28 ނޮވެމްބަރ

November 28, 2018 19
ޕީޖީ ބިޝާމް ވަކިކުރަން އަނެއްކާވެސް ހުށަހަޅައިފި

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 32
މެމްބަރު އަމީތާއި އަބްދުﷲ ޖޭޕީ އަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއި ކުރައްވައިފި އެވެ.

23 ނޮވެމްބަރ

November 23, 2018 12
ބިޝާމް ވަކިކުރަން އަލުން ހުށަހަޅާނަން: އަބުޅޯ

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ނެގީ އިތުރު ކަންތައްތަކެއް ހިމަނައި އެ މައްސަލަ އަލުން...

November 23, 2018 22
ޕީޖީ ބިޝާމް ވަކި ކުރުމުގެ މައްސަލަ ނަގައިފި

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު އަނބުރާ ނައިފި އެވެ.

18 ނޮވެމްބަރ

November 18, 2018 27
އިސްތިއުފާ ނުދީފި ނަމަ ޕީޖީ ވަކި ކުރަން ހުށަހަޅަނީ

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން އިސްތިއުފާ ނުދެއްވައިފި ނަމަ، އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިރޭ ވިދާޅުވެއްޖެ އެވެ.

31 އޮކްޓޯބަރ

October 31, 2018 14
ތާރީޚީ ދުވަހެއް! 12 މެމްބަރުން އެކުގައި މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުދޭތާ ދޮޅު އަހަރެއްހާ ފަހުން، މަޖިލީހަށް ވެންނެވުމުގެ ފުރުސަތު، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް މިއަދު ފުރުސަތު ދީފި އެވެ. މިއީ، މަޖިލީހުގެ ތާރީޚުގައި ފާހަގަ ކުރެވޭނެ ދުވަހެކެވެ.

30 އޮކްޓޯބަރ

October 30, 2018 15
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި 12 މެމްބަރަކު މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ކަނޑައެޅުން ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމުން، އެ 12 މެމްބަރުންނަށް ވެސް މަޖިލީހަށް ވަނުމުގެ ފުރުސަތު ތަނަވަސް ވެއްޖެ އެވެ.

29 އޮކްޓޯބަރ

October 29, 2018 2
ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންގެ ތެރެއިން އިތުރު ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް...

October 29, 2018 25
ސައުދުﷲގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ހުކުމް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ގޮތް ސައްހަ ނޫން ކަމަށާއި...

11 އޮކްޓޯބަރ

October 11, 2018 9
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ސުޕްރީމް ކޯޓުގެ އަމުރަކުން ބާތިލްކޮށްފައި ވާތީ، މިހާރު ގަބޫލުކުރަނީ ގޮނޑި ގެއްލުނު ކަމަށް ކުރިން ނިންމާފައި އޮތް ގޮތަށް ކަމަށް އެ ކޮމިޝަންގެ ވަކީލުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.

09 އޮކްޓޯބަރ

October 09, 2018 7
ސިނާނާއި އަބްޅޯގެ ގޮނޑީގެ މައްސަލަ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ތިބި އިދިކޮޅު އަށް މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ތާވަލް ކޮށްފި އެވެ.

11 ސެޕްޓެމްބަރ

September 11, 2018 30
"ރައީސް ޔާމީން ހިންގެވީ ޖަރީމާއެއް، މާފެއް ނެތް"

ރައްޔިތުންގެ މަޖިލިހުގެ 13 މެމްބަރެއްގެ ގޮނޑި ގެއްލުވައިލަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އިއުތިރާފްވެވަޑައިގަތުމަކީ ހިންގެވީ ޖަރީމާއެއް ކަމަށާއި އެކަމަށް މާފު ވެސް ކުރެވެން ނޯންނާނެ ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

19 އޯގަސްޓް

August 19, 2018 7
ޕީޕީއެމާ ގުޅުމުގެ ވިސްނުމެއް ނެތް: އަބުޅޯ،ސައުދު

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ރައްޔިތުންނާ މެދު އަމަލުކުރާ ގޮތް ތަޖުރިބާ ކުރެއްވިފައިވާ ކަމަށާއި އެހެންވެ އަނބުރާ އެ ޕާޓީއަށް ގުޅިވަޑައިގަތުމުގެ ވިސްނުމެއް ނެތް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގދ. ތިނަދޫ ދެ މެމްބަރުން ކަމަށްވާ އަބްދުﷲ އަހުމަދު (އަބުޅޯ) އަދި...

18 އޯގަސްޓް

August 18, 2018 26
ޝަހީމްގެ ދައުވަތު އަބުޅޯއަށާއި ސައުދަށް

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގދ. ތިނަދޫ ދެ މެމްބަރުން ކަމަށްވާ އަބްދުﷲ އަހުމަދު (އަބުޅޯ) ސައުދުﷲ ހިލްމީ އަލުން ޕީޕީއެމާ ގުޅިވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ދައުވަތު ދެއްވައިފި އެވެ.

07 އޯގަސްޓް

August 07, 2018 2
މެމްބަރު އަމީތާއި އަބުޅޯ ދޫކޮށްލައިފި

ގދ. ގައްދޫން މިއަދު ހައްޔަރުކުރި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

August 07, 2018 10
އަމީތާއި އަބުޅޯ ގައްދޫން ހައްޔަރުކޮށްފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ގދ. ގައްދު އަށް ވަޑައިގެން އުޅުއްވަނިކޮށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ...

26 ނޮވެމްބަރ

November 26, 2017 43
ތިނަދޫ ދެ މީހަކު ތިބީ ގައުމަށް ޣައްދާރުވެގެން

ތިނަދޫ ދެ މީހަކު ތިބީ ގައުމަށް ޣައްދާރުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

05 ސެޕްޓެމްބަރ

September 05, 2017 17
މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑި ވެސް ގެއްލިއްޖެ

ތިނަދޫ ދެކުނު ދާއިރާ އަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުވި މެމްބަރު އަބްދުﷲ އަހްމަދުގެ ގޮނޑި ވެސް ގެއްލިއްޖެ ކަމަށް އިލެކްޝަން ކޮމިޝަނުން މަޖިލީހަށް އަންގައިފި އެވެ.