21 ނޮވެމްބަރ

November 21, 2018 10
ވިކްޓްރީން މެޗަށް ހާޒިރެއް ނުވި!

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓްރީ އާއި އީގަލްސް ކުޅެން އޮތް މެޗަށް ވިކްޓްރީން ހާޒިރުނުވުމުން މެޗު ކެންސަލްވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2018 11
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ 3-1 އިން ބަލިކޮށް ނިއު ރޭޑިއަންޓަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

25 އޮކްޓޯބަރ

October 25, 2018 1
ވިކްޓްރީ އާއި ފޯކައިދޫ އެއްވަރު

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި މިއަދު ހަވީރު ވިކްޓްރީ އާއި ށ. ފޯކައިދޫ ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2018 5
ދަގަނޑޭގެ ހަތަރު ގޯލާ އެކު ޓީސީ ލީޑު ދަމަހައްޓައިފި

އަލީ އަޝްފާގް (ދަގަނޑޭ) ޖެހި ހަތަރު ގޯލާ އެކު ވިކްޓްރީ ސްޕޯޓްސް ކްލަބް 4-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ދީޑު ދަމަހައްޓައިފި އެވެ.

07 އޮކްޓޯބަރ

October 07, 2018 23
ދެ މެމްބަރުން ވިކްޓަރީން އިސްތިއުފާ ދެއްވައިފި

މާލީ މައްސަލަތައް ދިމާވެ، އެންމެ ފަހުން ކުޅުނު މެޗަށް ވެސް ހާޒިރުނުވެ މައްސަލަގަނޑެއްގެ ތެރެއަށް ވެއްޓިފައި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިސްތިއުފާ ދެއްވައިފި އެވެ.

03 އޮކްޓޯބަރ

October 03, 2018 11
ގޯހުން ގޯހަށް! ވިކްޓަރީން މިރޭގެ މެޗަށް ހާޒިރުނުވާނެ!

މުސާރަ ނުދެވި، މާލީ ގޮތުން ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތް، ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބުން މިރޭ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޒިރުނުވާން ނިންމައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2018
މާޒިޔާ އަށް ފަސް ލަނޑުގެ ފެށުމެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މެދުކެނޑުމަކަށް ފަހު ފަށައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ އަތުން މިރޭ މޮޅު ކުޅުމަކާ އެކު 5-0 އިން މޮޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2018 1
ލީގު އަލުން ފަށާއިރު ވިކްޓަރީ ގޯސް ފައްތަރެއްގައި

ދެ މަހަށް ވުރެ ގިނަ ދުވަހަށް ފަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފަށާއިރު ވިކްޓަރީ ސްޕޯޓްސް ކްލަބް އޮތީ އުނދަގޫ ފައްތަރެއްގަ އެވެ. ޓީމުގެ ޕްރެކްޓިސްތައް ވެސް ނުފަށާ އޮތްއިރު، މުސާރައިގެ މައްސަަލަތަކެއް ވެސް ވަނީ ކުރިމަތިވެފަ އެވެ.

18 ޖުލައި

July 18, 2018 2
އީގަލްސް ފުރަތަމަ މޮޅު ހޯދައިފި

ވިކްޓަރީ އަތުން 3-1 އިން މޮޅުވެ ކްލަބް އީގަލްސް އިން މި އަހަރުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފުރަތަމަ މޮޅު ހޯދައިފި އެވެ.

10 ޖުލައި

July 10, 2018 5
ނިލަންދޫ އިން ވިކްޓަރީއާ އެއްވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ފ. ނިލަންދޫ އިން ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވިކްޓަރީއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފި އެވެ.

05 ޖުލައި

July 05, 2018
ފޯކައިދޫ އަތުން ވިކްޓަރީ އަށް އުނދަގޫ މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން ވިކްޓަރީން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

01 ޖުލައި

July 01, 2018 3
ފެހެންދޫން ވިކްޓަރީ ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން ބ. ފެހެންދޫން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވިޔަނުދީ ހިފަހަައްޓައިފި އެވެ. މިރޭގެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

19 ޖޫން

June 19, 2018
ވިކްޓަރީއާ އެއްވަރުވެ ޓީސީ އަށް ހަތަރު ވަނަ

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ވިކްޓަރީއާ 1-1 އިން އެއްވަރުވެ، ޓީސީ ސްޕޯޓްސް ކްލަބް ހަތަރު ވަނައިގައި އޮވެ ލީގު ނިންމާލައިފި އެވެ.

17 ޖޫން

June 17, 2018 17
ވިކްޓަރީގެ މައްސަލަ މުނޯޒް ފީފާ އަށް ހުށަހަޅައިފި

މި ސީޒަނުގައި ވިކްޓަރީން ދެ މަސް ދުވަހުގެ މުސާރަ ނުދީ އޮތް ކަމަށް ބުނެ ސްޕެއިންގެ މިޑްފީލްޑަރު އެންހެލް މުނޯޒް އެ މައްސަލަ ފީފާ އަށް ހުށަހަޅައިފި އެވެ.

11 ޖޫން

June 11, 2018
ޕެޑްރޯ ދޫކޮށްލައި، މުނޯޒާ މެދު ގޮތެއް ނިންމަނީ

މި ސީޒަނަށް ވިކްޓަރީން ގެނައި ބްރެޒިލަށް އުފަން މިޑްފީލްޑަރު ޕެޑްރޯ ހެންރީކޭ ދޫކޮށްލިއިރު، އެ ޓީމަށް ކުޅޭ ސްޕެއިނުގެ މިޑްފީލްޑަރު އެންހެލް މުނޯޒާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

09 ޖޫން

June 09, 2018 2
ފަހު ވަގުތު ވިކްޓަރީ އަތުން މާޒިޔާ އަށް މޮޅެއް

ފަހު ވަގުތު ކޮނޭލިއަސް ސްޓެވާޓް ވައްދާލި ގޯލާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ވިކްޓަރީ އަތުން 1-0 އިން މާޒިޔާ މޮޅެއް ހޯދައިފި އެވެ.

05 ޖޫން

June 05, 2018 1
ވިކްޓަރީ ބަލިކޮށް އީގަލްސް ތިން ވަނަ އަށް

އެސްޓީއޯ މާލޭ ލީގުގައި މިރޭ 2-1 އިން ވިކްޓަރީ ބަލިކޮށް ކްލަބް އީގަލްސް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

30 މެއި

May 30, 2018 1
ވިކްޓަރީ ބަލިކޮށް ޕޮލިސް ދެ ވަނަ ބުރަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ ބުރުގެ ޕްލޭއޮފް މެޗުގައި ޕެނަލްޓީ ޖަހައިގެން ވިކްޓަރީ 7-6 އިން ބަލިކޮށް ޕޮލިސް ކްލަބް މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.

27 މެއި

May 27, 2018 6
ވިކްޓަރީން ޕްރިމިއާ ލީގުގެ ފުރުސަތު ބޮޑުކޮށްފި

ކްލަބް ވެލެންސިއާ އަތުން 3-1 އިން މޮޅުވެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ މަގާމަށް އަރައި ދިވެހި ޕްރިމިއާ ލީގުގެ ޖާގަ އެއް ހޯދުމާ ގާތަށް ވިކްޓަރީން ޖެހިލައިފި އެވެ.

25 މެއި

May 25, 2018 4
ވިކްޓަރީއާ އެކު ނައްޓޭ އަލުން ފޯމަކަށް

މީގެ ދެ އަހަރު ކުރިއަށް ބަލާއިރު ރާއްޖޭގައި އޭރު ހުރި އެންމެ ހުނަރުވެރި ވިންގަކީ ވިކްޓަރީ އަށް މިހާރު ކުޅެމުން އަންނަ އަހުމަދު ނާޝިދު (ނައްޓޭ) އެވެ. އަނިޔާގެ ސަބަބުންނާއި އެކި މައްސަލަތަކާ ހެދި މިދިޔަ އަހަރު ނާއްޓޭގެ އެންމެ މޮޅު ކުޅުން ނުފެނެ އެވެ. އެކަމު މި ސީޒަނުގައި ވިކްޓަރީއާ ގުޅުމަށް ފަހު ނައްޓޭ އަންނަނީ ކުރީގެ ކުޅުން ދައްކަން...