25 މާޗް

March 25, 2017 62
މީރާ؛ ސިޔާސީ ހަތިޔާރަކަށް ވެގެން ނުވާނެ!

ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ކުންފުނި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފްރީޒް ކުރީ ބުދަ ދުވަހުގެ ރޭ ވަރަށް ކުއްލިއަކަށެވެ. އެއާއެކު 5،000 ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ބިޔަ ކުންފުނި ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

23 މާޗް

March 23, 2017 6
އެލާގެ މައްސަލަ ވިލާއިން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެގީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން...

March 23, 2017 11
އެކައުންޓް ފްރީޒްކުރާ މައްސަލާގައި މީރާ އެއްޗެއް ނުބުނި

ވިލާ ޝިޕިން އަދި ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒްކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުން ނޫން ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

22 މާޗް

March 22, 2017 44
ސިޔާސީ ހަތިޔާރެއްގެ ގޮތުގައި މީރާ ބޭނުންކޮށްގެންނުވާނެ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އުފެއްދީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަން ނޫން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް މިރޭ ފާޑު...

March 22, 2017 157
ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން އިން 18 މިލިއަން ޑޮލަރު ދައްކަން އަންގައި އެ ކުންފުނީގެ އެކައުންޓްތައް މިއަދު ފްރީޒް ކޮށްފި އެވެ.

21 މާޗް

March 21, 2017 21
އެލާގެ މައްސަލަ ވިލާ ކުންފުންޏާ ދެކޮޅަށް ނިންމައިފި

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ތ. އެލާ ދައުލަތަށް ނެތީ އެއްބަސްވުމާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

20 މާޗް

March 20, 2017 38
ވިލާ ކުންފުންޏަށް ރާޅެއް ނަގާހެން އެބަ ހީވޭ: ގާސިމް

ވިލާ ކުންފުންޏާ ދެކޮޅަށް "ބޮޑު ރާޅެއް ނަގާހެން" އެބަ ހީވާ ކަމަށާއި އެކަމަކު ދުވަހަކު ވެސް ގޯހެއް ހައްދަވާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.

14 މާޗް

March 14, 2017 27
އިތުރު ބިމެއްގެ މައްސަލަ ވިލާއާ ދެކޮޅަށް ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުންޏަށް ހުޅުމާލެ އިން ދޫކުރި ބިމެއް ސަރުކާރުން އަތުލީ ރަނގަޅަށް ކަމަށް ނިންމާފައި ވަނިކޮށް އެފަދަ އިތުރު ބިމެއްގެ މައްސަލަ ވެސް ވިލާއާ ދެކޮޅަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

06 މާޗް

March 06, 2017 24
ކާޑެއްދޫ އެއާޕޯޓު ރީޖަނަލް އެއާޕޯޓާ ހަވާލުކޮށްފި

ވިލާ އެއާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިންގަމުން އައި ގދ. ކާޑެއްދޫ އެއާޕޯޓު އަތުލައި، އެ ތަން ރީޖަނަލް އެއާޕޯޓްސްއާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2017 13
ހުޅުމާލެއިން ވިލާއަށް ދިން ބިމެއް އަތުލީ ރަނގަޅަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޓެކްނޮލޮޖީސް އަށް ހުޅުމާލެ އިން ދޫކުރި ބިމެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތުލީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

18 ޖެނުއަރީ

January 18, 2017 51
ކާޑެއްދޫ އެއާޕޯޓް ނަގައި މާމިގިލީ އެއާޕޯޓް ޑޮމެސްޓިކަށް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ އަތުން ގދ. ކާޑެއްދޫ އެއާޕޯޓް އަތުލައި އެ ކުންފުނިން ހިންގާ އދ. މާމިގިލީ އެއާޕޯޓް ޑޮމެސްޓިކް އެއާޕޯޓަކަށް ބަދަލުކޮށްފި އެވެ.

29 ނޮވެމްބަރ

November 29, 2016 22
ބޮލިދުއްފަރު، ވާވެއްދިފަޅު ނެގީ ރަނގަޅަށް: ހައި ކޯޓު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އަށް ދޫކުރި ކ. ބޮލިދުއްފަރު ފަރާއި ކ. ވާވެއްދިފަޅު ސަރުކާރުން އަތުލީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައަޅައި ވިލާއާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

04 ނޮވެމްބަރ

November 04, 2016 18
ވިލާ އިން ހިންގާ ކާޑެއްދޫ އެއާޕޯޓުގެ ފެންވަރު ބަލައިފި

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން އަނެއްކާ ވެސް ފަށްޓަވާފައިވާ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުންޏަކުން ހިންގާ ގދ. ކާޑެއްދޫ އެއާޕޯޓުގެ އިންސްޕެކްޝަނެއް ސަރުކާރުން މިއަދު ހަދައިފި އެވެ.

01 ޖުލައި

July 01, 2016 14
ވިލާއިން މީރާއާ ދެކޮޅަށް ކުރި ދައުވާތައް ގެންގޮސްފި

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރި ތިން މައްސަލައެއް ކުރިޔަށްގެންދަން ބޭނުންނުވާ ކަމަށް ބުނެ އަނބުރާ ގެންގޮސްފި އެވެ.