30 މާޗް

March 30, 2019 5
ބިލިއަން ޑޮލަރުގެ ސްޓޭޑިއަމެއް، ޓޮޓެންހަމް އުހަށް!

ކްލަބްތަކުގެ ވާދަވެރިކަމަށް ބަލާއިރު އިނގިރޭސި ޕްރިމިއާ ލީގުގައި މި ވަގުތު އެންމެ ފޯރިގަދައީ ލަންޑަންގެ ކްލަބްތަކުގެ މެދުގަ އެވެ. މާލީ ގޮތުން ވަރުގަދަ ވުމަށް އެކި ކްލަބްތަކުން އެކި އުކުޅުތައް ބޭނުންކުރެ އެވެ. ބައެއް ކްލަބްތަކުން މިލިއަން ޑޮލަރު ހަރަދުކޮށް އާ ސްޓޭޑިއަމް އަޅައިފި އެވެ. އަނެއް ކްލަބްތަކުން މަހުޖަނުންގެ...

06 މާޗް

March 06, 2019 6
ހަތް އަހަރު ފަހުން ޓޮޓެންހަމް ކުއާޓާ އަށް

ޑޯޓްމަންޑް، ޖަރުމަން (މާޗް 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރަށުން ބޭރުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިން ހޯދި މޮޅާ އެކު ހަތް އަހަރު ފަހުން ފުރަތަމަ ފަހަރަށް ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

03 މާޗް

March 03, 2019 2
ސިޓީ އެއް ވަނަ އަށް، ޔުނައިޓެޑް ފައިދާ ނަގައިފި

މެންޗެސްޓާ (މާޗް 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން 1-0 އިން ބޯންމައުތު ބަލިކޮށް ލީގުގެ އެއް ވަނަ އަށް އެރިއިރު، އާސެނަލް ކުޅުނު މެޗުން މޮޅުނުވުމުގެ ފައިދާނަގައި މެންޗެސްޓާ ޔުނައިޓެޑް ލީގުގެ ހަަތަރަަކަށް އަރައިފި އެވެ.

28 ފެބުރުއަރީ

February 28, 2019 7
ލިވަޕޫލް ލީޑުގައި، ޗެލްސީން ޓޮޓެންހަމް މާޔޫސްކޮށްލައިފި

ލިވަޕޫލް (ފެބްރުއަރީ 28) – އަމިއްލަ ދަނޑުގައި ވަޓްފޯޑް އަތުން 5-0 އިން މޮޅުވެ އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން އެއް ޕޮއިންޓުގެ ލީޑު ދެމެހެއްޓިއިރު، ޓޮޓެންހަމް 2-0 އިން ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށް އެ ޓީމުން ކުރަމުން އުއްމީދު ފަނޑުކޮށް ޗެލްސީން އިތުބާރު ހޯދައިފި އެވެ.

14 ފެބުރުއަރީ

February 14, 2019 35
އަޔަކްސް އަތުން ރެއާލަށް އުނދަގޫ މޮޅެއް

އަމްސްޓަޑަމް، ނެދަލެންޑްސް (ފެބްރުއަރީ 14) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުޅުނު މެޗުން ނެދަލެންޑްސްގެ އަޔަކްސް އަތުން 2-1 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

13 ފެބުރުއަރީ

February 13, 2019
"ޒުވާނުން ދަނޑަށް ދާނީ ސަންޗޯގެ ކުޅުން ބަލަން"

ލަންޑަން (ފެބްރުއަރީ 13) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި މިރޭ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އާއި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ލަންޑަނުގައި ކުޅޭ މެޗު ބަލަން އިނގިރޭސި ގިނަ ޒުވާނުން ޓިކެޓް ގަންނާނެ އެއް ސަބަބަކީ ޑޯޓްމަންޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޖޭޑަން ސަންޗޯގެ ކުޅުން ބެލުން ކަމަށް ޓޮޓެންހަމްގެ ކޯޗު...

03 ފެބުރުއަރީ

February 03, 2019 4
ޓޮޓެންހަމް ދެ ވަނަ އަށް، ޗެލްސީ އަށް ހިތްހަމަޖެހުމެއް

ލަންޑަން (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ދެ ވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި 5-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށް ޗެލްސީން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

28 ޖެނުއަރީ

January 28, 2019 1
ޓޮޓެންހަމް ކަޓައިފި، ޗެލްސީ އަނެއް ބުރަށް

ލަންޑަން (ޖެނުއަރީ 28) - އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކްރިސްޓަލް ޕެލަސް އަތުން 2-0 އިން ބަލިވެ ހަތަރު ދުވަހުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް ދެ ވަނަ މުބާރާތު ކެޓިއިރު، އަމިއްލަ ދަނޑުގައި 3-0 އިން ޝެފީލްޑް ވެނެސްޑޭ ބަލިކޮށް ޗެލްސީ މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.

25 ޖެނުއަރީ

January 25, 2019
ފައިނަލުގައި ސިޓީ އާއި ޗެލްސީގެ ކުރިމަތިލުމެއް

ލަންޑަން (ޖެނުއަރީ 25) - އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް މުބާރާތުގެ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ވާދަކުރުމުގެ ފުރުސަތު ޗެލްސީން ހޯދައިފި އެވެ.

21 ޖެނުއަރީ

January 21, 2019
ސިޓީ މޮޅުވިޔަސް ގާޑިއޯލާ ހިތްހަމަނުޖެހިފައި

ހަޑްސްފީލްޑް، އިންގްލެންޑް (ޖެނުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުންބޭރުގައި ހަޑްސްފީލްޑް ޓައުން އަތުން 3-0 އިން މެންޗެސްޓާ ސިޓީ މޮޅުވިއިރު ދެއްކި ކުޅުމާ މެދު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ހިތްހަމަ ނުޖެހިއްޖެ އެވެ.

16 ޖެނުއަރީ

January 16, 2019 1
ކޭން އަށް އަނިޔާވެ ޓޮޓެންހަމަށް މައްސަލަތަކެއް

ލަންޑަން (ޖެނުއަރީ 16) – ޓޮޓެންހަމް ހޮޓްސްޕާސްގެ ކެޕްޓަން އަދި ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ދޮޅު މަހެއްހާ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

09 ޖެނުއަރީ

January 09, 2019 3
ވީއޭއާރަށް ބަރޯސާވެގެން ޗެލްސީ ބަލިކުރެވުނަސް އުފަލެއް ނެތް

ލަންޑަން (ޖެނުއަރީ 9) – އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ، ސުވާލު އުފެދުނު ޕެނަލްޓީ ނިންމުމެއް ވީއޭއާރް މެދުވެރިކޮށް ނިންމައިގެން ޗެލްސީ 1-0 އިން ބަލިކުރެވުނަސް ހިތްހަމަނުޖެހޭ ކަމަށް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2019 2
ލަންޑަނުގެ ދެ ކްލަބް މޮޅަކުން އާ އަހަރު ފަށައިފި

ލަންޑަން (ޖެނުއަރީ 2) – އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް ބަލިވި ލަންޑަނުގެ ދެ ކްލަބް ކަމަށްވާ އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާސް އިން އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް ރަނގަޅު ފެށުމަކުން އާ އަހަރު ފަށައިފި އެވެ.

27 ޑިސެމްބަރ

December 27, 2018 1
ލިވަޕޫލް ލީޑުފުޅާކުރިއިރު، ސިޓީ އަށް މަގާމު ގެއްލިއްޖެ

ލިވަޕޫލް (ޑިސެމްބަރު 27) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 4-0 އިން މޮޅުވެ ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކުރިއިރު، ލެސްޓާ ސިޓީ އަތުން 2-1 އިން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ދެ ވަނަ މަގާމު ގެއްލިއްޖެ އެވެ.

26 ޑިސެމްބަރ

December 26, 2018
ސޮން މައްސަލައިގައި ޓޮޓެންހަމާއި ކޮރެއާ އެއްބަސްވުމަކަށް

ސޯލް، ދެކުނު ކޮރެއާ (ޑިސެމްބަރު 26) - ޔޫއޭއީގައި އަންނަ މަހު ފަށާ އޭޝިއަން ކަޕަށް ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ވީއްލުމުގައި އަމަލުކުރާނެ ގޮތަކާ މެދު އޭނާ ކުޅެމުން އަންނަ ޓޮޓެންހަމް ހޮޓްސްޕާސް އާއި ދެކުނު ކޮރެއާގެ އެފްއޭ އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެފި އެވެ.

25 ޑިސެމްބަރ

December 25, 2018
10 އަހަރު ފަހުން ޑެފޯއާ ރަން މެޑަލް ހަވާލުކޮށްފި

ލަންޑަން (ޑިސެމްބަރު 25) - ޓޮޓެންހަމް ހޮޓްސްޕާސް އިން 2008 ވަނަ އަހަރު އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރިއިރު އެ އަހަރު އެ ޓީމަށް ކުޅުނު ޖަމެއިން ޑެފޯ އަށް 10 އަހަރަށް ފަހު އޭނާގެ ރަން މެޑަލް ހަވާލުކޮށްފި އެވެ.

24 ޑިސެމްބަރ

December 24, 2018 2
ލީގު ފޭވަރިޓުންނަކީ ސިޓީ އާއި ލިވަޕޫލް: ޕޮޗެޓީނޯ

ލިވަޕޫލް (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ފޭވަރިޓުންގެ ގޮތުގައި އެންމެ ފުރަތަމަ ގުނަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކަމަށް ލީގުގެ ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

20 ޑިސެމްބަރ

December 20, 2018 1
ޓޮޓެންހަމާއި ޗެލްސީ ލީގު ކަޕް ސެމީ އަށް

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާސް ފުރުސަތު ހޯދައިފި އެވެ.

13 ޑިސެމްބަރ

December 13, 2018
ޔުނައިޓެޑުން ޕޮޗެޓީނޯ ބޭނުން: ރިޕޯޓް

މެޑްރިޑް (ޑިސެމްބަރު 13) - މެންޗެސްޓާ ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ފާރަލަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2018 2
ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ދެ ވަނަ ބުރަށް

ލިވަޕޫލް (ޑިސެމްބަރު 12) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ތަފާތު ދައްކައި ލިވަޕޫލާއި ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ. ލިވަޕޫލުން އަމިއްލަ ދަނޑުގައި 1-0 އިން ނަޕޯލީ ބަލިކުރިއިރު، ޓޮޓެންހަމުން ވަނީ ފަހު ވަގުތު 1-1 އިން ބާސެލޯނާއާ އެއްވަރުކޮށްފަ އެވެ.