09 އެޕްރީލް

April 09, 2020
ރެެއާލުގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ

މެޑްރިޑް (އޭޕްރީލް 9) - ކޮވިޑް-19 ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތައް ހައްލުކުރަން ރެއާލް މެޑްރިޑްގެ ކުޅުންތެރިން މުސާރަ ކުޑަކުރަން އެއްބަސްވެއްޖެ އެވެ.

08 އެޕްރީލް

April 08, 2020 1
ސްޕެނިޝް ލީގު މޭ ފަހުކޮޅު ފެށިދާނެ

މެޑްރިޑް (އޭޕްރިލް 8) – ކޮރޯނާވައިރަހާ ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގު އަންނަ މަހުގެ ފަހުކޮޅު ފެށިދާނެ ކަމަށް ލީގުގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

26 މާޗް

March 26, 2020
ސްޕެނިޝް ކްލަބްތަކަށް 500 މިލިއަން ޔޫރޯގެ ފަންޑެއް

މެޑްރިޑް (މާޗް 26) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ކްލަބްތަކަށް އެހީވުމުގެ ގޮތުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން 500 މިލިއަން ޔޫރޯގެ ފަންޑެއް ހުޅުވައިފި އެވެ.

24 މާޗް

March 24, 2020
ސްޕެނިޝް ލީގު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

މެޑްރިޑް (މާޗް 24) – ކޮރޯނާވައިރަހާ ގުޅިގެން، ސްޕެނިޝް ލީގު ހިމަނައިގެން އެ ގައުމުގެ ޕްރޮފެޝަނަލް ފުޓްބޯޅަ ހުރިހާ ހަރަކާތްތަކެއް މުއްދަތެއް ނެތްގޮތަކަށް ފަސްކޮށްފައިވާ ކަމަށް ސްޕެނިޝް ލީގާއި ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން ބުނެފި އެވެ.

22 މާޗް

March 22, 2020
ލީގު ފަށަން ޕްލޭނެއް އެބައޮތް: ލަލީގާގެ ރައީސް

މެޑްރިޑް (މާޗް 22) - މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ސަަބަބުން މެދުކަނޑާލާފައިވާ ސްޕެނިޝް ލީގުގެ ކުޅުން އަލުން ފަށަން ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށް ސްޕެނިޝް ލަލީގާ ހިންގާ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް ވިދާޅުވެއްޖެ އެވެ.

11 މާޗް

March 11, 2020 6
ސްޕެއިނާއި ފްރާންސުން ސަޕޯޓަރުން މަނާކޮށްފި

ބާސެލޯނާ (މާޗް 11) – ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ސްޕެއިނާއި ފްރާންސްގެ ލީގާއި ދެ ވަނަ ޑިވިޝަނުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

09 މާޗް

March 09, 2020 11
ރެއާލުން ފުރުސަތު ނަގާލައިފި، ބާސާ އަށް ހިތްހަމަޖެހުން

ސެވިއްޔާ (މާޗް 9) – ސްޕެނިޝް ލީގުގައި ރޭ ރެއާލް ބެޓިސް އަތުން 2-1 އިން ރެއާލް މެޑްރިޑް ބަލިވުމުން ތާވަލުގެ އެއް ވަނައިގައި ދެމިއޮތުމުގެ ފުރުސަތު ބާސެލޯނާ އަށް ލިބިއްޖެ އެވެ.

08 މާޗް

March 08, 2020 11
އުނދަގޫ މޮޅަކަށް ފަހު ބާސެލޯނާ އެއް ވަނަ އަށް

ބާސެލޯނާ (މާޗް 8) – ރެއާލް ސޮސިއެޑާޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

02 މާޗް

March 02, 2020 19
ބާސެލޯނާ ބަލިކޮށް ރެއާލް މެޑްރިޑް އެއް ވަނަ އަށް

މެޑްރިޑް (މާޗް 2) – ވާދަވެރި ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި 2-0 އިން މޮޅުވެ ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް އެއް ވަނަ މަގާމަށް އަރައިފި އެވެ.

01 މާޗް

March 01, 2020 7
ޕްރެޝަރު އޮތީ ރެއާލަށް، ބާސާއަކަށް ނޫން: ސެޓިއެން

މެޑްރިޑް (މާޗް 1) - އެލް ކްލަސިކޯ މެޗަށް ނުކުންނައިރު ޕްރެޝަރު އޮތީ ރެއާލް މެޑްރިޑަށް ކަމަށާއި ބާސެލޯނާ އަށް ހަމަޖެހިލައިގެން ވެސް މެޗަށް ތައްޔާރުވެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ކީކޭ ސެޓިއެން ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2020 10
ރެއާލް ބަލިވުމުން ބާސެލޯނާ އެއް ވަނަ އަށް

މެޑްރިޑް (ފެބްރުއަރީ 23) - ސްޕެނިޝް ލީގުގައި ރޭ ލެވަންޓޭ އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވުމުން އަމިއްލަ ދަނޑުގައި 5-0 އިން އެއިބާ ބަލިކުރި ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

17 ފެބުރުއަރީ

February 17, 2020 4
ސެލްޓާ އިން އެއް ވަނައިގައި އޮތް ރެއާލް ހިފަހައްޓައިފި

މެޑްރިޑް (ފެބްރުއަރީ 17) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ 2-2 އިން އެއްވަރުކޮށް ސެލްޓަ ވީގޯ ރެލިގޭޝަން ޒޯނުން ބޭރަށް ޖެހިލައިފި އެވެ.

16 ފެބުރުއަރީ

February 16, 2020 6
ގްރީޒްމަންގެ ގޯލާއާ އެކު ބާސެލޯނާ މޮޅުވެއްޖެ

ބާސެލޯނާ (ފެބްރުއަރީ 16) - މިދިޔަ ދެ މަހެއްހާ ދުވަސްތެރޭ ސްޕެނިޝް ލީގުގައި އެންޓޮއިން ގްރީޒްމަން ޖެހި ފުރަތަމަ ގޯލާ އެކު 2-1 އިން ގެޓަފޭ އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

10 ފެބުރުއަރީ

February 10, 2020 3
ބާސެލޯނާ މޮޅުވިއިރު ރެއާލުން ލީޑުދަމަހައްޓައިފި

މެޑްރިޑް (ފެބްރުއަރީ 10) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހަތުން އަރައި ރެއާލް ބެޓިސް އަތުން 3-2 އިން މޮޅުވިއިރު، އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް ކުޅުނު މެޗުން 4-1 އިން އޮސަސޫނާ ބަލިކޮށް އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

03 ފެބުރުއަރީ

February 03, 2020 2
ފާޓީގެ ރެކޯޑް ދެ ގޯލުން ބާސެލޯނާ އަށް މުހިއްމު މޮޅެއް

ބާސެލޯނާ (ފެބްރުއަރީ 3) - ސްޕެނިޝް ލީގުގައި ރޭ ޒުވާން ފޯވާޑް އަންސޫ ފާޓީ ޖެހި ރެކޯޑް ދެ ގޯލާ އެކު 2-1 އިން ލެވާންޓޭ އަތުން ބާސެލޯނާ މުހިއްމު މޮޅެއް ހޯދައިފި އެވެ.

02 ފެބުރުއަރީ

February 02, 2020 11
ރެއާލަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް

މެޑްރިޑް (ފެބްރުއަރީ 2) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން މޮޅުވެ ރެއާލް މެޑްރިޑުން އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2020 10
ރެއާލް މެޑްރިޑް އެއް ވަނަ އަށް އަރައިފި

ވަޔަޑޮލިޑް (ޖެނުއަރީ 27) – ރެއާލް ވަޔަޑޮލިޑް 1-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

26 ޖެނުއަރީ

January 26, 2020 15
ވެލެންސިއާ އިން ބާސެލޯނާ ބަލިކޮށްފި

މެޑްރިޑް (ޖެނުއަރީ 26) - ސްޕެނިޝް ލީގުގައި ރޭ ވެލެންސިއާ އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ 2-0 އިން ބަލިކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2020 6
ބާސެލޯނާ އަލުން ތާވަލުގެ ކުރިއަށް

ބާސެލޯނާ (ޖެނުއަރީ 20) – އަމިއްލަ ދަނޑުގައި ގްރަނަޑާ 1-0 އިން ބަލިކޮށް އާ ކޯޗު ކުއިކީ ސެޓިއެންގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ފުރަތަމަ މޮޅު ހޯދައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނަ އަށް އަރައިފި އެވެ.

19 ޖެނުއަރީ

January 19, 2020
ފުރުސަތުގެ ބޭނުންހިފައި ރެއާލް އެއް ވަނަ އަށް

މެޑްރިޑް (ޖެނުއަރީ 19) - ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާ އަތުން 2-1 އިން މޮޅުވެ ފުރުސަތުގެ ބޭނުންހިފައި ރެއާލް މެޑްރިޑުން އެއް ވަނަ އަށް އަރައިފި އެވެ.