27 ޖެނުއަރީ

January 27, 2020 2
"ޓްރަމްޕް ބޭނުންވީ ޔުކްރޭނަށް ދޭ އެހީ ހިފަހައްޓަން"

ވޮޝިންޓަން (ޖެނުއަރީ 27) - ސިޔާސީ ވާދަވެރިއެއް ކަމަށްވާ ކުރީގެ ނައިބް ރައީސް ޖޯ ބައިޑަންގެ މައްސަލަ ތަހުގީގު ނުކުރަންޏާ ޔުކްރޭނަށް ދޭ އަސްކަރީ އެހީ ހިފަހައްޓަން ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންފުޅުވި ކަމަށް ގައުމީ ސަލާމަތާ ބެހޭ ކުރީގެ މުޝީރު ޖޯން ބޯލްޓަންއާ ހަވާލާދީ ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2020 2
ޑިމޮކްރެޓިކުން އުޅެނީ އިންތިޚާބުގެ ނަތީޖާ ބަދަލުކުރަން

ވޮޝިންޓަން (ޖެނުއަރީ 26) - ޑިމޮކްރެޓިކުން މަސައްކަތް ކުރަމުން ދަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނުކުތް ނަތީޖާ އަނބުރާލަން ކަމަށް ސެނެޓުގައި މިހާރު ފަށާފައިވާ އިމްޕީޗްމަންޓް ޝަރީއަތުގައި ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވަކީލުންގެ ޓީމުން ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2020
ޓްރަމްޕް އިމްޕީޗްމަންޓް: މެންބަރުން ތާއްޔާޖެހި، ގޭމްކުޅުމުގައި

ވޮޝިންޓަން (ޖެނުއަރީ 25) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ދުރުކުރަން ފެނޭތޯ ބަލަން ސެނެޓުގައި މިހާރު ކުރިއަށް ގެންދާ ޝަރީއަތުގައި މެންބަރުންގެ ފަރާތުން ވަރަށް ބޮޑު ފޫހިކަމެއް ފެންނަން ފަށައިފި އެވެ.

23 ޖެނުއަރީ

January 23, 2020
އިމްޕީޗްމަންޓް ޝަރީއަތުގައި ބައިވެރިވާން ބޭނުން:ޓްރަމްޕް

ވޮޝިންޓަން (ޖެނުއަރީ 23) - އެމެރިކާގެ ސެނެޓުގައި މިހާރު ފަށާފައިވާ އެމަނިކުފާން މަގާމުން ދުރުކުރުމުގެ އިމްޕީޗްމަންޓް ޝަރީއަތުގައި ބައިވެރިވެވަޑައިގަތުމަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި ނަމަވެސް ވަކީލުން އެކަމަށް އެއްބަސްވެވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

22 ޖެނުއަރީ

January 22, 2020
ޓްރަމްޕުގެ އިމްޕީޗްމަންޓް: ސެނެޓުގައި ދެ ޕާޓީގެ ކޯޅުން

ވޮޝިންޓަން (ޖެނުއަރީ 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓް ޝަރީއަތް ސެނެޓުގައި ރޭ ފަށާފައިވާ އިރު ޓްރަމްޕުގެ މައްޗަށް އާ ހެކި ހޯދަން ޑިމޮކްރެޓިކުން ކުރަމުންދާ މަސައްކަތަށް ރިޕަބްލިކަނުން ދެކޮޅު ހަދައިފި އެވެ.

19 ޖެނުއަރީ

January 19, 2020 2
އިމްޕީޗްމަންޓަކީ ޑިމޮކްރެސީއަށް ދިން ނުރައްކާ ހަމަލާއެއް

ވޮޝިންޓަން (ޖެނުއަރީ 19) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމްޕީޗްމަންޓަކީ ޑިމޮކްރެސީ އަށް ދިން ނުރައްކާ ހަމަލާއެއް ކަމަށާއި އެއީ ގާނޫނާޚިލާފު ކަމެއް ކަމަށް ޓްރަމްޕުގެ ގާނޫނީ ޓީމުން ބުނެފި އެވެ.

16 ޖެނުއަރީ

January 16, 2020
ޓްރަމްޕް އިމްޕީޗް ކުރަން ސެނެޓަށް ފޮނުވައިފި

ވޮޝިންޓަން (ޖެނުއަރީ 16) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ސެނެޓަށް ފޮނުވުމުގެ ގަރާރު ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ރޭ ފާސްކޮށްފި އެވެ.

24 ޑިސެމްބަރ

December 24, 2019 2
ޓްރަމްޕާ ދެކޮޅަށް ބާރު ލިބޭ އީމެއިލް އަކީ "ބޮމެއް"!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ކޮންގްރެސް އިން ނިންމި ބޮޑު ނިންމުމަށް ފަހު ސިޔާސީ ބޮޑު ބައިބައިވުމަކަށް ގޮސްފައި ވަނިކޮށް، ޓްރަމްޕަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ އީމެއިލްތަކެއް ހާމަކުރުމާ އެކު، ސެނެޓްގެ ޝަރީއަތަށް ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ބޭނުންވާ އިތުރު ހެކި ހުށައެޅުމުގެ ފުރުސަތު ފަހިކޮށްދޭން ބާރަކަށް...

22 ޑިސެމްބަރ

December 22, 2019 2
ޓްރަމްޕް އިމްޕީޗް ވެއްޖެތަ؟: ބޮޑު ބަހުސަކަށް!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ގައުމުގެ ރައްޔިތުންގެ މަޖިލިސް ނުވަތަ ކޮންގްރެސްގެ ތިރި ގެ ކަމަށް ވާ، ހައުސް އިން އިމްޕީޗުކޮށްފައި ވިޔަސް، އެ ނިންމުން ސެނެޓަށް ނުފޮނުވާހާ ހިނދަކު، އެގޮތަށް ބެލެވެން ނެތް ކަމަށް، ގާނޫނީ ޕްރޮފެސަރަކު ވިދާޅުވުމުން، މުޅިން އާ ބަހުސެއް ފެށިއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2019
ޓްރަމްޕް ބޭނުންވަނީ ޝަރީއަތް އަވަސްކުރަން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް ފަހު އިމްޕީޗްމަންޓް ޝަރީއަތް ހިންގަން ސެނެޓަށް މައްސަލަ ފޮނުވުމުގައި ކޮންގްރެސް އިން ލަސްކުރަމުން ދާއިރު، އެ ޝަރީއަތް އަވަހަށް ފަށަން ބޭނުންވާ ކަމަށް ޓްރަމްޕް ރޭ ވިދާޅުވެއްޖެ އެވެ.

20 ޑިސެމްބަރ

December 20, 2019 2
ސަމާލުކަން ސެނެޓަށް: ޑިމޮކްރެޓުން އެހެން "ގޭމެއް"!

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން މިހާރު އޮތީ މަގާމުން އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން ހަވާލުވެފައިވާ ސެނެޓަށެވެ. އެކަމަކު ޑިމޮކްރެޓިކް ޕާޓީން ކޮންޓްރޯލް ކުރާ ހައުސްގެ ބޮޑު އެ ނިންމުން ރަސްމީކޮށް ސެނެޓަށް ފޮނުވުމުގެ ކުރިން މިހާރު ވަނީ ސިޔާސީ އެހެން ގޭމަކަށް ނުކުމެފަ އެވެ.

14 ޑިސެމްބަރ

December 14, 2019 4
ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ކޮމިޓީން ފާސްކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 14) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ހައުސްގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

12 ޑިސެމްބަރ

December 12, 2019
ސެނެޓުގެ ފުރަތަމަ މަސައްކަތަަކަށް ޓްރަމްޕުގެ މައްސަލަ

ވޮޝިންޓަން (ޑިސެމްބަރު 12) - ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އަންނަ ހަފުތާގައި ފާސްކޮށްފި ނަމަ ޖެނުއަރީ މަހު ސެނެޓުގެ ފުރަތަމަ މަސައްކަތަކަށް ވާނީ ޓްރަމްޕުގެ މައްސަލަ ބެލުން ކަމަށް ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކްކޯނެލް ވިދާޅުވެއްޖެ އެވެ.

11 ޑިސެމްބަރ

December 11, 2019
ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ އާއްމުކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 11) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރާ ދެ މައްސަލަ ހައުސް އޮފް ރެފްރެޒެންޓޭޓިވްސްގެ ޑިމޮކްރެޓިކް ލީޑަރުން އާއްމުކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2019 1
އިމްޕީޗްމަންޓް "ހަނގުރާމަ" ކާމިޔާބުކުރާނަން: ޓްރަމްޕް

ވޮޝިންޓަން (ޑިސެމްބަރު 7) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން ކޮންގްރެސްގެ ދަށު ގެއިން ތައްޔާރުވަމުންދާ އިރު އެ "ހަނގުރާމައިން" ސަލާމަތްވެ ކާމިޔާބު ހޯދާނެ ކަމަށް އެމަނިކުފާން ވިދާޅުވެއްޖެ އެވެ.

05 ޑިސެމްބަރ

December 05, 2019
އިމްޕީޗްމަންޓް ރިޕޯޓަކީ ބޮޑު ޖޯކެއް: ޓްރަމްޕް

ވޮޝިންޓަން (ޑިސެމްބަރު 5) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި ކަމަށް ބުނާ މައްސަލައިގައި މަގާމުން ދުރުކުރަން ޑިމޮކްރެޓިކުން ތައްޔާރުކުރި ރިޕޯޓަކީ ބޮޑު ޖޯކެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2019 2
ޓްރަމްޕް މަގާމުން ދުރުކުރެވޭވަރަށް ހެކި އެބަހުރި:ރިޕޯޓް

ވޮޝިންޓަން (ޑިސެމްބަރު 4) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގައި މަގާމުން ދުރުކުރެވޭ ވަރުގެ ހެކި އެބަހުރި ކަމަށް ކޮންގްރެސް އިން ކުރި އިމްޕީޗްމަންޓް ތަހުގީގުގަށް ފަހު އިންޓަލިޖެންސް ކޮމިޓީގެ ރިޕޯޓުގައި ބުނެފި އެވެ.

02 ޑިސެމްބަރ

December 02, 2019 1
އިމްޕީޗްމަންޓް ތަހުގީގަށް ޓްރަމްޕް ވަޑައިނުގަންނަވާނެ

ވޮޝިންޓަން (ޑިސެމްބަރު 2) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައި ސިޔާސީ ވާދަވެރިއަކާ ދެކޮޅަށް ނާޖާއިޒް ފައިދާ ނެންގެވި މައްސަލައިގައި ކޮންގްރެސް އިން ފަށާފައިވާ އިމްޕީޗްމަންޓް ތަހުގީގަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމަނިކުފާނުގެ ވަކީލުން ވެސް ވަޑައިނުގަންނަވާނެ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2019 3
ސަފީރު ވަކިކުރީ ފޮޓޯ ބަހައްޓަން ދެކޮޅުހެދީމަ: ޓްރަމްޕް

ވޮޝިންޓަން (ނޮވެމްބަރު 23) - ޔޫކްރޭނަށް ކުރިން ކަނޑައެޅި އެމެރިކާ ސަފީރު މާރީ ޔޮވަނޮވިޗް މަގާމުން ދުރުކުރީ އެމްބަސީގައި އެމަނިކުފާނުގެ ފޮޓޯ ބަހައްޓަން ދެކޮޅު ހެދުމުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

20 ނޮވެމްބަރ

November 20, 2019 2
ހެކިބަސް ދިން އޮފިޝަލަށް ވައިޓްހައުސްގެ ފާޑުކިޔުން

ވޮޝިންޓަން (ނޮވެމްބަރު 20) - ޔޫކްރޭނުގެ ރައީސް އަށް ފޯނުން ގުޅުއްވައިގެން ސިޔާސީ ވާދަވެރިއަކަށް ރައީސް ޑޮނަލް ޑްޓްރަމްޕް ޕްރެޝަރު ކުރެއްވި މައްސަލައާ ގުޅިގެން ކޮންގްރެސް އިން ފަށާފައިވާ ތަހުގީގުގައި ރޭ ހެކިބަސް ދެއްވި ލެފްޓިނެންޓް ކާނަލް އެލެގްޒެންޑާ ވިންޑްމަން އަށް ވައިޓްހައުސް އިން ބަހުގެ ހަމަލާތައް ދީފި އެވެ.