04 އޯގަސްޓް

August 04, 2017 3
ދުބާއީގެ ޓޯޗު ޓަވަރުގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ދުބާއީ (އޮގަސްޓް 4) - ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި އާއްމުން ދިރިއުޅޭ ބޮޑު އިމާރާތެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފި އެވެ.

30 ޖުލައި

July 30, 2017 1
އިއްތިހާދު އެއާވޭސްއަށް ބިލިޔަން ޑޮލަރުގެ ގެއްލުމެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިން ކަމަށްވާ އިއްތިހާދު އެއާވޭސް އަށް މިދިޔަ އަހަރު 1.9 ބިލިޔަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

17 ޖުލައި

July 17, 2017 1
ގަތަރު މީޑިއާ ހެކްނުކުރާ ކަމަށް ޔޫއޭއީ އިން ބުނެފި

ޔޫއޭއީ (ޖުލައި 17) - ގަތަރުގެ ރަސްމީ މީޑިއާ ހެކް ކުރުމަށް ފަހު އަމީރު ވިދާޅުވި ކަމަށް ދޮގު ވާހަކަތަކެއ ޝާއިއު ކުރުމުގެ ފަހަތުގައި ވަނީ ޔޫއޭއީ ކަމަށް ބުނާ ވާހަކަތައް އެ ގައުމުން...

July 17, 2017 2
ގަތަރުގެ މީޑިއާ ހެކް ކުރުމުގެ ފަހަތުގައި ވަނީ ޔޫއޭއީ

ދޯހާ (ޖުލައި 17) - ގަތަރުގެ ރަސްމީ މީޑިއާ ހެކްކޮށް އެ ގައުމުގެ އަމީރު ވިދާޅުވި ކަމަށް ދޮގު ވާހަކަތަކެއް ވެބްސައިޓުގައި ޝާއިއު ކުރުމުގެ ފަހަތުގައި ވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް...

14 ޖުލައި

July 14, 2017 10
އަލް ޖަޒީރާ ބަންދުކުރުމުގެ ޝަރުތު ދޫކޮށްލައިފި: ޔޫއޭއީ

ދުބާއީ (ޖުލައި 14) - ގަތަރާ ދެކޮޅަަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ކުރިމަތި ކުރި ޑިމާންޑްތަކުގެ ތެރޭގައި ހިމެނޭ އަލް ޖަޒީރާ ނެޓްވޯކް ބަންދު ކުރުމުގެ ޝަރުތު ދޫކޮށްލާފައިވާ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2017 9
ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީން މަޝްވަރާ ކުރަނީ

ގާހިރާ (ޖުލައި 5) - ގަތަރު މައްސަލައާ ގުޅޭ ގޮތުން ސައުދީ އަރަބިއާ އާއި އެ ގައުމުގެ ބައިވެރިން ކަމަށްވާ ބަހުރޭނާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި މިސްރުން މަޝްވަރާ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

28 ޖޫން

June 28, 2017 6
ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅު އަޅަންޖެހިދާނެ

ޓެރަރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލާފައިވާ ގައުމުތަކުން، ގަތަރާ ދެކޮޅަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހިދާނެ ކަމަށް އެކުވެރި އަރަބި އިމާރާތުން (އެމިރޭޓްސް) އިއްޔެ ބުނެފި އެވެ.

23 ޖޫން

June 23, 2017 53
ގަތަރަށް ޝަރުތުތަކެއް، އަލް ޖަޒީރާ ހުއްޓާލުން ހިމެނޭ!

ބާރު ގަދަ އަރަބި ގައުމުތަކުން އެކަހެރިކޮށްފައިވާ ކުޑަކުޑަ ގަތަރާ އެކު އަލުން ގުޅުންތައް ގާއިމްކުރަން ވަރުގަދަ ޝަރުތުތަކެއް ކުރިމަތިކޮށްފި އެވެ. އޭގެ ތެރޭގައި އަރަބި ދުނިޔޭގެ އެންމެ މަޝްހޫރު ޓީވީ ޗެނެލް އަލް ޖަޒީރާ ހުއްޓާލުން ވެސް ހިމެނެ އެވެ.

14 ޖޫން

June 14, 2017 35
އުޅެނީ އެއް ޢިމާރާތެއްގައި، ރޯދަ ވީއްލާ ވަގުތު ތަފާތު

ދުނިޔެ އަށް އަންނަ ތަރައްގީއާ އެކު ތަފާތު އާ ކަންތައްތައް ކުރިމަތިވަމުން ދިޔުމަކީ މިއަދުގެ މުސްލިމު އިލްމުވެރިން އެފަދަ ކަންކަމުގެ މައްޗަށް ވިސްނައި، އެފަދަ އާ ކަންތައްތަކާ ގުޅޭ ގޮތުން ދީނުގެ ޙުކުމްތައް ދިރާސާކޮށް ހާމަކުރަން ޖެހިފައިވާ ކަމެކެވެ.

08 ޖޫން

June 08, 2017 5
ގަތަރަށް އިތުރު ފިޔަވަޅު އަޅާނެކަމަށް ޔޫއޭއީން ބުނެފި

ދުބާއީ (ޖޫން 8) - ގަލްފުގެ ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ދީފި އެވެ.

07 ޖޫން

June 07, 2017 21
ގަތަރަށް ހަމްދަރުދީ ފާޅުކޮށްފި ނަމަ 15 އަހަރަށް ޖަލަށް

ދުބާއީ (ޖޫން 7) - ބައެއް ގައުމުތަކުން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރަށް ހަމްދަރުދީ ފާޅުކުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މަނާކުރުމަށް ފަހު އެގޮތަށް އަމަލު ކުރާ ފަރާތްތައް 15 އަހަރާ ހަމައަށް ޖަލަށް ލާން ނިންމާފައިވާ ކަމަށް ގަލްފު ނިއުސް އިން ބުނެފި އެވެ.

05 ޖޫން

June 05, 2017 179
ރާއްޖޭން ވެސް ގަތަރާ ގުޅުން ކަނޑާލައިފި

ގަލްފް ސަރަހައްދުގައި އުފެދިފައިވާ ދެބަސްވުންތަކަށް ފަހު ރާއްޖެއިން ވެސް ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

June 05, 2017 16
ހަތަރު ގައުމަކުން ގަތަރާ ގުޅުން ކަނޑާލައިފި

ދޯހާ (ޖޫން 5) - ހަތަރު ގައުމަކުން ގަތަރާ ސިޔާސީ ގުޅުން ކަނޑާލައިފި އެވެ.

22 މެއި

May 22, 2017 2
އިވަންކާގެ ފަންޑަށް ޔޫއޭއީ، ސައުދީން 100 މިލިއަން

ރިޔާޒް (މެއި 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވަންކާ ޓްރަމްޕުގެ އިސްނެންގުމަކަށް، ވިޔަފާރީގެ ދާއިރާގައި އަންހެނުންގެ ތަރައްގީ އަށް އެހީވުމަށް އުފައްދާ ފަންޑަށް ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން 100 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފި އެވެ.

15 މެއި

May 15, 2017 4
ޔޫއޭއީގެ ވިޔަފާރިވެރިއަކު ލަންކާގައި ގެ އަޅައިދެނީ

ކޮލަމްބޯ (މެއި 15) - ހަނގުރާމައިގައި ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ސްރީ ލަންކާގެ އުތުރުގެ ހިސާބުތަކުގައި ދިރިއުޅޭ މީހުންނަށް 120 ގެ އަޅައިދިނުމަށް ޔޫއޭއީގެ ވިޔަފާރިވެރިއަކު ނިންމައިފި އެވެ.

14 މެއި

May 14, 2017
ބަޔަކަށް އިހާނެތިކޮށް ހިތުމުގެ ދައުވާ ޔޫއޭއީގެ ޝާހީ އާއިލާ އަށް

ބްރެސަލްސް (މެއި 14) - ގޭގެ މަސައްކަތު މީހުންގެ ގޮތުގައި ގެންގުޅުނު ބަޔަކަށް ޔޫއޭއީގެ ޝާހީ އާއިލާގެ އަމީރާއިންތަކެއް އިހާނެތިކޮށް ހިތި މައްސަލައެއް ބްރެސަލްްސްގެ ކޯޓަކުން ބަލަން ފަށައިފި އެވެ.

05 މެއި

May 05, 2017
އެންމެ ބަރު މީހާ ފަރުވާ އަށް ޔޫއޭއީގައި އެޑްމިޓްކޮށްފި

ދުބާއީ (މެއި 5) - ދުނިޔޭގެ އެންމެ ބަރު މީހާ ކަމަށް ބަލާ މިސްރުގެ އީމާން އަހުމަދަށް އިންޑިއާގެ މުމްބާއީގައި ފަރުވާ ދިނުމަށް ފަހު އޭނާގެ އާއިލާ އާއި ހޮސްޕިޓަލާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް އުފެދި އެންމެ ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ގެންގޮސް ފަރުވާ ދޭން ފަށައިފި އެވެ.

04 މެއި

May 04, 2017 1
ޑުބާއީ އަށް ހާއްސަ ފޮންޓެއް މައިކްރޮސޮފްޓުން ހަދައިފި

މައިކްރޮސޮފްޓާއި ޑުބާއީ ސަރުކާރު ގުޅިގެން "ޑުބާއީ" ކިޔާ ފޮންޓެއް ހަދައިފި އެވެ. މިދިޔަ އަންގާރަ ދުވަހު ލޯންޗުކުރި މި ފޮންޓް ޑުބާއީގެ ރަސްމީ ހުރިހާ އިދާރާތަކުން ބޭނުންކުރަން ސަރުކާރުން ވަނީ އަންގާފަ އެވެ.

28 އެޕްރީލް

April 28, 2017
އެންމެ ބަރު މީހާ އިތުރު ފަރުވާ އަށް ޔޫއޭއީ އަށް ގެންދަނީ

މުމްބާއީ (އެޕްރީލް 28) - ދުނިޔޭގެ އެންމެ ބަރު މީހާ މިސްރުގެ އީމާން އަހުމަދަށް މިހާރު ފަރުވާދޭ އިންޑިއާގެ މުމްބާއީގެ ސައިފީ ހޮސްޕިޓަލުން ޔޫއޭއީ އަށް ބަދަލު ކުރަން ނިންމައިފި އެވެ.

20 ފެބުރުއަރީ

February 20, 2017 4
އެންމެ ޒުވާން ވަޒީރު: ޒުވާނުންނަށް ނަމޫނާއެއް

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ސްޓޭޓް ފޯ ޔޫތު އެފެއާޒް މިނިސްޓަރު ކަމަށް ޝައްމާ ބިންތު ސުހައިލް ބިން ފާރިސް އަލް މަޒްރޫއީ އައްޔަންކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ އުމުރުން 22 އަހަރުގަ އެވެ. އެއާ އެކު އޭނާ ވެފައި ވަނީ ދުނިޔޭގެ އެންމެ ޒުވާން ވަޒީރަށެވެ.

16 ފެބުރުއަރީ

February 16, 2017
ބޮމުގެ ހަމަލާގައި ޒަޚަމްވި ޔޫއޭއީގެ ސަފީރު އަވަހާރަވެއްޖެ

ދުބާއީ (ފެބްރުއަރީ 16) - އަފްޣާނިސްތާނުގެ ކަންދަހާރުގައި މިދިޔަ މަހު ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި ޒަޚަމްވި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު އަވަހާރަވެއްޖެ އެވެ.

13 ފެބުރުއަރީ

February 13, 2017
ޔޫއޭއީގެ ސަފީރު ކަމަށް ނިޔާޒް އައްޔަންކުރަން ފާސްކޮށްފި

ޔޫއޭއީ އަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ހ. ނިޔާސާ ޑރ. ހުސައިން ނިޔާޒް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.