20 އޯގަސްޓް

August 20, 2017
ޖިރޯނާއާ އެއްވަރުވެ އެތުލެޓިކޯ އަށް އުނދަގޫ ފެށުމެއް

ބާސެލޯނާ (އޮގަސްޓް 20) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އަލަށް ޕްރޮމޯޓްވި ގިރޯނާއާ 2-2 އިން އެއްވަރުވެ އެތުލެޓިކޯ މެޑްރިޑަށް އުނދަގޫ ފެށުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

02 ޖޫން

June 02, 2017
މިއީ ކެރިއަރުގެ އެންމެ ހާއްސަ ނިންމުން: ވަލްވޭޑޭ

ބާސެލޯނާ (ޖޫން 2) - ބާސެލޯނާ އަށް ނޫނެކޭ ބުނާނެ ކޯޗަކު ނުހުންނާނެ ކަމަށާއި އެ ޓީމާ ގުޅުމަކީ ކެރިއަރުގެ އެންމެ ހާއްސަ ނިންމުން ކަމަށް ކަމަށް ބާސެލޯނާގެ އާ ކޯޗު ސްޕެއިނުގެ އާނަސްޓޯ ވަލްވޭޑޭ ބުނެފި އެވެ.

23 މެއި

May 23, 2017 5
ޗެމްޕިއަންސް ލީގަށް ވުރެ ލީގު ލިބުމުން އުފާވޭ: ޒިދާން

މެޑްރިޑް (މެއި 23) - މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކާމިޔާބީ އަށް ވުރެ ރެއާލް މެޑްރިޑަށް މި ފަހަރުގެ ސްޕެނިޝް ލީގު ހޯދައިދިނުމުން ލިބުނު ހިތްހަމަ ޖެހުން މާ ބޮޑު ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

22 މެއި

May 22, 2017 34
ފަސް އަހަރަށް ފަހު ރެއާލް މެޑްރިޑް ލީގު ކާމިޔާބުކޮށްފި

މަލާގާ (މެއި 22) – މަލާގާ އަތުން 2-0 އިން މޮޅުވެ ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑް ރޭ ހޯދައިފި އެވެ.

21 މެއި

May 21, 2017 3
ތަށި ދެން ގެއްލޭނީ ހިތްދަތި ގޮތަކަށް: ޒިދާން

މެޑްރިޑް (މެއި 21) - ސްޕެނިޝް ލީގުގެ ފަހު މެޗުތަކާ މިރޭ ކުރިމަތިލާއިރު ރެއާލް މެޑްރިޑް އަތުން ދެން ލީގު ގެއްލޭނީ ހިތްދަތި ގޮތަކަށް ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

18 މެއި

May 18, 2017 26
ރޮނާލްޑޯގެ ރެކޯޑާ އެކު މެޑްރިޑް ލީގާ ޕޮއިންޓަކާ ގާތަށް

ވީގޯ (މެއި 18) – ޔޫރަޕުގެ ލީގުތަކުގައި އެންމެ ގިނަ ލަނޑު ޖަހައިގެން އިންގްލެންޑުގެ ޖިމީ ގްރީވްސް ހަދާފައިވާ ރެކޯޑް ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލި މެޗުން، ސެލްޓާ ވީގޯ 4-1 އިން ބަލިކޮށް ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ޕޮއިންޓަކާ ގާތަށް ރެއާލް މެޑްރިޑް ރޭ ޖެހިލައިފި އެވެ.

15 މެއި

May 15, 2017 2
ރެއާލް މެޑްރިޑް ލީގު ކާމިޔާބުކުރުމާ ގާތަށް

މެޑްރިޑް (މެއި 15) – ކްރިސްޓިއާނޯ ރޮނާލްޑޯގެ ދެ ލަނޑާ އެކު ސެވިއްޔާ އަތުން 4-1 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގު ކާމިޔާބުކުރުމާ ގާތަށް ޖެހިލައިފި އެވެ.

14 މެއި

May 14, 2017
މެޑްރިޑުގެ ވަޒީފާ ޔަގީންކުރެވޭނީ ތަށިން: ޒިދާން

މެޑްރިޑް (މެއި 14) - ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމުގައި ދެމި ހުރެވޭނީ ކާމިޔާބު ހޯދައިގެން ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.

07 މެއި

May 07, 2017 1
ބާސާ އާއި ރެއާލަށް ވެސް ފަސޭހަ މޮޅެއް

ބާސެލޯނާ (މެއި 7) – ސްޕެނިޝް ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރަމުން އަންނަ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ވެސް ރޭ ކުޅުނު މެޗުތައް ފަސޭހަކަމާ އެކު ކާމިޔާބުކުރުމުން ލީގު ހޯދުމުގެ ރޭސް އިތުރަށް ފޯރިގަދަވެއްޖެ އެވެ.

27 އެޕްރީލް

April 27, 2017 2
މެޑްރިޑާއި ބާސެލޯނާ އަށް ވެސް ތަފާތު ބޮޑު މޮޅެއް

ބާސެލޯނާ (އޭޕްރިލް 27) – ސްޕެނިޝް ލީގަށް ވާދަކުރަމުން އަންނަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ރޭ ކުޅުނު މެޗުތައް ތަފާތު ބޮޑުކޮށް ކާމިޔާބުކޮށްފި އެވެ.

24 އެޕްރީލް

April 24, 2017 22
މެސީގެ 500 ވަނަ ލަނޑުން ބާސާ އެއް ވަނަ އަށް

މެޑްރިޑް (އޭޕްރިލް 24) – މެޗުގެ ފަހު ވަގުތު ލިއޮނަލް މެސީ ވައްދާލި، އޭނާގެ 500 ވަނަ ލަނޑާ އެކު ރޭ ރަށުން ބޭރުގައި ވާދަވެރި ރެއާލް މެޑްރިޑް 3-2 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

23 އެޕްރީލް

April 23, 2017
ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް އެކަންޏެއް ނޫން: ޒިދާން

މެޑްރިޑް (އޭޕްރިލް 23) - ސްޕެނިޝް ލީގުގައި މިރޭ އެލް ކްލަސިކޯ އަށް ނުކުންނައިރު ޕްރެޝަރު ބޮޑީ ބާސެލޯނާ އަށް ކަމަށް ގަބޫލުނުކުރާ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި...

April 23, 2017 1
ގްރީޒްމަންގެ 100 ވަނަ ލަނޑުން އެތުލެޓިކޯ މޮޅުވެއްޖެ

މެޑްރިޑް (އޭޕްރިލް 23) - އެންޓޮއިން ގްރީޒްމަން ސްޕެނިޝް ލީގުގައި ޖެހި 100 ވަނަ ލަނޑުން 1-0 އިން ރަށުން ބޭރުގައި އެސްޕަންޔޯލް އަތުން އެތުލެޓިކޯ މެޑްރިޑް މުހިއްމު މޮޅެއް ހޯދައިފި އެވެ.

21 އެޕްރީލް

April 21, 2017 2
ނޭމާގެ އެޕީލް ކާމިޔާބެއް ނުވި، ކްލަސިކޯގައި ނުކުޅެވޭނެ

މެޑްރިޑް (އޭޕްރިލް 21) - އަންނަ އާދިއްތަ ދުވަހު ސްޕެނިޝް ލީގުގައި އޮންނަ އެލް ކްލަސިކޯ މެޗުގައި ކުޅުމުގެ ފުރުސަތު ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ އަށް ގެއްލިއްޖެ އެވެ.

09 އެޕްރީލް

April 09, 2017 6
ބާސެލޯނާ އިން ފުރުސަތު ނަގާލައިފި

މަލާގާ (އޭޕްރިލް 9) – ސްޕެނިޝް ލީގުގައި ރޭ މަލާގާ އަތުން 2-0 އިން ބާސެލޯނާ ބަލިވެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

06 އެޕްރީލް

April 06, 2017 1
ބާސެލޯނާ މޮޅުވިއިރު ރެއާލުން ލީޑު ދަމަހައްޓައިފި

ބާސެލޯނާ (އޭޕްރިލް 6) - ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާގެ މައްޗަށް 3-0 އިން ބާސެލޯނާ ކުރި ހޯދިއިރު ލެގަނޭސް އަތުން ރަށުން ބޭރުގައި ރެއާލް މެޑްރިޑް 4-2 އިން ހޯދި މޮޅާ އެކު ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

03 އެޕްރީލް

April 03, 2017 4
ބާސާ މޮޅުވެ މެޑްރިޑަށް ޕްރެޝަރު ބޮޑުކޮށްފި

ގްރަނާޑާ (އޭޕްރިލް 3) – ގްރަނާޑާ އަތުން 4-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެ ޕޮއިންޓަށް ބާސެލޯނާ ގާތްކޮށްފި އެވެ.

02 އެޕްރީލް

April 02, 2017 2
މެސީ އަބަދުވެސް ރެފްރީންނަށް އިހުތިރާމްކުރޭ: އެންރީކޭ

ބާސެލޯނާ (އޭޕްރިލް 2) ބޭއަދަބީ ބަހުން ލައިންސްމަނާ މުހާތަބު ކުރުމުން ފީފާއިން ސަސްޕެންޑް ކޮށްފައިވާ އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަކީ އަބަދުވެސް ރެފްރީންނަށް އިހުތިރާމްކުރާ ކުޅުންތެރިއެއް ކަަމަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

20 މާޗް

March 20, 2017 1
ވެލެންސިއާ ބަލިކޮށް ބާސެލޯނާ ފަރަގު ކުޑަކޮށްފި

ބާސެލޯނާ (މާޗް 20) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ 4-2 އިން ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބާސެލޯނާ އިން ކުޑަކޮށްފި އެވެ.

19 މާޗް

March 19, 2017 2
މެޑްރިޑަށް ފަސް ޕޮއިންޓުގެ ލީޑެއް

ބިލްބާއޯ، ސްޕެއިން (މާޗް 19) – ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯ އަތުން 2-1 އިން މޮޅުވެ ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

13 މާޗް

March 13, 2017 9
ބާސެލޯނާ ބަލިވުމުގެ ފައިދާ ރެއާލުން ނަގައިފި

މެޑްރިޑް (މާޗް 13) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ ކުޅުނު މެޗުން ބަލިވުމުގެ ފައިދާ ނަގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވެ ލީގުގެ އެއް ވަނަ އަށް އަލުން އަރައިފި އެވެ.