31 މާޗް

March 31, 2018 95
ރަށުތެރޭގެ ފިހާރަތަކަށް ވެސް މުދާ ނުގެންދެވޭ

މާލޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން، ބާޒާރުމަތީ ފިހާރަތަކުން މުދާ ގަނެގެން ރަށުތެރޭގެ ފިހާރަތަކަށާއި ހޮޓާ، ރެސްޓޯރަންޓް، ކެފޭ ފަދަ އެއްވެސް ތަނަކަށް، މާދަމާ އިން ފެށިގެން، މުދާ ނުގެންދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

30 މާޗް

March 30, 2018 63
ޝަކުވާތަކަށް ފަހު، މުދާ އުފުލާ ގަޑި ބަދަލުކޮށްފި

މާލެ ތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބޮޑެތި ވިޔަފާރިވެރިން ޝަކުވާތަކާ ހެދި، އެންމެ ފަހުން ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބަދަލު ގެނެސްފި އެވެ.

29 މާޗް

March 29, 2018 13
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރާނެ: ސައީދު

ދުވާލު ގަޑީގައި މާލެ ތެރޭގައި މުދާ އުފުލުން މަނާކޮށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2018 47
ދުއްވާ އެއްޗެހި އެތެރެކުރުން މަދުކުރޭ، ހައްލަކީ އެއީ!

މާލޭގެ މަގުތަކުގެ ދަތިކަމުގެ މައްސަލަ އަށް ހައްލެއް ގެނައުމުގެ މަގުސަދުގައި ކަމަށް ބުނެ، މުދާ އުފުލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

26 މާޗް

March 26, 2018 77
ޓްރެފިކް މައްސަލަ ހައްލުކުރަން މިނޫން ގޮތެއް ނެތް؟

މާލޭގެ މަގުތައް މިވަނީ ވެހިކަލްތަކުން ތޮއްޖެހިފަ އެވެ. ވަކި ވަގުތެއް ނެތެވެ. ސައިކަލެއް ނުވަތަ ކާރެއްގައި ވިޔަސް ތަނަކަށް ދަތުރެއް ކުރުން މިހާރު ވަނީ ބޮޑު އުނދަގުލަކަށް ވެފަ އެވެ. މި މައްސަލައަަށް ހައްލެއް ނުލިބި، ދުވަހެއް ދުވަހަކަށް މާލެ މިދަނީ ވެހިކަލްތަކުން ފުރި ބާރުވަމުންނެވެ.

25 މާޗް

March 25, 2018 33
މުދާ އުފުލާ ވަގުތު ކޮންޓްރޯލް ކުރުން މުހިންމު: ޕޮލިސް

ދުވާލު ގަޑީގައި މުދާ އުފުލުން މަނާ ކުރި އުސޫލަށް އަމަލުކުރަން ފެށުމުން މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށާއި ވަކި ވަގުތުތަކެއްގައި މުދާ އުފުލުމަކީ ޓްރެފިކް މައްސަލަ ހައްލުކުރަން މުހިންމު ކަމެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

24 މާޗް

March 24, 2018 66
މުދާ އުފުލަން ގެނައި ބަދަލަށް އަމަލުކުރުން ފަސްކޮށްފި

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ، ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށް ގެނައި ބަދަލަށް އަމަލުކުރުން ޓްރާންސްޕޯޓު އޮތޯރިޓީން މިއަދު ފަސްކޮށްފި އެވެ.

23 މާޗް

March 23, 2018 43
މުދާ އުފުލަން ގެނައި ބަދަލު: އާ ބަހުސެއް!

މާލޭގެ މަގުތައް ތޮއްޖެހޭތީ ޓްރާންސްޕޯޓު އޮތޯރިޓީން މި ވަނީ ބޮޑު ބަދަލެއް ގެނެސް އެކަން އިއުލާންކޮށްފަ އެވެ. ގަނޑުކޮށް މުދާ ބަރުކޮށްގެން ފިހާރަތަކަށް އުފުލުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން ދުވާލުގެ ވަގުތުތަކުގައި ނުކުރެވޭނެ އެވެ. މި ބަދަލު މިހާރު ބޮޑު ބަހުސަކަށް ވެއްޖެ އެވެ.

22 މާޗް

March 22, 2018 112
މާލެ ތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކޮށްފި

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވަމުންދާތީ، ދުވާލުގެ ވަގުތުތަކުގައި މާލެ ތެރޭގައި އުޅަނދުފަހަރުގައި މުދާ އުފުލުން ޓްރާންސްޕޯޓް އޮތޯރިޓީން މަނާކޮށްފި އެވެ.

10 މާޗް

March 10, 2018 67
ބޯޓު މައްސަލާގައި ހައްޔަރުކުރި މީހާ އަށް ގިނަ ތުހުމަތު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ އަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާ އެކު ގިނަ ތުހުމަތުތަކެއް ކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2018 105
ޖަޕާނުން ބުންޏަސް އެއީ ރާއްޖޭގެ ބޯޓެއް ނޫން: ސަރުކާރު

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނިއްޖެ ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ބުންޏަސް އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2018 62
ޓެކްސީ ގަވައިދަށް ޑްރައިވަރުން ޝަކުވާ ހުށަހަޅައިފި

ޓެކްސީ ދަތުރެއްގައި ފަސިންޖަރަކު ކާރުގައި އިންދާ އެހެން ދަތުރެއް ނަގައިގެން އެ ކާރަކަށް ފަސިންޖަރަކު އެރުވުން މަނާ ކުރުމުން ގިނަ ޓެކްސީ ޑްރައިވަރުންތަކެއް ޝަކުވާ ހުށަހަޅާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

16 ޖެނުއަރީ

January 16, 2018 76
ދަތުރެއްގެ ތެރޭގައި އިތުރު މީހަކު ކާރަށް އެރުވުން މަނާ

ޓެކްސީ ދަތުރެއްގައި ފަސިންޖަރަކު ކާރުގައި އިންދާ އެހެން ދަތުރެއް ނަގައިގެން އެ ކާރަކަށް އެހެން ފަސިންޖަރަކު އެރުވުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.

22 އޯގަސްޓް

August 22, 2017 3
ޓްރެފިކް ލައިޓްތައް އަލުން ބޭނުންކުރަން ފަށަނީ

މާލޭގެ މަގުތަކުގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓްތައް މަރާމާތު ކުރުމަށް ފަހު، އަލުން ބޭނުންކުރަން ފަށައިފި އެވެ.

28 ޖޫން

June 28, 2017 31
މާމިގިލީ ބަނދަރު ބައިނަލްއަގުވާމީ ބަނދަރަކަށް!

އދ. މާމިގިލީގައި ހަދާފައިވާ ބަނދަރުގެ ބައެއް ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހިންގަން ޓްރާންސްޕޯޓް އޮތޯރިޓީން އެމްޕީއެލްއާ ހަވާލުކޮށްފި އެވެ.

10 ޖޫން

June 10, 2017 10
ފެނާއި ގޭސް ޑެލިވަރީކުރާ ވަގުތަށް ބަދަލު ގެނެސްފި

ފެނާއި ގޭހާއި އެކި ކަހަލަ މުދާ، މި ރޯދަމަހު ފިހާރަތަކާއި ގޭގެ އަށް ގެންގޮސް ދިނުމަށް ސަރުކާރުން ކަނޑައެޅި ވަގުތަށް ބަދަލުތަކެއް ގެނެސްފި އެވެ.

31 މެއި

May 31, 2017 3
ރޭގެ އެކްސިޑެންޓް ޓްރާންސްޕޯޓް އޮތޯރިޓީން ތަހުގީގުކުރަނީ

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ކަންނެލި ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅޭ ތަހުގީގެއް ޓްރާންސްޕޯޓް އޮތޯރިޓީން ފަށައިފި އެވެ.

21 މެއި

May 21, 2017 14
ކަނޑު އުޅަނދު އިންޝުއާ ކުރުން މަޖުބޫރެއް ނޫން

ކަނޑު އުޅަނދުފަހަރު އިންޝުއާކުރުން މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

01 މެއި

May 01, 2017 27
އެއާޕޯޓް ފެރީ ޓިކެޓް އަގު ބޮޑުކުރީ ގަވާއިދާ ޚިލާފަށް

ހުޅުލެ އާއި މާލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގު ބޮޑުކުރަން ފެރީ ޚިދުމަތް ދޭ ފަރާތުން ނިންމީ ގަވާއިދާ ޚިލާފަށް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.