22 އެޕްރީލް

April 22, 2018 2
ދެކުނު އޭޝިއާ މުބާރާތުގައި ދީމާ އާއި ރަފާ ވިދާލައިފި

ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ ހޯޕްސް ކެޓަގަރީން ރާއްޖޭގެ ފާތިމަތު ދީމާ އަދި ކެޑޭޓް ކެޓަގަރީންނާއި ޖޫނިއާ ކެޓަގަރީން އައިޝަތު ރަފާ ނާޒިމް ލޯ މެޑަލް ހާސިލްކޮށްފި އެވެ.

19 އެޕްރީލް

April 19, 2018
ދީމާ އާއި ރަފާ: ޓީޓީގެ އުއްމީދާ ގުޅިފައިވާ ދެ ތަރިން

ދެކުނު އޭޝިއާގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް މާލޭގައި މާދަމާ ފަށާއިރު މިއީ ދެ ގޮތަކުން ހާއްސަ މުބާރާތެކެވެ. ސަރަހައްދީ މުހިއްމު މުބާރާތެއްގައި ރާއްޖޭގައި ބޭއްވި ޓީޓީގެ ކުރިމަގަށް މުހިއްމު ބިންގަލެއް އެޅިގެންދާއިރު މި މުބާރާތުގެ ތެރެއިން ރާއްޖޭގައި މިވަގުތު ތިބި އެންމެ އުއްމީދީ ދެ ކުޅުންތެރިންގެ ކުޅުން ވެސް ފެނިގެންދާނެ އެވެ.

16 އެޕްރީލް

April 16, 2018
ދެކުނު އޭޝިއާގެ ޖޫނިއާ ޓީޓީ މުބާރާތް ރާއްޖޭގައި

ދެކުނު އޭޝިއާގެ ގައުމުތަކުގެ ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތް އަންނަ ހުކުރު ދުވަހު މާލޭގައި ފަށާނެ އެވެ.

01 ފެބުރުއަރީ

February 01, 2018 9
ލަންކާގެ ފުރުސަތުތަކަށް ވުރެ މުހިއްމީ ރާއްޖެ!

ރޭ ނިމުނު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގައި ފާތިމަތު ދީމާ އަލީ ކުޅުމަކީ އޭނާގެ ކެރިއަރުގައި ހޯދާފައިވާ އަދި ހޯދާނެ ކަމަށް ބެލެވޭ ކާމިޔާބީޔަކުގެ ކުރިމަތީގައި ވަރަށް އާދައިގެ ކަމެކެވެ. އެކަމަކު އެ މުބާރާތުގައި ދީމާ ބައިވެރިކޮށް އޭނާގެ ބެލެނެވެރިން އެ ނިންމީ އޭނާގެ ކެރިއަރާ ގުޅޭ މުހިއްމު ނިންމުމެކެވެ. ސްރީ ލަންކާގައި ދިރިއުޅޭ ދީމާ...

31 ޖެނުއަރީ

January 31, 2018 3
މުއީނާ ބަލިކޮށް ރަފާ ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދު އަތުން މޮޅުވެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އައިޝަތު ރަފާ ނާޒިމް ހޯދިއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދު ހޯދައިފި އެވެ.

26 ނޮވެމްބަރ

November 26, 2017 5
ކިޔެވުމުގައި ނަމޫނާއެއް، ކުޅިވަރުގައި ޗެމްޕިއަނެއް

ސްކޫލުގެ ކުޅިވަރު ހަރަކާތްތަކަށް ކުދިން ފޮނުވަން ބައެއް ބެލެނިވެރިން ފަސް ޖެހެ އެވެ. ކިޔެވުމަށް އަސަރުކޮށްފާނެ ކަމަށް ހީކޮށެވެ. މިއީ ބޯދާ ވިސްނުމެއް ހެއްޔެވެ؟ ފަހަކަށް އައިސް ފެންނަ މަންޒަރުތަކަށް ބަލާއިރު އެހެން ވެސް ބުނެވިދާނެ އެވެ. ކުޅިވަރުގައި މަތީ ދަރަޖައިގެ ކާމިޔާބީތައް ހޯދަމުން އަދި ކިޔެވުމުގައި ވެސް އެހާމެ މޮޅު ކުދިން...

24 އެޕްރީލް

April 24, 2017 5
ޝަވީދާއި މަރުޒޫގަށް އޮޓޯމެޓިކުން މަގާމް ކަށަވަރުވެއްޖެ

ވާދަކުރާނެ އިތުރު ކެންޑިޑޭޓެއް ނެތުމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް، އެފްއޭއެމްގެ ފަރާތުން ކުރިމަތިލެއްވި މުހައްމަދު ޝަވީދު އަދި ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ތިން ވަނަ ދައުރަކަށް، ސާފިން އެސޯސިއޭޝަނުގެ ފަރާތުން ކުރިމަތިލެއްވި އަހުމަދު މަރުޒޫގު (މަރޭ) އިންތިހާބުވެވަޑައިގެންފި އެވެ.

09 ޖެނުއަރީ

January 09, 2017 19
ލަންކާގައި ދީމާ ރާއްޖެ ފަހުރުވެރިކޮށްދީފި! ސާބަސް!

މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގައި ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދައި ގިނަ ބަޔަކު ހައިރާންކޮށްލި ރާއްޖޭގެ އުމުރުން 9 އަހަރުގެ ފާތިމަތު ދީމާ އަލީ، ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

31 ޑިސެމްބަރ

December 31, 2016 5
2016: އިންތިހާބީ މައްސަލަތަކާއި ކާމިޔާބީގެ އަހަރެއް

ނިމިގެންމިދާ 2016 ވަނަ އަހަރަކީ ދިވެހި ކުޅިވަރުގައި މަސްހުނި ކަންތައްތަކެއް ހިނގި އަހަރެކެވެ. ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ކުޅުންތެރިން ކާމިޔާބީތައް ހޯދިއިރު އާ ތަރިންތަކެއް ވެސް ވިދާލި އެވެ. ކުޅިވަރު ހިންގުމުގެ ދާއިރާއަށް ބަލާއިރު އެސޯސިއޭޝަންތަކުގެ އިންތިހާބީ ވަރަށް ގިނަ މައްސަލަތަކެއް ނުކުތެވެ.

20 ޑިސެމްބަރ

December 20, 2016
ތަމްރީން ހެދުމަށް ރަފާ ޖަޕާނަށް

އެންމެން ހައިރާންކޮށްލުމަށް ފަހު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި އުމުރުން 13 އަހަރުގެ އައިޝަތު ރަފާ ނާޒިމް އިތުރު ތަމްރީން ހެދުމަށް ޖަޕާނަށް ފުރައިފި އެވެ.

08 އޮކްޓޯބަރ

October 08, 2016 1
ހުނަރުވެރިން އެބަތިބި، އަސްލު މަސައްކަތް ދެން އޮތީ!

ކުޅިވަރުގެ މައިދާނުގައި އެންމެ ބޮޑު އުފަލެއް ލިބެނީ ދެ ކަމަކުންނެވެ. ކުޅުންތެރިޔަކު ނުވަތަ ޓީމަކުން ކާމިޔާބެއް ހޯދުމުންނާއި ހުނަރުވެރި ކުޅުންތެރިޔަކު އުފަންވުމުންނެވެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ކާމިޔާބަކަށް އަމާޒު ހިފާއިރު އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ ވެސް ޖޫނިއާ ލެވެލްގެ ހުނަރުވެރި ކުދިން ހޯދުމެވެ. ދެން...

02 އޮކްޓޯބަރ

October 02, 2016
އާ ތަރިއެއް އެރުން: މުއީނާ އަށް ވެސް އުފަލެއް

މިދިޔަ ހުކުރު ދުވަހުގެރޭ، ދިވެހި ޓޭބަލް ޓެނިހުގެ ތާރީހު ބަދަލުވެގެން ދިޔައީ ޖެހިޖެހިގެން 13 އަހަރު ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި މުއީނާ މުހައްމަދު އަތުން ކުޑަކުޑަ އައިޝަތު ރަފާ ނާޒިމް ހޯދި ކާމިޔާބީއާ އެކު އެވެ. އުމުރުން 13 އަހަރުގެ ކުޅުންތެރިޔާގެ މި ކާމިޔާބީއަކީ ޓޭބަލް ޓެނިހަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު...

30 ސެޕްޓެމްބަރ

September 30, 2016 6
ރަފާ: 13 އަހަރަށް ފަހު ޓީޓީގެ އާ ޗެމްޕިއަނެއް!

މިދިޔަ 13 އަހަރު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދުގެ މައްޗަށް 4-2 ސެޓުން ކުރި ހޯދައި ގައުމީ...

September 30, 2016
ގައުމީ ފިރިހެން ޓީޓީ ޗެމްޕިއަންކަން މުންސިފް ހޯދައިފި

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހަތް ވަނަ ފަހަރަށް މޫސާ މުންސިފް އަހުމަދު ހޯދައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2016 2
ގައުމީ ތަށްޓާ އެކު އުއްމީދީ ދެ ކުޅުންތެރިން ވިދާލައިފި

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ޑަބަލްސް އިން ލޯ މެޑަލް ހޯދާފައިވާ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ ޝަރީފްގެ ޕެއާގެ މައްޗަށް ކުރި ހޯދައި ގައުމީ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު ރަފާ ނާޒިމް އައި ލައިސާ ފަތުހުﷲ...

04 ސެޕްޓެމްބަރ

September 04, 2016 10
އުމުރުން 8 އަހަރުގައި، އެންމެން ހައިރާންކޮށްލައިފި!

މެލޭޝިއާގެ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ރާއްޖޭގެ އުމުރުން 8 އަށް އަހަރުގެ ފާތިމަތު ދީމާ އަލީ ހޯދައި، އެންމެން ހައިރާންކޮށްލައިފި އެވެ.

17 ޖުލައި

July 17, 2016 1
ޖޫނިއާ އަންހެން ޓީޓީ ޓީމުން އިތުރު ދެ މެޑަލް ހޯދައިފި

ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ކެޑޭޓް ކެޓަގަރީން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑަލް ހޯދިއިރު ޑަބަލްސް ކެޓަގަރީން އައިޝަތު ރަފާ ނާޒިމާއި ލައިސާ ފަތުހުﷲ ރިހި މެޑަލް ހޯދައިފި އެވެ.

16 ޖުލައި

July 16, 2016 1
ޖޫނިއާ އަންހެން ޓީޓީ ޓީމުން ރިހި މެޑަލް ހޯދައިފި

ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 18 އަހަރުން ދަށުގެ ބައިން ރާއްޖޭގެ ޖޫނިއާ އަންހެން ޓީމު ރިހި މެޑަލް ހޯދައިފި އެވެ.

15 ޖުލައި

July 15, 2016
ޓީޓީ ޗެމްޕިއަން މުންސިފް ތަމްރީން ހަދަން ޗައިނާ އަށް

ރާއްޖޭގެ އެއް ވަނަ ފިރިހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މޫސާ މުންސިފް އަހުމަދު ފަސް މަސް ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން، ދުނިޔޭގެ ޓޭބަލް ޓެނިހުގެ އެންމެ ކުރީގައި އޮތް ޗައިނާ އަށް ރޭ ފުރައިފި އެވެ.

28 ޖޫން

June 28, 2016 1
ޓީޓީގެ އާ ރައީސްގެ ބަސް: "މިއީ އެއް އާއިލާއެއް"

ރާއްޖޭގެ ޓޭބަލް ޓެނިސް އާއިލާ އޮތީ ވަރަށް އެކުވެރިކޮށް ކަމަށާއި މަސައްކަތްކުރާނީ ޓީމެއްގެ ގޮތުގައި ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ރޭ އިންތިހާބުވެވަޑައިގެން ޒުވާން ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެ އެވެ.

23 ޖޫން

June 23, 2016 2
ޓީޓީގެ ރައީސަކަށް އައްޔަ ކުރިމަތިލައްވައިފި

ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް އެ އެސޯސިއޭޝަނުގެ ނައިބް ރައީސް އަދި ކުރީގެ ކުޅުންތެރިޔާ އަލީ ރަޝީދު (އައްޔަ) ކުރިމަތިލައްވައިފި އެވެ.