06 އޮކްޓޯބަރ

October 06, 2020 1
ވޮލީ މުބާރާތްތައް ފެށޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު

ކޮވިޑް-19އާ ހެދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ މުބާރާތްތައް ދެން އެންމެ އަވަހަށް ވެސް ބޭއްވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

26 ނޮވެމްބަރ

November 26, 2019 4
ވީއޭއެމަށް ހައްލެއް ހޯދަން އެފްއައިވީބީއާ މަޝްވަރާކޮށްފި

ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަނާ (އެފްއައިވީބީ) އެކު ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މަޝްވަރާކުރައްވައިފި އެވެ.

31 އޮކްޓޯބަރ

October 31, 2019 6
ލަތީފްގެ އިތުބާރު ނެތްކަމަށް ކްލަބްތަކުން ފާސްކޮށްފި

ވޮލީބޯލް އެސޯސިއޭޝަނުގެ އިންތިހާބީ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފްގެ އިތުބާރު ނެތްކަމަށް ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މެމްބަރު ކްލަބްތަކުން މިއަދު ފާސްކޮށްފި އެވެ.

23 އޮކްޓޯބަރ

October 23, 2019 3
ވޮލީގެ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

މާދަމާރޭ ބާއްވަން ހަމަޖެހިފައި އޮތް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2019 8
މަހުލޫފަށް، ރިޔާޒްގެ އިލްތިމާސެއް!

ވޮލީބޯޅަ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ވެސް އަދި އެ ކޮމިޓީން ބާއްވާ އިންތިހާބު ވެސް ބަލައިނުގަންނާނެ ކަމަށް ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން އަންގާފައިވާތީވެ އެ ނިންމުން މުރާޖައާކުރުމަށް އެ ކޮމިޓީ އަށް އަންގައިދިނުމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު...

15 އޮކްޓޯބަރ

October 15, 2019 28
ރިޔާޒަށް ޖަވާބުދީފި! "އިންތިހާބު ބަލައިނުގަންނާނަން"

ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ބާއްވަން ސްޕޯޓްސް ކޮމިޝަނަރު އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަ ކަމަށާއި އަދި ސަރުކާރުން ފޯރުވާ އެކަށީގެންނުވާ ނުފޫޒެއްގެ މައްޗަށް ބާއްވާ އެއްވެސް އިންތިހާބެއް ބަލައިނުގަންނާނެ ދުނިޔޭގެ ވޮލީބޯޅަ ޖަމިއްޔާ، އެފްއައިވީބީން ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2019 19
މިއީ އަޅުގަނޑާ ދެކޮޅަށް ހިންގާ ޒާތީ ކަމެއް: ލަތީފް

ވޮލީބޯޅަ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ އުވާލައި އެތަނަށް ސްޕޯޓްސް ކޮމިޝަނަރު ނޯމަލައިޒޭޝަން ކޮމިޓީއެއް އައްޔަންކުރުމުގެ ފަހަތުގައި އޮތީ ޒާތީ ކަމެއް ކަމަށާއި، މައްސަލައަކީ އޭނާ ކަމަށް ވާ ނަމަ އޭނާ ކުރިމަތިނުލާ ގޮތަށް އާ އިންތިހާބެއް ބާއްވަން ތައްޔާރު ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

26 ސެޕްޓެމްބަރ

September 26, 2019 7
ލަތީފަށް ސްޕޯޓްސް ކޮމިޝަނަރުގެ އިންޒާރެއް!

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނަމުގައި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް މުއާމަލާތު ކުރަމުން އަންނަ ކަމަށާއި އެކަން އިސްލާހުނުކޮށްފިނަމަ ގަނޫނާ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް އިންޒާރެއް ދެއްވައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019 8
ވޮލީގެ ނޯމަލައިޒިން ކޮމިޓީ އެފްއައިވީބީން ބަލައިނުގަތް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގުމުގެ ކަންތައްތަކާ ހަވާލުވެ ތިބި ނޯމަލައިޒޭޝަން ކޮމިޓީ ބަލައިނުގަންނަން ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން ކަމަށްވާ އެފްއައިވީބީން ނިންމައިފި އެވެ.

26 ޑިސެމްބަރ

December 26, 2018 7
ލަތީފަށް ބޮޑެތި ފާޑުކިއުުންތަކެއް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އެކި މަގާމުތަކުގައި ފާއިތުވި ދެ އަހަރު މަސައްކަތްކުރި މީހުންގެ ތެރެއިން އިސްތިއުފާދީފައި ދިޔައީ ނަތީޖާ ނުނެރެވުނު މީހުން ކަމަށް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވުމުން، އޭނާއާ އެކު މަސައްކަތްކުރި ބައެއް ފަރާތްތަކުން އެކަމަށް ރައްދު ދީފި އެވެ.

14 ޑިސެމްބަރ

December 14, 2018
ސަތޯގެ ވާހަކަތަކަށް އަދީލް ރައްދުދީފި

ގައުމީ އަންހެން ވޮލީބޯޅަ ޓީމު އޮތީ ބޮންސުންލާފައި ކަމަށާއި އޭގެ ޒިންމާ ނަގަން ޖެހެނީ ކުރީގެ ކޯޗުން ކަމަށް އަންހެން ޓީމުގެ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ބުނެފައިވާތީ ކުރީގެ ކޯޗު އަހުމަދު އަދީލް (ބޭބެ) ރައްދުދީފި އެވެ.

13 އޮކްޓޯބަރ

October 13, 2018 3
ވީއޭއެމްގެ ނައިބު ރައީސް ރަނޭ އިސްތިއުފާ ދެއްވައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ލީޑަޝިޕާ އެކު ކުރިއަށްދެވޭނެ މާހައުލެއް ނެތުމާއި އަދި އެއްވެސް ކަމަކަށް ހައްލެއް ލިބޭނެ އަލިމަގެއް ފެންނަން ނެތް ކަމަށް ވިދާޅުވެ، އެސޯސިއޭޝަންގެ ސީނިއާ ނައިބު ރައީސްގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވައިފި އެވެ.

15 ނޮވެމްބަރ

November 15, 2017 1
އޭވީސީގެ ބޯޑަށް ވީއޭއެމްގެ ރައީސް ލަތީފް

އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ބޯޑު މެމްބަރުކަމުގެ މަގާމަށް ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) އައްޔަންކޮށްފި އެވެ.

04 އޮކްޓޯބަރ

October 04, 2017 3
ޒުވާން ކުޅުންތެރިން އުފައްދަން ވޮލީން މަސައްކަތް ފަށަނީ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ޒުވާން ކުޅުންތެރިން ތައްޔާރުކުރުމަށް ވައިޑީޕީ ހަރަކާތްތައް އަލުން ފެށުމަށް ފަހު ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2017
ގައުމީ ވޮލީ ޓީމުގެ ކޯޗަކަށް ކާއްޓޭ ހަމަޖައްސައިފި

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗަަކަށް ކުރީގެ ކުޅުންތެރިއާ މުހައްމަދު ސާޖިދު (ކާއްޓޭ) ހަމަޖައްސައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017
ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީއަކަށް އަދީލް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރީގެ ކުޅުންތެރިއާ އަދި ކޯޗު އަހުމަދު އަދީލް (ބޭބެ) ހަަމަޖައްސައިފި އެވެ.

10 މެއި

May 10, 2017
ގައުމީ ވޮލީބޯޅަ ޓީމުތަކަށް ހާއްސަ ކޮމިޓީއެއް

ގައުމީ އަންހެން އަދި ފިރިހެން ވޮލީބޯޅަ ޓީމުގެ ކަންތައްތައް ހަމަޖެއްސުމަށާއި ޓީމާ ބެހޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ކޮމިޓީއެއް އެކުލަވާލައިފި އެވެ.

19 އެޕްރީލް

April 19, 2017 1
އޮލިމްޕިކް ކޮމިޓީއަށް އިހުތިރާމްކުރަން: ލަތީފް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ ވާހަކަތަކަށް ރައްދުދިނުމުގެ ވިސްނުމެއް ނެތް ކަމަށާއި އޮލިމްޕިކް ކޮމިޓީ އަށް އިހުތިރާމް ކުރާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

03 އެޕްރީލް

April 03, 2017 12
ވީއޭއެމްގެ ނައިބު ރައީސް އިއްޒަތު މަގާމުން ވަކިކޮށްފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސްގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2017 5
ލަތީފް މަގާމުން ދުރުކުރަން، ޔޫތުން އޭނާ ވަކިކޮށްފި

ޔޫތު ސްޕޯޓްސް ކްލަބުގެ ފަރާތުން ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައި އިންތިހާބު ކާމިޔާބު ކުރެއްވި މުހައްމަދު ލަތީފް، އެ ކްލަބްގެ މެމްބަރުކަމުން މިއަދު ވަކިކުރުމާ އެކު، އެސޯސިއޭޝަނުގައި އޭނާގެ މަގާމާ މެދު ސުވާލުތަކެއް އުފެދިއްޖެ އެވެ.