18 މެއި

May 18, 2017
އިންތިޚާބަށް ނުފޫޒު ފޯރުވި މައްސަލަ ބަލަން އާ ބޭފުޅަކު

ވޮޝިންޓަން (މެއި 18) - އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވާ އަދި ޓްރަމްޕުގެ ކެމްޕޭނަށް އެ ގައުމުން އެހީވި ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގެ އިސްވެރިއެއްގެ ގޮތުގައި އެފްބީއައިގެ ކުރީގެ ޑިރެކްޓަރު ރޮބަޓް މުލާ ޖަސްޓިސް ޑިޕާޓްމަންޓުން ހަމަޖައްސައިފި އެވެ.

03 މެއި

May 03, 2017 4
އިންތިިޚާބުގައި ނާކާމިޔާބުވީ ދެ މީހެއްގެ ސަބަބުން: ހިލަރީ

ވޮޝިންޓަން (މެއި 3) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ދެ މީހަކު ކަންތައް ކުރި ގޮތުން ކަމަށް ޑޮނަލްޑް ޓްރަމްޕާ ވާދަކުރެއްވި ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.

11 އެޕްރީލް

April 11, 2017
އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މެޑްރިޑް (އެޕްރީލް 11) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކުރިކަމުގެ ތުހުމަތުގައި ރަޝިޔާގެ ޕްރޮގްރާމަރަކު ސްޕޭނުން ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2017 5
އެތައް މިލިއަން ބަޔަކު ވަނީ ގަވާއިދާޚިލާފަށް ވޯޓުލާފައި

ވޮޝިންޓަން (ޖެނުއަރީ 25) - އެމެރިކާގައި މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލް ކުރައްވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

09 ޖެނުއަރީ

January 09, 2017 2
ހިލަރީ ދެން އިންތިޚާބެއްގައި ވާދައެއް ނުކުރައްވާނެ

އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕާ ވާދަކުރައްވައި، ހީނުކުރާ ފަދަ ގޮތަކަށް ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު ހިލަރީ ދެން އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް އޭނާގެ އަރިސް ބޭފުޅަކު ވިދާޅުވެއްޖެ އެވެ.

07 ޖެނުއަރީ

January 07, 2017 13
އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން އެންގެވީ ޕުޓިން

ވޮޝިންޓަން (ޖެނުއަރީ 7) - އެމެރިކާގެ ރިޔާސީ އިންތިޚާބު ހެކްކޮށް ޑޮނަލްޑް ޓްރަމްޕަށް ފަހިވާ ގޮތަށް އިންތިޚާބަށް ނުފޯޒު ފޯރުވުމަށް އަންގަވާފައި ވަނީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ ރިޕޯޓެއްގައި ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2016 6
އިންތިހާބުގައި ވާދަކުރި ނަމަ ޓްރަމްޕް ބަލިކުރީސް: އޮބާމާ

ވޮޝިންޓަން (ޑިސމްބަރު 27) - ވެރިކަމުގައި ހުންނަވައިގެން ގެންނެވި ހެޔޮ ބަދަލު އެމެރިކާގެ ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި ވެރިކަމަށް ކުރެމަތިލުމުގެ ޝަރުތު ހަމަވި ނަމަ މި އަހަރުގެ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކާމިޔާބު ހޯއްދެވީސް ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2016
ނާކާމިޔާބުވިޔަސް ނަތީޖާގެ ފަރަގު އެންމެ ބޮޑުކުރީ ހިލަރީ

ވޮޝިންޓަން (ޑިސެމްބަރު 22) - އެމެރިކާގެ ރިޔާސީ އިންތިހާބެއްގައި ނާކާމިޔާބުވި ކެނޑިޑޭޓުންގެ ތެރޭން މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުދީފައި ވަނީ ހިލަރީ ކްލިންޓަނަށް ކަމަށް އިންތިހާބުގެ އެންމެ ފަހުގެ ނަތީޖާތަކުން ދައްކައިފި އެވެ.

21 ޑިސެމްބަރ

December 21, 2016
ކުރީގެ ރައީސް ކްލިންޓަނަށް ޓްރަމްޕް ރައްދު ދެއްވައިފި

ވޮޝިންޓަން (ޑިސެމްބަރު 21) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބު ކޮށްފައިވާ ޑޮނަލްޑް ޓްރަމްޕުގެ ތޫނުފިލި ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ބިލް ކްލިންޓަން ދެއްކެވި ވާހަކަތަކަށް ޓްރަމްޕް ރައްދު ދެއްވައިފި އެވެ.

20 ޑިސެމްބަރ

December 20, 2016
އިލެކްޓޯރަލް ކޮލެޖް ވޯޓު ޓްރަމްޕް ކާމިޔާބު ކުރައްވައިފި

ވޮޝިންޓަން (ޑިސެމްބަރު 20) - އެމެރިކާގެ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ އިލެކްޓޯރަލް ކޮލެޖް ވޯޓު ވެސް ޑޮނަލްޑް ޓްރަމްޕް ކާމިޔާބު ކުރައްވާ ރައީސްގެ މަގާމު ރަސްމީ ކުރައްވައިފި އެވެ.

19 ޑިސެމްބަރ

December 19, 2016 4
އިލެކްޓާސް ބޭވަފާތެރި ވެއްޖެ ނަމަ ވާނީ ކިހިނެއް؟

ވޮޝިންޓަން (ޑިސެމްބަރު 19) - އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ކެބިނެޓް އެކުލަވާލައްވާ، އެޖެންޑާ ރާއްވަވަމުންނެވެ. އެކަމަކު ރަސްމީކޮށް ޓްރަމްޕަށް ރައީސްކަން އަދި ލިބިވަޑައެއް ނުގަންނަވަ އެވެ.

18 ޑިސެމްބަރ

December 18, 2016 3
ފަސްޓް ލޭޑީއެއްގެ ރޯލު ޓްރަމްޕުގެ ދަރިކަނބަލުންނަށް!

ނިއު ޔޯކް (ޑިސެމްބަރު 18) - ބައްޕާފުޅުގެ ސަރުކާރުގައި ފަސްޓް ލޭޑީއެއްގެ ރޯލު އަދާކުރައްވާނީ ޑޮނަލްޑް ޓްރަމްޕުގެ ދަރިކަނބަލުން އިވާންކާ ޓްރަމްޕް ކަމަށް ބެލެވެން ފަށައިފި އެވެ.

17 ޑިސެމްބަރ

December 17, 2016 2
ޓްރަމްޕް އާއި ޕުޓިންއަށް ސާފު މެސެޖެއް ދޭނަން: އޮބާމާ

ވޮޝިންޓަން (ޑިސެމްބަރު 17) - އެމެރިކާގެ ރިޔާސީ އިންތިޚާބާ ކުޅެން އުޅެފައިވާތީ ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕަށް ސާފު މެސެޖެއް ދެއްވާނެ ކަމަށް ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.

10 ޑިސެމްބަރ

December 10, 2016 1
ރަޝިޔާ އިން ވަނީ ޓްރަމްޕް ޕްރޮމޯޓް ކުރަން މަސައްކަތްކޮށްފައި

ވޮޝިންޓަން (ޑިސެމްބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓް ކުރުމަށް ރަޝިޔާ އިން މަސައްކަތްކޮށްފައިވާ ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ އިން ބުނެފައިވާ...

December 10, 2016 3
އިންތިޚާބު ހެކްކުރި ކަމަށް ބުނާ މައްސަލަ ބަލަން އަންގައިފި

ވޮޝިންޓަން (ޑިސެމްބަރު 10) - އެމެރިކާގެ ރިޔާސީ އިންތިޚާބު ރަޝިޔާ އިން ހެކްކުރި ކަމަށް ބުނާ މައްސަލައިގެ ފުޅާ ތަހުގީގެއް ހިންގެވުމަށް އެމެރިކާގެ ޖާސޫސީ އިދާރާ އަށް ރައީސް ބަރަކް އޮބާމާ...

08 ޑިސެމްބަރ

December 08, 2016
މަގާމުތަކަށް މީހުން ހޮވަން އޮބާމާގެ ލަފާ ޓްރަމްޕް ހޯދާ

ނިއު ޔޯކް (ޑިސެމްބަރު 8) - އެމެރިކާގެ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން ހަމަޖެއްސުމުގައި ރައީސް ބަރަކް އޮބާމާގެ ލަފާ ހޯއްދަވާ ކަމަށް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

07 ޑިސެމްބަރ

December 07, 2016
ޓެކްސަސްގެ އިލެކްޓަރަކު ޓްރަމްޕަށް "ބޭވަފާތެރި"ވެއްޖެ

ނިއު ޔޯކް (ޑިސެމްބަރު 7) - މިހާރު ފުދިއްޖެ ކަމަށް ބުނެ، މި މަހު 19 ވަނަ ދުވަހު އޮންނަ އިލެކްޓޯރަލް ކޮލެޖް އިންތިޚާބުގައި ޑޮނަލްޑް ޓްރަމްޕަށް ވޯޓު ނުދޭނެ ކަމަށް ޓެކްސަސްގެ އިލެކްޓަރަކު ފާޅުގައި ބުނެފި އެވެ.

03 ޑިސެމްބަރ

December 03, 2016 3
ވޯޓު އަލުން ގުނަން ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު

ނިއު ޔޯކް (ޑިސެމްބަރު 3) - ވޯޓުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށް ވިސްކޮންސިން އާއި ޕެންސިލްވޭނިއާ އަދި މިޝިގަންގެ ވޯޓު އަލުން ގުނުމަށް ޓްރަމްޕުގެ ސަޕޯޓަރުން ދެކޮޅު ހަދަން ފަށައިފި އެވެ.

01 ޑިސެމްބަރ

December 01, 2016
ވެރިކަމަށް އިސްކަން ދޭން ވިޔަފާރިން ޓްރަމްޕް ދުރުވަނީ

ނިއު ޔޯކް (ޑިސެމްބަރު 1) - ގައުމުގެ ވެރިކަން އެންމެ ރަނގަޅު ގޮތުގައި ކޮށްދިނުމަށާއި މަސްލަހަތު ފުށުއެރުމުން ސަލާމަތްވުމަށްޓަކައި ހުރިހާ ވިޔަފާރިއަކުން ދުރުވާން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

29 ނޮވެމްބަރ

November 29, 2016 3
މިޝިގަންގެ ވޯޓާ އެކު ޓްރަމްޕް އިތުރަށް ކުރިއަށް

ނިއު ޔޯކް (ނޮވެމްބަރު 29) - މިޝިގަންގެ 16 އިލެކްޓޯރަލް ވޯޓާ އެކު އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް އިތުރަށް ކުރިއަށް ޖެހިލައިފި އެވެ.

November 29, 2016
ޓްރަމްޕުގެ ތުހުމަތުތަކަށް ވައިޓްހައުސް އިން ރައްދު ދީފި

ވޮޝިންޓަން (ނޮވެމްބަރު 29) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އޮޅުވާލައިގެން އެތައް ބަޔަކު ވޯޓުލާފައިވާ ކަމަށް އިންތިޚާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމުން ވައިޓް...

28 ނޮވެމްބަރ

November 28, 2016 5
އެތައް މިލިއަން ބަޔަކު ވަނީ ވަގަށް ވޯޓު ދީފައި

ނިއު ޔޯކް (ނޮވެމްބަރު 28) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އެތައް މިލިއަން ބަޔަކު ގަވާއިދާޚިލާފަށް ވޯޓުލާފައިވާ ކަމަށާއި އެ ވޯޓުތައް ބާތިލްކޮށްފި ނަމަ މުޅި ރައްޔިތުންގެ ވޯޓުން ވެސް ކުރި ލިބޭނެ ކަމަށް ވެރިކަމަށް އިންތިޚާބުވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.