24 ޖުލައި

July 24, 2019 24
ރަނާއި ރިހިން ޖަރީވެ އަންހެން ޓީޓީ ތާރީހުގެ ތެރެއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް ކެޓަގަރީގެ ފައިނަލުގައި ރާއްޖޭގެ މުއީނާ މުހައްމަދާއި ފާތިމަތު ޖުމާނާ ނިމާލްގެ ޕެއާ ސީދާ ހަތަރު ސެޓުން...

July 24, 2019 3
އައިއޯއައިޖީ: ޓީޓީގެ އަންހެން ދެ ޕެއާ ވެސް ކުއާޓާއަށް

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި ފާތިމަތު ދީމާ އަލީގެ ޕެއާ އަދި މުއީނާ މުހައްމަދާއި ފާތިމަތު...

12 ޖުލައި

July 12, 2019 13
މުއީނާ ޓޭބަލް ޓެނިސް ކުޅުން ހުއްޓާލަން ނިންމައިފި!

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ އަދި ރާއްޖޭގެ ކުޅިވަރުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް އަންހެން ކުޅުންތެރިޔާ މުއީނާ މުހައްމަދު ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ފަހު ޓޭބަލް ޓެނިސް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

04 ޖުލައި

July 04, 2018 4
ގައުމީ ޓީޓީ ޗެމްޕިއަން މުއީނާ އެފްއޭއެމާ ގުޅިއްޖެ

ގައުމީ އަންހެން ފުޓްބޯޅަ ޓީމުތަކުގެ ފިޓްނަސް ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތްކޮށްދޭން ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ މުއީނާ މުހައްމަދު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާ ގުޅިއްޖެ އެވެ.

31 ޖެނުއަރީ

January 31, 2018 3
މުއީނާ ބަލިކޮށް ރަފާ ޗެމްޕިއަންކަން ހޯދައިފި

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އަންހެން ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދު އަތުން މޮޅުވެ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އައިޝަތު ރަފާ ނާޒިމް ހޯދިއިރު ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މޫސާ މުންސިފް އަހުމަދު ހޯދައިފި އެވެ.

27 ޑިސެމްބަރ

December 27, 2017 12
އަނިޔާ އަށް ފަހު މުއީނާ އަލުން ކުޅެން ނުކުންނަނީ

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އަހަރެއްހާ ދުވަހު ކުޅުމާ ދުރުގައި ހުރި ރާއްޖޭގެ އެންމެ ކާމިޔާބު ޓޭބަލް ޓެނިސް ކުޅުންތެރިޔާ މުއީނާ މުހައްމަދު އަންނަ ޖެނުއަރީ މަހު އަލުން ކުޅެން ނުކުންނަން ތައްޔާރުވެއްޖެ އެވެ.

11 ނޮވެމްބަރ

November 11, 2016 4
ކުޅިވަރުގެ ހަ ބޭފުޅަކަށް ގައުމީ އިނާމު

ކުޅިވަރުގެ ދާއިރާ އިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ސަރުކާރުން މިރޭ ހަ ބޭފުޅަކަށް ދެއްވައިފި އެވެ.

02 އޮކްޓޯބަރ

October 02, 2016
އާ ތަރިއެއް އެރުން: މުއީނާ އަށް ވެސް އުފަލެއް

މިދިޔަ ހުކުރު ދުވަހުގެރޭ، ދިވެހި ޓޭބަލް ޓެނިހުގެ ތާރީހު ބަދަލުވެގެން ދިޔައީ ޖެހިޖެހިގެން 13 އަހަރު ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި މުއީނާ މުހައްމަދު އަތުން ކުޑަކުޑަ އައިޝަތު ރަފާ ނާޒިމް ހޯދި ކާމިޔާބީއާ އެކު އެވެ. އުމުރުން 13 އަހަރުގެ ކުޅުންތެރިޔާގެ މި ކާމިޔާބީއަކީ ޓޭބަލް ޓެނިހަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު...

30 ސެޕްޓެމްބަރ

September 30, 2016 6
ރަފާ: 13 އަހަރަށް ފަހު ޓީޓީގެ އާ ޗެމްޕިއަނެއް!

މިދިޔަ 13 އަހަރު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ މުހައްމަދުގެ މައްޗަށް 4-2 ސެޓުން ކުރި ހޯދައި ގައުމީ ސިންގަލްސް ޗެމްޕިއަންކަން އުމުރުން 13 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމާ މިރޭ ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ.