06 އޯގަސްޓް

August 06, 2020 39
ވެންޓިލޭޓަރުގެ މައްސަލަ އަދިވެސް ފުސްގަނޑެއް ތެރޭގައި!

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން އެމަޖެންސީގައި ގެންނަން އުޅުނު 75 ވެންޓިލޭޓަރަށް ވީ ގޮތް ބަލަން، ނޫސްވެރިން ތަކުރާރުކޮށް އެތައް ސުވާލެއް ވަނީ ކޮށްފަ އެވެ. ބައެއް ފަހަރު އެ ސުވާލުގެ ޖަވާބު އެނބުރެމުން، އެނބުރެމުން ގޮސް ލައްވާލަނީ ނުގުޅޭ ހިސާބެއްގަ އެވެ. އަނެއް ބައި ފަހަރު ކޮންމެވެސް ތާރީހެއް ދެ އެވެ.

04 އޯގަސްޓް

August 04, 2020 8
ކޮރޯނާވައިރަހަށް ޖާދޫގެ ހައްލެއް ނެތް: ޑަބްލިއުއެޗްއޯ

ޖެނީވާ (އޮގަސްޓް 4) - ވެކްސިނެއް ހޯދުމަށް ގައުމުތަކުން ކެނޑިނޭޅި މަސައްކަތް ކުރި ނަމަވެސް، ކޮރޯނާވައިރަހަށް ޖާދޫގެ ހައްލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

01 އޯގަސްޓް

August 01, 2020 2
އަނެއްކާވެސް ރެކޯޑް އަދަދަކަށް ޕޮޒިޓިވްވި ދުވަހެއް

ޖެނީވާ (އޮގަސްޓް 1) - އިއްޔެ އަކީ ކޮރޯނާވައިރަހަށް ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްުޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

28 ޖުލައި

July 28, 2020 4
ބޯޑަރުތައް ބަންދުކުރުމަކީ ހައްލެއް ނޫން: ޑަބްލިއުއެޗްއޯ

ޖެނީވާ (ޖުލައި 28) - ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ބޯޑަރުތައް ބަންދުކުރުމަކީ ހައްލެއް ނޫން ކަމަށާއި ދިގު މުއްދަތަކަށް އެ ގޮތަށް ނުތިބެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

21 ޖުލައި

July 21, 2020 44
ވެކްސިން އަވަހަށް ލިބޭ ގައުމަކަށް ރާއްޖެެ ވާނެ: އަމީން

ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

19 ޖުލައި

July 19, 2020 3
24 ގަޑިއިރު ތެރޭ 260،000 ކޭސް، މިއީ ރެކޯޑެއް

ޖެނީވާ (ޖުލައި 19) - ވޭތުވެދިޔަ 24 ގަޑިއިރުތެރޭ މުޅި ދުނިޔެ އިން 260،000 އަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މިއީ އެއް ދުވަސްތެރޭ އެންމެ ގިނަ މީހުންނަށް ބަލި...

July 19, 2020
ކޮވިޑް-19 އާ ހެދި ކުދިންނަށް ވެކްސިން ނުދެވިފައި

މުޅި ދުނިޔެ ކޮވިޑް-19 ގެ މަލިމަޑުކަމުގެ ތެރޭގައި އޮތުމުން ގައުމުތަކުގައި ކުދިންނަށް ވެކްސިން ދިނުމުގެ ކަންކަމަށް ވަރަށް ބޮޑަަށް ބުރޫއަރާފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

14 ޖުލައި

July 14, 2020
ގިނަ ގައުމުތަކުގެ މިސްރާބުހުރީ ގޯސްކޮށް: ޑަބްލިއުއެޗްއޯ

ޖެނީވާ (ޖުލައި 14) - ކޮރޯނާވައިރަހާ ދެކޮޅަށް ގިނަ ގައުމުތަކުގެ މިސްރާބު ހުރީ ގޯސްކޮށް ކަމަށާއި އެކަށީގެންވާ ގޮތެއްގައި ގައުމުތަކުން ފިޔަވަޅު ނާޅައިފި ނަމަ ބަލީގެ ހާލަތު "ގޯހުން ގޯހަށް" ދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފި އެވެ.

11 ޖުލައި

July 11, 2020 4
"ރައްކާތެރިކަމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ"

ޖެނީވާ (ޖުލައި 11) - ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރެމުންދާ ގައުމުތަކުން، ބަލި ކޮންޓްރޯލް ކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ގޮވާލައިފި އެވެ.

08 ޖުލައި

July 08, 2020 4
ރާއްޖެއިން ރުބެއްލާ ނައްތާލިކަން އިއުލާނުކޮށްފި

ރާއްޖޭން ރުބެއްލާ ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން މިއަދު އިއުލާންކޮށްފި އެވެ.

06 ޖުލައި

July 06, 2020 18
ކޮރޯނާވައިރަހަކީ ވައިގެ ތެރޭގައި ފެތުރޭ އެއްޗެއް

ވޮޝިންޓަން (ޖުލައި 6) - ނޮވެލް ކޮރޯނާވައިރަހަކީ ކުދިކުދި ޕާޓިކަލްސްގެ ގޮތުގައި ވައިގެ ތެރޭގައި ފެތުރޭ އެއްޗެއް ކަމުގެ ހެކި ލިބިފައިވާ ކަމަށާއި އެކަމުގެ ސަބަބުން އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ފަސޭހައިން ބަލި އަރާ ކަމަށް އެތައް ސަތޭކަ ސައެންސްވެރިން ބުނެފި އެވެ.

05 ޖުލައި

July 05, 2020 4
އިއްޔެއަކީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެއް

ޖެނީވާ (ޖުލައި 5) - ވޭތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު ރެކޯޑް އަދަދެއް ކަމަށްވާ 212,326 މީހުން މުޅި ދުނިޔެ އިން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ދުނިޔޭ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

04 ޖުލައި

July 04, 2020 1
ވައިރަހުގެ ހަގީގަތް ހޯދަން ޑަބްލިއުއެޗްއޯއިން ޗައިނާއަށް

ޖެނީވާ (ޖުލައި 4) - ކޮރޯނާވައިރަސް ފެތުރުނު ގޮތުގެ ހަގީގަތް ހޯދުމަށާއި ވައިރަހާ ގުޅޭ މައުލޫމާތު ދުނިޔެ އަށް ހާމަކުރިލެއް ޗައިނާ އިން މާލަސްކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް...

July 04, 2020 2
"ގައުމުތަކުން ހޭއަރާ، ޑޭޓާ ދޮގެއް ނުކުރެވޭނެ"

ޖެނީވާ (ޖުލައި 4) - ކޮރޯނާވައިރަސް މިހާރު ފެތުރެމުންދާ ރޭޓާ މެދު ގައުމުތަކުން އިތުރަށް ހޭލަން ޖެހޭ ކަމަށާއި ވައިރަސް ފެތުރޭ ގޮތުގެ ޑޭޓާ އަކީ ދޮގު ކުރެވެން ނެތް އެއްޗެއް ކަމަށް...

30 ޖޫން

June 30, 2020 2
ބަލީގެ ނުރައްކާ އަދި އޮތީ ކުރިއަށް: ޑަބްލިއުއެޗްއޯ

ޖެނީވާ (ޖޫން 30) - ކޮރޯނާވައިރަހުން އަރައިގަނެވޭނެ ދުވަހެއް އަދި ނޭނގޭ ކަމަށާއި ބަލީގެ ނުރައްކާ އަދި އޮތީ ކުރިއަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިންޒާރު ދީފި...

June 30, 2020 10
6ރަށެއްގައި ކޮވިޑަށް ޓެސްޓުކުރާނެ ކާޓްރިޖް ހަދިޔާކޮށްފި

ހަ ސަރަހައްދެއްގައި ކޮވިޑް-19 އަށް ޓެސްޓުކުރަން، ޖީން އެކްސްޕާޓް ކާޓްރިޖް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ރޭ ހަދިޔާކޮށްފި އެވެ.

27 ޖޫން

June 27, 2020 2
ވެކްސިން އުފެއްދުމުގެ އެންމެ ކުރީގައި އެސްޓްރާޒެނިކާ

ޖެނީވާ (ޖޫން 27) - ކޮވިޑް- 19 އަށް ވެކްސިނެއް އުފެއްދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅެނީ އެސްޓްރާޒެނިކާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

26 ޖޫން

June 26, 2020 13
"ވެކްސިން ޔަގީނެއް ނޫން، އަހަރެއް ވެސް ނަގައިފާނެ"

ޖެނީވާ (ޖޫން 26) - ކޮރޯނާވައިރަހަށް ކާމިޔާބު ވެކްސިނެއް ސައެންސްވެރިންނަށް އުފެއްދޭނެކަން ޔަގީން ނުވާ ކަމަށާއި ވެކްސިނެއް އުފެއްދި ނަމަވެސް އެކަމަށް މަދުވެގެން އަހަރެއްހާ ދުވަސް...

June 26, 2020 9
ކޮވިޑް-19 ޓެސްޓިންގައި އައިޖީއެމްއެޗަށް 100

ކޮވިޑް-19 އަށް އައިޖީއެމްއެޗުގައި ހަދާ ޓެސްޓްތަކަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 100 ޕަސެންޓް ދީފި އެވެ.

23 ޖޫން

June 23, 2020
"ވައިރަހަށްވުރެ ބޮޑު ބިރަކީ އެއްބައިވަންތަކަން ނެތުން"

ޖެނީވާ (ޖޫން 23) - މިހާރު ކުރިމަތިވަމުންދާ އެންމެ ބޮޑު ބިރަކީ، ވައިރަހަށް ވުރެ ބޮޑަށް، ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ކުޑަވުމާއި ގައުމުތަކުގެ ލީޑަޝިޕް ނެތުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވެއްޖެ އެވެ.

22 ޖޫން

June 22, 2020 2
ރެކޯޑެއް: 24 ގަޑިއިރުތެރޭ 183000 ޕޮޒިޓިވް ކޭސް

ޖެނީވާ (ޖޫން 22) - ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ކޮރޯނާވައިރަހަށް ޕޮޒިޓިވް 183،000 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށާއި މިއީ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރި ދުވަސް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

21 ޖޫން

June 21, 2020 58
ލޮކްޑައުންއަށް ދިއުމާއި ނުދިއުން އާންމުންގެ އަތުގައި

ފެންނަ ހުރިހާ އެންމެންހެން ތިބެނީ މާސްކް އަޅައިގެންނެވެ. ބައެއް މީހުން ތިބެނީ އަންގި ވެސް ލައްވައިގެންނެވެ. ފިހާރައަށް ވަންނަނީ ވަރަށް ވިސްނައިގެން ފަހަރަކު ބައެކެވެ. ބާޒާރުކޮށް ނިމުމާ އެކު އަވަސް އަވަަހަށް ދަނީ ގެއަށެވެ. މިއީ މީގެ ހަފްތާއެއް ކުރިން މާލެ ތެރެއަށް ނުކުމެލުމުން މަންޒަރު ފެނުނު ގޮތެވެ. އޭރުވެސް އެކަން އެގޮތަށް ކުރީ...

20 ޖޫން

June 20, 2020 10
ބަލި ބާރަށް ފެތުރެނީ، މިސްރާބުހުރީ ނުރައްކާ ދިމާލަކަށް

ޖެނީވާ (ޖޫން 20) - ކޮވިޑް-19 ގެ ނުރައްކާ އަދިވެސް ބޮޑު ކަމަށާއި ބަލީގެ މިސްރާބު މިހާރު ހުރީ ނުރައްކާ މަރުހަލާއަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިންޒާރުދީފި އެވެ.

15 ޖޫން

June 15, 2020 41
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ އަށް ހޯދަން އުޅޭ 75 ވެންޓިލޭޓަރު ނުލިބިގެން އުޅެނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބާވަތުގެ ވެންޓިލޭޓަރު ހޯދަން އުނދަގޫވުމުން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.