11 ޖޫން

June 11, 2019
އަނިޔާގެ ސަބަބުން ނަފްސާނީ މައްސަލަ ކުރިމަތިވި: ނަޑާލް

ޕެރިސް (ޖޫން 11) - ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވުމުން ބައެއް ފަހަރު ނަފްސާނީ ގޮތުން ބިރުގަތުން (އެންޒައިޓީ) ކުރިމަތިވެ ފަރުވާ ހޯދި ކަމަށް ދާދި ފަހުން 12 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކުރި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ބުނެފި އެވެ.

20 މެއި

May 20, 2019 1
ފުރަތަމަ ތަށްޓާ އެކު ނަޑާލަށް ހަމަނޭވައެއް

ރޯމް، އިޓަލީ (މެއި 20) - އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ އެއް ވަނަ ނޯވަކް ޖޮކޮވިޗް ބަލިކޮށް ސްޕެއިނުގެ ތަރި ރަފައެލް ނަޑާލް މި ފަހަރުގެ ޓެނިސް ސީޒަނުގެ ފުރަތަމަ ތަށި ހާސިލްކޮށްފި އެވެ.

10 މެއި

May 10, 2019
ދުނިޔޭގެ އެއް ވަނައިގެ ޕްރެޝަރު މާ ބޮޑު: ނައޯމީ

މެޑްރިޑް (މެއި 10) - ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގައި މުބާރާތްތަކުގައި ވާދަކުރާއިރު އޮންނަ ޕްރެޝަރު ވަރަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ކުޅުމަށް އަސަރުކުރާ ކަމަށް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއް ވަނައިގައި މި ވަގުތު އޮތް ޖަޕާނުގެ ނައޯމީ އޮސާކާ ބުނެފި އެވެ.

01 އެޕްރީލް

April 01, 2019
101 ވަނަ ތަށި: ފެޑެރާ ހުއްޓުމެއް ނެތް!

މިއާމީ، ޔުނައިޓެޑް ސްޓޭޓްސް (އޭޕްރީލް 1) - މިއާމީ އޯޕަން ޓެނިސް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޖޯން އިސްނާގެ މައްޗަށް ފަސޭހަކަމާ އެކު ކުރިހޯދުމަށް ފަހު ރޮޖާ ފެޑެރާ، އޭނާގެ ކެރިއަރުގެ 101 ވަނަ އޭޓީޕީ މުބާރާތް ކާމިޔާބުކޮށްފި އެވެ.

05 މާޗް

March 05, 2019 2
ސަތޭކަ ވަނަ ތަށްޓާ އެކު ފެޑެރާ އަށް ތައުރީފު އޮހެނީ

ދުބާއީ، ޔޫއޭއީ (މާޗް 5) - ދާދި ފަހުން ނިމުނު ދުބާއީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ކެރިއަރުގައި 100 ތަށި ހަމަކުރި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އަށް ގިނަ ބަަޔަކު ތައުރީފުކޮށްފި އެވެ.

29 ޖެނުއަރީ

January 29, 2019 1
ކުޅެން ފެށީ ފޫހިފިލުވަން، މިހާރު ދުނިޔޭގެ އެއް ވަނަ!

ސެރީނާ ވިލިއަމްސް އާއި ވީނަސް ވިލިއަމްސް 1999 ވަނަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރި މެޗު ބަލަން ޓީވީ ކައިރީގައި ހުރި، ހައިޓީ އަށް އުފަން ލިއޮނާޑް ފްރަންކޮއިސް ބޭނުންވީ އޭނާގެ ދެ އަންހެން ކުދިންގެ ތެރެއިން އެކަކު ޓެނިސް ދުނިޔެ އަށް ދޫކޮށްލާށެވެ. އެކަމަށް އަޒުމުކަނޑައަޅައި އެކި ގޮތްގޮތުން އޭނާގެ ދެ ދަރިންނަށް...

25 ޖެނުއަރީ

January 25, 2019
ނަޑާލް ތަފާތު، ސިޓްސިޕާސްގެ ހުވަފެން ނިމުމަކަށް!

މެލްބަން (ޖެނުއަރީ 25) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ހުވަފެނީ ކާމިޔާބުތަކެއް ހޯދަމުން އައި ޒުވާން ޓެނިސް ކުޅުންތެރިއާ ސްޓެފަނޯސް ސިޓްސިޕާސް ބަލިކުރުމަށް ފަހު އާދަޔާހިލާފު ފޯމެއްގައި ހުރި ސްޕެއިނުގެ ރަފައެލް ނަޑާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

23 ޖެނުއަރީ

January 23, 2019 2
ފެޑެރާ ބަލިކުރެވުނަސް ސިޓްސިޕާސް ހުރީ ހަމަބިމުގައި

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 23) - އޮސްޓްރޭލިން އޯޕަން ސެމީ ފައިނަލުން ފުރުސަތު ލިބުނުއިރު އެންމެ ބޮޑު ކާމިޔާބީ އަކީ ރޮޖާ ފެޑެރާ އަތުން ހޯދި މޮޅު ކަމަށާއި އެކަމަކު ކުރިއަށް އޮތް...

January 23, 2019
ޓެނިސް ތަރި ސާނިއާގެ ވާހަކަ ވެސް ބޮޑު ސްކްރީނަށް

އިންޑިއާގެ މަޝްހޫރު ޓެނިސް ތަރި ސާނިއާ މިރްޒާގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދަން ނިންމައިފި އެވެ.

18 ޖެނުއަރީ

January 18, 2019
ހެޔޮއެދޭ މީހުންގެ މެސެޖުތަކުން މަރޭ އަށް ހިތްވަރު!

ލަންޑަން (ޖެނުއަރީ 18) - އުނގަނޑަށް ލިބިފައިވާ އަނިޔާއާ ހެދި ކުޅުން ހުއްޓާލުމާ މެދު ފުންކޮށް ވިސްނަމުން އަންނަ ހުނަރުވެރި ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ އަނިޔާއިން ރަނގަޅުވެ، އަލުން ކުޅުމަށް އެނބުރި އައުމަށް އެދި ހެޔޮ އެދޭ މީހުން ކުރަމުން އަންނަ މެސެޖުތަކުގެ ސަބަބުން އޭނާ އަށް ހިތްވަރު ލިބެމުން އަންނަ ކަމަށް ބުނެފި އެވެ.

11 ޖެނުއަރީ

January 11, 2019
އަނިޔާގެ ސަބަބުން މަރޭ ކުޅުން ހުއްޓާލަނީ

މެލްބަން (ޖެނުއަރީ 11) - އަނިޔާގެ ސަބަބުން ވަރަށް އަވަހަށް ކުޅުން ހުއްޓާލަން ޖެހިދާނެ ކަމަށް އިނގިރޭސި މަޝްހޫރު ޓެނިސް ކުޅުންތެރިއާ އެންޑީ މަރޭ ބުނެފި އެވެ.

19 ނޮވެމްބަރ

November 19, 2018 1
ޓެނިހުގެ އާ ތަރި: "މިހިރީ ހަމަބިމުގައި"

ލަންޑަން (ނޮވެމްބަރު 19) - އޭޓީޕީ ފައިނަލްސްގައި އިއްޔެ ދުނިޔޭގެ އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް އަތުން ހޯދި ބޮޑު މޮޅާ އެކު މުބާރާތުގެ ތަށި އުފުލާލެވުނަސް އޭނާ ހުރީ ހަމަބިމުގައި ކަމަށް ޒުވާން ޓެނިސް ކުޅުންތެރިޔާ އަލެކްސަންޑަ ޒްވީރެވް ބުނެފި އެވެ.

09 ނޮވެމްބަރ

November 09, 2018
ދެ އަހަރު ތެރޭ ނަޑާލް ފަސް ވަަނަ އޮޕަރޭޝަންކުރަނީ

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ދެން ނުކުޅޭނެކަން އިއުލާންކޮށްފައިވާ ސްޕެއިނުގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ދެ އަހަރު ތެރޭ ފަސް ވަނަ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2018
ސެރީނާގެ މައްސަލައިގައި ފެޑެރާގެ ތަފާތު ހިޔާލެއް

ޕެރިސް (ނޮވެމްބަރު 5) - ސެޕްޓެމްބަރު މަހު އޮތް ޔޫއެސް އޯޕަން ފައިނަލުގައި މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސެރީނާ ވިލިއަމްސް އާއި އެ މެޗުގެ އަމްޕަޔަރު ކާލޮސް ރާމޮސްއާ ޖެހުނު މައްސަަލައިގައި ސެރީނާ ކަންތައް ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ތަޖުރިބާކާރު ޓެނިސް ކުޅުންތެރިއާ ރޮޖާ ފެޑެރާ ބުނެފި އެވެ.

15 އޮކްޓޯބަރ

October 15, 2018
ޝަންހާއީ ތަށި ކާމިޔާބުކޮށް ޖޮކޮވިޗްގެ ހާއްސަ އަމާޒެއް

ޝަންހާއީ، ޗައިނާ (އޮކްޓޫބަރު 15) - ޝަންހާއީ މާސްޓާސް ތަށި އުފުލާލުމަށް ފަހު މިހާރު އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އަލުން އެރުން ކަމަށް ސާބިއާގެ ހުނަރުވެރި ޓެނިސް ކުޅުންތެރިއާ ނޮވަކް ޖޮކޮވިޗް ބުނެފި އެވެ.

03 ޖޫން

June 03, 2018
ސެރީނާ ވިލިއަމްސް ފެޝަން ލައިނެއް ލޯންޗްކޮށްފި

އަލަތު ދަރިފުޅު އޮލިމްޕިއާ އަށް ނުވަ މަސްވީ އިރު، މަޝްހޫރު ޓެނިސް ތަރި ސެރީނާ ވިލިއަމްސް މިހާރު ހުރީ އަލުން ޓެނިސް ކޯޓަށް ނުކުމެ އެވެ. އުމުރުން 36 އަހަރުގެ ޓެނިސް ޗެމްޕިއަން ވަނީ މަޔަކަށްވީ ފަހުން، އިހަކަށް ދުވަހު ފުރަތަމަ ގްރޭންޑް ސްލޭމް ވެސް ކާމިޔާބުކޮށްފަ އެވެ.

22 އެޕްރީލް

April 22, 2018 1
ކްލޭ ކޯޓުގައި ނަޑާލްގެ ކާމިޔާބަށް ހުއްޓުމެއް ނެތް

މޮނާކޯ، ފްރާންސް (އޭޕްރީލް 22) - ފާއިތުވި 15 ވަރަކަށް އަހަރަށް ބަލާއިރު ކްލޭ ކޯޓުތަކުގައި ކުޅޭ ޓެނިސް މުބާރާތްތަކުގައި އެންމެ ބޮޑު ތަފާތެއް ދެއްކި ކުޅުންތެރިޔަކީ އުމުރުން 31 އަހަރުގެ ސްޕެއިން ކުޅުންތެރިޔާ ރަފައެލް ނަޑާލް އެވެ. ފާއިތުވި އަށް މަހަށް ބަލާއިރު ވެސް ނަޑާލް ވަނީ އެ ތަފާތު އަލުން ދައްކައިފަ އެވެ.

20 މާޗް

March 20, 2018 1
"ފެޑެރާ ހުއްޓުވާލެވުމަކީ އާދައިގެ ކަމެއް ނޫން"

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (މާޗް 20) - ޓެނިސް ލެޖެންޑް ރޮޖާ ފެޑެރާ ރަނގަޅު ފޯމެއްގައި ހުއްޓާ އޭނާ ހުއްޓުވާލެވުމަކީ އާދައިގެ ކަމެއް ނޫން ކަމަށް ދާދި ފަހުން އިންޑިއަން ވެލްސް ފައިނަލުގައި ފެޑެރާގެ މައްޗަށް ކުރި ހޯދި އާޖެންޓީނާގެ ހުއާން މާޓިން ޑެލް ޕޮޓްރޯ ބުނެފި އެވެ.

08 ފެބުރުއަރީ

February 08, 2018
ފެޑެރާ ދުނިޔޭގެ އެއް ވަނަ އަށް އަމާޒުހިފައިފި

ޒިއުރިކް، ސްވިޒަލެންޑް (ފެބްރުއަރީ 8) - އަންނަ ހަފްތާގައި ނެދަލެންޑްސްގެ ރޮޓަޑަމްގައި ފަށާ މުބާރާތުގައި ވާދަކުރަން ނިންމައި ތަޖުރިބާކާރު ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާ އަލުން ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އަރަން އަމާޒުހިފައިފި އެވެ.

13 ޖެނުއަރީ

January 13, 2018
ޖޫނިއާ ޓެނިސް ކުޅުންތެރިންގެ ނަތީޖާތައް ރަނގަޅު

ވިއެޓްނާމުގެ ހޯޗިމިން ސިޓީގައި ކުރިއަށްދާ އައިޓީއެފް އޭޝިއާގެ 14 އަހަރުން ދަށުގެ ޓެނިސް ޗެމްޕިއަންޝިޕުގެ ދެ ވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޖޫނިއާ ޓެނިސް ކުޅުންތެރިން ރަނގަޅު ނަތީޖާތަކެއް ނެރެފި އެވެ.

31 އޮކްޓޯބަރ

October 31, 2017 2
ނަޑާލް އެއް ވަނައިގައި، ފެޑެރާ ބޭނުންވީ އަރާމްކުރަން

ބަސެލް، ސްވިޒަލެންޑް (އޮކްޓޯބަރު 31) - މިހާރު ކުރިޔަށްދާ ޕެރިސް މާސްޓާސްގައި ވާދަކޮށް ދުނިޔޭގެ ޓެނިހުގެ ފިރިހެން ބައިގެ ރޭންކިން އެއް ވަނަ އަށް އަރަން ރޮޖާ ފެޑެރާ އަށް ލިބުނު ފުރުސަތު ދޫކޮށްލުމުން އޭނާއާ އެންމެ ވާދަވެރި ކުޅުންތެރިއާ ރަފައެލް ނަޑާލަށް އެއް ވަނައިގައި ސީޒަން ނިންމާލުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.