27 ނޮވެމްބަރ

November 27, 2016 6
ސައިކަލް ޓެކްސީގެ ޚިދުމަތް ދޭނެ ބަޔަކު އަލުން ހޯދަނީ

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް ދިނުމަށް އެކުލަވާލި ގަވާއިދުގެ ދަށުން އެކަން ކުރެވެން ނެތް ކަމަށް، ކުރިން ލައިސަންސް ދީފައިވާ ކުންފުނިތަކުން ބުނެފައި ވަނިކޮށް މި ޚިދުމަތް ދޭނެ ބަޔަކު ހޯދަން ޓްރާންސްޕޯޓް އޮތޯރިޓީން އަނެއްކާވެސް އިއުލާންކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2016 38
އުކާލި ހިލަތަކުން ފުވައްމުލަކު ގޮނޑުދޮށް ކަޅުވެއްޖެ

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ އޮގަސްޓް 13 ވަނަ ދުވަހު އެރި ވިއެޓްނާމްގެ ބޯޓުން އުކާލި ހިލަތައް މި ރަށު ގޮނޑުދޮށަށް ލައްގައި މުޅި ސަރަހައްދު ކަޅުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2016 17
"ފަރަށް ލިބުނު ގެއްލުމަށް ދޭން ބުނާ އަދަދު މާ ކުޑަ"

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެވޭނެ ކަމަށް ބޯޓުގެ ވެރިފަރާތުން ބުނި އަދަދަކީ މާ ކުޑަ އަދަދެއް ކަމަށާއި އެ އަދަދު ގަބޫލު ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2016 5
ޓްރެކް ދަނޑުގެ މަގެއް ދެކޮޅަށް ދުއްވޭ ގޮތަށް ހަދައިފި

ޓްރެކް ދަނޑު ސަރަހައްދުގައި އޮންނަ މާފަތްތަކުރުފާނު މަގުން ދެކޮޅަށް ދުއްވޭ ގޮތަށް ހަމަޖައްސައިފި އެވެ.

26 އޮކްޓޯބަރ

October 26, 2016 11
"ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެވޭނީ 1.8 މިލިއަން"

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި "އެމްވީ އެންޖީއޯސީ ސަން" ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދެވޭނީ 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ކަމަށް އެ ބޯޓުގެ ވެރިފަރާތުން އަންގައިފި އެވެ.

24 އޮކްޓޯބަރ

October 24, 2016 46
ދަތުރުމަތީ މީހުން ނަގާ ޓެކްސީތަކުގެ ހުއްދަ ބާތިލްކުރަނީ

ޓެކްސީގައި މީހުން ގޮވައިގެން ދަތުރު ކުރާއިރު މަގުމަތިން މީހުން އަރުވާ ނަމަ ޓެކްސީގެ ލައިސެންސް ބާތިލް ކުރާނެ ކަމުގެ އިންޒާރު ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ދީފި އެވެ.

October 24, 2016 5
ޓެކްސީ އާކުރަން ލޯނު ދޫކުރަން ފަށައިފި

މާލޭގައި މިހާރު ދުއްވާ ބާ ޓެކްސީތައް އާކުރުމަށް ބޭންކުތަކުން މިހާރު ލޯނު ލިބޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

04 އޮކްޓޯބަރ

October 04, 2016 22
ފުވައްމުލަކު ފަރަށް ލިބުނު ގެއްލުން 633 މިލިއަނަށް

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ސަބަބުން ފަރަށް ލިބުނު ގެއްލުން 633.7 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ލަފާކޮށް އެ ފައިސާ ދައްކާނެ ގޮތެއް ހުށަހަޅަން ސަރުކާރުން އަންގައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2016 36
ސައިކަލް ދުއްވާއިރު ހެލްމެޓް އެޅުމުގެ މަޝްވަރާ ފަށަނީ

ރާއްޖޭގައި ސައިކަލް ނުވަތަ ބައިސްކަލް ދުއްވާނަމަ، ހެލްމެޓް އަޅަން މަޖުބޫރު ކުރަން ވިސްނުން އެބަހުރި ކަމަށާއި އެކަމާ ގުޅޭ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް...

September 21, 2016 15
ފަރަށް އެރި ބޯޓު އޮތީ ފޫގޮސްފައި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގެ ދެ ތިން ތަނެއް ފޫގޮސްފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

19 ސެޕްޓެމްބަރ

September 19, 2016 15
ހުޅުމާލޭގައި ފުލުހުންގެ ދައުރު ބޮޑުކުރަންވެއްޖެ: ނާފިޒް

ހުޅުމާލޭގައި އެކްސިޑެންޓުތައް އިތުރުވަމުންދާއިރު، އެ ރަށުގައި ޓްރެފިކް ފުލުހުން މިހާރަށް ވުރެ ބޮޑަށް ހަރަކާތްތެރިވާންޖެހޭ ކަމަށާއި އެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގައި އެދިފައިވާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016 9
ލާމު ލިންކުގައި ސްޕީޑް ލިމިޓެއް އަދި ކަނޑައެއް ނާޅާ

ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދި ލާމު ލިންކު ރޯޑުގައި ދުއްވަންޖެހޭ ވަކި ސްޕީޑްތަކެއް ކަނޑައަޅައި ބޯޑުތަކެއް ޖަހާފައި ހުއްޓަސް އެއީ އަދި ހުއްދަ ދީފައިވާ ސްޕީޑުތަކެއް ނޫން...

September 18, 2016 25
ބޯޓަށް ފުރޭނީ ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސާފައި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓަށް ރާއްޖެއިން ބޭރަށް ފުރޭނީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފަހު ކަމަށް ޓްރާންސްޕޯޓް...

07 ސެޕްޓެމްބަރ

September 07, 2016 9
ބޯޓުގައި ހުރި 900 ޓަނުގެ ހިލަތައް ފަރަށް އުކާލައިފި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓުގައި ހުރި 900 ޓަނުގެ ހިލަ (900 ޖަމްބޯ ބޭގް) ފަރުމައްޗަށް އުކާލި އިރު، ހިލަތައް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

05 ސެޕްޓެމްބަރ

September 05, 2016 5
ޑްރައިވިން ޓެސްޓް ހެދުމަށް ތައްޔާރުކުރި ތަން ހުޅުވައިފި

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހަދާނެ ވަގުތީ ބޮޑު ތަނެއް ކާނިވާ ސަރަހައްދުގައި މިއަދު ހުޅުވައިފި އެވެ.

September 05, 2016 7
ބޯޓު ކުރިއަށް ވުރެ ބޮޑަށް ފަރުގައި ތާށިވެ، ދިޔަވަނީ

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންނުކުރެވި އުޅެނިކޮށް ކުރިއަށް ވުރެ ބޮޑަށް އެއްގަމަށް ޖެހުމުގެ އިތުރުން ދިޔަވާން ވެސް ފަށައިފި ކަމަށް އެ ރަށު...

31 އޯގަސްޓް

August 31, 2016 2
ބޯޓުު ފުނެއް ނުކުރެވުނު، އިތުރު 15 ދުވަސް ދީފި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުން ކުރުމަށް ދިން 15 ދުވަހުގެ މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވިއިރު ވެސް ބޯޓު ފުން ނުކުރެވުމުން، އެ މަސައްކަތަށް އިތުރު ދެ ހަފުތާ ދީފި އެވެ.

29 އޯގަސްޓް

August 29, 2016 2
ޓްރާންސްޕޯޓާއި އެލައިޑުން މުހިންމު އެއްބަސްވުމަކަށް

ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ލިބޭ އެލައިޑުގެ "ހަލް އިންޝުއަރެންސް" ފޯރުކޮށްދޭން ޓްރާސްޕޯޓް އޮތޯރިޓީއާ އެކު އެލައިޑުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

28 އޯގަސްޓް

August 28, 2016 4
ބޯޓު ފުން ކުރެވޭވަރުގެ އުޅަނދެއް އަދިވެސް ނުލިބޭ

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ފުން ކުރުމަށް ދިން 15 ދުވަހުގެ މުއްދަތު މާދަމާ ހަމަވާއިރު، އެ ބޯޓު ފުން ކުރެވޭވަރުގެ އުޅަނދެއް އަދިވެސް ނުލިބޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

19 އޯގަސްޓް

August 19, 2016 2
ޓަގު ބޯޓު ގެނެސް ބޯޓު ފުންކުރުމުގެ މަސައްކަތް ފަށައިފި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރު ދުވަހު އެރި ވިއެޓްނާމްގެ އާގުބޯޓު ފުންކުރަން ސިންގަޕޫރުން ގެނައި ޓަގު ބޯޓު މިއަދު އެ ރަށަށް ހިނގައްޖެ އެވެ.

16 އޯގަސްޓް

August 16, 2016 5
ފަރަށް އެރި ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިސް ދީފި

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް މިދިޔަ ހޮނިހިރުދުވަހު އެރި ވިއެޓްނާމްގެ އާގު ބޯޓު ފުންކުރަން 15 ދުވަހުގެ ނޯޓިހެއް ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ދީފި އެވެ.

10 އޯގަސްޓް

August 10, 2016 4
ލައިސަންސް ޓެސްޓް ހެދުން މެދުކަނޑާލައިފި

ލައިސަންސް ނަގަން ހަދަން ޖެހޭ އެއްގަމު އުޅަނދު ދުއްވުމުގެ ޓެސްޓް ހެދުން ވަގުތީ ގޮތުން ޓްރާންސްޕޯޓް އޮތޯރިޓީން މެދުކަނޑާލައިިފި އެވެ.

25 ޖުލައި

July 25, 2016 4
ހަތް މަސް ވީއިރު ވެސް ބާޖު ފުނެއް ނުކުރެވޭ

ފުށިދިއްގަރު ފަރަށް އެމްއެމް އެކްސްޕޯޓުގެ ބާޖު އެރިތާ ހަތް މަސް ވީ އިރު ވެސް އެ ފުންނުކުރެވޭ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.

21 ޖުލައި

July 21, 2016 3
ދެ މަގެއްގެ ޓްރެފިކަށް ބަދަލު ގެންނަނީ

އަލިކިލޭގެފާނު މަގާއި ހުސްނުހީނާ މަގުގެ ޓްރެފިކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.