30 މާޗް

March 30, 2017 18
ބީލަމާ ނުލައި ޑޮމެއިން ނަމްބަރު ވިއްކަން ނިންމައިފި

އެއްގަމު އިންޖީނުލީ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރު ބީލަމާ ނުލައި، ވަކި އަގުތަކެއްގައި ވިއްކާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

19 މާޗް

March 19, 2017 4
10 އަހަރު ނުވާ ކާރުތަކަށް ޓެކްސީ ބޯޑު ވިއްކަނީ

އުފެއްދި ތާރީޚުން ފެށިގެން 10 އަހަރު ނުވާ ކާރުތަކަށް މާލޭގައި ޓެކްސީ ކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން ބޯޑު ވިއްކަން ފަށައިފި އެވެ.

06 މާޗް

March 06, 2017
ގޭސް ޑެލިވަރީ ކުރާނެ ވަގުތަކާ މެދު އަލުން މަޝްވަރާއަށް

ފެނާއި ގޭހާއި އެކި ކަހަލަ މުދާ، ފިހާރަތަކާއި ގޭގެ އަށް ގެންގޮސްދޭނެ ވަގުތަކާ މެދު ހިޔާލު ހޯދަން ކަމާ ގުޅޭ ފަރާތްތަކާއެކު ޓްރާންސްޕޯޓް އޮތޯރިޓީން އަލުން މަޝްވަރާ ކުރަން ފަށައިފި އެވެ.

04 މާޗް

March 04, 2017 6
އެޗްޑީސީން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑުން ޝަކުވާކޮށްފި

ހުޅުމާލޭގެ ބަނދަރުގައި އަޅާ އުޅަނދުތަކުން ބޮޑު ފީއެއް ނަގާތީ ލިވްއަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އެކަމުގެ ކަންބޮޑުވުންތައް ޓްރާންސްޕޯޓް އޮތޯރިޓީގެ އިސްވެރިންނާ ހިއްސާކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2017 12
ފެނާއި ގޭސް ޑެލިވަރީގެ ވަގުތަށް އަމަލުކުރުން ފަސްކޮށްފި

ފެނާއި ގޭހާއި އެކި ކަހަލަ މުދާ، ފިހާރަތަކާއި ތަަންތަނަށް އުފުލަން ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައެޅި ވަގުތުތަކަށް އަމަލު ކުރުން ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

20 ފެބުރުއަރީ

February 20, 2017 64
ފެނާއި ގޭސް ޑެލިވަރީކުރަން ވަގުތުތަކެއް ކަނޑައަޅައިފި

ފެނާއި ގޭހާއި އެކި ކަހަލަ ގިނަ މުދާ، ފިހާރަތަކާއި ތަަންތަނަށް އުފުލާނެ ވަކި ވަގުތުތަކެއް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައިފި އެވެ.

16 ފެބުރުއަރީ

February 16, 2017 12
ވެހިކަލްތަކުގެ ސްޓިކާއަށް ފީ ނުނަގާ ގޮތަށް ނިންމައިފި

ހުޅުމާލޭގައި ދުއްވާ ހަތަރު ފުރޮޅު ލީ އުޅަނދުތަކުގައި ޚާއްސަ ސްޓިކާއެއް ޖަހަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންގިތާ އެއް ދުވަސް ފަހުން، އެ ސްޓިކާ އަށް ފީ ނުނަގާ ގޮތަށް އެ ކުންފުނިން އިއްޔެ ނިންމައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 9
މުދާ އުފުލުމުގެ އަގު ލިމިޓްކުރުން ފަސްކޮށްފި

އެއްގަމު އުޅަނދުތަކުގައި މުދާ އުފުލުމަށް ނެގޭނެ އެންމެ ބޮޑު އަގު ވަކި މިންވަރެއްގައި ހިފަހައްޓަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސި ގަވައިދަށް އަމަލުކުރުން ފަސްކޮށްފި އެވެ.

01 ފެބުރުއަރީ

February 01, 2017 10
މަހުދީ ޓްރާންސްޕޯޓަށް، ނާފިޒު އިކޮނޮމިކް މިނިސްޓްރީއަށް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް އަދި އެ މަގާމުގައި ކުރިން ހުންނެވި އަބްދުއް ރަޝީދު ނާފިޒު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.

31 ޖެނުއަރީ

January 31, 2017 4
ޕްރީމިއަމް ޓެކްސީގެ ހިދުމަތް ދޭން އަލުން ހުޅުވާލައިފި

ޕްރީމިއަމް ކާރު ގެނެސް، ފެންވަރު ރަނގަޅު ޓެކްސީގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލު ކުރި ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގައި އެކަން ނުކުރެވުމުން އެގްރީމެންޓް ބާތިލްކޮށް،...

January 31, 2017 4
ރަށްރަށުގައި ވެސް ސައިކަލު ޓެކްސީގެ ޚިދުމަތް ފަށަނީ

ސައިކަލު ޓެކްސީގެ ހިދުމަތަށް މާލޭން ލިބުނު ތަރުހީބަށް ބަލާފައި ރަށްރަށުގައި ވެސް އެ ހިދުމަތް ފަށަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

29 ޖެނުއަރީ

January 29, 2017 36
ސައިކަލު ޓެކްސީގެ ޚިދުމަތް ފަށައިފި

ސައިކަލު ޓެކްސީގެ ޚިދުމަތް މާލޭގައި މިއަދު ފަށައިފި އެވެ.

January 29, 2017 14
ކަނބާއައިސާރަނިި ހިނގުމުގަ ދެކޮޅަށް ދުއްވޭ ގޮތް ހަދަނީ

ކަނބާ އައިސާރަނި ހިނގުން އަމީނީ މަގުން ފެށިގެން ދެކުނަށް އޮތް ބައި، ދެކޮޅަށް ދުުއްވޭ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.

22 ޖެނުއަރީ

January 22, 2017
ސޮލަރެލް އިން ހަލް އިންޝުއަރެންސް ދެނީ

ޓްރާންސްޕޯޓް އޮތޯރިޓީގެ މިންގަނޑާ އެއްގޮތަށް ސޮލަރެލް އިންޝުއަރެންސް އިން ހަލް އިންޝުއަރެންސް ކޮށްދިނުުގެ ހިދުމަތް ފަށައިފި އެވެ.

15 ޖެނުއަރީ

January 15, 2017 10
ހަލް އިންޝުއަރެންސް އެހެން ކުންފުނިތަކަށް ވެސް ދެވިދާނެ

ކަނޑު އުޅަނދުފަހަރުގެ އިންޝުއަރެންސް (ހަލް އެންޑް މެޝިނަރީ އިންޝުއަރެންސް) ގެ ޚިދުމަތް ދިނުން އެލައިޑް އިންޝުއަރެންސާ ހަވާލުކޮށްފައި އޮތަސް އިންޝުއަރެންސްގެ ޚިދުމަތް ދޭ އެހެން ކުންފުނިތަކަށް ވެސް އެ ޚިދުމަތް ދެވޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2017 16
އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް

އިނގިރޭސިވިލާތުގައި އަމިއްލައަށް އަރުވާލެއްވިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން، މާލޭގައި ދިރިއުޅޭ މީހުންނަށް ، އެންމެ ބޮޑު ދެރައެއް ލިބުނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބުރާހީމްގެ ފަރާތްޕުޅުންނެވެ. އެއީ އޭނާ ޓުރާންސްޕޯޓް މިނިސްޓުރީން ވަކިކުރެއްވުމާ އެކު އެ މިނިސްޓުރީ ވެސް އުވިގެން ދިއުމުންނެވެ. ދުނިޔޭގެ ވަރަށް ގިނަ...

05 ޖެނުއަރީ

January 05, 2017 32
ނުއުފަންނަ ގަރާޖްތަކާއި މަގުމަތިވެފައިވާ އުޅަނދުތައް

ވެރިރަށް މާލޭގެ މަގުތައް ތޮއްޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މާލެ އަށް ނުތަކާ ވަރަށް އެއްގަމު އުޅަނދު ގެންގުޅުމެވެ. މި ކަން ހައްލު ކުރުމަށް ކިތަންމެ ގަވާއިދުތަކެއް ހަދާފައި އެބަ ހުއްޓެވެ. ބިދޭސީންގެ އާބާދީ މަދުކުރުމަށް ގަވާއިދުތަކާއި އުސޫލުތައް ހަދާފައިވާ ފަދައިންނެވެ. އެކަމަކު މައްސަލަ ހައްލު ނުވެ ދުވަހުން ދުވަހަށް...

04 ޖެނުއަރީ

January 04, 2017 31
ޓެކްސީ ބޯޑުތައް، ތޮއްޖެހުން ބޮޑުކުރުމުގެ އާ ފުރުސަތު

މާލޭގެ މަގެއްގެ މައްޗަށް ނިކުމެއްޖެ މީހަކު މިނިޓެއްގެ ތެރޭގައި ބޯހާސްވާނެ އެވެ؛ ވެހިކަލްތަކުން މަގުތައް އޮންނަނީ ފުރި ބާރުވެފަ އެވެ. ވެހިކަލް ކިއޫއެއްގައި ސިކުންތެއް މަޑުކުރަން ޖެހުނަސް ކަންފަތް ފަޅައިގެންދާ ވަރަށް ބަރުގޮނު އަޅާނެ އެވެ. ގާނޫނަކަށް ގަވާއިދަކަށް ބެލުމެއް ނޯވެ އެވެ. ހުރިހާ ވެހިކަލްތަކެއް ފަޅާލާފައި ވެސް ގިނަ...

02 ޖެނުއަރީ

January 02, 2017 48
ޓެކްސީ ހިދުމަތަށް ބޮޑު ބަދަލުތަކެއް، އެކަމަކު ޝަކުވާ

މާލޭގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތި ކަމެކެވެ. މިއީ އިއްޔެ ނުވަތަ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫނެވެ. އެތައް އަހަރެއް ވީ ބޮޑު މައްސަލައެކެވެ. މި ކަމަށް އެދެވޭ ހައްލެއް ނުހޯދި ދިޔައީ ބޮޑުވަމުންނެވެ.

30 ޑިސެމްބަރ

December 30, 2016 69
ޓެކްސީތަކުގައި މީޓަރު ހަރުކޮށް، ގަވައިދަށް ބަދަލުތަކެއް

ޓެކްސީތަކުގެ ބޯޑު 50،000ރ. އަށް ވިއްކަން ފަށައި، ދަތުރުތަކަށް ޗާޖުކުރާ މިންވަރު އެނގޭނެ މީޓަރު ހަރުކުރަންޖެހޭ ގޮތަށް ޓެކްސީ ކުރުމާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ. އަދި މި ގަވައިދަށް އިއްޔެ އިން ފެށިގެން ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ އަމަލުކުރަން ފަށައިފަ އެވެ.

29 ނޮވެމްބަރ

November 29, 2016 3
މައްޗަންގޯޅީ ދެ މަގެއް އެއްކޮޅަށް ދުއްވާ ގޮތަށް

މައްޗަންގޯޅީގެ ދެ މަގެއް އަންނަ މަހުން ފެށިގެން އެއްކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފި އެވެ.

28 ނޮވެމްބަރ

November 28, 2016 7
މޮޓޯ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރަނީ

އެއްގަމު އުޅަނދަށް ދޫކުރާ އިންޝުއަރެންސް ސްޓިކާ އިލެކްޓްރޯނިކް ކުރަން ނިންމާފައިވާ ކަމަށް، ރާއްޖޭގައި އިންޝުއަރެންސްގެ ހިދުމަތް އެންމެ ފުޅާ ދާއިރާގައި ދެމުން އަންނަ އެލައިޑުން ރޭ ބުނެފި އެވެ.