07 ސެޕްޓެމްބަރ

September 07, 2018 10
ބްރިޖުގައި ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން އެދެފި

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖުން ދަތުރުކުރާއިރު ސައިކަލް ދުއްވާ މީހުން ހެލްމެޓް އެޅުމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.

06 ސެޕްޓެމްބަރ

September 06, 2018 84
ރިންގްރޯޑް ހުޅުވާނީ މިރޭ8:00 ގައި،ޕާކެއް ނުކުރެވޭނެ

ސިނަމާލެ ބްރިޖާ ގުޅޭ މަގުތައް ނުވަތަ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި ހުޅުވައިލާނީ މިރޭ 8:00 ގައި ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ. އެކަމަކު އެ މަގުގައި ވެހިކަލްތައް ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.

03 ސެޕްޓެމްބަރ

September 03, 2018 51
ރައީސް ޔާމީންގެ މައްސަލައެއް އޭސީސީއަށް

ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ދިވެހި ކުންފުންޏަކާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ ފަރާތުން އޭސީސީއަށް...

September 03, 2018 40
ދަތުރުކުރުމުގެ ފީ: ބްރިޖާ ގުޅިފައިވާ މިހާރުގެ ބަހުސް

މާލެ އާއި ހުޅުލެއާ ދެމެދު ހެދި "ސިނަމާލެ ބްރިޖް" ހުޅުވައިފި އެވެ. ނަމަވެސް ނޭނގޭ އެއް ކަމެއް އަދި އެބަ އޮތެވެ. ބްރިޖުން ދަތުރުކުރާ ވެހިކަލްތަކުން ނަގާ ފީ އެވެ. އެތައް ބައެއްގެ...

02 ސެޕްޓެމްބަރ

September 02, 2018 35
ބްރިޖްގެ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރަނީ

ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ނަގާ ފީތައް ދެ ދުވަހެއްގެ ތެރޭގައި އިއުލާންކުރެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ (ޓީއޭ) އިން މިއަދު ބުނެފި އެވެ.

30 އޯގަސްޓް

August 30, 2018 4
ބްރިޖުގައި ދަތުރުތައް ފަށަން އެމްޕީއެލްއަށް ހުއްދަ ދީފި

ސިނަމާލެ ބްރިޖްގައި ބަސް ދަތުރުތައް ފެށުމުގެ ހުއްދަ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް މިއަދު ދީފި އެވެ.

18 ޖުލައި

July 18, 2018 59
7.5 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ މާފުކޮށްފި

ގަވައިދާ ހިލާފަށް ޕާކްކޮށްގެން އަރާފައިވާ 7.8 މިލިއަން ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ރައީސް އަބްދުﷲ ޔާމީން މައާފުކޮށްދެއްވައި، އެކަން ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު އިއުލާންކޮށްފި އެވެ.

26 ޖޫން

June 26, 2018 13
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި

މާލޭގެ މަގުތަކުގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި ދުވާލު މުދާ ނުއުފުލޭ ގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

21 ޖޫން

June 21, 2018 13
މަގުހެދުމުގެ މަސައްކަތާ އެކު ޓްރެފިކަށް ބަދަލުތަކެއް

މާލޭގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ ޓްރާންސްޕޯޓް އޮތޯރިޓީން ޓްރެފިކަށް ބަދަލުތަކެއް ގެނެސްފި އެވެ.

13 ޖޫން

June 13, 2018 6
ލައިސަންސް ކާޑުތައް 2-3 ދުވަސް ތެރޭގައި ނިމޭނެ

ސަރުކާރުން ހިންގި "އެއްލަކިން ލައިސަންސް" ޕްރޮގްރާމްގައި ލައިސަންސް ނެގި މީހުންނަށް ކުރިއަށް އޮތް 2-3 ދުވަސް ތެރޭގައި ލައިސަންސް ކާޑް ދޫކޮށް ނިންމާލެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

12 ޖޫން

June 12, 2018 18
އޮޅުންބޮޅުން- އެއްލަކިން ލައިސަންސް

އިންތިޚާބެއް ކާމިޔާބު ކުރުމުގައި ތާއީދު ހޯދަން ކަމުގައި ވިޔަސް، ނުވަތަ ވަކި ގިންތިއެއްގެ ބަޔަކު ރުއްސަން ކަމުގައި ވިޔަސް، ނުވަތަ ވައި އަޅުވައިގެން މެޑެލި ޖެހުމުގެ ނިޔަތުގައި ވިޔަސް، ކުރަން ވާނެ ކަންތަކާއި ކުރަން ނުވާނެ ކަންތައްތަކެއް އެބަހުއްޓެވެ. އިންސާފާއި ހަމަ އާއި ރައްކާތެރި ކަމުގެ މިންގަނޑުން ބަލާއިރުގަ އެވެ. ވަގުތީ...

11 ޖޫން

June 11, 2018 67
"އެއްލަކިން ލައިސަންސް" ނެގި މީހުން އަލުން ދަސްކުރަނީ

ސަރުކާރުން ހިންގި "އެއްލަކިން ލައިސަންސް" ޕްރޮގްރާމްގައި ލައިސަންސް ނެގި ބައެއް މީހުން އުޅަނދުތައް ދުއްވަން އަލުން ފަރިތަކުރަން ފަށައިފި އެވެ. ބައެއް ޑްރައިވިން ސްކޫލްތަކުން ވެސް ވަނީ އަލަށް ލައިސަންސް ނެގި މީހުންނަށް ޕްރޮގްރާމްތައް ފަށައިފަ އެވެ.

01 ޖޫން

June 01, 2018 33
"އެއް ލަކިން" 2،252 މީހަކަށް ލައިސަންސް ދިން

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން ރޭ ނިންމާލިއިރު 2،252 މީހަކަށް ލައިސަންސް ދީފި އެވެ.

30 މެއި

May 30, 2018 85
އެއްލަކިން ނުރައްކަލަކާ ދިމާއަށް!

ލައިސަންސް ނަގަން އިހަކަަށް ރޭ ދަމާލި ކިޔޫ ފެނިފައި އެއް ކަމެއް ޔަގީނެވެ! އެތައް ބައިވަރު ބަޔަކު ލައިސަންސަށް އެދިއެދި ތިބި ކަމެވެ. އެ ހުރިހާ އެންމެންނަށް އެއްފަހަރާ ލައިސަންސް ދިނުން އެއީ ލާޒިމް ކަމެއްތޯ، މިއީ ފުރަތަމަ ސުވާލެވެ. ދެން އޮތް ސުވާލު އަދި މާ ބޮޑު ސުވާލެކެވެ؛ ތަނެއްދޮރެއް ބަލައިނުލާ، އަދި ރަނގަޅަށް މޮނީޓާ ނުކޮށް ޖެހުނު...

28 މެއި

May 28, 2018 9
އެއް ދުވަހުން ލައިސަންސް ނެގޭ މުއްދަތު އިތުރުކޮށްފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގްރާމްގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

27 މެއި

May 27, 2018 26
ހާއްސަ ޕްރޮގްރާމްގައި 746 މީހަކަށް ލައިސަންސް ދީފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އެއް ދުވަހުން ދޭ ޕްރޮގުރާމުގެ ފުރަތަމަ ދެ ދުވަހު 746 މީހަކަށް ލައިސަންސް ދީފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

26 މެއި

May 26, 2018 65
ލައިސަންސް ފޯމުގައި ކަމާނުގުޅޭ މައުލޫމާތު ހޯދަނީ!

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށް ގެންދާ "އެއްލަކިން މަށަށް ލައިސަންސް" ޕްރޮގްރާމްގެ ފޯމުގައި ކަމާ ގުޅުން ނެތް މައުލޫމާތު ހޯދާތީ...

May 26, 2018 54
އެއް ދުވަހުން ލައިސަންސް ނަގަން ދިގު ކިޔޫއެއް

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ފެށުމާއެކު އެތައް ސަތޭކަ ބަޔަކު ކިޔޫ ޖެހިއްޖެ އެވެ.

22 މެއި

May 22, 2018 7
ފަސޭހައިން ލައިންސަންސް ލިބޭ ޕްރޮގްރާމް ހަފުތާބަންދުގައި

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް މި ހަފުތާގެ ބަންދާއި އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

15 މެއި

May 15, 2018 26
އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ހަރަކާތެއް

ޑްރައިވިން ލައިސަންސް އެއް ދުވަހުން ލިބޭ ހަރަކާތެއް ކުރިއަށް ގެންދަން ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފި އެވެ.

13 މެއި

May 13, 2018 13
ރޯދަ މަހު މުދާ އުފުލާ ގަޑިއަށް ލުޔެއް ދީފި

މި ރޯދަ މަހު މާލޭގައި ވިޔަފާރި އުސޫލުން ވެހިކަލްތަކުގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ލުޔެއް ދީފި އެވެ.