28 އޮކްޓޯބަރ

October 28, 2019 4
ޓްރެކްގެ މަސައްކަތްތައް ލަސްވަނީ ދިރާސާ ކުރަން ޖެހުމުން

މާލޭގެ ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރުމަށް ހަވާލު ކުރި މުއްދަތު މިއަދަށް ހަމަވިއިރު އެތަނުގެ މަސައްކަތް ފެށިފައިނުވަނީ ގިނަ ދިރާސާތަކެއް ހަދަން ޖެހުމުގެ ސަބަބުން ކަމަށް، ސްވިމިން އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

17 މެއި

May 17, 2019 60
ފަތާ ޓްރެކް: ފުރަތަމަ ސަލާމަތްކުރަން ޖެހެނީ ނަޖިހުން!

މިދިޔަ މަހު ބޭއްވި އިންޓަ ސްކޫލް ސްވިމިން ފެސްޓިވަލްގައި ބައިވެރިވި އުމުރުން ހަތް އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ބަލިވެފަ އެވެ. ފަތަން އުޅުމުގެ ތެރޭގައި ލޮނު ބޮމުގެ ސަބަބުން އެ ކުއްޖާގެ ކަރުތެރެ އާއި ކަންފަތް އިންފެކްޓްވީ އެވެ. އެންޓިބަޔޮޓިކް ދީގެން އެކުއްޖާއަށް ޑޮކްޓަރުން ފަރުވާ ދިންއިރު ޑޮކްޓަރުން ލަފާކުރާ ގޮތުގައި އެ...

11 މެއި

May 11, 2019 30
ސްވިމިން ޓްރެކް ސަރަހައްދު ތަރައްގީކުރާނެ ބަޔަކު ހޯދަނީ

މާލޭގެ ސްވިމިން ޓްރެކް ސަރަހައްދުގައި ސިޑިބަރިއަކާއި ފާހާނާތަކާ އެކު ފެންވަރާ ތަނެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

02 މެއި

May 02, 2019 3
ފަތާ ޓްރެކް ފުންކުރާތީ އެތަން ބަންދުކޮށްފި

މާލެ ފަތާ ޓްރެކް ސަރަހައްދު ފުންކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

11 އެޕްރީލް

April 11, 2019 10
މާލޭގައި މޫދަށް އެރޭ ތަންތަނުގެ ފެން ޓެސްޓް ކުރަނީ

މާލޭގައި އާއްމުކޮށް މޫދަށް އެރޭ ތިން ސަރަހައްދުގެ ލޮނު ޓެސްޓްކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގައި އެދެފި އެވެ.

08 ފެބުރުއަރީ

February 08, 2019 15
"މިހިރީ ރީތި ފަޅުތައް، އަވަހަށް އެރި ފަތާ!"

އޮސްޓްރޭލިއާގައި ފަސޭހަކަމާ އެކު މޫދަށް އެރި ފަތާލެވެނީ 80 ޕަސެންޓް މީހުންނަށެވެ. ރާއްޖޭގައި 100 ޕަސެންޓް މީހުންނަށް އެ ފުރުސަތު އެބަ އޮތެވެ. އޮސްޓްރޭލިއާގައި ދުނިޔޭގެ ފެންވަރުގެ ފެތުންތެރިން އުފެދެންޏާ ރާއްޖެ އަށް އެކަން ނުކުރެންވީ ކީއްވެ ހެއްޔެވެ؟

07 މެއި

May 07, 2018 29
ޓްރެކްގެ ބައެއް ވޮޑުން، ކިހިނެއްވީ ކަމެއް؟

މާލޭގެ ފަތާ ޓްރެކްގެ ބޮޑުބަޔަކަށް ވެލިއަރައި ހިކުމަކީ ގިނަ ބަޔަކަށް ފާހަގަކުރެވުނީ އާދަޔާ ހިލާފުކަމެއްގެ ގޮތުގަ އެވެ. ދިޔަވަރު ހިކި ވަގުތުތަކުގައި ވެސް ކުރިން އެގޮތަށް ވެލިގަނޑެއް ނުފެނެ އެވެ.

05 މެއި

May 05, 2018 3
ފަތާ ޓްރެކް ފުންކުރާތީ މޫދަށް އެރުން މަނާކޮށްފި

މާލޭ ފަތާ ޓްރެކަށް ޖަމާވެފައިވާ ކުނިތައް ނަގައި ފުން ކުރުމުގެ މަސައްކަތް ކުރާތީ، އެތަނަށް މޫދަށް އެރި އުޅުން ވަގުތީގޮތުން މިއަދު މަނާކޮށްފި އެވެ.

30 އެޕްރީލް

April 30, 2018 18
ފަތާ ޓްރެކަށް ޖަމާވީ ބާޖަކުން އުކާލި ކުނިތަކެއް

ފަތާ ޓްރެކް ސަރަހައްދުގެ މޫދަށް ގިނަ އަދަދެއްގެ ކުނި ޖަމާވެފައިވާ މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.

24 ފެބުރުއަރީ

February 24, 2018 9
ފަތާ ޓްރެކް ބީއެމްއެލް އިން ސާފުކޮށްފި

މާލޭ ފަތާ ޓްރެކް ސަރަހައްދު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިސްނަގައިގެން ސާފުކޮށް، އެ ސަރަހައްދުން 180 ކިލޯގެ ކުނި ނަގައިފި އެވެ.

13 ޖުލައި

July 13, 2017
ރާއްޖޭގައި އެކުއަތުލޯން ރޭހެއް ބާއްވަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުއަތުލޯން މުބާރާތެއް ބާއްވަން މާލޭ ފިޓްނަސް ކްލަބުން ތައްޔާރުވެއްޖެ އެވެ.

14 ނޮވެމްބަރ

November 14, 2016 20
ޓްރެކް ސަރަހައްދު ނަޖިސްވެ އެތަނަށް އެރުން މަނާކޮށްފި

ފަތާ ޓްރެކް ސަރަހައްދުގެ މޫދު ނަޖިސްވުމުގެ ސަބަބުން އެ ސަރަހައްދަށް އެރުން ވަގުތީގޮތުން މަނާކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2016
ތިނަދޫގައި ސްވިމިން ޓްރެކެއް އަޅައިފި

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ ގުޅިގެން ކުޅިވަރާ ބެހޭ މިނިސްޓްރީން ގދ. ތިނަދޫގައި އެޅި ސްވިމިންޓް ޓްރެކް ކުޅިވަރާ ބެހޭ ވަޒީރު އިރުތިޝާމް އާދަމް މިއަދު ހުޅުވައިދެއްވައިފި އެވެ.

23 އޯގަސްޓް

August 23, 2016 31
މާލޭ ފަތާ ޓްރެކް ސަަރަހައްދުން "މާވަހަރެއް" ހޮވައިފި

މާލޭ ފަތާ ޓްރެކް ސަރަހައްދުން ޒުވާނަކު މިއަދު "މާވަހަރެއް" ހޮވައިފި އެވެ.