17 އޮކްޓޯބަރ

October 17, 2019
ޕިކްސެލް 4 ގަންނައިރު ހެޑްފޯނެއް ނުލިބޭ

އައިފޯނުން 3.5އެމްއެމް ހެޑްފޯން ޖެކް އުނިކުރުން ބަޔަކަށް ވީ ބޮޑު މަޖާގަނޑަކަށެވެ. ގޫގުލް ވެސް މި ކަމުގައި ބައިވެރިވެ، މަލާމާތްކޮށް ހެދި އެވެ. އެކަމަކު އަހަރު ނުވަނީސް، ގޫގުލްގެ ޕިކްސެލް ފޯނުތަކުން ހެޑްފޯން ޖެކް އުވާލި އެވެ. ގޫގުލުން މިހާރު އަނެއްކާ ވެސް އެ އަށް ވުރެ މޮޅު ކަމެއް ކޮށްގެން އުޅޭ ކަމަށް އެބަ ބުނެވެ އެވެ.

16 އޮކްޓޯބަރ

October 16, 2019
ހާލީ-ޑޭވިޑްސަންގެ އިލެކްޓްރިކް ސައިކަލް "ހުއްޓިއްޖެ"

އެމެރިކާގެ ކުންފުނި ހާލީ-ޑޭވިޑްސަން އިން އަލަށް އުފައްދަން ފެށި އިލެކްޓްރިކް ސައިކަލްގެ ޗާޖިން ސިސްޓަމްގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިގެން، އޭގެ މަސައްކަތްތައް ވަގުތީ ހުއްޓާލައިފި އެވެ.

15 އޮކްޓޯބަރ

October 15, 2019
ޑިމާންޑް ބޮޑުވުމުން އައިފޯން 11 އިތުރަށް އުފައްދަނީ

އެޕަލް އިން އަންދާޒާކުރި ވަރަށް ވުރެ އައިފޯން 11ގެ ޑިމާންޑް އިތުރުވުމުން، މި މަރުކާގެ ފޯނުތަކުގެ ސަޕްލައި 10 ޕަސެންޓް އިތުރުކުރަން ސަޕްލަޔަރުންނަށް އަންގައިފި އެވެ.

October 15, 2019
5ޖީ އައިފޯނެއް އަދި ތިން އަހަރު ފަހުން

އެޕަލް އަށް އަމިއްލަ 5ޖީ އުފެއްދޭނެ ކަމަށް ބެލެވެނީ އަދި ތިން އަހަރު ފަހުންނެވެ. މިއީ އަމިއްލަ އަށް ޑިޒައިންކޮށް، ބަޔަކު ލައްވައި 5ޖީ މޯޑެމްއެއް އުފައްދަން ނަގާނެ ކަމަށް ބެލެވޭ...

14 އޮކްޓޯބަރ

October 14, 2019
ފޭސްބުކްގެ ފައިސާ އަށް ކުންފުނިތައް ދެކޮޅު

މަރުކަޒީ ބޭންކްތަކުން ޑިޖިޓަލް ފައިސާއާ މެދު ވަނީ ވިސްނަން ޖެހިފަ އެވެ. އެހެން ނޫން ނަމަ، އަމިއްލަ ފައިމައްޗަށް ތެދުވެވިފައި ތިބި ކޮންމެ ކުންފުންޏަކުން ޑިޖިޓަލް ފައިސާއެއް އުފައްދަން ބޭނުންވެދާނެ އެވެ. ފޭސްބުކް ވެސް އުޅެނީ މި މަސައްކަތުގައި އަވަދިނެތި އެވެ.

13 އޮކްޓޯބަރ

October 13, 2019
ހޮންކޮންގު މުޒާހަރާ އެޕް ގޫގުލް ސްޓޯރުން ނަގައިފި

ޗައިނާއާ ދެކޮޅަށް ހޮންކޮންގުގައި ކުރާ މުޒާހަރާތަކަށް ހިތްވަރު ލިބޭ ގޮތަށް ތައްޔާރުކުރި މޮބައިލް ގޭމެއް ގޫގުލް ސްޓްރުން ނަގައިފި އެވެ.

October 13, 2019
ލޯފަން މީހުންނަށް ގޫގުލް މެޕުން އެހީއެއް

ލޯފަން މީހުންނަށް ފަސޭހަ އިން ބޭނުންކުރެވޭ ގޮތަށް ގޫގުލް މެޕުން އަޑުން މިސްރާބު އަންގައިދޭ ފީޗާއެއް އިތުރުކޮށް ބޭނުންކުރަން ފަށއިފި އެވެ.

11 އޮކްޓޯބަރ

October 11, 2019
އަޑު ނީވޭ މީހުންނަށް މިއުޒިކް އިހުސާސްކޮށްދޭ ޖެކެޓެއް

އިވުމުން މަހުރޫމުވެފައިވާ މީހުންނަށް މިއުޒިކްގެ އަޑު އިހުސާސްކޮށްދޭ ޖެކެޓެއް އީޖާދުކޮށްފި އެވެ.

10 އޮކްޓޯބަރ

October 10, 2019 2
ޕްލޭސްޓޭޝަން 5 އަންނަ އަހަރުގެ ފަހުކޮޅު ނެރެނީ

ޕްލޭސްޓޭޝަނުގެ އަހުލުވެރިންނަށް އޮތީ އުފާވެރި ޚަބަރެކެވެ. ސޮނީން މިހާރު މި ވަނީ ޕްލޭސްޓޭޝަން 5 އަންނަ އަހަރު ގެނެސްދޭނެކަން ޔަގީންކޮށް ދީފަ އެވެ. އެ ކުންފުނިން ބުނިގޮތުގައި ގޭމުން ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ އަދި ކުރީގެ ވާޝަންތަކަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ޕްލޭސްޓޭޝަން 5 ނެރޭނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

October 10, 2019
އެމެޒޯން ކިންޑްލް ކުޑަކުދިންނަށް

ކުޑަކުދިންނާ ގުޅޭ ގޮތަށް، ކިންޑްލްގެ އާ ވައްތަރެއް، އެމެޒޯން އިން އުފައްދައިފި އެވެ. ކިޔުންތެރިކަމާ ގުޅޭ ގޮތުން ދިރާސާކުރާ މީހުން ދެކޭ ގޮތުގައި، ފޮތުގެ ބަދަލުގައި، ކިންޑްލް ކަހަލަ...

October 10, 2019
ގުނަވަންތައް ހަދިޔާކުރަން ހާއްސަ އެޕެއް ލޯންޗްކޮށްފި

ގުނަވަންތަކަށް ބޭނުންޖެހިފައިވާ މީހުންނަށް ގުނަވަންތައް ހަދިޔާކުރަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން ޔޫއޭއީގައި މޮބައިލް އެޕެއް ނެރެފި އެވެ.

09 އޮކްޓޯބަރ

October 09, 2019 5
އިންސްޓަގްރާމް ވެސް އަނދިރިވެއްޖެ

އިންސްޓަގްރާމް އަށް ޑާކް މޯޑް މި އޮތީ އައިސްފަ އެވެ. އެކަމަކު ވެސް، އިންސްޓަގްރާމް އެޕްލިކޭޝަންގެ ތެރެއިން މިކަން ވާކަށް އަދި ނެތެވެ. އިންސްޓްގްރާމް ޑާކް މޯޑަށް ބަދަލުކުރަން އެދޭ ނަމަ ޖެހެނީ، ތިޔަ ގެންގުޅޭ ފޯނު، ޑާކް މޯޑަށް ބަދަލުކޮށްލާށެވެ.

08 އޮކްޓޯބަރ

October 08, 2019
"މަމް އެންޑް ބޭބީ" އެޕް؛ މާބަނޑު މީހުންނަށް ލުޔެއް

މާބަނޑު ދުވަސްވަރު ދިމާވާ ހުރިހާ ހާލަތެއް ދެނެގެވޭ ގޮތަށް ފަރުމާކޮށް މިދިޔަ އަހަރު ޕައިލެޓް ސްކީމެއްގެ ގޮތުގައި ބޭނުންކުރަން ފެށި އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގެ މޮބައިލް އެޕް "މަމް އެންޑް ބޭބީ" އެޕްގެ ކާމިޔާބީ އަށް ފަހު އެ އެޕް ރަސްމީކޮށް ބޭނުންކުރަން ތައްޔާރުވެއްޖެ އެވެ.

October 08, 2019 1
އެޗްޓީސީ އެނބުރި އަންނަނީ؛ ބިރަކަށް ވެދާނެތަ؟

ސްމާޓްފޯން މާކެޓްގައި، އެޗްޓީސީ ވީ ތަނެއް ވެސް ނޭނގެ އެވެ. ސްމާޓްފޯން ޗާޓެއްގައި ފެންނަން ވެސް މިއަދަކު ނެތެވެ. އެހެން ނަމަވެސް، އެޗްޓީސީ އަކީ ބަޔަކު ޖެހިލުންވި ކުންފުންޏެއް...

October 08, 2019
ފޯނުން ޓައިޕްކުރަން މިހާރު ވަރަށް ފަރިތަ، ހަލުވި

ސްމާޓްފޯނާއި ޓެބްލެޓް ފަދަ ވަސީލަތްތައް ބޭނުންކުރާ މީހުންގެ ޓައިޕިން ސްޕީޑް ވަރަށް ބޮޑަށް ހަލުވިވެފައިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2019 1
ގޫގުލް މެޕްސްގައި ފިލައިގެން އުޅެން އިކަގްނީޓޯ މޯޑް

ގޫގުލް މެޕްސް އަށް "އިންކަގްނީޓޯ މޯޑް" ގެނައުމަށް ގޫގުލް އިން ކުރި މަސައްކަތް ކާމިޔާބުކޮށް، އެންޑްރޮއިޑް ފޯނުތަކަށް އެ ފީޗާ ދޫކުރަން ފަށައިފި އެވެ. މިއީ ސެކިއުރިޓީ ފީޗާއެއްގެ ގޮތުގައި، ގޫގުލްގެ އެޕްލިކޭޝަންތަކުގައި ހިމަނަމުން އަންނަ ފަށަލައެކެވެ. އެ ގޮތުގައި، ކްރޯމް އަދި ޔޫޓިއުބް ބޭނުންކުރާ މީހުންނަށް ވެސް މިއީ ހިމާޔަތްވުމަށް...

06 އޮކްޓޯބަރ

October 06, 2019
ވައިން ހަކަތަ އުފައްދަން ޓާބައިން ގުޑި

ތިމާވެއްޓާ ރައްޓެހި ގޮތްގޮތަށް ހަކަތަ އުފައްދައި ބޭނުން ކުރުމަކީ މިހާރު ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން އެންމެ އާންމު ދެ ގޮތަކީ އަވިންނާއި ވައިން ކަރަންޓް އުފެއްދުމެވެ.

05 އޮކްޓޯބަރ

October 05, 2019 6
ރޮބޮޓް ކުއްތާ ވިއްކަން ފަށަނީ

މިއީ ތަންދޮރުބަލައި އަމިއްލަ އަށް ހިނގާބިނގާވެ އުޅެން ދަންނަ ރޮބޮޓް ކުއްތާއެކެވެ. ނަމަކީ "ސްޕޮޓް" އެވެ. އުފެއްދީ ބޮސްޓަން ޑައިނަމިކްސް އިންނެވެ.

04 އޮކްޓޯބަރ

October 04, 2019
ވަޓްސްއެޕް މެސެޖު ވެސް އަމިއްލަ އަށް ފޮހެވޭ ގޮތަށް

ގިނަ ބަޔަކު މިހާރު ބޭނުންކުރާ ސޯޝަލް ޕްލެޓްފޯމް ވަޓްސްއެޕުން ފޮނުވާ މެސެޖްތައް ވެސް އަމިއްލަ އަށް ފޮހެވޭ ފީޗާއެއް ޓެސްޓްކުރަން ފަށައިފި އެވެ.

03 އޮކްޓޯބަރ

October 03, 2019 2
ކޯރަކަށް ވެއްޓުނު އައިފޯން 15 މަސް ފަހުން ވެސް ބަރާބަރު

މީގެ 15 މަސް ދުވަސް ކުރިން ކޯރަކަށް ވެއްޓުނު އައިފޯނެއް ބޭނުންކުރެވޭ ހާލަތުގައި އޮންނަ ވީޑިއޯއެއް އާންމުވުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

02 އޮކްޓޯބަރ

October 02, 2019 1
އިންސާނުން މާސް އަށް އުފުލާ ރޮކެޓް

އެހެރަ ފެންނަނީ ކޮޅަށް ޖަހާފައި ހުރި ރޮކެޓެކެވެ. ކިޔަނީ "ސްޓާޝިޕް" އެވެ. އުފައްދަނީ "ސްޕޭސްއެކްސް"އޭ ކިޔާ އެމެރިކާ ކުންފުންޏަކުންނެވެ. ބޭނުމަކީ ހަނދަށް އަދި މާސްް އަށް އިންސާނުން އުފުލުމެވެ.

01 އޮކްޓޯބަރ

October 01, 2019
ނާސާ އިން "ޓްރާންފޯމާ" ރޮބޮޓެއް ޓައިޓަން އަށް

އަހަރެމެންގެ އިރުގެ ނިޒާމުގައި، ސެޓާން އަކީ ހަ ވަނަ ޕްލެނެޓް އެވެ. ސެޓާން ވަށައިގެން 62 ހަނދު އެނބުރޭ ކަމަށް ވެ އެވެ. މި އަދަދު އަދި އިތުރުވެދާނެ ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ....

October 01, 2019
ވިއެޓްނާމްގައި ފެކްޓަރީއެއް ހަދާކަށް ނޫޅެން: ސެމްސަންގް

ވިއެޓްނާމްގައި މިހާތަނަށް އެންމެ ބޮޑު އިންވެސްޓެއްކޮށްފައިވާ ބޭރުގެ ކުންފުނި ދެކުނު ކޮރެއާގެ ސެމްސަންގްގެ ވިޔަފާރި އެ ގައުމުގައި ފުޅާކުރަން އިތުރު ފެކްޓްރީއެއް ތަރައްގީކުރަން...

30 ސެޕްޓެމްބަރ

September 30, 2019
ވެނެޒުއެލާ އިން ބިޓްކޮއިން ބޭނުންކޮށްފާނެ

ވެނެޒުއެލާގެ ގައުމީ ތެޔޮ ކުންފުނި، "ޕެޓްރޯލިއޯޒް ޑީ ވެނެޒުއެލާ" އިން ބިޓްކޮއިން ބޭނުންކުރަން އުޅޭ ކަމަށް އެބަ ވާހަކަ ދެކެވެ އެވެ. ބްލޫމްބާގް ބުނާ ގޮތުގައި، "ކްރިޕްޓޮކަރަންސީ" ނިޒާމެއް ހިންގޭ ފެންވަރު، އެ ކުންފުނީގެ ސާވާތަކުގައި ހުރިތޯ، ތެޔޮ ކުންފުނިން އަންނަނީ ބަލައި ޓެސްޓްކުރަމުންނެވެ.

29 ސެޕްޓެމްބަރ

September 29, 2019
ޔޫއޭއީގެ އެސްޓްރޮނޯޓަކު އައިއެސްއެސްގައި

ޖައްވުގައި ޝާމިލްވުމަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ކުރާ މަސައްކަތުގައި، އެސްޓްރޮނޯޓަކު ފަޒާ އަށް ފޮނުވައިފި އެވެ. އެއީ ހައްޒާ އަލީ މަންސޫރީ އެވެ. އޭނާ މި ވަގުތު ހުރީ...

September 29, 2019
އަރާމުކުރަން ވަގުތު ނުވާ މައިގަނޑު ސަބަބަކީ ސްމާޓްފޯން

އަތުގައި އޮންނަ ސްމާޓްފޯނާ ހެދި މިހާރު ގިނަ ބަޔަކަށް އަމިއްލަ ނަފުސަށް ހިތްހަމަޖެހޭ އަރާމު ވަގުތުކޮޅެއް ހޭދަކޮށްލާނެ ވަގުތެއް ލިބެނީ ވަރަށް މަދުން ކަމަށް އާ ދިރާސާއެއްގައި ބުނެފި...

28 ސެޕްޓެމްބަރ

September 28, 2019
އަލީބާބާ އިން އަމިއްލަ "އޭއައި" ޗިޕެއް ދައްކާލައިފި

އަމިއްލަ ޓެކްނޮލޮޖީގައި "އޭއައި" ޗިޕެއް އެންމެ ފުރަތަމަ އުފެއްދި ޗައިނާ ކުންފުންޏަކީ ވާވޭ އެވެ. ނަމަވެސް، ޗައިނާގައި "އޭއައި" ޗިޕް އަމިއްލަ އަށް އުފައްދަން ދަންނަ ހަމަ އެކަނި ކުންފުންޏަކީ ވާވޭއެއް ނޫނެވެ. މި ލިސްޓްގައި އަލީބާބާ ވެސް ހިމެނިއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2019 15
އައިއޯއެސް 13 އަށް ދިވެހި ކީބޯޑް

އެޕަލްގެ ޑިވައިސްތަކުން ތާނަ ލިޔަން އުނދަގުލުގައި އުޅޭތާ ކިތަންމެ ދުވަހަކެވެ. އެކަމަކު މި މަހު ރިލީޒްކުރި އައިއޯއެސް 13 އާ އެކު އައިފޯނުތަކުން މިހާރު ފަސޭހަކަމާ އެކު ތާނަ ލިޔަންވީ...

September 27, 2019 1
އިނގިރޭސި ވިލާތުން އޮސްޓްރޭލިއާ އަށް ދާން 4 ގަޑިއިރު

މިހާރު ޓެސްޓްކުރަމުން އަންނަ ސިނަޖެޓިކް އެއާ ބްރީތިން ރޮކެޓް އިންޖީނު (ސޭބަ) ގެ އެހީގައި، ކުރިއަށް އޮތް ތަނުގައި، މަތިންދާބޯޓްގައި އިނގިރޭސި ވިލާތުން އޮސްޓްރޭލިއާ އަށް ކުރާ...