22 އޯގަސްޓް

August 22, 2020
ދަރިވަރަކަށް ޓޭލާގެ ފަރާތުން 30،000 ޑޮލަރު

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކިޔަވާ ޕޯޗްގަލްގެ ދަރިވަރެއްގެ ކޯހުގެ ފީ ދައްކަން ދަތިވެގެން އެ ވާހަކަ ސޯޝަލް މީޑިއާގައި ހާމަކުރުމުން، އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އެހީގެ ގޮތުގައި 30،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

03 އޯގަސްޓް

August 03, 2020
"ފޯކްލޯ" އާ އެކު ޓޭލާ އަށް އިތުރު ރެކޯޑެއް

މިދިޔަ މަހުގެ 24 ގައި ރިލީޒްކުރި އަލްބަމް "ފޯކްލޯ" އާ އެކު، އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް ދުނިޔޭގެ ރެކޯޑް ފޮތުން އިތުރު ޖާގައެއް ލިބިއްޖެ އެވެ.

26 ޖުލައި

July 26, 2020 2
ޓޭލާ ސްވިފްޓްގެ އާ އަލްބަމަކީ "ފޯކްލޯ"

އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް "ފޯކްލޯ" ގެ ނަމުގައި އާ އަލްބަމް ހުކުރު ދުވަހު ނެރެފި އެވެ.

23 ޖެނުއަރީ

January 23, 2020
ޓޭލާގެ ޑޮކިއުމަންޓަރީގެ ޓްރެއިލާ ދައްކާލައިފި

ނެޓްފްލިކްސް އިން ގެނެސްދޭން ތައްޔާރުވަމުން އަންނަ އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ޑޮކިއުމަންޓަރީ "މިސް އެމެރިކާނާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

16 ނޮވެމްބަރ

November 16, 2019
ޓޭލާ ސްވިފްޓަށް އޭނާގެ ލަވަތަކެއް "ގެއްލިއްޖެ"

ޓޭލާ ސްވިފްޓް ކުރިން ނެރުނު އަލްބަމްތަކެއްގައި ހިމެނޭ ލަވަތަކެއް ކިޔުމުގެ ހައްގު އޭނާ އަށް ނުލިބިގެން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019
ޓޭލާގެ "ލަވާ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ

މީގެ ދެ އަހަރު ކުރިން ނެރުނު ކާމިޔާބު އަލްބަމް "ރެޕިއުޓޭޝަން" އަށް ފަހު މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ނެރުނު އާ އަލްބަމް "ލަވާ" ގެ ޖާދޫގައި އެތައް ބަޔަކު ޖެހިއްޖެ އެވެ.

15 އޯގަސްޓް

August 15, 2019
ފޭނެއްގެ ޔުނިވަސިޓީ ފީ އަށް ޓޭލާގެ އެހީއެއް

ޔުނިވަސިޓީ ޓިއުޝަން ފީ އާއި ކުއްޔަށް ހުންނަ ތަނުގެ ކުލި ދައްކަން ދަތިވި ކެނެޑާގެ ފޭނަކަށް އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް އެހީއެއް ދީފި އެވެ.

12 ޖުލައި

July 12, 2019
އެންމެ ބޮޑު އާމްދަނީ ލިބުނު ސެލެބްރިޓީއަކީ ޓޭލާ

ފާއިތުވި އެއް އަހަރު ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ސެލެބްރިޓީ އަކީ އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް ކަމަށް ފޯބްސް އިން ބުނެފި އެވެ.

28 އެޕްރީލް

April 28, 2019
ޓޭލާގެ އާ ލަވައަކީ "މީ"

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އާ ލަވައެއް ފޭނުންނަށް ގެނެސްދޭން އުޅޭ ކަހަލަ އިޝާރާތްތަކާ އެކު ފޭނުން އިންތިޒާރުގައި ބެއިތިއްބުމަށް ފަހު އާ ލަވަ އެންމެ ފަހުން ދޫކޮށްލައިފި އެވެ.

19 މާޗް

March 19, 2019
ކޭޓީ ހުރީ ޓޭލާއާ އެކު މަސައްކަތްކުރަން ތައްޔާރަށް

ޓޭލާ ސްވިފްޓާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށާއި އޭނާ ހުރީ އެކީގައި މަސައްކަތްކުރަން ތައްޔާރަށް ކަމަށް ކޭޓީ ޕެރީ ބުނެފި އެވެ.

21 އޮކްޓޯބަރ

October 21, 2018
"ކެޓްސް" ގައި އޭ ލިސްޓް ތަރިންތަކެއް

މީގެ 37 އަހަރު ކުރިން އުފެއްދި އިނގިރޭސި މިއުޒިކަލް "ކެޓްސް" އަށް ބިނާކޮށް ހަދާ ފިލްމަށް އޭ ލިސްޓް ތަރިންތަކެއް ސޮއިކޮށްފި އެވެ.

24 ޖުލައި

July 24, 2018
ޓޭލާ ސްވިފްޓް އަނެއްކާ ވެސް ފިލްމަކަށް

އަހަރުތަކެއް ވަންދެން ތިއޭޓާ ޕްލޭއެއްގެ ގޮތުގައި ބްރޯޑްވޭގައި ގެނެސް ދިން މަޝްހޫރު މިއުޒިކަލް "ކެޓްސް" އަށް ފީޗާ ފިލްމެއް ހަދަން ނިންމައި، އޭގެ ކާސްޓަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި ބަތަލާ ޖެނިފާ ހަޑްސަން ހަމަޖައްސައިފި އެވެ.

04 އެޕްރީލް

April 04, 2018
ޓޭލާއަށް މަރުގެ އިންޒާރު ދިން މީހާ ކުށްވެރިވެއްޖެ

އެމެރިކާގެ ޒުވާން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާއި އޭނާގެ އާއިލާގެ އެންމެން މަރައިލާނެ ކަމަށް ބުނެ އިންޒާރު ދިން ފްރޭންކް އެންޑްރޫ ހޫވާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ހުކުމް ތަންފީޒުކުރުން 10 އަހަރަށް ފަސްކޮށްފި އެވެ.

17 ފެބުރުއަރީ

February 17, 2018
ޓޭލާ ސްވިފްޓް ޅެން ކޮޕީކުރި ކަމަކަށް ނުވި

ލަވައެއްގެ ޅެމެއް ނަކަލު ކުރި ކަމަށް ތުހުމަތުކޮށް، ގެއްލުމުގެ ބަދަލު ނަގައި ދޭން އެދި، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ ދެކޮޅަށް ކެލިފޯނިއާގެ ފެޑެރަލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ.

21 ނޮވެމްބަރ

November 21, 2017 1
"ރެޕިއުޓޭޝަން" އަކީ އަހަރުގެ އެންމެ ކާމިޔާބު އަލްބަމް

ޓޭލާ ސްވިފްޓް މި މަހުގެ 10 ވަނަ ދުވަހު ނެރުނު އަލްބަމް "ރެޕިއުޓޭޝަން" އެޑް ޝީރާންގެ "ޑިވައިޑް" ފަހަތަށް ޖައްސާލައި، މި އަހަރުގެ ކާމިޔާބު އަލްބަމްގެ ރެކޯޑް ހަދައިފި އެވެ.

14 އޮކްޓޯބަރ

October 14, 2017 3
ޓޭލާ ސްވިފްޓްގެ މޮބައިލް އެޕެއް ނެރެނީ

މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ފޭނުންނަށް މިއީ އުފާވެރި ކަމަކަށް ވާނެ އެވެ. އޭނާ މިހާރު އަންނަނީ ފޭނުންނާ މިހާރަށް ވުރެ ބޮޑަށް ގާތްކަން ބޭއްވޭނެ ގޮތެއް ހަދަން މަސައްކަތް ކުރަމުންނެވެ. ދެން މާ ލަސްތަކެއް ނުވެ، ސްވިފްޓްގެ މޮބައިލް އެޕްލިކޭޝަނެއް ލޯންޗް ކުރާނެ އެވެ. އެކަން އޭނާ ވަނީ އާންމުންނަށް ދޫކޮށްލި...

22 ސެޕްޓެމްބަރ

September 22, 2017
ޅެމެއް ކޮޕީ ކުރިކަމުގެ ތުހުމަތު ޓޭލާ ސްވިފްޓަށް

އެެހެން ބައެއްގެ ޅެމެއް ކޮޕީ ކުރި ކަމަށް ތުހުމަތުކޮށް، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން އެދި، އެމެރިކާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓާ ދެކޮޅަށް ދައުވާކޮށްފި އެވެ.

27 އޯގަސްޓް

August 27, 2017
ޓޭލާ ސްވިފްޓްގެ އާ އަލްބަމް "ރެޕިއުޓޭޝަން" ނޮވެމްބަރުގައި

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިފްޓް އާ އަލްބަމެއްގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ފަހުން، އޭނާގެ ހަ ވަނަ އަލްބަމް "ރެޕިއުޓޭޝަން" ނެރޭކަން އިއުލާންކޮށްފި އެވެ.

08 ސެޕްޓެމްބަރ

September 08, 2016 1
ޓޭލާ ސްވިފްޓާއި ޓޮމް ހިޑެލްސްޓަންގެ ލޯބި ނިމުމަކަށް

މީގެ ތިން މަހެއްހާ ދުވަސް ކުރިން ލޯބީގެ ގޮތުން ގުޅުނު އެމެރިކާގެ މަޝްހޫރު ލަވަ ކިއުންތެރިޔާ ޓޭލާ ސްވިފްޓާއި އިނގިރޭސި އެކްޓަރު ޓޮމް ހިޑެލްސްޓަންގެ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2016
ޓޭލާ ސްވިފްޓްގެ މިލިއަން ޑޮލަރުގެ އެހީއެއް

އެމެރިކާގެ ލޫސިއާނާ ސްޓޭޓަށް މިދިޔަ ހަފުތާގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް، މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ޓޭލާ ސްވިިފްޓް އެއް މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.