11 ޑިސެމްބަރ

December 11, 2017 18
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރަށް ފަސްކޮށްފި

ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންތަކެއް ބޮޑު ޚަރަދެއްް ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި އެވެ.

28 ސެޕްޓެމްބަރ

September 28, 2017 26
ޓްރީ ޓޮޕުން އާސަންދަ ލިބޭނެ، ބޮޑު ތަފާތެއް ފެންނާނެ

ހުޅުމާލޭގައި އަލަށް ހެދި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2017 24
ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަސައްކަތް ނިމިއްޖެ

ޓްރީ ޓޮޕް އިންވެސްޓްމަންޓުން ހުޅުމާލޭގައި ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ނިމިފައިވާ ކަމަށް ކޮންޓްރެކްޓަރު ބުނެފި އެވެ.

20 ޖޫން

June 20, 2017 71
ޓްރީޓޮޕުން ވަޒީފާ ދިން ބައެއް މީހުން ވަކިކޮށްފި

ހުޅުމާލޭގައި އަލަށް ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުން ވަޒީފާ ދިން ބައެއް ޑޮކްޓަރުންނާއި ނަރުހުން ވަޒީފާއިން ވަކިކޮށްފި އެވެ.

03 އެޕްރީލް

April 03, 2017 38
ޓްރީ ޓޮޕް ހޮސްޕިޓަލް، މަތީ ފެންވަރުގެ ނަމޫނާއަކަށް

މިއީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ބިޔަ އެއް އިމާރާތެވެ. ރާއްޖޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ގްރޫޕް ހިއްސާވާ ކުންފުނިން އަޅަމުން އަންނަ އެންމެ ޒަމާނީ ފެންވަރުގެ ބޮޑު ހޮސްޕިޓަލެވެ.

02 އެޕްރީލް

April 02, 2017 23
ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވޭނީ އޮގަސްޓް މަހު

ހުޅުމާލޭގައި އަލަށް ހަދާ އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށްދާ ސްޕީޑް ލަސް ކަމަށާއި އެހެންވެ ކުރިން ލަފާކުރި މުއްދަތަށް ވުރެ ހުޅުވުން ތިން މަހެއްހާ ދުވަސް ލަސްވެދާނެ ކަމަށް ޓްރީ ޓޮޕް އިންވެސްޓްމަންޓުން މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2017 39
ޓްރީޓޮޕް ހޮސްޕިޓަލުން 500 ވަޒީފާ ހުޅުވާލައިފި

ހުޅުމާލޭގައި އަލަށް ތަރައްގީ ކުރަމުން އަންނަ ޓްރީޓޮޕް ހޮސްޕިޓަލުން އެކި ދާއިރާތަކުން 500 އަށް ވުރެ ގިނަ ވަޒީފާ އަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

21 އޯގަސްޓް

August 21, 2016 24
ޓްރީ ޓޮޕް ހޮސްޕިޓަލް: އާ ބާބެއްގެ ފެށުން

ރާއްޖޭގެ އެންމެ މުއްސަނދި އެއް ގްރޫޕުން ހުޅުމާލޭގައި ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލެއް އަޅާ ވާހަކަ އިއުލާންކުރުމާ އެކު ރާއްޖޭގެ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދާނެކަމުގެ ޔަގީންކަން ލިބުނެވެ. މިހާރު އެކަން ހަގީގަތަކަށް ވާތަން އެ ދަނީ ފެންނަމުންނެވެ. އާ ހޮސްޕިޓަލް އިމާރާތް ނިމެން ކައިރިވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2016 22
ޓްރީޓޮޕް ހޮސްޕިޓަލް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވަނީ

ގާތްގަނޑަކަށް 90 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ހުޅުމާލޭގައި ހަދާ ޓްރީ ޓޮޕް ހޮސްޕިޓަލް އަންނަ އަހަރުގެ ކުރީކޮޅު ހުޅުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.