20 ފެބުރުއަރީ

February 20, 2019 1
އީގަލްސް އިން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ 1-0 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އީގަލްސް އިން ހަތަރު ވަނަ ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

17 ފެބުރުއަރީ

February 17, 2019 5
ސައްތައިން ސައްތަ ރެކޯޑަކާ އެކު އީގަލްސް ފައިނަލަށް

ކެޕްޓަން ހަސަން ރާއިފް (ހަންނަ)ގެ ދެ ލަނޑާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު އީގަލްސް އިން އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މިރޭ ޖާގަ ހޯދައިފި އެވެ.

16 ފެބުރުއަރީ

February 16, 2019
ގްރީން ސްޓްރީޓްސް ބަލިކޮށް ޓީސީ ފައިނަލަށް

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް 2-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން...

February 16, 2019
ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެފްއޭއެމުން ކުރިއަށްގެންދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތަކަށް މިއަދު އޮންނައިރު، މުބާރާތުގައި...

14 ފެބުރުއަރީ

February 14, 2019
ޔޫތު ޗެމްޕިއަންޝިޕުގެ ފަހު ތިން މެޗު ފަސްކޮށްފި

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް ދެ މެޗާއި ފައިނަލް މެޗު ފަސްކޮށްފި އެވެ.

February 14, 2019 2
ސެމީގެ ފަހު ޖާގަ ގްރީން ސްޓްރީޓްސް އަށް

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ގްރޫޕްގެ ދެ ވަނަ...

10 ފެބުރުއަރީ

February 10, 2019
އޭދަފުށްޓައް އުއްމީދެއް، އީގަލްސް ލީޑުނަގައިފި

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އަތުން 1-0 އިން މޮޅުވެ ކްލަބް އޭދަފުށިން ސެމީ ފައިނަލުގެ އުއްމީދު އާކުރިއިރު، ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ގްރޫޕުގެ އެއް ވަަނައިގައި ކްލަބް އީގަލްސް ލީޑުނަގައިފި އެވެ.

30 ޖެނުއަރީ

January 30, 2019
ނިއުގެ ޒުވާން ޓީމު ޔޫވީގެ ނަމުގައި ވާދަކުރަނީ!

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން އަންނަ ހަފްތާގައި ފަށާ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން ޔުނައިޓެޑް ވިކްޓަރީގެ ނަމުގައި މުބާރާތުގައި ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

28 ޖެނުއަރީ

January 28, 2019 10
ނިއުގެ ޔޫތު ކުޅުންތެރިންނަށް ފުރުސަތު ހުޅުވާލައިފި

އެފްއޭއެމުން ސަސްޕެންޑްކޮށްފައިވުމުން ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ނިއު ރޭޑިއަންޓުގެ 21 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވާން ފުރުސަތު ދިނުމުގެ ގޮތުން އެފްއޭއެމުން މުބާރާތުގެ ރަޖިސްޓްރޭޝަން އަލުން ހުޅުވާލައިފި އެވެ.

23 ޖެނުއަރީ

January 23, 2019 5
ޔޫތު ޗެމްޕިއަންޝިޕްގައި މި ފަަހަރު ނުވަ ޓީމު

ސީޒަނުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި މި ފަހަރު ނުވަ ޓީމެއް ވާދަކުރާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

07 ޖެނުއަރީ

January 07, 2019 2
ޔޫތު ޗެމްޕިއަންޝިޕަށް ޓީމުތަކުން ތައްޔާރީތައް ފަށައިފި

ސީޒަނުގެ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕަށް ޓީމުތަކުން ތައްޔާރީތައް ފަށައިފި އެވެ.

30 ޑިސެމްބަރ

December 30, 2017 8
ޔޫތު މުބާރާތް ތިން ވަނަ ފަހަރަށް އީގަލްސް އަށް

ޕެނަލްޓީ ޖަހައިގެން 8-7 އިން މާޒިޔާ ބަލިކޮށް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކްލަބް އީގަލްސް މިއަދު ހަވީރު ކާމިޔާބުކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2017
މާޒިޔާ އާއި އީގަލްސް ފައިނަލަށް

ޔޫތު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާޒިޔާ އާއި ކްލަބް އީގަލްސް ޖާގަ ހޯދައިފި އެވެ.

15 އޮކްޓޯބަރ

October 15, 2016
ވެލެންސިއާ-މާޒިޔާ: ކުރީގެ ދެ ޗެމްޕިއަނުންގެ ސެމީ އެއް

ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި މިރޭ ވެލެންސިއާ އާއި މާޒިޔާ ވާދަކުރާއިރު މި ދެ ޓީމަކީ މީގެ ކުރިން މި މުބާރާތް ކާމިޔާބު ކޮށްފައިވާ ދެ ޓީމެވެ.

14 އޮކްޓޯބަރ

October 14, 2016
ފައިނަލުގެ ފުރަތަމަ ޖާގައަށް ޓީސީ-އީގަލްސް ވާދަކުރަނީ

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާއިރު ދެ ޓީމުން ވެސް ވިސްނަނީ ތިން ވަނަ ސެމީ އަކަށް ނުގޮސް ފައިނަލުގެ ފުރަތަމަ ޖާގައަށް ކަމަށް ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2016
މާޒިޔާ އަށް ފުރުސަތު ގެއްލިއްޖެ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ 1-0 އިން ވެލެންސިއާ އަތުން ބަލިވެ، ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު މާޒިޔާ އަށް ގެއްލިއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2016
ޔޫތު ޗެމްޕިއަންޝިޕް: އީގަލްސް ދެ ވަނަ އަށް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ވިކްޓަރީ އަތުން 2-0 އިން ހޯދި މޮޅާ އެކު ކްލަބް އީގަލްސް ދެ ވަނަ އަށް ޖެހިލައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2016
ޔޫތު ޗެމްޕިއަންޝިޕުގެ އެއް ވަނައިގައި ޓީސީ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މެދުކެނޑުމަކަށް ފަހު މިއަދު ފަށާއިރު އެއް ވަނައިގައި މި ވަގުތު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

19 އޯގަސްޓް

August 19, 2016 1
ޔޫތު ޗެމްޕިއަންޝިޕުގެ ފެށުން މާޒިޔާ އަށް

އެފްއޭއެމް އިން 21 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވާ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން މާޒިޔާ މޮޅުވެއްޖެ އެވެ.

21 ޖުލައި

July 21, 2016
މާޒިޔާގެ ޔޫތު ޓީމުގެ ޓްރަޔަލް މިއަދު ބާއްވަނީ

އެފްއޭއެމުން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މާޒިޔާގެ 21 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ފުރުސަތު ހުޅުވާލައި، އެކަމަށް ހާއްސަ ޓްރަޔަލެއް މިއަދު ބާއްވަން އެ ކްލަބުން ނިންމައިފި އެވެ.

22 ޖޫން

June 22, 2016 3
ޔޫތު ފުޓްބޯޅަ މުބާރާތް އޮގަސްޓް މަހު ބާއްވަނީ

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ޔޫތު ފުޓްބޯޅަ މުބާރާތް މި އަހަރުގެ އޮގަސްޓް މަހު ބާއްވަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.