02 ފެބުރުއަރީ

February 02, 2019 8
ތިމާވެށި ރައްކާތެރިކުރަން އެދި ފަތާފައި 22 ރަށަށް!

ބ. އޭދަފުށީ ބަނދަރު ސަރަހައްދުން އަށް މީހުންގެ ޓީމަކުން މިއަދު 9:45 ގައި ދިގު ފެތުމުގެ ދަތުރަކަށް އެ ފެށީ ވަރަށް މުހިންމު މަގްސަދެއްގަ އެވެ؛ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށް އެދި އާދޭސް ކުރުމަށާއި އެ ކަމަށް އާއްމުންނާއި ރިސޯޓްތަކުގެ މެނޭޖްމަންޓްތަކުން ހޭލުންތެރި ކުރުވުމަށް 43.7 ކިލޯ މީޓަރުގެ ދިގު ފެތުމަކަށެވެ.

21 ޖެނުއަރީ

January 21, 2019 1
މިއީ އޮއިބާރު ދުވަސްވަރެއް، މޫދަށް އެރޭއިރު ސަމާލުވޭ

މިއީ އޮއިބާރު ދުވަސްވަރެއް ކަމަށާއި އެހެންވެ، މޫދަށް އެރި އުޅޭއިރު ސަމާލުވެ ރައްކާތެރިކަމުގެ ފިޔަަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

13 ޖެނުއަރީ

January 13, 2019 1
ގެނބުނު ދެމަފިރީންގެ ހަށިގަނޑުު ފިލިޕީންސަށް ގެންދަނީ

ކ. ދިއްފުށީގައި މިއަދު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު އެ ގައުމަށް އަނބުރާ ގެންދިއުމުގެ މަސައްކަތް ފަށައިފި އެވެ.

17 ޑިސެމްބަރ

December 17, 2018
ވޯލްޑް ޗެމްޕިއަންޝިޕުގައި ފަސް ރެކޯޑެއް އާކޮށްފި

ޗައިނާގައި މިހާރު ކުރިއަށްދާ ޝޯޓް ކޯސް ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕުގައި ދިވެހި ފެތުންތެރިން ގައުމީ ފަސް ރެކޯޑެއް އާކޮށްފި އެވެ.

27 ނޮވެމްބަރ

November 27, 2018 1
އެންމެ މޮޅު ފެތުންތެރިންނަށް މުބާލާއި ސާޖިނާ

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަގާމު އައިޝަތު ސާޖިނާ އަދި އެންމެ މޮޅު ފިރިހެން ފެތުންތެރިއާގެ މަގާމު މުބާލް އައްޒާމް ހޯދައިފި އެވެ.

19 އޯގަސްޓް

August 19, 2018 6
ބެޑްމިންޓަން ޓީމު ކުއާޓާ އަށް، ފެތުމުން ރެކޯޑްތަކެއް

އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޭޝިއަން ގޭމްސްގެ ބެޑްމިންޓަންގެ ޓީމް އިވެންޓް ބައިން ރާއްޖޭގެ ގައުމީ އަންހެން ބެޑްމިންޓަން ޓީމު ކުއާޓާ ފައިނަލުން ފުރުސަތު...

August 19, 2018 3
އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލީ ސާޖިނާ

އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކުޅިވަރު ހަރަކާތް ކަމަށްވާ އޭޝިއަން ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެތުންތެރިޔާ ސާޖިނާ ދިވެހި ދިދަ އުފުލާލައިފި އެވެ.

21 ޖުލައި

July 21, 2018
އެކުއަތެލޯންގެ ޗެމްޕިއަންކަން ޖޫނިއާ ދެ ކުދިންނަށް

ރާއްޖޭގައި ބޭއްވި ފުރަތަމަ ގައުމީ އެކުއަތެލޯން މުބާރާތުގެ ޗެމްޕިއަންކަން ޖޫނިއާ ދެ ފެތުންތެރިން ކަމަށްވާ މުހައްމަދު އާން ހުސެއިން އާއި އައިމިނަތު އިރަމް ސަލީމް ހޯދައިފި އެވެ....

July 21, 2018
ދިގުފެތުމުގެ ގައުމީ ޗެމްޕިއަން ސާޖިނާ އާއި އިއްމާން!

މޯލްޑިވްސް ގޭސް ދިގުފެތުމުގެ ގައުމީ މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން އަލީ އިއްމާން ހޯދިއިރު އަންހެން ޗެމްޕިއަންކަން އައިޝަތު ސާޖިނާ ހޯދައިފި އެވެ.

12 ޖުލައި

July 12, 2018 1
ފެތުމުގެ ބޮޑު ދެ އިވެންޓުގައި 214 ބައިވެރިން

ކ. ދިއްފުށީގައި މި މަހުގެ 20 އަދި 21 ގައި ބާއްވާ ގައުމީ އެކުއަތެލޯން މުބާރާތާއި ދިގު ފެތުމުގެ ގައުމީ މުބާރާތުގައި ޖުމްލަ 214 ފަރާތަކުން ބައިވެރިވެއްޖެ އެވެ.

05 ޖޫން

June 05, 2018
ފަތާފައި ޕެސިފިކު ހުރަސް ކުރުމުގެ އުނދަގޫ ދަތުރު ފަށައިފި

ޓޯކިޔޯ (ޖޫން 5) - ފަތާފައި ޕެސިފިކް ކަނޑު ހުރަސް ކުރުމުގެ އުނދަގޫ އަދި ނުރައްކާ ދަތުރު ފްރާންސްގެ ފެތުންތެރިޔާ ބެން ލެކޮމްޓެ ފަށައިފި އެވެ.

31 މެއި

May 31, 2018
އެކުއަތެލޯންގެ ގައުމީ މުބާރާތް ވެސް ދިއްފުށީގައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ އެކުއަތެލޯން މުބާރާތް، ގައުމީ ދިގު ފެތުމުގެ މުބާރާތާ އެއް ހަފުތާ ބަންދެއްގައި، ޖުލައި 21 ވަނަ ދުވަހު ކ. ދިއްފުށީގައި ބާއްވަން ނިންމައިފި އެވެ.

30 މެއި

May 30, 2018 1
ދިގު ފެތުމުގެ ގައުމީ މުބާރާތް ޖުލައި މަހު ދިއްފުށީގައި

ދިގު ފެތުމުގެ 13 ވަނަ ގައުމީ މުބާރާތް ޝައުގުވެރި ބަދަލުތަކަކާ އެކު ކ. ދިއްފުށީގައި އަންނަ ޖުލައި 20 ވަނަ ދުވަހު ބާއްވަން ސްވިމިން އެސޯސިއޭޝަނުން ތައްޔާރުވެއްޖެ އެވެ.

07 މެއި

May 07, 2018 29
ޓްރެކްގެ ބައެއް ވޮޑުން، ކިހިނެއްވީ ކަމެއް؟

މާލޭގެ ފަތާ ޓްރެކްގެ ބޮޑުބަޔަކަށް ވެލިއަރައި ހިކުމަކީ ގިނަ ބަޔަކަށް ފާހަގަކުރެވުނީ އާދަޔާ ހިލާފުކަމެއްގެ ގޮތުގަ އެވެ. ދިޔަވަރު ހިކި ވަގުތުތަކުގައި ވެސް ކުރިން އެގޮތަށް ވެލިގަނޑެއް ނުފެނެ އެވެ.

30 އެޕްރީލް

April 30, 2018 18
ފަތާ ޓްރެކަށް ޖަމާވީ ބާޖަކުން އުކާލި ކުނިތަކެއް

ފަތާ ޓްރެކް ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

01 މާޗް

March 01, 2018 7
މޫދުގައި ފެތުމުން ބައެއް ބަލިތަކުގެ ނުރައްކާ ބޮޑުވޭ

މޫދުގައި ފެތުމުން، ބަނޑުގައި ޖަރާސީމު އުފެދުމާއި ކަންފަތުގައި ރިއްސުން އަދި އެނޫންވެސް މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ޔުނިވަސިޓީ އޮފް އެކްސްޓާ މެޑިކަލް ސްކޫލް އެންޑް ސެންޓަ ފޯ އީކޮލޮޖީ އެންޑް ހައިޑްރޮލޮޖީގެ ސައިންސްވެރިންގެ ހޯދުމަކުން ހާމަވެއްޖެ އެވެ.

16 ފެބުރުއަރީ

February 16, 2018
ފިނި ފެނުގައި ފަތާލުމުން ބައެއް ތަދުތައް ކެނޑޭ

ސާޖަރީއަކަށް ފަހު ހުންނަ ތަދުތައް ފިލުވައިލަން ފިނި ފެނުގައި ފަތާލުމަކީ ރަނގަޅު ފަރުވާއެކެވެ. ތަދުކަނޑުވާ ބޭހަކަށް ވުރެ އަދި ފިޒިއޮތެރަޕީ އަށް ވުރެ ވެސް ފަތާލުމުން މާ ރަނގަޅަށް ތަދު ފިލާ ކަމަށް ޖާނަލް ބީއެމްޖީ ކޭސް ރިޕޯޓްސް އިން ވަނީ ހާމަކޮށްފަ އެވެ.

14 ޖެނުއަރީ

January 14, 2018
ފަތަން އަޅާ ގޮގުލްސްގެ ބިއްލޫރިކޮޅު ސްކްރީނަކަށް

ކަސްރަތުކުރާއިރު ހަށިގަނޑު ބަރުދާސްތުކުރާ އިހްސާސްތަކާއި ހަށިގަނޑަށް އަންނަ ބަދަލުތައް ބަރާބަރަށް ބަލަމުންދިޔުމަކީ މިހާރު ވަރަށް ގިނަ ބައެއްގެ އާދައެކެވެ. މިކަން ކުރެވޭނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. އެކަމަކު ފަތަމުން އެ ކަންކަން ބެލޭނެ ގޮތެއް ނެތުމަކީ ދެރަކަމެކެވެ.

13 ޖެނުއަރީ

January 13, 2018
ސްވިމްސޫޓްގައި ވެސް ސްމާޓް ޓެގް

ކަސްރަތަށް ދުވުމާއި ފެތުމުގައި ބޭނުންކުރާނެ ސްމާޓް ޑިވައިސްތައް މިހާރު ނަން ހުސްކޮށް ލިބެން ހުރެއެވެ. އެކަމަކު ދެރައީ އަވަދިނެތި އުޅެމުން ކަސްރަތުގެ ބޭނުމަށް ނުކުންނައިރު އެއްކަލަ ސްމާޓް އެކުވެރިޔާ މަތިން ހަނދާން ނުހުންނާތީ އެވެ.

13 ޖުލައި

July 13, 2017
ރާއްޖޭގައި އެކުއަތުލޯން ރޭހެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުއަތުލޯން މުބާރާތެއް ބާއްވަން މާލޭ ފިޓްނަސް ކްލަބުން ތައްޔާރުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2017 19
ދިވެހިންގެ މޫދާ ދުރު ދިރިއުޅުން

ރާއްޖޭގެ މޫދާއި ކަނޑުގެ ޗާލުކަމާއި މުއްސަނދިކަމުން ދިވެހިންނަށް އުފާ ހޯދެނީ ކިހާ ވަރަކަށް ހެއްޔެވެ؟ މިއީ، އެމެރިކާގެ އެންމެ ބޮޑު ނޫހުގައި ރާއްޖެއާ ބެހޭގޮތުން އާދީއްތަދުވަހު ޖެހި ލިޔުމެއްގެ ދެ ފޮޅުވަތް ދޭތެރެއިނ ދިވެހިންނަށް ކުރިމަތިކުރުވި ސުވާލެކެވެ. ސަބަބަކީ، ޖަޒީރާ ރަށްތަކެއްގެ "ސުވަރުގެ" އަކަށް ވިޔަސް، ރާއްޖޭގެ ގިނަ...

25 ފެބުރުއަރީ

February 25, 2017 1
ކެންގަރޫ ކިޑްސްގެ 300 ދަރިވަރަކު ފަތަން ދަސްކުރަނީ

ދަރިވަރުންނަށް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް 300 އަށްވުރެ ގިނަ ދަރިވަރުންނާ އެކު ކެންގަރޫ ކިޑްސް ސްކޫލުން މިއަދު ފަށައިފި އެވެ.