01 ޖުލައި

July 01, 2020 12
މެސީ 700 ގޯލް ހަމަކޮށްފި އެކަމަކު ބާސާއަށް ހާސްކަން

ބާސެލޯނާ (ޖުލައި 1) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ 2-2 އިން އެއްވަރުވި މެޗުގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ކެރިއަރުގެ 700 ވަނަ ގޯލް ޖެހި ނަމަވެސް މި މެޗުން ދެ ޕޮއިންޓް ގެއްލުމުން ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި ބާސެލޯނާ އަށް ހާސްކަމާ ކުރިމަތިލާންޖެހިއްޖެ އެވެ.

29 ޖޫން

June 29, 2020 10
ރެއާލް މެޑްރިޑަށް ދެ ޕޮއިންޓުގެ ލީޑެއް

ބާސެލޯނާ (ޖޫން 29) – ތާވަލުގެ ފުލުގައި އޮތް އެސްޕަންޔޯލް އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

28 ޖޫން

June 28, 2020 7
ސެލްޓާއާ އެއްވަރުވެ ބާސެލޯނާ އަށް އުނދަގޫތަކެއް

މެޑްރިޑް (ޖޫން 28) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެލްޓަ ވީގޯއާ 2-2 އިން އެއްވަރުވެ ލީގުގެ ރޭހުގައި ބާސެލޯނާ އަށް އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.

25 ޖޫން

June 25, 2020 7
ރެއާލް މެޑްރިޑް އަލުން ކުރިއަށް

މެޑްރިޑް (ޖޫން 25) – މަޔޯކާ އަތުން 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމް އަލުން ހޯދިއިރު، މި މެޗުގައި ކުޅެ މަޔޯކާގެ އުމުރުން 15 އަހަރުގެ ލޫކާ ރޮމޭރޯ، ސްޕެނިޝް ލީގުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމްކޮށްފި އެވެ.

24 ޖޫން

June 24, 2020 6
ސްޕެނިޝް ލީގު: ބާސެލޯނާ އަލުން އެއް ވަނަ އަށް

ބާސެލޯނާ (ޖޫން 24) – އެތުލެޓިކް ކްލަބް އަތުން 1-0 އިން އުނދަގޫ މޮޅެއް ހޯދައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ މަގާމަށް އަލުން އަރައިފި އެވެ.

22 ޖޫން

June 22, 2020 7
ފުރުސަތުގެ ބޭނުންހިފައި ރެއާލް އެއް ވަނަ އަށް

މެޑްރިޑް (ޖޫން 22) - ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑް އަތުން 2-1 އިން މޮޅުވެ ރެއާލް މެޑްރިޑް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

20 ޖޫން

June 20, 2020 7
ސެވިއްޔާއާ އެއްވަރު، ބާސެލޯނާ ފުރުސަތު ނަގާލައިފި

މެޑްރިޑް (ޖޫން 20) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން ރޭ ސެވިއްޔާއާ 0-0 އިން އެއްވަރުވުމުން، ތާވަލުގެ އެއް ވަނައިގައި ލީޑު ދަމަހައްޓަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

19 ޖޫން

June 19, 2020 1
ބެންޒެމާގެ ދެ ގޯލާ އެކު ރެއާލުން ވެލެންސިއާ ބަލިކޮށްފި

މެޑްރިޑް (ޖޫން 19) – ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ވެލެންސިއާ ބަލިކޮށްފި އެވެ.

17 ޖޫން

June 17, 2020 7
ފާޓީގެ ގޯލާ އެކު ބާސެލޯނާ ލީޑުފުޅާކޮށްފި

މެޑްރިޑް (ޖޫން 17) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ތަރި އަންސޫ ފާޓީ ޖެހި ގޯލާ އެކު 2-0 އިން ލެގަނޭސް ބަލިކޮށް ބާސެލޯނާ ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

15 ޖޫން

June 15, 2020 2
ޒިދާންގެ 200 ވަނަ މެޗުގައި ރެއާލަށް މުހިއްމު މޮޅެއް

މެޑްރިޑް (ޖޫން 15) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާން އޭނާގެ ކޯޗިން ކެރިއަރުގައި އިރުޝާދު ދިން 200 ވަނަ މެޗުގައި ރޭ ސްޕެނިޝް ލީގުގައި ރެއާލުން 3-1 އިން އެއިބާ އަތުން މުހިއްމު މޮޅެއް ހޯދައިފި އެވެ.

14 ޖޫން

June 14, 2020 21
ބާސެލޯނާ އެނބުރި އައި މެޗުގައި މެސީ ތަފާތު ދައްކައިފި

މެޑްރިޑް (ޖޫން 14) - ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ސްޕެނިޝް ލީގުގައި ބާސެލޯނާ ކުޅުނު ފުރަތަމަ މެޗުގައި ލިއޮނަލް މެސީގެ މޮޅުކުޅުމާ އެކު އެ ޓީމުން 4-0 އިން ރެއާލް މަޔޯކާ ބަލިކޮށްފި އެވެ.

13 ޖޫން

June 13, 2020 1
ފުރަތަމަ މެޗު މިރޭ: މެސީ އާއި ސުއަރޭޒް ފިޓްވެއްޖެ

ބާސެލޯނާ (ޖޫން 13) – ބޮޑު މެދުކެނޑުމަކަށް ފަހު ފަށާފައިވާ ސްޕެނިޝް ލީގުގައި ގަދަފަދަ ބާސެލޯނާ ކުޅޭ ފުރަތަމަ މެޗުގައި މިރޭ މަޔޯކާއާ ދެކޮޅަށް ކުޅެން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް ފިޓްވެއްޖެ އެވެ.

12 ޖޫން

June 12, 2020
ސްޕެނިޝް ލީގު ފަށައިފި، ފުރަތަމަ މޮޅު ސެވިއްޔާ އަށް

ސެވިލް (ޖޫން 12) – ކޮވިޑް-19 ފެތުރެން ފެށުމުން މާޗު 10 ގައި މެދުކަނޑާލި ސްޕެނިޝް ލީގު، ރޭ އަލުން ފަށައި ކުޅުނު ފުރަތަމަ މެޗުން ރެއާލް ބެޓިސް އަތުން 2-0 އިން ސެވިއްޔާ މޮޅުވެއްޖެ އެވެ.

08 ޖޫން

June 08, 2020
ފުރަތަަމަ މެޗަށް މެސީ ފިޓްވާނެ: ބާސެލޯނާ ކޯޗު

ބާސެލޯނާ (ޖޫން 8) - ކޮވިޑް-19 އަށް މެދުކަނޑާލި ސްޕެނިޝް ލީގުގެ ކުޅުން މި ހަފްތާގައި ފަށާއިރު ބާސެލޯނާގެ ފުރަތަމަ މެޗަށް އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ކިކޭ ސެޓިއެން ބުނެފި އެވެ.

24 މެއި

May 24, 2020
ސަރުކާރުގެ ރުހުމާ އެކު އަންނަ މަހު ލަލީގާ ފަށަނީ

މެޑްރިޑް (މެއި 24) – ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު (ލަލީގާ) ޖޫން 8 ވަނަ ދުވަހު އަލުން ފެށޭނެ ކަމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވެއްޖެ އެވެ.

22 މެއި

May 22, 2020 1
މެޗެއް ކުޅެން އަދި ތައްޔާރެއް ނޫން: ޑި ޔޮން

ބާސެލޯނާ (މޭ 22) – މެދުކެނޑުމަށް ފަހު އަލުން ފަރިތަކުރުންތައް ފެށުމުން ހިތްހަމަޖެހޭ ކަމަށާއި އެކަމަކު އަދި މެޗެއް ކުޅެން ތައްޔާރު ނޫން ކަމަށް ބާސެލޯނާގެ ނެދަލެންޑްސް މިޑްފީލްޑަރު ފްރޭންކީ ޑި ޔޮން ބުނެފި އެވެ.

12 މެއި

May 12, 2020
ޖޫން 12 ގައި ސްޕެނިޝް ލީގު ފެށިދާނެ

މެޑްރިޑް (މޭ 12) – ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު ޖޫން 12 ވަނަ ދުވަހު އަލުން ފެށޭނެ ކަމަށް އުއްމީދުކުރާ ކަމަށް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

11 މެއި

May 11, 2020 1
ސްޕެއިނުގެ ފަސް ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވް

މެޑްރިޑް (މެއި 11) - މެދުކަނޑާލާފައިވާ ސްޕެއިނުގެ ފުޓްބޯޅަ ލީގުތައް އަލުން ފެށުމުގެ ގޮތުން އެ ގައުމުގެ ފުޓްބޯޅަ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ތެރޭގައި މިހާތަނަށް، ޕޮޒިޓިވް ފަސް ކުޅުންތެރިން ފެނިފައިވާ ކަމަށް ސްޕެއިނުގެ ލީގުތަށް ހިންގާ އެލްއެފްޕީން ބުނެފި އެވެ.

09 މެއި

May 09, 2020 1
ކުޅުންތެރިން ޕްރެކްޓިހަށް، އަންނަ މަހު ލަލީގާ ފަށަނީ

މެޑްރިޑް (މެއި 9) - ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލި ސްޕެނިޝް ލީގު (ލަލީގާ) އަލުން ފަށަން ކުޅުންތެރިން ޕްރެކްޓިހަށް ނުކުމެފައިވާއިރު، އަންނަ މަހު 20 ވަނަ ދުވަހު މެޗުތައް ފެށުމަށް ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމާފައިވާ ކަމަށް ބައެއް ކްލަބްތަކުން ބުނެފި އެވެ.

05 މެއި

May 05, 2020
ރޮނާލްޑޯގެ ކްލަބުން ސަޕޯޓަރުންނަށް ރިފަންޑް ދެނީ

މެޑްރިޑް (މެއި 5) – ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ނަޒާރިއޯ ހިންގާ ސްޕެއިނުގެ ކްލަބް، ރެއާލް ވަލަޑޮލިޑުގެ މެޗުތައް ބަލަން ސީޒަން ޓިކެޓް ނަފާފައިވާ ސަޕޯޓަރުންނަށް ރިފަންޑް ދޭން ނިންމާފައިވާ ކަމަށް ކްލަބުގެ އޮފިޝަލަކު ބުނެފި އެވެ.