30 އޮކްޓޯބަރ

October 30, 2020
ދެ ކެންޑިޑޭޓުންގެ ސަމާލުކަން ވެސް ފްލޮރިޑާ އަށް

ފްލޮރިޑާ (އޮކްޓޯބަރު 30) - ރިޕަބްލިކަން ކެންޑިޑޭޓް އަދި ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ ކެމްޕޭނުގައި ފްލޮރިޑާ އަށް ޚާއްސަ ސަމާލުކަމެއް ދެއްވަން ފައްޓަވައިފި އެވެ.

29 އޮކްޓޯބަރ

October 29, 2020 3
ބައިޑަން ކުރީގައި އުޅެނީ ފޭކް ޕޯލްތަކުން: ޓްރަމްޕް

އެރިޒޯނާ (އޮކްޓޯބަރު 29) - ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ކުރީގައި އުޅުއްވާ ކަމަށް ދައްކަނީ ފޭކް ޕޯލްތަކުން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2020 2
މެލަނިއާ އެންމެ ފަހުން ފިރިކަލުންގެ ކެމްޕޭނަށް

ވޮޝިންޓަން (އޮކްޓޯބަރު 28) - ފިރިކަލުން ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް ފަސްޓް ލޭޑީ މެލަނިއާ ފުރަތަަމަ ފަހަރަށް މި އަހަރު ނުކުންނަވައިފި އެވެ.

October 28, 2020 1
"ކޮވިޑުގެ މީޑިއާ ކަވަރޭޖާ މެދު ޓްރަމްޕް ހަސަދަވެރިވޭ"

ވޮޝިންޓަން (އޮކްޓޯބަރު 28)- ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެއިލްވެފައިވާ ކަމަށާއި ކޮވިޑްގެ މީޑިއާ ކަވަރޭޖާ މެދު ޓްރަމްޕް ވަރަށް ބޮޑަށް...

25 އޮކްޓޯބަރ

October 25, 2020 6
ޓްރަމްޕް ދެވަނަ ދައުރެއް ހޯއްދަވަނީ އަމިއްލަ ފައިދާއަށް

ވޮޝިންޓަން (އޮކްޓޯބަރު 25) - ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރެއް ހޯއްދަވަން އުޅުއްވަނީ އެމެރިކާގެ ރައްޔިތުންނަށްޓަކައި ނޫން ކަމަށާއި ޓްރަމްޕުގެ އަމިއްލަ ފައިދާ އާއި...

October 25, 2020 7
ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ވޯޓު ދެއްވައިފި

ފްލޮރިޑާ (އޮކްޓޯބަރު 25) - އެމެރިކާގައި އަންނަ މަހު އޮންނަ ރިޔާސީ އިންތިޚާބުގެ ކުރިން، އާލީ ވޯޓިން ނުވަތަ ކުރިން ވޯޓުލާ މީހުންގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ފްލޮރިޑާގައި އިއްޔެ...

24 އޮކްޓޯބަރ

October 24, 2020 6
ބައިޑަންގެ ވައުދު: އެންމެންނަށް ހިލޭ ވެކްސިން ދޭނަން

ވޮޝިންޓަން (އޮކްޓޯބަރު 24) - އެމެރިކާގެ ހުރިހާ ރައްޔިތުންނަށް ކޮރޯނާވައިރަހުގެ ވެކްސިން ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.

23 އޮކްޓޯބަރ

October 23, 2020 2
ޓްރަމްޕް-ބައިޑަންގެ ބަހުސް: ކުރި ހޯދީ ކޮން ފަރާތެއް؟

ވޮޝިންޓަން (އޮކްޓޯބަރު 23) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑަން ރޭ ބޭއްވި އެންމެ ފަހު ޓީވީ...

October 23, 2020 1
ޓްރަމްޕް-ބައިޑަންގެ ފަހު ބަހުސް: ކޮވިޑާއި ތިމާވެއްޓަށް

ވޮޝިންޓަން (އޮކްޓޯބަރު 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ބޭއްވެވި އެންމެ ފަހު ޓީވީ ބަހުސްގައި ކޮވިޑް އާއި މޫސުމީ މައްސަލަތަކާއި ނަސްލީ...

22 އޮކްޓޯބަރ

October 22, 2020 6
އެމެރިކާގެ އިންތިޚާބުގެ ވޯޓާސް ލިސްޓް އީރާނަށް!

ވޮޝިންޓަން (އޮކްޓޯބަރު 22) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ މީހުންނާ ބެހޭ މައުލޫމާތު އީރާނަށާއި ރަޝިޔާ އަށް ލިބިފައިވާ ކަމަށް އެފްބީއައި އިން ބުނެފި އެވެ.

October 22, 2020 4
ބައިޑަން އަށް ކެމްޕޭން ކުރައްވަން އޮބާާމާ ނުކުންނަވައިފި

ވޮޝިންޓަން (އޮކްޓޯބަރު 23) - ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އަށް ކެމްޕޭން ކުރެއްވުމަށް ކުރީގެ ރައީސް ބަރަކް އޮބާމާ ނުކުންނަވައިފި އެވެ.

20 އޮކްޓޯބަރ

October 20, 2020 1
ބަހުސްގެ މައުޟޫއާ މެދު ޓްރަމްޕް-ބައިޑަން ޚިޔާލުތަފާތު

ވޮޝިންޓަން (އޮކްޓޯބަރު 20) - އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަންގެ އެންމެ ފަހުގެ ޓީވީ ބަހުސްގެ މައުޟޫއާ މެދު ދެ ކެންޑިޑޭޓުން ޚިޔާލުތަފާތުވެއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2020
ބައިޑަންއަކީ ކުށްކޮށްފައި ހުރި ކޮރަޕްޓް މީހެއް:ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 18) - އެމެރިކާގެ ރައީސް ކަމަށް ޑިމޮކްރެޓިކް ޕާޓީން ވާދަކުރައްވާ ޖޯ ބައިޑަން އަކީ މާޒީގައި ބޮޑެތި ކުށްތައް ކުރައްވާފައި ހުރި މުޖްރިމެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފި އެވެ.

16 އޮކްޓޯބަރ

October 16, 2020
އެމެރިކާގެ އިންތިޚާބުގައި 17މިލިއަން މީހުން ވޯޓުލައިފި

ވޮޝިންޓަން (އޮކްޓޯބަރު 16) - ނޮވެމްބަރު 3 ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި "އާލީ ވޯޓިން" ގެ ގޮތުގައި މިހާތަނަށް 17.8 މިލިއަން މީހުން ވޯޓުލައިފި އެވެ.

14 އޮކްޓޯބަރ

October 14, 2020 2
ބައިޑަންގެ ސަމާލުކަން ވެސް ފްލޮރިޑާ އަށް

ފްލޮރިޑާ (އޮކްޓޯބަރު 14) - އެމެރިކާގެ ރިޔާސީ އިންތިޚާބު ބާއްވަން ތިން ހަފުތާ އަށް ވެފައިވާ އިރު ވާދަވެރި ދެ ކެންޑިޑޭޓުންގެ ކެމްޕޭނުގައި ފްލޮރިޑާ ސްޓޭޓަށް އިސްކަން ދޭން ފަށައިފި އެވެ.

13 އޮކްޓޯބަރ

October 13, 2020 2
ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ޓްރަމްޕް ކެމްޕޭނަށް

ފްލޮރިޑާ (އޮކްޓޯބަރު 13) - ކޮރޯނާވައިރަހަށް ޕޮޒިޓިވްވިތާ ދެ ހަފުތާ ނުވަނީސް ރައީސް ޑޮނަލްޑް ޓްރަމްޕް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ނުކުމެވަޑައިގެންފި އެވެ.

12 އޮކްޓޯބަރ

October 12, 2020 2
"އަޅުގަނޑަކީ ބިންގަރާހަށް ވަދެ ފިލާނެ މީހެއް ނޫން"

ވޮޝިންޓަން (އޮކްޓޯބަރު 12) - އެމެރިކާގެ ރައްޔިތުންނަށް މިހާރު ލިބިފައި ވަނީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާ ގޮތަށް ބިންގަރާހަށް ވަދެ ފިލާ އޮންނާނެ ރައީސެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

11 އޮކްޓޯބަރ

October 11, 2020 3
ޓްރަމްޕް ކަރަންޓީނުގައި، ކެމްޕޭން އެއްވުމެއް ބާއްވައިފި

ވޮޝިންޓަން (އޮކްޓޯބަރު 11) - ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަރަންޓީނުގައި ހުންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ކެމްޕޭން އެއްވުމެއް ރޭ ބާއްވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2020
ވީޕީންގެ ބަހުސް: ކޮވިޑްއާ ގުޅޭ ބަހުގެ ހަމަލާތަކެއް

ވޮޝިންޓަން (އޮކްޓޯބަރު 8) - އެމެރިކާގެ ނައިބް ރައީސްގެ މަގާމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބޭއްވި ޓީވީ ބަހުސްގައި ކޮރޯނާވައިރަހާ ގުޅޭ ގޮތުން ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.

03 އޮކްޓޯބަރ

October 03, 2020 2
ޓްރަމްޕަށް ވާދަނުކުރެއްވޭ ނަމަ ދެންވާނީ ކިހިނެއް؟

ވޮޝިންޓަން (އޮކްޓޯބަރު 2) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ކުރިމަގުގައި ވާނެ ގޮތަކާ މެދު ވަރަށް ގިނަ ސުވާލުތައް ދަނީ އުފައްދަމުންނެވެ.

02 އޮކްޓޯބަރ

October 02, 2020 2
ޓްރަމްޕްގެ އާންމު ވާހަކަ: "މިއީ ކަމެއް ނޫން"

ކޮރޯނާވައިރަސްގެ އަލާމާތްތައް އެމެރިކާ އިން ފުރަތަމަ ދައްކާލުމާ އެކު، ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެއީ އެ ގައުމަށް އޮތް ނުރައްކަލެއް ނޫން ކަމަށެވެ.

01 އޮކްޓޯބަރ

October 01, 2020 3
އެމެރިކާގެ ރިޔާސީ ބަހުސްގެ ގަވާއިދު ބަދަލު ކުރަނީ

ވޮޝިންޓަން (އޮކްޓޯބަރު 1) - ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް ޖޯ ބައިޑަން އެންމެ ފަހުން ބޭއްވި ބަހުސްގައި ބަދަލުކުރި ޒުވާބު ކުރުމާއި ފުރައްސާރަ އާއި މަލާމާތުގެ ބަސްތަކަށް ފަހު، ރިޔާސީ ބަހުސްގެ ގަވާއިދު ބަދަލު ކުރަން، ބަހުސްގެ ކަންކަން ބަލަހައްޓާ ކޮމިޝަނުން ނިންމައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2020 12
ޓްރަމްޕާއި ބައިޑަންގެ ބަހުސްގައި ޒުވާބާއި މަލާމާތްކުރުން

އޮހާޔޯ (ސެޕްޓެމްބަރު 30) - އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބަހުސްގައި، ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން، މިއަދު ބޮޑު ޒުވާބަކަށް ގޮސް، މަލާމާތުގެ ބަސްމަގަކަށް ބަދަލުވެއްޖެ އެވެ.

29 ސެޕްޓެމްބަރ

September 29, 2020 2
ޓެކްސްއާ ބެހޭ ހަގީގަތްތަކުން ފެންނަނީ ތަފާތު ޓްރަމްޕެއް

ވޮޝިންޓަން (ސެޕްޓެމްބަރު 29) - ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސްއާ ބެހޭ މައުލޫމާތުތައް ނިއު ޔޯކް ޓައިމްސް އިން އިއްޔެ ހާމަކުރުމުން އޭނާއަކީ އޭނާ ވިދާޅުވާ ކަހަލަ ކާމިޔާބު ވިޔަފާރިވެރިއެއް ނޫންކަން އެނގިއްޖެ އެވެ. އަދި އޭނާގެ ނަމުގައި ނަގާފައިވާ އެތައް ސަތޭކަ މިލިއަން ލޯނެއް، ކުރިއަށް އޮތް މަދު އަހަރުތަކެއްގައި ދައްކަން ފަށަން...