޖަޕާނު ކުންފުންޏަކުން، ދުންފަތުގެ އިސްތިއުމާލު ނުކުރާ މުވައްޒަފުންގެ އަހަރީ ޗުއްޓީ އަށް ހަ ދުވަސް އިތުރުކޮށްދީފި އެވެ.

25 ނޮވެމްބަރ

November 25, 2019
އީ-ސިނގިރެޓް އެމެރިކާގައި މަނާކުރަން ގޮވާލައިފި

އެކި ރަހަތަކުގެ ދިޔާ އެއްޗެހި އަޅާ އީ-ސިނގިރެޓް އެމެރިކާގައި މަނާކުރާނެ ކަމުގެ އިޝާރާތެއް ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ދެއްވާފައި ވަނިކޮށް ހުރިހާ ވައްތަރެއްގެ އީ-ސިނގިރެޓާއި ވޭޕްކުރަން ބޭނުންކުރާ ހުރިހާ އުފެއްދުމެއް މަނާކުރަން އެމެރިކަން މެޑިކަލް އެސޯސިއޭޝަން (އޭއެމްއޭ) އިން ގޮވާލައިފި އެވެ.

17 ނޮވެމްބަރ

November 17, 2019 1
ވޭޕިންއާ ގުޅުން ހުރި އެޕްތައް އެޕަލް ސްޓޯރުން ނަގަނީ

ވޭޕިންގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވެ ކަމާ ބެހޭ ފަރާތްތަކުގެ ކަންބޮޑުވުންތައް އިތުރުވަމުންދާތީ، ވޭޕިންއާ ގުޅުން ހުރި މޮބައިލް އެޕްލިކޭޝަންތައް އެޕަލް ސްޓޯރުން ނަގަމުން އަންނަ ކަމަށް އެޕަލް ކުންފުނިން ބުނެފި އެވެ.

16 ނޮވެމްބަރ

November 16, 2019
އެމެރިކާގައި ސިނގިރެޓް ބޯ މީހުން ރެކޯޑް މިންވަރަކަށް ދަށަށް

އެމެރިކާގައި ސިނގިރެޓް ބޯ މީހުންގެ އަދަދު މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށް ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.

12 ނޮވެމްބަރ

November 12, 2019 47
ސިނގިރޭޓް ފޮށީގައި ބިރުވެރި މަންޒަރުތައް!

ދުންފަތުން ސިއްހަތައް ލިބޭ ގެއްލުމާއި އޭގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ހަށިގަނޑަށް ކުރާ އަސަރުތައް ދައްކައިދޭ އަސްލު ފޮޓޯ ޖެހި ސިނގިރޭޓް ފޮށިތައް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

10 ނޮވެމްބަރ

November 10, 2019 37
އީސިނގިރޭޓް މަނާ ކުރުން: މަޝްވަރާ ކުރާކަށް ނުޖެހޭ!

ކަމެއްގައި މަޝްވަރާކޮށް އެއީ ކުރާނެ ކަމެއްތޯ ނުވަތަ ނުކުރާނެ ކަމެއްތޯ ވިސްނަންވާނީ އޭގައި ދެކޮޅު އޮންނަ ކަންކަމުގަ އެވެ. ސަބަބަކީ އެކަހަލަ ކަމެއްގައި ކޮށްގެން ފައިދާވެ، ނުވަތަ ނުކޮށްގެން ގެއްލުންވެދާނެތީ އެވެ. ރާއްޖޭގައި އީ ސިނގިރޭޓް މަނާކުރުމާ މެދު މަޝްވަރާ ކުރަމުންދާ ކަމަށް ސަރުކާރުން ބުނުމުން ގިނަ ބަޔަކު އެ ސުވާލު އުފައްދަނީ...

29 އޮކްޓޯބަރ

October 29, 2019
ފޮނިރަހަ ދޭ އީ-ސިނގިރެޓަށް މާބޮޑަށް ދެވިހިފާ

އީ-ސިނގިރެޓުން އެތައް ބައެއްގެ ފުރާނަ ގެއްލި ކަންބޮވުން އިތުރުވެފައި ވަނިކޮށް އާ ދިރާސާއަކުން މި ކަންބޮޑުވުން މައްޗަށް ހިނގައްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2019 21
ރާއްޖޭގައި، އީސިނގިރޭޓާ ދެކޮޅަށް އަޅާނެފިޔަވަޅު ބަލަނީ

ރާއްޖޭގައި، އީ-ސިނގިރޭޓާ ދެކޮޅަށް އަޅާނެ ފިޔަވަޅަކާ ގުޅޭ ގޮތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަުގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2019 1
ދެކުނު ކޮރެއާގައި ވެސް އީ-ސިނގިރެޓް މަނާކޮށްފާނެ

އީ-ސިނގިރެޓް ބޭނުން ކުރުން ހުއްޓާލަން ގޮވާލައި އެ ބާވަތުގެ އުފެއްދުންތައް ދެކުނު ކޮރެއާގައި މަނާކޮށްފާނެކަމުގެ އިޝާރާތެއް ސަރުކާރުން ބުދަ ދުވަހު ދީފި އެވެ.

23 ސެޕްޓެމްބަރ

September 23, 2019
ނޭވާހިއްލާ ނަމަ ފްލެވާޑް އީ-ސިނގިރެޓްގެ ނުރައްކާ ބޮޑު

އެކި ރަހައިގެ އީ-ސިނގިރެޓް ބޭނުންކުރާ މީހުންގެ ތެރެއިން، ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.