12 ނޮވެމްބަރ

November 12, 2019
ބިލް ގޭޓްސް އަދި ވެސް ވިންޑޯޒް ފޯންގެ ހިތާމައިގައި

ބިލް ގޭޓްސް ވިދާޅުވަނީ މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓް ގެއްލުނީ ޖަސްޓިސް ޑިޕާޓްމަންޓާ ހެދި ކަމަށެވެ. އެންޓިޓްރަސްޓް ގާނޫނުގެ ދަށުން މައިކްރޮސޮފްޓް ކުށްވެރިވާ ކަމަށް ބުނެ ހިންގި ތަހުގީގު ދިގުލައިގެންދިއުމުގެ ސަބަބުން، ވިންޑޯޒް ފޯނުތަކަށް ސަމާލުކަން ނުދެވުނީ ކަމަށް އެނާ ދެކެވަޑަައިގަންނަވަ އެވެ.

27 ޖޫން

June 27, 2019 1
ވިންޑޯޒް ފޯނުގެ ނާކާމިޔާބީ އެޅުވީ ވެރިންގެ ބޮލުގައި

ވިންޑޯޒް ފޯނުތަކަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ އެއިރު މައިކްރޮސޮފްޓް ހިންގަން ތިބި މީހުން ކަމަށް ދޭހަވާ ގޮތަށް، ކުންފުނީގެ ބާނީ ބިލް ގޭޓްސް ވާހަކަދައްކަވައިފި އެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެއީ މުޅި ހަޔާތުގައި ވެސް ހެއްދެވުނު އެންމެ ބޮޑު ގޯހެވެ.

22 ޖެނުއަރީ

January 22, 2019 1
ވިންޑޯޒް ފޯނު އުފެއްދުން ހުއްޓާލަނީ

މައިކްރޮސޮފްޓުން ދުވަސްތަކެއް ވަންދެން ދެއަތަށްކިރުމަށް ފަހު، ވިންޑޯޒް ފޯނުތައް ހުއްޓާލަން ނިންމައިފި އެވެ. ވިންޑޯޒް ފޯނެއް ބޭނުންކުރާ ނަމަ، އަވަހަށް ދޫކޮށްލައި، އެންޑްރޮއިޑް ނުވަތަ އެޕަލް އައިފޯނެއް ހޯދަން އެދޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

08 ޖެނުއަރީ

January 08, 2019
ވިންޑޯޒް 7 އަށް ވުރެ ވިންޑޯޒް 10 ކުރިއަރައިފި

ވިންޑޯޒް 10 އާންމު މާކެޓަށް 2015 ގައި ނެރުމަށް ފަހު، މައިކްރޮސޮފްޓުން އަމާޒެއް ކަނޑައެޅި އެވެ. އެއީ 2018 ނިމުމުގެ ކުރިން އެއް ބިލިއަން ޑިވައިސްގައި ބޭނުންކުރެވޭ އޮޕަރޭޓިން ސިސްޓަމަކަށް ހެދުމެވެ. އެކަމަކު، މުއްދަތު ހަމަވިއިރު ވެސް، އެ ލަނޑުދަނޑި ހާސިލެއް ނުކުރެވުނެވެ.

29 ޖޫން

June 29, 2018
ޓްރޫކޯލާ ވިންޑޯޒް ފޯނުތަކަށް ހުއްޓާލައިފި

ސްމާޓްފޯން މާކެޓްގައި ވިންޑޯޒް ފޯނުތަކަށް ދިމާވި އެންމެ ބޮޑު ބަދުނަސީބަކީ، އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ނެތުމެވެ. ވިންޑޯޒް ފޯނުތަކަށް އެޕްލިކޭޝަން އުފައްދަން ޑިވެލޮޕަރުން ވެސް ބޭނުންނުވުމެވެ. ސަބަބަކީ މާކެޓްގައި ވިންޑޯޒް ފޯނުތަކަށް ހައިސިއްޔަތެއް ނެތުމެވެ.

30 ޖެނުއަރީ

January 30, 2018 1
ވިންޑޯޒް 10 މޮބައިލް އިންސައިޑާ ޕްރޮގްރާމް ފެނަށް

ސްމާޓްފޯން ވިޔަފާރި އަކީ މައިކްރޮސޮފްޓުން ވަަރަށް ފޮނި އުންމީދާ އެކު ފެށި މަސައްކަތެކެވެ. ވާދަވެރިން ފަހަތަށް ޖައްސާލާނެ ކަމަށް ބުނެ މަލާމާތްކުރަމުންނެވެ. މައިކްރޮސޮފްޓް ޑެސްކްޓޮޕް އޮޕަރޭޓިން ސިސްޓަމް، ވިންޑޯޒް އަށް ދޫނުކުރާ ވަރުގެ ކާމިޔާބީއެއް ހޯދުމުގެ ނިޔަތުގަ އެވެ. ނަމަވެސް ކުރި އެއްވެސް މަސައްކަތެއް ދެމެހެއްޓެނިވި ކަމެއް...

13 ޖުލައި

July 13, 2017
ވިންޑޯޒް ފޯނުތަކަށް ސަޕޯޓް ހުއްޓާލައިފި

ސްމާޓްފޯން މާކެޓުން ތަންކޮޅެއް ނަމަވެސް ލިބޭތޯ، މައިކްރޮސޮފްޓުން ކުރި މަސައްކަތް ހުއްޓާލައިފި އެވެ. އެޕަލް އަދި ގޫގުލްއާ އެއް ސަފެއްގައި ވާދަކުރަން ކުރި މަސައްކަތް ކޮޅެއްގައި ނުޖެހި ހުއްޓާލަން ޖެހުމުން، ދަރަޖަ ދަށް ކުންފުންޏެއް ގޮތުގައި ބެލެވުމަކީ އެކަށީގެންވާ ކަމެކެވެ.

01 ޖުލައި

July 01, 2017
ވަޓްސްއެޕް ތިޔަ ފޯނުގައި ދެން ބޭނުމެއް ނުކުރެވޭނެ

ވަޓްސްއެޕް ބޭނުން ނުކުރެވޭ ވަރުގެ ފޯނެއް ދިވެއްސަކު ގެންގުޅޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ ފޯނަށް ދުވަސްވެ، ހާޑްވެއާ ބާވުމުގެ ސަބަބުންނެވެ. އެ ފެންވަރުގެ ފޯނުތަކުގައި ވަޓްސްއެޕް ދެން ބޭނުމެއް ނުކުރެވޭނެ އެވެ.

02 މެއި

May 02, 2017
މައިކްރޮސޮފްޓް ވިންޑޯޒް ފޯން ހުއްޓާލަނީ

މައިކްރޮސޮފްޓުން ރަސްމީކޮށް އަދިވެސް މި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ވިންޑޯޒް ފޯން ދެން ކުރިއަށް ނުގެންދާނެ ކަމަށް ހެކިދޭ ކިތަންމެ އަލާމާތެއް ކުންފުނި ތެރެއިން ދަނީ ފެންނަމުންނެވެ. ދިރާސާކުރާ މީހުން ދައްކާ ހެކިތަކުގެ ތެރޭގައި، މައިކްރޮސޮފްޓް އިންވެސްޓްމަންޓް ލިސްޓަގްއި ވިންޑޯޒް ފޯން ނެތުން ހިމެނެ އެވެ.

29 ނޮވެމްބަރ

November 29, 2016 1
ވިންޑޯޒް ފޯނެއް ނޫން، ސާފަސް ފޯން

ސްމާޓްފޯން މާކެޓްގައި މައިކްރޮސޮފްޓްގެ ނިސްބަތް ވަރަށް ކުޑަ އެވެ. ގަދަބާރަކަށް ވުމަށް ކުރިހާ މަސައްކަތެއް ކޮޅެއްގައި އަދި ވެސް ނުޖެހެ އެވެ. މާކެޓުގައި ދެމިއޮތުމަށް ކުރާ މަސައްކަތްތައް ބަދަލުކުރަން ޖެހޭ ކަމަށް ހިއްސާދާރުން ދަނީ ބުނަމުންނެވެ. ވިންޑޯޒް ފޯން މޮޑެލް ރަނގަޅު ނޫން ކަމަށް އިންވެސްޓަރުން ވެސް އެއްބަސްވެ އެވެ.

28 ނޮވެމްބަރ

November 28, 2016 4
މައިކްރޮސޮފްޓުން އެންޑޮރޮއިޑަށް އިތުރަށް ފަސޭހަކޮށްދީފި

އެންޑްރޮއިޑް އަކީ ގޫގުލްގެ އަމިއްލަ މޮބައިލް އޮޕަރޭޓިން ސިސްޓަމެކެވެ. އެކަމަކު ގޫގުލުން އެންޑްރޮއިޑަށް އުފައްދާ އެޕްލިކޭޝަންތަކަށް ވުރެ، އައިފޯނަށް އުފައްދާ އެޕްލިކޭޝަންތަކުގެ ފެންވަރު ރަނގަޅެވެ. ފެންނަ ގޮތް ވެސް މުޅިން ތަފާތެވެ. އޮމާންވެފައި ބޭނުންކުރަން ވެސް އެހާ ފަސޭހަ އެވެ. އިންޓަނެޓް ފޯރަމްތަކުގައި މިއީ ވަރަށް ގިނައިން...

22 ނޮވެމްބަރ

November 22, 2016 3
އަނެއްކާ ވެސް ވިންޑޯޒް ފޯނެއް

މައިކްރޮސޮފްޓުން ވިންޑޯޒް ފޯން މެދުކަނޑާލީ ކަމަށް ހީކޮށްގެން ހުރި ނަމަ އަވަހަށް ހައިރާންވާށެވެ. މައިކްރޮސޮފްޓާ ގުޅިގެން އެޗްޕީން އަނެއްކާ ވެސް ވިންޑޯޒް ފޯނެއް ނެރެނީ އެވެ.

11 ނޮވެމްބަރ

November 11, 2016
ބުއްދިވެރި ގޮތަކީ ވިންޑޯޒް ފޯނު ހުއްޓާލުން

މައިކްރޮސޮފްޓަށް ސްމާޓްފޯން މާކެޓުން ރަނގަޅު ޖާގައެއް ނުލިބުނެވެ. މާކެޓް ހިއްސާ ދެ ޕަސެންޓަށް ވުރެ ވެސް ދަށެވެ. ޒަމާން ފެށުނީއްސުރެ ކުރި މަސައްކަތުން ސަބަބު ވެސް ދެނެނުގަނެވުނެވެ. ދެނެގަނެވުނު ނަމަވެސް، ކުރިއަރަން ކުރި މަސައްކަތުން ވެސް ދިޔައީ ފަހަަތަށެވެ. ދެން ރަނގަޅު ވާނީ ކުރެވެން ހުރި މަސައްކަތަކުން ފައިދާ އިތުރުކުރުމެވެ.