09 ޖުލައި

July 09, 2020 1
އުރީދޫ ފިކްސްޑް ބްރޯޑްބޭންޑް މާމެންދުއަށް ތައާރަފުކޮށްފި

އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ލ. މާމެންދޫ އަށް ތައާރަފުކޮށްފި އެވެ.

02 ޖުލައި

July 02, 2020 2
ދިރާގު ޕްލޭ އަށް ސޮނީގެ ޗެނަލްތައް

ދިރާގުން ތައާރަފުކުރި މުނިފޫހިފިލުވުމުގެ އެޕްލިކޭޝަން "ދިރާގު ޕްލޭ" މެދުވެރިކޮށް ސޮނީގެ ޗެނަލްތައް ބަލައިލެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

23 ޖޫން

June 23, 2020 3
އުރީދޫގެ މަގޭ ޕްލޭނުން ހާއްސަ އޮފާތަކެއް

އުރީދޫގެ މަގޭ ޕްލޭން ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

21 ޖޫން

June 21, 2020 8
ސެޓެލައިޓްތަކަށް ހަމަލާދީފާނެތީ ޕެންޓަގަން ބިރުން

އެމެރިކާ ގަބޫލުކުރާ ގޮތުގައި ބާރުގަދަ ކޮންމެ އެއްޗެއް ހުންނަންޖެހޭނީ ހަމައެކަނި އެ ގައުމުގަ އެވެ. އެއީ ނިއުކްލިއާ ހަތިޔާރު ކަމަށް ވި ނަމަވެސް އެވެ. އެހެން ގައުމެއްގައި ހުރެއްޖެ ނަމަ، އެއީ ބިރުވެރިކަމެކެވެ. ޚާއްސަކޮށް ރަޝިއާ އަދި ޗައިނާގައި ހުރެއްޖެ ނަމަ އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެކެވެ.

18 ޖޫން

June 18, 2020
އެމެރިކާ އިން ވާވޭ އަށް ކުޑަ ލުޔެއް

އެމެރިކާ އިން ޗައިނާ އަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަކީ ހަސަދަވެރިކަން ނޫން އެހެން ކަމެއް ނޫނޭ ބުނާ ވަރަށް ހެކި ފެންނަން އެބަހުއްޓެވެ. ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތުގައި، ޗައިނާގެ ވާވޭ ޓެކްނޮޖީޒްގެ އަޑު ނުހަނު ގަދަވެފައި ވަނިކޮށް، އެ ކުންފުންނަށް ދަތިކުރަން ކުރާ މަސައްކަތްތައް ވާނީ ފަނާކުރަނިވި ކަމެއް ކަމަށް، ތަންދޮރު...

06 ޖޫން

June 06, 2020 16
ރާއްޖެ-އިންޑިއާއާ ދެމެދު އާ ކޭބަލެއް އަޅާނެ: މަލީހް

މުއާސަލާތީ ހިދުމަތް ދިނުމުގެ ބޭނުމަށް ރާއްޖެ އާއި އިންޑިއާއާ ދެމެދު މިހާރު އަޅާފައިވާ ސަބްމެރިން ކޭބަލް މިހާރު ވަނީ އައުޓްޑޭޓް ވެފައި ކަމަށާއި އެހެންވެ އާ ކޭބަލެއް އަޅާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިއަދު ވިދާޅުވެއްޖެ އެވެ.

04 ޖޫން

June 04, 2020 1
ތިން ރަށެއްގައި އުރީދޫގެ ޑިޖިޓަލް ސެންޓަރުތަކެއް

ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫގައި އުރީދޫގެ ސެލްފް ސާވިސް ޑިޖިޓަލް ސެންޓަރުތަކެއް ހުޅުވައިފި އެވެ.

02 ޖޫން

June 02, 2020 6
5ޖީން ޗައިނާ ބާކީކޮށްލަން 10 ގައުމެއްގެ އިއްތިހާދެއް

ޗައިނާގެ ކުންފުންޏަކުން ހިންދެމިލައި ނޭވާއެއް ލުމަކީ ވެސް އެމެރިކާ އަށް ބޮޑު ހިތްދަތިކަމަކަށް މި އޮތީ ވެފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް ފިތި ޗިސްވަމުން ދަނީ ވާވޭ އެވެ.

28 މެއި

May 28, 2020
އިންޑިއާ އަށް 5ޖީ ލިބޭނީ އަންނަ އަހަރު

އަންނަ އަހަރުގެ ތެރޭގައި އިންޑިއާ އަށް 5ޖީ ތައާރަފުކުރާނެ ކަމަށާއި އެކަމާ ގުޅޭ ތައްޔާރީތައް މިހާރު ވެސް ވަމުން އަންނަ އިންޑިއާގެ ސްޕޭސް ކުންފުނި ވެސްޓާ ސްޕޭސް ޓެކްނޮލޮޖީން އަންގާރަ ދުވަހު ބުނެފި އެވެ.

17 މެއި

May 17, 2020 55
މުވާސަލާތީ ހިދުމަތުގެ ފެންވަރު ރަނގަޅު: މަލީހް

ކޮވިޑް-19 އާ ގުޅިގެން މުވާސަލާތީ ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކަމަށް، ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

13 މެއި

May 13, 2020 2
އުރީދޫ ވީޑިއޯއިން ގުޅުން ބަދަހިކުރުމާގުޅޭ ރީތި މެސެޖެއް

މި އަހަރުގެ ރޯދަ މަހަކީ ދުނިޔޭގެ ހުރިހާ ގައުމުތަކަށް ވެސް އެންމެ ތަފާތު ރޯދަ މަހަކަށް ވާނެ އެވެ. ކޮވިޑް-19ގެ ސަބަބުން އާއިލާ މީހުންނާއި ރައްޓެހިންނާ ދުރުގައި، ގޭގައި ތިބެން ޖެހިފައިވާ މި ދަނޑިވަޅު އާއިލީ ގުޅުން ކުރިއަށް ވުރެ ބަދަހި ކުރުން މިވަނީ މުހިންމުވެފަ އެވެ.

10 މެއި

May 10, 2020 23
އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހެދުމުގެ ވަގުތު

ދައުލަތް ހިންގައި، ވަޒީފާ އަދާކޮށް، ވިޔަފާރި މުއާމަލާތްތައް މިއަދު ހިންގަނީ އިންޓަނެޓް މެދުވެރިކޮށެވެ. އާއިލީ ގުޅުންތައް ދެމެހެއްޓުމަށާއި ކުދިންނަށް ކިޔަވައިދިނުމުގެ މެދުވެރިޔަކީ އިންޓަނެޓެވެ. ޚަބަރާއި މައުލޫމާތު ގެނެސްދީ، މުނިފޫހިފިލުވައި، ދީނީ ނަސޭހަތާއި، އަޚުލާގީ ފިލާވަޅުތައް ފޯރުކޮށްދެނީ އިންޓަނެޓްގެ ޒަރީއާއިންނެވެ.

24 އެޕްރީލް

April 24, 2020 9
އުރީދޫން ރޯދަ އަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ދެމުން އަންނަ އުރީދޫން އެ ކުންފުނީގެ ކަސްޓަމަރުންނަށް ރޯދައަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފުކޮށްފި އެވެ.

23 އެޕްރީލް

April 23, 2020 2
ފޭސްބުކުން ޖިއޯގެ ހިއްސާ 5.7 ބިލިއަނަށް ގަނެފި

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯގެ 9.99 ޕަސެންޓް ހިއްސާ މާކް ޒަކަބާކްގެ ފޭސްބުކަށް 5.7 ބިލިއަން ޑޮލަަރަށް ވިއްކާލައިފި އެވެ.

22 އެޕްރީލް

April 22, 2020 2
ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި

ކޮވިޑް-19 އާ ގުޅިގެން ދިރާގު ރޯޑް ރޭސް އަންނަ އަހަރަށް ފަސްކޮށްފި އެވެ.

April 22, 2020 24
އުރީދޫގެ ކަސްޓަމަރުންނަށް 35ރ. އަށް 1ޖީބީ ޑޭޓާ

މި ރޯދަ މަހާ ދިމާކޮށް، އުރީދޫގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް 35ރ. އަށް އެއް ޖީބީ ޑޭޓާ އާއި އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލް ކުރެވޭ "ޑެއިލީ ކޮމްބޯ" އެއް ތައާރަފު ކޮށްފި އެވެ.

11 އެޕްރީލް

April 11, 2020 16
ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ގެނެސްދެނީ

މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި މަޝްހޫރު އިންޑިއާހެ ކޮންޓެންޓް ޕްރޮވައިޑަރެއް ކަމަށްވާ "ޝެމަރޫ އެންޓަޓެއިންމެންޓް ލިމިޓެޑް" އާ ގުޅިގެން ދިރާގު ޓީވީން އިންޑިއާގެ މަޝްހޫރު ފިލްމުތައް ދައްކަން ފަށައިފި އެވެ.

02 އެޕްރީލް

April 02, 2020
ދިރާގު ޕޭ ކަސްޓަމަރުންނަށް ބޮޑެތި އޮފާތަކެއް ދެނީ

ދިރާގު ޕޭ މެދުވެރިކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ދޭން ނިންމައިފި އެވެ.

27 މާޗް

March 27, 2020
ޗައިނާގައި 5ޖީ ނެޓްވޯކް ފުޅާކުރަނީ

ޗައިނާ ޓެލެކޮމް އިން 75،000 5ޖީ ބޭސް ސްޓޭޝަނުން ޚިދުމަތްދޭން ފަށައިފި އެވެ. ޗައިނާ ޓެލެކޮމް އަކީ، ޗައިނާގައި ވަރަށް ފުޅާ ދާއިރާއެއްގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭން ކުންފުންޏެކެވެ. ޗައިނާ ޓެލެކޮމް އިން ރާވާފައި ވަނީ، މި އަހަރު ނިމުމުގެ ކުރިން 300،000 5ޖީ ބޭސް ސްޓޭޝަން ކޮޅަށް ޖަހައި، ޚިދުމަތަށް ނެރެވޭ ވަރު ކުރުމަށެވެ.

26 މާޗް

March 26, 2020
ރިލަޔަންސް ޖިއޯގެ ހިއްސާ ފޭސްބުކުން ގަންނަނީ

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބަނީގެ މުއާސަލާތީ ކުންފުނި ރިލަޔަންސް ޖިއޯގެ ހިއްސާ ގަންނަން މާކް ޒަކަބާގްގެ ފޭސްބުކުން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

25 މާޗް

March 25, 2020 25
435 ފަރާތަކަށް ގޭގައި މަސައްކަތް ކުރެވޭނެ:މިނިސްޓްރީ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަަވަޅެއްގެ ގޮތުގައި ސަރުކާރުގެ އޮފީސްތައް ބަންދުކުރި ނަމަވެސް ރައްޔިތުން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް ބުރޫއެރިޔަ ނުދޭން، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް 435 މުވައްޒަފަކަށް ހަމަޖައްސައިދީފައިވާ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.