03 އޮކްޓޯބަރ

October 03, 2018 16
ދެ އަހަރު ފަހުން ނިޔާޒު ވެސް ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާ އަރުވައިލުމުން ލިބުނު އިންޒާރުތަކާ ގުޅިގެން ސްރީލަންކާ އަށް ދިރިއުޅުން ބަދަލުކުރެއްވި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް އަންނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވަން ނިންމައިފި އެވެ.

01 އޮކްޓޯބަރ

October 01, 2018 1
ރާޖަޕަކްސާއަކީ ބޮޑު މުޖްރިމަކަށް ނުވީ ރަނިލްގެ ސަބަބުން

ކޮލަމްބޯ (ސެޕްޓެމްބަރު 1) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަކީ ބައިނަލްއަގުވާމީ ބޮޑު މުޖްރިމަކަށް ނުވެ ސަލާމަތްވީ މިހާރުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަބަބުން ކަމަށް ފައިނޭންސް އެންޑް މީޑިއާ މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2018 7
ކޮލަމްބޯ އަށް ވައިގެ ހަމަލާ ދޭން އެލްޓީޓީއިން އުޅުނު

ނިއު ޔޯކް (ސެޕްޓެމްބަރު 30) - ޗެންނާއީން މަތިންދާ ބޯޓެއްގައި ގޮސް ކޮލަމްބޯ އަށް ހަމަލާ ދޭން 2009 ވަނަ އަހަރު އެލްޓީޓީއީގެ ހަނގުރާމަވެރިން ރޭވި ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2018 7
ގިނަ އަދަދެއްގެ ޑޮލަރާއެކު ލަންކާ އެއާޕޯޓުން ދެ މީހަކު ހައްޔަރު

ކޮލަމްބޯ (ސެޕްޓެމްބަރު 29) - ސްރީ ލަންކާ އިން ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭރު ކުރަން އުޅުނު އެ ގައުމުގެ ދެ މީހަކު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

September 29, 2018 4
ލަންކާގެ ތަރައްގީ އަށް ޗައިނާ އިން އަދިވެސް އެހީވާނެ

ބެއިޖިން (ސެޕްޓެމްބަރު 29) - ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ސްރީ ލަންކާގެ ތަރައްގީ އަށް ޗައިނާ އިން އަދިވެސް އެހީވަމުން ގެންދާނެ ކަމަށް ޗައިނާގެ ޑިޕްލޮމެޓަކު ވިދާޅުވެއްޖެ...

27 ސެޕްޓެމްބަރ

September 27, 2018 6
ލަންކާގެ މައްސަލަތައް އަމިއްލައަށް ހައްލުކުރަން ދޫކޮށްލާ

ނިއު ޔޯކް (ސެޕްޓެމްބަރު 27) - ސްރީ ލަންކާއާ މެދު އާ ނަޒަރުން ދެކި ގައުމުގައި ހުރި މައްސަލަތަކާ ބޭރުގެ ފަރާތްތަކުން ނުބެހި އެ މައްސަލަތައް އަމިއްލަ އަށް ހައްލު ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އެދިވަޑައިގެންފި އެވެ.

23 ސެޕްޓެމްބަރ

September 23, 2018
"އިގްތިސާދު ހީނަރުވީ ސަރުކާރުގެ ކޯޅުން ބޮޑުވުމުން"

ކޮލަމްބޯ (ސެޕްޓެމްބަރު 23) - ސްރީ ލަންކާގެ އިގްތިސާދު ހީނަރުވެ ފައިސާގެ އަގު ވެއްޓެމުން ދަނީ ސަރުކާރުގެ އެތެރޭގައި ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ މެދުގައި ކޯޅުން ބޮޑުވުމުން ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2018 10
ސްރީ ލަންކާ ރުޕީސްގެ އަގު 170 އަށް ވެއްޓިއްޖެ

ކޮލަމްބޯ (ސެޕްޓެމްބަރު 22) - ސްރީ ލަންކާގެ ރުޕީސްގެ އަގު ޑޮލަރަކަށް ޖެހޭ ވަރު ރެކޯޑް އަގެއް ކަމަށްވާ 170 އަށް އިއްޔެ ވެއްޓިފަ އެވެ.

21 ސެޕްޓެމްބަރ

September 21, 2018
ފްރާންސްގެ އެންމެ މަތީ ގައުމީ ޝަރަފް ޗަންދުރިކާ އަށް

ކޮލަމްބޯ (ސެޕްޓެމްބަރު 21) - ފްރާންސް ސަރުކާރުންދޭ އެންމެ މަތީ ގައުމީ ޝަރަފް ކަމަށްވާ ލީޖެން ޑި އޮނާ ސްރީ ލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާ ކުމާރަތުންގާ އަށް އަރުވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 5
ޑިޕްލޮމެޓުންނަށް ސިރިސޭނާ: ފޯނު ނަގާ، ނޫނީ ވަޒީފާ ދޫކޮށްލާ

ކޮލަމްބޯ (ސެޕްޓެމްބަރު 18) - ސަފީރަކާ އެކު ހަ ޑިޕްލޮމެޓުން ވަޒީފާ އިން ވަކިކުރި މައްސަލަ ދިފާއު ކުރައްވާ ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވާހަކަ ދައްކަވައިފި އެވެ.

16 ސެޕްޓެމްބަރ

September 16, 2018 10
ސިރިސޭނާގެ ފޯންކޯލަށް ޖަވާބު ނުދިނުމުން ސަފީރު ގެންނަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 16) - އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ހުންނަ ސްރީ ލަންކާގެ އެމްބަސީ އަށް ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ ހަފުތާގައި ކުރި ފޯން ކޯލަކަށް ޖަވާބު ދީފައި ނުވާތީ ސަފީރު އަނބުރާ ގެންނަން ނިންމައިފި އެވެ.

15 ސެޕްޓެމްބަރ

September 15, 2018 3
ލަންކާ އެއާޕޯޓުގައި ހަމަލާދިން ކުވޭތު ދެމަފިރިން ޖަލަށް

ކޮލަމްބޯ (ސެޕްޓެމްބަރު 15) - ސްރީ ލަންކާ ކަސްޓަމްސްގެ ފަސް އޮފިސަރުންނަށް ހަމަލާ ދިން ކުވޭތުގެ ދެމަފިރިންނަށް ހަ މަސް ދުވަހުގެ ސަސްޕެންޑެޑް ޖަލު ހުކުމެއް ކޮލަމްބޯގެ ކޯޓަކުން އިއްޔެ އިއްވައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2018
ރިޔާސީ އިންތިޚާބުގައި ކޮއްކޮ ވާދަކުރާނެ: ރާޖަޕަކްސާ

ކޮލަމްބޯ (ސެޕްޓެމްބަރު 13) - އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސާ ވާދަކުރައްވާނެ ކަމަށާއި އެކަމަކު ދަރިކަލުން ނަމާލް ރާޖަޕަކްސާގެ އުމުރު ހަގުވުމުން އޭނާ އަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތެއް ނެތް ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

12 ސެޕްޓެމްބަރ

September 12, 2018 7
ސްރީލަންކަން އިން ކެޝޫ ނަޓް ދިނުން ހުއްޓާލައިފި

ކޮލަމްބޯ (ސެޕްޓެމްބަރު 12) - ސްރީ ލަންކަން އެއާލައިންސް އިން ދިން ކެޝޫ ނަޓަކީ ޖަނަވާރުން ކާން ވެސް އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވުމާ ގުޅިގެން އެ އެއާލައިނުން ޕަސިންޖަރުންނަށް ނަޓް ދިނުން ހުއްޓާލައިފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 1
ކޮލަމްބޯއާ ކައިރި ހިސާބަކަށް އެޅުނު ތެޔޮތައް ނަގަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ވެރިރަށް ކޮލަބޯއާ ކައިރި ހިސާބެއްގައި އަޅާފައިވާ ތެޔޮ ހޮޅިއެއް ފަޅައިގެން ގޮސް ގޮނޑދޮށަށް އެޅުނު ތެޔޮތައް ނަގައި ސާފު ކުރުމުގައި ކޯސްޓް ގާޑުގެ އެތައް ސަތޭކަ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

September 11, 2018 2
ޓޫރިސްޓުންނަށް ވީއޭޓީ ރިފަންޑް ލަންކާ އެއާޕޯޓުން ދެނީ

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ޓޫރިސްޓުން ލަންކާގައި ވިޔަފާރި ކުރާ އިރު ނަގާ 15 ޕަސެންޓުގެ ވެލިއު އެޑެޑް ޓެކްސް (ވީއޭޓީ)، އެ މީހުން ފުރާ އިރު ރިފަންޑްކޮށްދެން ލަންކާ އެއާޕޯޓުގައި...

September 11, 2018 1
ރާޖަޕަކްސާގެ ކޮއްކޮ ގައުމުން ބޭރަށް ދިއުން މަނާކޮށްފި

ކޮލަމްބޯ (ސެޕްޓެމްބަރު 11) - ސްރީ ލަންކާގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާގެ ކޮއްކޮ ގޮތަބަޔާ ރާޖަޕަކްސާ ގައުމުން ބޭރަށް ވަޑައިގަތުން ސްޕެޝަލް ހައި ކޯޓުން އިއްޔެ މަނާކޮށްފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 4
ޝެޑިއުލަށްވުރެ ކުރިން އިންތިޚާބު ނުބާއްވާނަން: ސިރިސޭނާ

ކޮލަމްބޯ (ސެޕްޓެމްބަރު 10) - ޝެޑިއުލަށް ވުރެ އެންމެ ދުވަހެއް ކުރިން ވެސް ރިޔާސީ އިންތިޚާބު ނުބާއްވާނެ ކަމަށް ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

07 ސެޕްޓެމްބަރ

September 07, 2018
އިސްތިއުފާ ދެއްވި ރަވީ އަލުން ކެބިނެޓަށް ގެންނަނީ

ކޮލަމްބޯ (ސެޕްޓެމްބަރު 7) - ކޮރަޕްޝަނުގެ ތުހުމަތުތައް ބޮލުގައި އެޅި އެންމެ ފަހުން ސަލާމަތް ނުވާ ހިސާބަށް ދިއުމުން ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވި ރަވީ ކަރުނަނަޔަކަ އަަނެއްކާ ވެސް ކެބިނެޓަށް ގެންނަން މަޝްވަރާ ކުރަމުންދާ ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

06 ސެޕްޓެމްބަރ

September 06, 2018 6
ރައްޔިތުން ނުކުތީ ހަރުމުދާ ވިއްކުމާދެކޮޅަށް: ރާޖަޕަކްސާ

ކޮލަމްބޯ (ސެޕްޓެމްބަރު 6) - ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް ގިނަ އަދަދެއްގެ ރައްޔިތުން ރޭ ނުކުތީ ގައުމުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކުމާ ދެކޮޅު ހެދުމަށާއި އަވަސް އިންތިޚާބެއް ބޭއްވުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވިދާޅުވެއްޖެ އެވެ.

04 ސެޕްޓެމްބަރ

September 04, 2018 12
ލަންކާ އިން ތެޔޮ ހޯދުމުގެ މަސައްކަތް ފަށައިފި

ކޮލަމްބޯ (ސެޕްޓެމްބަރު 4) - ސްރީ ލަންކާގެ އިރުމަތީގެ ހިސާބުތަކުގެ ކަނޑު އަޑިން ތެޔޮ ފެނޭތޯ ބެލުމުގެ މަސައްކަތް ފަށައިފި އެވެ.

September 04, 2018 10
ލަންކާގައި އުޅޭ ދިވެހިން ސަމާލުވާން އެދެފި

ސްރީލަންކާގެ އިދިކޮޅު ސިޔާސީ ޕާތީތަކުން މާދަމާ ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނާތީ، ލަންކާގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން...

September 04, 2018 3
ލަންކާގެ އިދިކޮޅު މުޒާހަރާ ސުލްހަވެރިވާނެ: ނަމާލް

ކޮލަމްބޯ (ސެޕްޓެމްބަރު 4) - ލަންކާގެ އިދިކޮޅު ޕާޓީތައް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް އޮޕޮޒިޝަން (ޖޭއޯ) އިން މާދަމާ ކޮލަމްބޯގައި ބާއްވަނީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ކުރީގެ...

30 އޯގަސްޓް

August 30, 2018 2
ލަންކާ ސިފައިންގެ ވެރިޔާ ހައްޔަރު ކުރަން އަމުރު ނެރެފި

ކޮލަމްބޯ (އޮގަސްޓް 30) - އެގާރަ ކުއްޖަކު ވަގަށް ނެގި މައްސަލާގައި ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސްރީ ލަންކާ ސިފައިންގެ ވެރިޔާ ހައްޔަރު ކުރަން ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ނެރެފި އެވެ.

28 އޯގަސްޓް

August 28, 2018 10
ލަންކާގަ އުޅޭ ދިވެހިން ދަފުތަރުގައި ޖެހެން ފަސޭހަގޮތެއް

ސްރީ ލަންކާގައި އުޅޭ ދިވެހިން މާލޭގެ ދަފުތަރުގައި ޖެހުމަށް، ފަސޭހަ ގޮތްތަކެއް ހަމަޖައްސަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

August 28, 2018 54
ނަޝީދާއި އިބޫއާ އެކު އުފާވެރި ވަގުތުކޮޅެއް

އިދިކޮޅު ޕާޓީތަކުން ސްރީ ލަންކާގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ބައިވެރިވި ގިނަ ބަޔަކު ބުނީ މިހެންނެވެ؛