02 ޖޫން

June 02, 2019 12
ވިކްޓަރީ އަށް މި ސީޒަނުގައި ނުކުޅެވިދާނެ!

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓް ސަސްޕެންޑްކޮށްފައި އޮތުމުން މި ސީޒަނުގައި އެ ޓީމު ނުފެންނާނެކަން ޔަގީންވެފައިވަނިކޮށް، ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް މުސާރައިގެ މައްސަލަތަކެއްގެ ސަބަބުން މި ސީޒަނުގައި ނުކުޅެވުމުގެ ބިރުބޮޑުވެއްޖެ އެވެ.

27 މެއި

May 27, 2019 6
ވިކްޓަރީގެ ކޯޗަކަށް މުހައްމަދު އާދަމް

ކުރިއަށް އޮތް ސީޒަނުގައި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ ކޯޗަކަށް ކުޅިވަރުގެ އެކި މަގާމުތަކުން މީީގެ ކުރިން ފެނުނު މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.

09 މެއި

May 09, 2019
ވިކްޓަރީ ބަލިކޮށް އޭދަފުށިން ފެށުން ރަނގަޅުކޮށްފި

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން 3-0 އިން މޮޅުވެ އޭދަފުށީ ވެޓެރަންސް ފުޓްބޯލް ކްލަބް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

08 މެއި

May 08, 2019 2
ވިކްޓަރީ-އޭދަފުށި މެޗުން ވެޓެރަންސް މުބާރާތް ފަށަނީ

ކުރީގެ ފުޓްބޯޅަ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ ރޯދަ މަހަކު ބާއްވަމުން އަންނަ ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތް ބ. އޭދަފުށްޓާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ މެޗުން މިއަދު ހަވީރު ފަށާނެ އެވެ.

26 މާޗް

March 26, 2019 15
މިއީ ދިވެހި ފުޓްބޯޅަ އަށް އަނދިރި ދުވަހެއް: މާއްޓޭ

ފުޓްބޯޅައިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަސްޕެންޑްކުރަން އެފްއޭއެމްގެ ކޮންގްރެސް އިން އިއްޔެ ނިންމުމަކީ ދިވެހި ފުޓްބޯޅަ އަށް އައި އަނދިރި ކަމެއް ކަމަށާއި، ކްލަބްތަކަށް ކުރިމަތިވާ މާލީ މައްސަލަތައް ހައްލުކުރާނެ މި ނޫން ގޮތްތަކެއް އޮންނާނެ ކަމަށް ވާދަވެރި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ވައިސް ޗެއާމަން އަދި ކުރީގެ ކުޅުންތެރިޔާ...

24 މާޗް

March 24, 2019 13
މާދަމާގެ ކޮންގްރެސްއާ ދިމާކޮށް ވިކްޓްރީގެ ހުށަހެޅުމެއް!

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިގެން ވިކްޓްރީ ސްޕޯޓްސް ކްލަބުން ފާސްކުރަން ހުށަހެޅި ކަންކަން، މާދަމާ ބާއްވާ އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާގައި ހިމަނާނެ ގާނޫނީ ހަމައެއް ނެތް ކަމަށް އެފްއޭއެމުން ބުނި ނަމަވެސް، އެކަންކަން ހިމެނޭނެ ކަމުގެ ޔަގީންކަން ފީފާ އިން ދީފައިވާ ކަމަށް ބުނެ އެކަން ހިމަނައިދިނުމަށް ވިކްޓްރީން...

09 މާޗް

March 09, 2019 18
ކްލަބްތައް އަމިއްލަ އަށް ކޮންގްރެސް ބާއްވަން ނިންމައިފި

ވިކްޓްރީ ސްޕޯޓްސް ކްލަބް އިސްވެ އޮވެ، 15 ކްލަބެއްގެ ސޮޔާ އެކު، އެފްއޭއެމްގެ ވެރިންގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އެދުނު އެދުމަށް އެ އެސޯސިއޭޝަނުން ފުރަގަސްދީފައިވާތީ އެ ކްލަބުން އެފްއޭއެމްގެ އަސާސީ ގަވާއިދުން ލިބޭ އިހުތިޔާރެއްގެ ދަށުން އަންނަ ހުކުރު ދުވަހު ޕެރެޑައިސް...

21 ފެބުރުއަރީ

February 21, 2019 6
ފީފާއިން ވިކްޓަރީގެ ޕޮއިންޓް އުނިކޮށްފި

ވިކްޓަރީ ސްޕޯޓްސް ކްލަބަށް 2016 ވަނަ އަހަރު ކުޅުނު ޖަޕާނުގެ މިޑްފީލްޑަރު އަޓްސުޝީ ޝިމޯނޯ އަށް މުސާރަނުދީ އޮތް މައްސަލައެއްގައި އެ ކްލަބުގެ އަތުން ތިން ޕޮއިންޓު އުނިކުރަން ފީފާ އިން އެފްއޭއެމް އަށް އަންގައިފި އެވެ.

18 ފެބުރުއަރީ

February 18, 2019 6
"ވިކްޓްރީގެ ލިޔުމުގައި ސޮއިކުރީ 15 ކްލަބަކުން"

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެގުމަށްޓަކައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ލިޔުމުގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަން އެފްއޭއެމުން ކަށަވަރުކޮށްދީފި އެވެ.

17 ފެބުރުއަރީ

February 17, 2019 11
ހުށަހެޅުމުގައި ސޮއިކުރި އަދަދާ މެދު ސުވާލުތަކެއް

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެދި ވިކްޓްރީ ސްޕޯޓްސް ކްލަބުން ހުށަހެޅި ސިޓީގައި 19 ކްލަބަކުން ސޮއިކޮށްފައިވާ ކަމަށް ބުނެ ފަތުރަނީ ދޮގެއް ކަމަށާއި އޭގައި ސޮއިކޮށްފައިވަނީ 15 ކްލަބަކުން ކަމަށް އެފްއޭއެމުން މިއަދު ބުނެފި އެވެ.

15 ފެބުރުއަރީ

February 15, 2019 7
ވިކްޓްރީ އެދުނު ގޮތަށް ކޮންގްރެސް ނުބާއްވަން ނިންމައިފި

އެފްއޭއެމްގެ ލީޑާޝިޕާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން 19 ކްލަބެއްގެ ސޮޔާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސެއް ބާއްވައިދޭން އެދިފައިވީ ނަމަވެސް، ފީފާގެ ލަފާގެ މަތިން އެކަން ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2019 11
އެފްއޭއެމްއާ ދެކޮޅަށް ކްލަބްތަކުން ހުށަހެޅީ ކޮންކަމެއް؟

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވިކްޓްރީ ސްޕޯޓްސް ކްލަބުން މިވަނީ 19 ކްލަބެއްގެ ސޮޔާ އެކު، އެ އެސޯސިއޭޝަނުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައިދޭން އާދީއްތަ ދުވަހު އެދިފަ އެވެ. އަސާސީ ގަވާއިދު ބުނާ ގޮތުގައި ކޮންގްރެސްގައި ވޯޓް ލެވޭ 50 އިންސައްތަ ކްލަބުން އެދިއްޖެ ނަމަ 14...

10 ފެބުރުއަރީ

February 10, 2019 11
ސަސްޕެންޑްކޮށްފާނެތީ ޖެހިލުމެއް ނުވޭ: ވިކްޓްރީ

އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ސަސްޕެންޑްކޮށްފައިވާތީ ޖެހިލުން ނުވާ ކަމަށާއި ބޭނުންކުރީ ލިބިފައިވާ ހައްގަކަށްވާތީ ސަސްޕެންޑްކުރެވޭނެ އެއްވެސް ގޮތެއް ވެސް ނޯންނާނެ ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ޑރ. އިބްރާހިމް ނަޝީދު (ނާޝް) ވިދާޅުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019 1
ވިކްޓަރީން ޓީސީ ހިފަހައްޓައި ގްރޫޕް ފޯރިގަދަ ކޮށްލައިފި

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން ވިކްޓަރީ އެއްވަރުކުރުމުން އެ ގްރޫޕުގެ ފަހު މެޗުތަކުގެ ފޯރިގަދަވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

23 ޑިސެމްބަރ

December 23, 2018 7
ވިކްޓްރީ އޮތީ ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ އަށް ދަރާފައި: ނާޝިދު

ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށާއި އަމާޒަކީ ދަރަނިވެރިނުވެ ކްލަބް ހިންގުން ކަމަށް އާ ޗެއަމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް)...

December 23, 2018 4
ވިކްޓްރީގެ ޗެއާމަނަކަށް ނާޝިދު، ނައިބުންނަށް މާއްޓޭ އާއި އުމަރުބެ

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމަށް ޑރ. އިބްރާހިމް ނާޝިދު (ނާޝް) އަދި ވައިސް ޗެއާމަނުންނަށް ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ)...

18 ޑިސެމްބަރ

December 18, 2018 2
ވިކްޓްރީގެ އިންތިހާބު ހޮނިހިރު ދުވަހުގެރޭ

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބޯޑުން ހުސްވެފައިވާ މަގާމްތަކަށް މެމްބަރުން އިންތިހާބުކުރަން އާއްމު ޖަލްސާއެއް ހޮނިހިރު ދުވަހުގެރޭ ބާއްވަން ހަމަޖައްސައިފި އެވެ.

15 ޑިސެމްބަރ

December 15, 2018 3
މާއްޓޭ އެނބުރި ވިކްޓްރީ އަށް!

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އަދި ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެ ކްލަބުގެ ނައިބް ރައީސްގެ މަގާމަށް ކުރިމަތިލާން ނިންމައިފި އެވެ.

06 ޑިސެމްބަރ

December 06, 2018 4
ވިކްޓްރީ ހިންގަވަން ނާޝިދު އަލުން ނުކުންނަވަނީ

މާލީ މައްސަލަތައް ކުރިމަތިވެ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބާ ހަވާލުވެ އެ ކްލަބުގެ ހާލަތު ރަނގަޅުކުރުމުގެ މަސައްކަތްކުރައްވަމުން އަންނަ ކަމަށް ކުރީގެ ބޯޑް މެމްބަރު ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވެއްޖެ އެވެ.

26 ނޮވެމްބަރ

November 26, 2018 4
ވިކްޓްރީ އަތުން ނިލަންދޫ ފަސޭހައިން މޮޅުވެއްޖެ

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ވިކްޓްރީ އަތުން ފ. ނިލަންދޫ އިން 4-1 އިން މޮޅުވެއްޖެ އެވެ.