13 ޖެނުއަރީ

January 13, 2020 16
ވިކްޓްރީން ނާޝިދު އިސްތިއުފާ ދޭން ގާނާ ގޮވާލައިފި

މިވަގުތު ސަސްޕެންޝަނުގައި އޮތް ވިކްޓްރީގެ ޗެއާޕާސަންގެ ކަމުން ޑރ. އިބްރާހިމް ނާޝިދު (ނާޝް) އިސްތިއުފާ ދެއްވަން އެ ކްލަބުގެ ބޯޑް މެމްބަރު އަދި ޒަމާންވީ ހިދުމަތްތެރިޔާ އަހުމަދު ރިޔާޒް (ގާނާ) ގޮވާލައިފި އެވެ.

12 ޖެނުއަރީ

January 12, 2020 13
އެފްއޭއެމަށް ވުރެ ވިކްޓްރީ ދޮށި، ކްލަބް ދެމި އޮންނާނެ

ވިކްޓްރީ އަކީ އެފްއޭއެމް ވުޖޫދަށް އައުމުގެ މާކުރިން ފެށިގެން ހިންގަމުން އަންނަ ކްލަބެއް ކަމަށާއި ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައިވީ ނަމަވެސް ކްލަބް އެއް ވަނަ ޑިވިޝަނުގައި ހިފެހެއްޓުމަށް ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

12 ޑިސެމްބަރ

December 12, 2019 49
އެފްއޭއެމުން ވިކްޓްރީ ސަސްޕެންޑްކޮށްފި!

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އެންމެ ޒަމާންވީ ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުންތެރިންނާއި ކޯޗުންނަށް ނުދީ ހުރި މުސާރަ ދޭށާއި ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކުރަން އެފްއޭއެމުން ދިން މުއްދަތުގައި އެކަންކަންކޮށްފައިނުވާތީ އެ އެސޯސިއޭޝަނުން އެ ކްލަބް ސަސްޕެންޑްކޮށްފި އެވެ.

01 ނޮވެމްބަރ

November 01, 2019 4
ވިކްޓްރީ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު ދީފި

ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި މިހާރު ވާދަކުރާ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ވިކްޓްރީ ސްޕޯޓްސް ކްލަބުން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލައިގައި ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރާއި އަދި މެޗުތަކަށް ހާޒިރުނުވާތީ ދިރާގު ދިވެހި ޕްރިމިއާ ލީގުން ވަކިކޮށްފާނެ ކަމުގެ އިންޒާރު އެފްއޭއެމުން ދީފި...

26 އޮކްޓޯބަރ

October 26, 2019 2
ވިކްޓްރީ ޓީމު ހަމަނުވި މެޗުގެ އަދަދު ހަޔަކަށް

ވިކްޓްރީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފ. ނިލަންދޫއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް ޓީމު ހަމަނުކުރެވުމާ އެކު ދެ ސީޒަނުގެ ތެރޭގައި ޓީމު ހަމަނުވެގެން އެ ޓީމަށް ނުކުޅެވި ދިޔަ މެޗުގެ އަދަދު ހަޔަކަށް އަރައިފި އެވެ.

25 އޮކްޓޯބަރ

October 25, 2019 7
ވިކްޓްރީ ޓީމު ހަމަނުވާތީ ސުޒޭންގެ އިލްތިމާސެއް!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ވިކްޓްރީގެ ހާލަތު ގޯސްވެ ޓީމު ހަމަނުވެގެން ތިން މެޗެއް ދޫކޮށްލާފައިވާތީ، އެ ކްލަބްގެ ކަންތައްތައް ރަނގަޅުކުރަން ވިކްޓްރީ މެނޭޖްމަންޓުން އިސްވެ މަސައްކަތްތަކެއް ކުރަން ކުރިން އެ ޓީމުގައި ގިނަ ކާމިޔާބީތަކެއް ހޯދި މިހާރު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން އިލްތިމާސެއްކޮށްފި އެވެ.

20 އޮކްޓޯބަރ

October 20, 2019 7
ވިކްޓްރީ ޓީމު ހަމަނުވި، މެޗު އަނެއްކާ ވެސް ކެންސަލް!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހާޒިރެއް ނުވި އެވެ.

15 އޮކްޓޯބަރ

October 15, 2019 2
ވިކްޓްރީ ޓީމު ހަމަނުވުމުން މެޗު ކެންސަލް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ހާޒިރެއް ނުވި އެވެ.

October 15, 2019 1
ޒުވާން ޓީމާ މެދު ނިސްތާރުގެ އުއްމީދު ބޮޑު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ށ. ފޯކައިދޫ އާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗަށް ނުކުންނައިރު މި ދެ ޓީމުގައި ހިމެނޭ ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ...

24 ސެޕްޓެމްބަރ

September 24, 2019 4
ވިކްޓްރީން ޓީމު ހަމަކޮށްފި، މޮޅުވީ ނިލަންދޫ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހު ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވުމުން މިއަދު 40،000ރ. ގެ ޖޫރިމަނާއަކާ ކުރިމަތިވި ވިކްޓްރީ ސްޕޯޓްސް ކްލަބުން ޓީމު ހަމަކޮށްގެން މިއަދު ފ. ނިލަންދޫއާ ދެކޮޅަށް ނުކުތް ނަމަވެސް 6-0 އިން ބަލިވެއްޖެ އެވެ.

September 24, 2019 23
"އެފްއޭއެމްގެ ބޭނުމަކީ ވިކްޓްރީ ލީގުން ބޭރުކޮށްލުން"

ތަފާތު އުނދަގޫތައްކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބް ދިރާގު ދިވެހި ޕްރިމިއާ ލީގުން ބޭރުކޮށްލަން އެފްއޭއެމުން މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަމަކު ދެ ވަނަ ޑިވިޝަނުގައި ކުޅެން...

September 24, 2019 7
މެޗަށް ހާޒިރުނުވުމުން ވިކްޓްރީ ޖޫރިމަނާކޮށްފި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ދަނޑަށް ހާޒިރުނުވުމުން އެފްއޭއެމުން އެ ކްލަބް 40،000ރ. އިން...

19 ސެޕްޓެމްބަރ

September 19, 2019 3
ވިކްޓްރީން މިރޭގެ މެޗަށް ހާޒިރެއް ނުވި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ދަނޑަށް ހާޒިރުނުވުމުން ގްރީން ސްޓްރީޓްސް މޮޅުވީ ކަމަށް އެފްއޭއެމުން...

September 19, 2019 7
މިރޭގެ މެޗަށް ވިކްޓްރީ ޓީމު ހަމަވާނެތަ؟

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ގްރީން ސްޓްރީޓްސް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބް ކުޅޭ މެޗަށް ވިކްޓްރީގެ ކުޅުންތެރިން ހަމަނުވެ މެޗުގައި ނުކުޅެވުމުގެ ބިރުބޮޑުވެއްޖެ އެވެ.

16 ސެޕްޓެމްބަރ

September 16, 2019 24
ޓީސީ އާއި ވިކްޓްރީގެ ކޯޗުން އިސްތިއުފާދީފި

މާލީ މައްސަލަތަކާ ހެދި ޓީމުގެ ހާލަތު ގޯސްވުމުން، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު އާތިފް (އާތީ) އާއި މި ފަހަރުގެ ސީޒަނަށް އެންމެ އުނދަގޫ ހާލަތެއްގައި ތައްޔާރުވި ވިކްޓްރީގެ ކޯޗު މުހައްމަދު އާދަމް މަގާމުން އިސްތިއުފާދީފި އެވެ.

08 އޯގަސްޓް

August 08, 2019
ޗުއްޓީ މޫޑުގައި އޮތް އީގަލްސް އިން ވިކްޓްރީ ބަލިކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 3-1 އިން ކްލަބް އީގަލްސް މޮޅުވެއްޖެ އެވެ.

August 08, 2019 7
ވިކްޓްރީގެ މިސްރާބު ގެއްލި، ރެލިގޭޝަނާ ދިމާލަށް؟

ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިހާރު ކުރިއަށް މިދަނީ ޒަމާންވީ ދެ ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ ނެތި އެވެ. ވެލެންސިއާ މިހާރު އޮތީ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވެފަ...

04 އޯގަސްޓް

August 04, 2019 4
ވިކްޓްރީ ނުވަ ގޯލުން ބަލިކޮށް މާޒިޔާ އެއް ވަނަ އަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ވިކްޓްރީ އަތުން 9-0 އިން މޮޅުވެ މާޒިޔާ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

02 އޯގަސްޓް

August 02, 2019 16
ހާލަތު ގޯސްވެ ވިކްޓްރީގެ ކޯޗު މުހައްމަދު މާޔޫސްވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ގިނަ ގޮންޖެހުންތަކަކަށް ފަހު ޒުވާން ޓީމެއް ގޮވައިގެން ނުކުތް ވިކްޓްރީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މަގާމުގައި ދެމިހުރެ ކުރިއަށް ދިއުމާ މެދު ގޮތެއް ނިންމަންޖެހިދާނެ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު އާދަމް ބުނެފި އެވެ.

05 ޖުލައި

July 05, 2019 1
ވިކްޓްރީ އަތުން ފޯކައިދޫ އަށް އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވިކްޓްރީ އަތުން 1-0 އިން ށ. ފޯކައިދޫ އުނދަގޫ މޮޅެއް ހޯދައިފި އެވެ.

July 05, 2019
ވިކްޓްރީގެ ފޯމު ފޯކައިދު އަށް މުހިއްމެއް ނޫން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައި އޮތް ވިކްޓްރީއާ ދެކޮޅަށް މިއަދު ހަވީރު ކުޅޭއިރު ކުރިން އެ ޓިމު ކުޅުނު މެޗުތަކަށް ނުބަލާނެ ކަމަށް ށ....

24 ޖޫން

June 24, 2019 3
ދަ ގްރާންޑޭ އިން ތިން ވަނަ މޮޅު ހޯދައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އަތުން 4-0 އިން މޮޅުވެ ދަ ގްރާންޑޭ އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު ތިން ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

June 24, 2019 1
ވިކްޓްރީއާ ހަވާލުވީ ހާލަތު އެނގިހުރެ: ކޯޗު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މި ފަހަރު ގިނަ ގޮންޖެހުންތަކަކަށް ފަހު ޒުވާން ޓީމެއް ގޮވައިގެން ނުކުންނަން ނިންމީ ހާލަތު އެނގިހުރެ ކަމަށާއި މި ޓީމަށް ނަތީތާ ނެރެވޭނެ ކަމުގެ...

19 ޖޫން

June 19, 2019 1
ވިކްޓްރީ އަތުން ޔުނައިޓެޑް ވިކްޓްރީ މޮޅުވެއްޖެ

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބީ ޓީމުގެ ގޮތުގައި ކުރިން މަޝްހޫރުވި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން 4-0 އިން މޮޅުވެއްޖެ އެވެ.

15 ޖޫން

June 15, 2019 11
ވިކްޓްރީ ބަލިކޮށް ޗެމްޕިއަން ޓީސީ އަށް ފަސޭހަ ފެށުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ވިކްޓްރީގެ މައްޗަށް 4-0 އިން ކުރިހޯދައި އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފެށުން ރަނގަޅުކޮށްފި އެވެ.

13 ޖޫން

June 13, 2019 3
ވިކްޓްރީ މި ސީޒަނުގައި ފެންނާނެ!

ވިކްޓްރީ ސްޕޯޓްސް ކްލަބުން މި ސީޒަނުގައި ވާދަކުރުމަށް ނަގަން ޖެހޭ އޭއެފްސީ ކްލަބް ލައިސަންސްގެ ކަންކަން ފުރިހަމަކޮށްފި އެވެ.

10 ޖޫން

June 10, 2019 10
ވިކްޓްރީ އަށް ފައިސާ ހަމަޖެހިއްޖެ

މިދިޔަ ސީޒަނުގައި ވިކްޓްރީ ސްޕޯޓްސް ކްލަބަށް ކުޅުނު ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަތައް ހަމަޖައްސަން ފައިސާ ލިބިފައިވާ ކަމަށާއި އިދާރީ ކަންކަން ނިންމައި މާދަމާގެ ނިޔަލަށް އެފްއޭއެމް އަށް ކްލަބް ލައިސަންސް ހޯދުމަށް ހުށަހެޅޭނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.