06 އެޕްރީލް

April 06, 2020 3
ގޭގައި ދުވެލައި، ޓީއެފްޖީ ހޯމް ރަންގައި ބައިވެރިވެލާ

ކޮވިޑް-19 ގެ ނުރައްކާ ކުރިމަތިނުވި ނަމަ، އަންނަ ހުކުރު ދުވަސް ވެގެންދިޔައީހީ ދުވުމަށް ލޯބިކުރާ ދިވެހިންނަށް އަނެއްކާ ވެސް އީދަކަށެވެ. އެއީ ރާއްޖޭގައި ދިގު ރާސްތާ ދުވުމުގެ ފޯރި އާލާކުރުމުގައި ހިއްސާވާ، ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަންގެ މި އަހަރުގެ ދުވުން ބާއްވަން ރޭވި ދުވަހެވެ. ކޮވިޑުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން އެ ދުވުން...

29 ޖެނުއަރީ

January 29, 2019 2
ކޮކާކޯލާ ލޯންގް ރަން އޭޕްރީލް މަހު

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ ހަތް ވަނަ ކޮކާކޯލާ ލޯންގް ރަން އަންނަ އެޕްރީލް މަހު ބާއްވަން ނިންމައިފި އެވެ.

07 އޯގަސްޓް

August 07, 2018 3
ރަން އިން އައްޑޫގެ އެކްސްޕޯ ބުރާސްފަތި، ހުކުރުގައި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ކުރިއަށްގެންދާ ކޮކާކޯލާ "ރަން އިން އައްޑޫ" އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ދެ ދުވަހުގެ މުއްދަތަކަށް ބާއްވާ އެކްސްޕޯ ބުރާސްފަތި އަދި ހުކުރު ދުވަހު އޮންނާނެ އެވެ.

10 ޖުލައި

July 10, 2018
ޓީއެފްޖީގެ "ރަން އިން އައްޑޫ" އޮގަސްޓް 11 ގައި

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ބާއްވާ "ރަން އިން އައްޑޫ" އޮގަސްޓް 11 ވަނަ ދުވަހު ބާއްވަން ތައްޔާރުވެ، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

05 ފެބުރުއަރީ

February 05, 2018
ޓީއެފްޖީ ލޯންގް ރަން: މި ފަހަރު 1500 ޖާގަ!

ޓީއެފްޖީން އޭޕްރިލް 20 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ "ކޮކާކޯލާ ލޯންގް ރަން" ގައި ބައިވެރިވާން 1500 ޖާގަ ހުޅުވާލަން ނިންމައިފި އެވެ.

04 ފެބުރުއަރީ

February 04, 2018
ޓީއެފްޖީގެ މި އަހަރުގެ ލޯންގް ރަން އޭޕްރިލް 20 ގައި

ހުޅުމާލޭގައި އިއްޔެ ހަވީރު ބޭއްވި ހާއްސަ ދުވުމަކުން، ޓީއެފްޖީން މި އަހަރުގެ ލޯންގް ރަން ލޯންޗްކޮށްފި އެވެ.

27 ޖެނުއަރީ

January 27, 2018 5
"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!

ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ "ލޯންގް ރަން" މުޅި ރާއްޖެ އަށް ފުޅާކުރަން އެ ޖިމުން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި، ހިތްގައިމު މާހައުލުތަކުގައި ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ހޯދައިދިނުމެވެ. އެ ސިލްސިލާގެ ދަށުން ލ. އަތޮޅުގައި ބޭއްވި ފުރަތަމަ ރޭސް ކާމިޔާބުކަމާ...

26 ޖެނުއަރީ

January 26, 2018
ރަން އިން ލާމުގެ އެކްސްޕޯ މުކުރިމަގުގައި ފަށައިފި

ޓީއެފްޖީ އިން ލ. އަތޮޅުގައި މާދަމާ ބާއްވާ "ކޮކޯކޯލާ ރަން އިން ލާމު" ގެ އެކްސްޕޯ ފަށައިފި އެވެ.

24 ޖެނުއަރީ

January 24, 2018 2
ޓީއެފްޖީ "ރަން އިން ލާމު": މި ފަހަރު ފޮޓޯއާ މެދު ހާސްވާކަށް ނުޖެހޭނެ!

ރޭހެއްގައި ދުވެ ނިންމާލުމަށް ފަހު ކޮންމެ މީހަކު ވެސް ފުރަތަމަ ބޭނުންވާނީ ފޭސްބުކަށް ނުވަތަ އިންސްޓަގްރަމް ފޮޓޯގަނޑެއް ވައްޓާލަށެވެ. އެކަމަކު ރަނގަޅު ފޮޓޯގަނޑެއް އަތުނުޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޓީއެފްޖީން ލ. އަތޮޅުގައި ހޮނިހިރު ދުވަހު ބާއްވާ "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންނަށް އެ ހާސްކަމެއް ނޯންނާނެ އެވެ....

11 ޖެނުއަރީ

January 11, 2018 3
ޓީއެފްޖީގެ "ރަން އިން ލާމު": ފަސޭހަ ރޫޓެއް

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން މި މަހު 27 ގައި ލ. އަތޮޅުގައި ބާއްވާ "ކޮކާކޯލާ ރަން އިން ލާމު" ދުވުމުގެ ރޭހުގެ ހިތްގައިމު ރޫޓް އާއްމުކޮށްފި އެވެ.

29 ޑިސެމްބަރ

December 29, 2017
ޓީއެފްޖީގެ ލ. އަތޮޅު ރޭހަށް ބޮޑު ތަރުހީބެއް

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އަންނަ މަހުގެ 27 ގައި ލ. އަތޮޅުގައި ބާއްވާ ކޮކާކޯލާ "ރަން އިން ލާމު" ގެ މެރެތަން އަދި ހާފް މެރެތަން ރޭހަށް ބޮޑު ތަރުހީބެއް ލިބި، ޖާގަތައް ފުރިއްޖެ އެވެ.

03 ޑިސެމްބަރ

December 03, 2017 10
ޓީއެފްޖީ ޒިނާން، ދިވެހި ދުވުންތެރިން އާ ހަރުފަތަކަށް

ޓީއެފްޖީއޭ ބުނުމުން ދިވެހިންނަށް އިތުރު ތައާރަފެއް ބޭނުމެއް ނުވާނެ އެވެ. އަދި އެތަން ހިންގާ ހުސައިން ޒިނާން އަކީ ވެސް، ކަސްރަތު ކުރުމުގެ ދާއިރާގައި ދިވެހިންނަށް އާ ނަމަކަށް ނުވާނެ އެވެ. ދައްކަން މިއުޅެނީ ޓީއެފްޖީ ނުވަތަ ޒިނާންގެ ކާމިޔާބީގެ ވާހަކައެއް ނޫނެވެ. ނަމަވެސް ޒިނާން އިސްވެ ހުރެ އެތަނުން ދިވެހި ދުވުންތެރިންނާއި، ކަސްރަތު...

14 ސެޕްޓެމްބަރ

September 14, 2017
"ރަން އިން އައްޑޫ" އަށް ތައްޔާރު!

މާލެ ސަރަހައްދުން ބޭރުގައި، ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް ކަމަށްވާ ޓީއެފްޖީގެ "ކޮކާކޯލާ ރަން އިން އައްޑޫ" ހޮނިހިރު ދުވަހު ހެނދުނު ފަށާއިރު ރޭހާ ގުޅޭ ހާއްސަ ހަރަކާތްތަކެއް މާދަމާ ވެސް އޮންނާނެ އެވެ.

11 ސެޕްޓެމްބަރ

September 11, 2017
ޓައިމިން ޓެކްނޮލޮޖީ: ޓީއެފްޖީން ދުވުންތެރިންނަށް ގެނެސްދިން ހަދިޔާ

ދުވުމަށް ލޯބިކުރާ ދިވެހިންނަށް 2013 ވަނަ އަހަރުގެ ފެބްރުއަރީ 15 ވަނަ ދުވަސް ވެގެންދިޔައީ ވަރަށް ތާރީހީ ދުވަހަކަށެވެ. އެ ދުވަހަކީ ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ނަމަކަށް ކިޔާ ކުޑަ ކުންފުންޏަކުން ރާއްޖޭގެ ދިގު ރާސްތާ ދުވުމުގެ އިވެންޓްތަކަށް އިންގިލާބީ ބަދަލެއް ގެނައި ދުވަހެކެވެ. އެ ދުވަހު ޓީއެފްޖީން ފެށި މަސައްކަތުގެ ހެޔޮ އަސަރު،...

30 އޯގަސްޓް

August 30, 2017
މުއްދަތުގެ ކުރިން މެރެތަން ޖާގަ ފުރިއްޖެ

އައްޑޫ ސިޓީގައި އަންނަ މަހުގެ 16 ވަނަ ދުވަހު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ "ރަން އިން އައްޑޫ" ގެ މެރެތަން ދުވުންތެރިންނަށް ކަނޑައެޅި ޖާގަ މުއްދަތުގެ މާ ކުރިން ފުރިއްޖެ އެވެ.

19 އޯގަސްޓް

August 19, 2017
ކޮކާކޯލާއާ އެކު ރަން އިން އައްޑޫ ލޯންޗްކޮށްފި

އައްޑޫ ސިޓީގައި އަންނަ މަހުގެ 16 ވަނަ ދުވަހު ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން ބާއްވާ "ރަން އިން އައްޑޫ" ދުވުމުގެ ހަރަކާތުގެ މެއިން ސްޕޮންސަރަކަށް ކޮކާކޯލާ ހަމަޖައްސައި އިޖްތިމާއީ ޝިޔާރަކާ އެކު ދުވުން މިއަދު ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

13 އޯގަސްޓް

August 13, 2017 1
ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ސެޕްޓެމްބަރު 16 ވަނަ ދުވަހު ބާއްވާ ރަން އިން އައްޑޫ ދުވުމުގެ ހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ހަ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

30 ޖުލައި

July 30, 2017
ޓީއެފްޖީގެ އައްޑޫ ރޭސް: ހިތްގައިމު، ތަފާތު ރޫޓެއް!

ގުޅިފައިވާ ފަސް ރަށެވެ. އެ ފަސް ރަށް ގުޅުވައިދޭ ޒަމާނީ ލިންކް ރޯޑާއި އޭގެ ތެރެއިން ދެ ރަށެއް ގުޅުވައިދޭ ހިތްގައިމު ކޯޒްވޭއެކެވެ. ޒަމާނީ އެއާޕޯޓަކާއި ފަހުގެ އިމާރާތްކެވެ. އިނގިރޭސިންގެ ޒަމާނުގެ ތާރީހީ ބިނާތަކާއި، އިހުގެ އިމާރާތްތަކެވެ. ހިތްގައިމު ގޮނޑޮދޮށްތަކާއި ގަސްބޯ ވަލެވެ. ރަށްފުށުގެ ދިރިއުޅުމާއި ގުދުރަތީ މަންޒަރުތަކެވެ....

08 ޖޫން

June 08, 2017 5
މިހާރު އެނގިއްޖެ: އަފްއާލްގެ ތަފާތު ސިފަތައް

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން އަހުމަދު އަފްއާލް ހުރި ގޮތް ގިނަ މީހުން މިހާރު ހަނދާން ހުންނާނެ ހެނެއް ހިއެއްނުވެ އެވެ. އޭރު އޭނާގެ ބަރުދަނުގައި 84 ކިލޯ ހުއްޓެވެ. އުޅެނީ ވަރަށް ބަރުހެލިކޮށެވެ. ދުވުމާއި ކަސްރަތުކުރުމަކީ އެއްގޮތަކަށް ވެސް ކޮށް އުޅުނު ކަމެއް ނޫނެވެ.

16 އެޕްރީލް

April 16, 2017 5
ދުވިއިރު އެޅި ކޮންމެ ފިޔަވަޅަކަށް އެހީގެ އަތެއް!

ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވެ، އަދި ކެންސަރު ތަހައްމަލުކުރަމުން އަންނަ ފަރާތްތަކާ އެކު ތިބިކަން އަންގައިދިނުމުގެ ގޮތުން، ޓީއެފްޖީގެ ޓްރެއިނަރު މުހައްމަދު ރުހާމް ކޮކާކޯލާ ލޯންގް ރަންގައި ދުވެގެން ކެންސާ ސޮސައިޓީއަށް ފައިސާ ހަދިޔާކޮށްފި އެވެ.