23 ސެޕްޓެމްބަރ

September 23, 2019
ނާސާ ހަނދަށް ފޮނުވަން އޮސްޓްރޭލިއާ އެހީތެރިވަނީ

އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން އިންސާނުން އަލުން ހަނދަން ފޮނުވަން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ، އެހީތެރިވެދޭނެ ކަމަށް އޮސްޓްރޭލިއާ އިން ބުނެފި އެވެ. އޮސްޓްރޭލިޔާއިން ބުނި ގޮތުގައި، ނާސާއިން އިސްނަގައިގެން ހިންގާ "އާޓެމިސް" ޕްރޮގްރާމަށް ވެސް އެހީތެރިވެދޭނެ އެވެ.

23 ޖޫން

June 23, 2019 12
ހަނދަށް ދިއުން މުހިންމެއް ނޫން

ހަނދަށް ދިއުމަށް ވުރެ، ބޮލަށް އެއްޗެއް ވެޓިދާނެ ކަމަށް އެމެރިކާ މީހުން ގަންނަ ބިރު ބޮޑެވެ. އެ މީހުން އެދެނީ ހަނދަށް ދިއުން ފަސްކޮށްފައި، ގިނިހިލަތަކުން ސަލާމަތްކޮށްދިނުމެވެ. މާސް އަށް ދިއުމަކީ މުޅިން އެހެން ވާހަކައެވެ.

28 މެއި

May 28, 2019 3
މާސް އަށް ދިއުމަށް ދައުވަތެއް

ނާސާ އިން ޖައްވަށް ފޮނުވާ އުޅަނދުފަހަރުގައި މީހުން އުފުލާކަށް އަދި ނުފަށަ އެވެ. ނަމަވެސް، ރަމްޒީކަމެއްގެ ގޮތުގައި، މީހުންގެ ނަން އުފުލަ އެވެ. އަދި ބޭނުން ނަމަ ބޭނުން މީހަކަށް އެ މީހެއްގެ ނަން ލިސްޓްކުރެވެ އެވެ. މާސް އަށް ދާން އެދޭ މީހުންނަށް، މިހާރު އޮތް ފުރުސަތަކީ، ޖިސްމާނީ ހަށިގަނޑަށް ވުރެ ކުރިން އެ މީހެއްގެ ނަން މާސް އަށް...

12 އެޕްރީލް

April 12, 2019 19
އިޒްރޭލުގެ ޖައްވީ އުޅަނދު ހަނދަށް ވެއްޓިއްޖެ

ތެލް އަވީވް (އެޕްރީލް 12) - އިޒްރޭލުގެ އަމިއްލަ ކުންފުންޏަކުން ޚަރަދުކޮށްގެން ހަނދަށް ފޮނުވި ޖައްވީ އުޅަނދު ޖައްސަން އުޅެނިކޮށް ހަނދަށް ވެއްޓިއްޖެ އެވެ.

13 ޖެނުއަރީ

January 13, 2019 6
މާސް އަށް މީހުން އުފުލަން ހެދި އުޅަނދު ދައްކާލައިފި

ޓޫރިސްޓުންގެ ގޮތުގައި މާސް އަށް މީހުން އުފުލުމުގެ އުންމީދުގައި އެމެރިކާގެ ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސް އިން ބަންނަމުން ދިޔަ އުޅަނދު "ސްޓާޝިޕް" ގެ އެސެބްލްކޮށް ނިންމައިލުމަށް ފަހު، ދައްކާލައިފި އެވެ.

26 ޑިސެމްބަރ

December 26, 2018
މާސް އުޅަނދު އަންނަ އަހަރު ޓެސްޓް ކުރަނީ

ކޮންމެވެސް ދުވަހަކުން މާސް އަށް ދެވޭނެ ކަމުގެ އުންމީދުގައި، އެމެރިކާގެ މަޝްހޫރު ބިލިއަނަރު އީލޮން މަސްކްގެ ކުންފުނި ސްޕޭސް އެކްސް އިން ބަންނަމުން އަންނަ ޖައްވީ އުޅަނދު "ސްޓާޝިޕް" ގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އޭތި އަންނަ އަހަރުގެ ކުރީކޮޅު ޓެސްޓް ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ބުނެފި އެވެ.

06 ނޮވެމްބަރ

November 06, 2018 6
ޖައްވުން ފެނުނީ އޭލިއަނުންގެ އުޅަނދެއް ކަމަށް ބުނެފި

އެނބުރެމުން، ދުނިޔޭގެ ސޯލާ ސިސްޓަމާ ދިމާލަށް އަންނަނިކޮށް މިދިޔަ އަހަރު ފެނުނު، ސުއްޓާއެއްގެ ބައްޓަމަން އޮތް އެއްޗަކީ ދުނިޔެ ބެލުމަށް އޭލިއަނުން ފޮނުވައިގެން އުޅޭ ސްޕޭސްކްރާފްޓަކަށް ވެދާނެ ކަމަށް ހާވަޑް ޔުނިވަސިޓީގެ ނުޖޫމީން ބުނެފި އެވެ.

03 ޖުލައި

July 03, 2017 16
ހަނދަށް ނުދެވިގެން އުޅެނީ ކީއްވެ؟

މިއީ އިންޓަނެޓް ފޯރަމްތަކުގައި ވަރަށް ގިނައިން ކުރާ ސުވާލެކެވެ. ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ހަނދަށް ނުދެވިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދީފައި ވެސް ހުރެ އެވެ. ގިނަ މީހުން ބުނަނީ ހަނދަށް ދެން ދިއުމަކީ ބޭނުން ކަމެއް ނޫން ކަމަށެވެ.

11 ޖޫން

June 11, 2017 2
ޖައްވުގައި ޕާން ފިހަނީ

ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ "ބޭކް އިން ސްޕޭސް" އިން ކުނޑި ނުހުންނަ ވައްތަރުގެ ޕާނެއް އީޖާދުކޮށްފި އެވެ. އެ މީހުންގެ އުންމީދަކީ އަންނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ޕާން ފިހުމެވެ.

03 ޖޫން

June 03, 2017 4
އެންމެ ބޮޑު މަތިންދާބޯޓް

މިއީ ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބޮޑު މަތިންދާބޯޓެވެ. އެއީ އެކަމަކު ފިޔަގަނޑުގެ ބޮޑު މިނަށް ބަލާނަ އެވެ. އެ އަށް އެރޭ ފަޅުވެރިންގެ ނިސްބަތަކުން ނޫނެވެ.

12 މެއި

May 12, 2017 2
ދުނިޔޭގެ "އެންމެ ބާރުގަދަ" ރޮކެޓް ޓެސްޓް ކާމިޔާބު

އެންމެ ބާރުގަދަ ކަމަށް ބުނާ ރޮކެޓް "ފެލްކަން ހެވީ"ގެ ސްޓެޓިކް ފަޔާ ޓެސްޓް ކާމިޔާބުކަމާ އެކު ކޮށްފި އެވެ.

03 މެއި

May 03, 2017 6
ގިނިހިލައަކުން ޖެހިދާނެ ކަމަށް ބިރުގަންނަނީ ކީއްވެ؟

ބާރު ދުވެލީގައި އަންނަ ގިނިހިލައަކުން ޖެހި މުޅި ދުނިޔެ ހިމުންވެދާނެ އެވެ. އެއާ އެއްފަދަ ދެވަނަ ހާދިސާއެއް ދުނިޔެ ތަޖުރިބާނުކުރެ އެވެ. ކުރާނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެ ފަދައިން އަޅާކިޔެން އޮތީ ވެސް، ސައިންސްވެރިން ބުނާ ގޮތުގައި، މީގެ 65 މިލިއަން އަހަރަށް ވުރެ ކުރިން ހިނގި ހާދިސާ އެވެ؛ ޑައިނަސޯތައް ފަނާވެ ދިޔައީ ދުނިޔެއަށް...

02 މާޗް

March 02, 2017 4
ހަނދަށް ގެންގޮސްދީބަލަ!

ޖައްވީ ޓޫރިޒަމް ފެށުމަށް މަހުޖަނުން ތައްޔާރުވަނީ އެވެ. ޖައްވުގައި ފިނިބުރު ޖަހާލައި، ހަނދުގައި ކޮފީއެއް ބޯލަން އެދޭ މީހުންގެ ލިސްޓް ވެސް ދިގުވަނީ އެވެ. "ސްޕޭސްއެކްސް" ކޯޕޮރޭޝަނުން ބުނި ގޮތުގައި، ހަނދަން ގެންގޮސްދިނުމަށް އެދި އާންމުގެ ތެރެއިން ދެ މީހަކު ވަރަށް ބޮޑު އަގެއް އެ ކޯޕޮރޭޝަނަށް ދައްކައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016
ޗައިނާގެ އެސްޓްރޮނޯޓުން ޖައްވީ ސްޓޭޝަނާ ގުޅިއްޖެ

ބެއިޖިން (އޮކްޓޯބަރު 19) - ޗައިނާ އިން ޖައްވަށް ފުރި ދެ އޮސްޓްރޮނޯޓުން އެ ގައުމުގެ ސްޕޭސް ސްޓޭޝަން ޓިއަންގޮންގް 2 އާ ގުޅިއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2016 7
12 އަހަރަށް ފަހު ރޮސެޓާގެ ތާރީޚީ ދަތުރު ނިމުމަކަށް

ޖާމަނީ (ސެޕްޓެމްބަރު 30) - މީގެ 12 އަހަރު ކުރިން ޖައްވަށް ފޮނުވި ޔޫރަޕިއަން ސްޕޭސް އެޖެންސީގެ ޖައްވީ ސެޓެލައިޓް ރޮސެޓާ ހަތަރު ކިލޯ މީޓަރު ފުޅާ ދުންތަރީގައި ޖައްސާ 1.5 ބިލިއަން ޑޮލަރުގެ މިޝަން ނިންމާލަން ތައްޔާރުވެއްޖެ އެވެ.

02 ސެޕްޓެމްބަރ

September 02, 2016 3
ސްޕޭސް އެކްސް ރޮކެޓެއް އުދުއްސާލަން އުޅެނިކޮށް ގޮވައިފި

ވޮޝިންޓަން (ސެޕްޓެމްބަރު 2) - އެމެރިކާގެ ސްޕޭސް އެކްސް ކުންފުނީގެ ރޮކެޓެއް ކޭޕް ކެނެވާރަލް އިން އުދުއްސާލަން އުޅެނިކޮށް ގޮވައިފި އެވެ.